ރައީސް ޑރ. މުހައްމަދު މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
14 ޑިސެމްބަރ 2025 - 20:49
ރައީސް ޑރ. މުހައްމަދު މުއިއްޒު، އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
ރައީސް ގެންދަވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. މިހާތަނަށް ވަނީ ވިލިމާލެ އާއި މައްޗަންގޮޅި، މާފަންނު އަދި ހެންވޭރުގެ ރައްޔިތުންނާ އެކު ބައްދަލުވުންތައް ބާއްވަވައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ2 ގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ސަލާހުއްދީން ސްކޫލްގައި ކަމަށެވެ.
ބައްދަލުވުންތަކުގެ ބޭނުމަކީ، ހީނާ ވިދާޅުވި ގޮތުގައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމެވެ.
ހުޅުމާލެ2ގެ ރައްޔިތުންގެ ބައްދަލުވުމަށް އެ އަވަށުގައި ދިރިއުޅޭ އެންމެންނަށް ވަނީ ދައުވަތު ދެއްވައިފަ އެވެ.
ހުޅުމާލެ ހިމެނޭ ގޮތަށް މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާނެކަން ރައީސް އިއުލާން ކުރެއްވީ މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ރައީސް، އަންނަ ބުދަ ދުވަހުގެ ރޭ ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ވެސް ވަނީ ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމަދު ސަލީމް
15 December 2025
ރައްޔިތުންގެ އިހްސާސްތައް ދަތުމަކީ މިއީ. އަބަދުވެސް ރައްޔިތުންނާއެކު ވުން. ދިމާކުރުނަ. ދަތިތައް އަޑުއެހުން.
ވިނަރެސް
15 December 2025
އެންޑް ޔޫސަރ މޮޑެލް އާއި ބެހޭ ގޮތުން ވިނަރެސް. ނޭގެއޭ ބަލަންޝޭ ޖެހޭނީ ނުބުނެ ތައްޔާރުވެގެން ދުރުވާތި.
ޖިކީ
15 December 2025
އެގްރިމެންޓް ބަދަލުކުރަން އަންގައިގެން ބިރުދެއްކުން ހުއްޓާލަން ގޮވާލަން.
ތަފާތު
14 December 2025
ކުރިން ވެރިކަންކުރި އެއްވެސް ރައީސަކައް ނުކެރުނު އިދިކޮޅު ކިޔާ އެއްޗެއް އަޑު އަހަން ވެސް އަދި ހަޖަމުވެސް ނުވޭ. މިހާރު ބޭނުން އެއްޗެއް ކިޔާނަގަނީ އަދި އިދިކޮޅުން ކިޔާދީފަ ހުންނަ އެއްޗެހި ވެސް ގޮވާނަގަނީ އެއީ ވަރައް ބޮޑު ތަފާތެއް
ތެލި
14 December 2025
މި ބައްދަލުވުމަށް މަގުފަހި ކުރަން ޕޭމަންޓްތައް މަތީ ޕާކު ކުރާ ކާރުތަކާއި މަގުތަކުގެ އެއްކޮޅުން އަނެއްކޮޅަށް ޕާކު ކުރަމުން ދިޔަ ކާރުތައް ނަގާފަވަނީ. ސްޕީޑު ބުރޭކަރުތައް ނަގައިފި. މަދިރި މަރަން ފޮގުކޮށްފި. ހަމައެއްލަމައެއްނެތި ދޫކޮށްލާފަ ހުރި ކަންކަމް ހަމަ މަގަށް އެޅުވޭތޯ އުޅެން ފަށައިފި. ބައްދަލުވުން ނިމޭއިރަށް އިހުގެ ހާލަތައް ރުޖޫއަވާނެ. .
ހުސައިން
14 December 2025
ރައީސް ހުޅުމާލެ 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވާއިރު، ބީ އެމް އެލް އިން ވަރަށް ފަހުން ދޭންފެށި 1000 ޑޮލަރުގެ ލިމިޓް އަނެއްކާވެސް ކުރިން އޮތްގޮތަށް 250 ޑޮލަރަށް ދަށްކުރެވުނު ވާހަކައެއް އަޑު އިވިއްޖެ. ތެދެއްނަމަ، ކުރިން އޮތް ގޮތަށް ހައްދަވައި ދެއްވުމަކީ އޮންލައިން ވިޔަފާރި ކުރާ ފަރާތް ތަކަށް ލިބޭނެ ފަސޭހަ އަދި އުފާވެރި ކަމެއް. އެންމެ މީހަކު ކުރި ކަމަކުން އެންމެނަށް ގެއްލުން ވުމަކީ ދެރަކަމެއް. މިކަމުގެ ފަރުވާއެއް ލިބޭނެ ކަމަށް އުންމީދު ކުރަން
ހާސަރު
14 December 2025
މާލެއާއި ވިލިގިލީގައި 10 ބުރިއަށް އިމާރާތް ކުރެވޭ ހުޅުމާލޭގައި ވެސް 10 ބުރިއަށް ހަދަން ހުއްދަ ދޭން ރައީސް އަށް ވާނެދަންނަވަން.
ޙުސެންބެ677
15 December 2025
ބޭފުޅާ...ތީގެން ރައްތައް އިތުރައް ތޮއްޖެހޭޏީ....
ފައްޓާ
15 December 2025
ކަލޭ އަޅަންވީ 10 ބުރިއަކަށް ނޫން. 30 ބުރިއަށް.
ފޫހި
15 December 2025
ވަންނާނެ ތަނެއްނެތިގެން ނިދާނެ އެނދެއްނެތިގެން ނިކަމެތިންގެ ހާލަތު. 10 ބުރި 25 ބުރިއަށް ގެ ނެހެދިގެން ޝަކުވާކުރަނީ. 10 ބުރިއަށް ތިމަންނާގެ ގެ ހަދައިގެން ތަން ތޮށްޖެއްސީމަ އޭގެ އުނދަގޫ ކުޑަ ފްލެޓެއްގަ އުޅޭ މީހާވެސް އުފުލަންޖެހޭ. 10 ބުރިއަށް ހަދާނަމަ އިތުރު ޓެކްސެއްނަގަން ގޮވާލަން. 10 ބުރީގަ ދިރިއުޅޭ އެންމެން ބޭނުންކުރާނީ ހަމަ ތިޔަ ހަނި މަގުތައް ދޯ؟ އަމިއްލަ އެދުންބޮޑު ދިވެހިން.
ދިމް
14 December 2025
ގަލޮޅު؟؟؟ ޙަނދާން ނެތުނީތޯ؟؟؟؟؟
ރަމީޒު
15 December 2025
ގަލޮޅު ރައްޔިތުން ތިބީ ވަރަށް ތައްޔާރު ވެގެން, މައިކް ލިބިއްޖެއްޔާ ނަސީބު,
އަހައްމަދޫ
15 December 2025
އަންގާރަ
ވިސާމް ހާލިދު
14 December 2025
ރިޔާސީ އިންތިޚާބެއްގައި ވައުދު ވަނީ އެ ދުވަސް ވަރުގެ ހާލަތާއި އެކަށީގެންވާ ގޮތަށެވެ. ނަމަވެސް ހާލަތު ބަދަލުވެ ރައްޔިތުން ބޭނުންވާ ހާޖާތްތައް ބަދަލުވެއެވެ. މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ހާލަތާއި ރައްޔިތުން އެ އިރެއްގައި އެންމެ ބޭނުންވާ ކަންކަމުގެ މައްޗަށް ބިނާކޮށް ތަރައްގީގެ ކަންކަން ކުރިއަށް ގެންދަން މަގު ފަހި ވެގެން ދެއެވެ.
އަލިފު ހާ
14 December 2025
ރައީސް ހުޅުމާލެ 2 ގެ ރައްޔިތުންނާ ބައްދަލުކުރާއިރު ވިނަރެސް 9 ޕޭވްމެންޓް ފުރާ ކާރު ޕާކުކޮށްފައި ހުރުމާއި ގާބޭޖް ޝޫޓް ހަލާކުވެފައި ހުންނަތާ 6 މަސް ވެފައިވުމާ، ސައިކަލް ރޭމްޕުން ވަންވޭ އާ އިދިކޮޅަށް ސައިކަލް އަރަންދޫކޮށްލާފައި ހުރުމުން އެކްސިޑެންޓް ވުމުގެ ނުރައްކަލަށް ހުށަހެޅިފައި އޮތުމާއި، 9ބީ ޓެރަސް ދޮރު މައްސަލަ ޖެހި އެކިޔާ ގަދަ އަޑު ހައްލުނުކުރެވި 3 ހަފްތާ ވުމީ އަހަރެެމެން ނިކަން އުފާކުރާ ކަންކަމެވެ.