ކޮންމެ ފަހަރެއްގެ ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯ އިން ކުރިއަށް ގެންދާ "އެސްޓީއޯ ރަމަޒާން ބާޒާރު" މިރޭ ފަށައިފި އެވެ.

ބޮޑެތި ޑިސްކައުންޓުތަކަކާއި ގިނަ އިނާމުތަކެއް ލިބޭ މި ޕްރޮމޯޝަން އިފުތިތާހު ކޮށްދެއްވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި އެޗްޑީސީގެ ޗެއާމަން އަހުމަދު ޝަހީރު އެވެ.

ކުރިއަށް އޮތް ރޯދަމަހަށް ހާއްސަ ކޮށްގެން އެސްޓީއޯ އިން ކުރިއަށް ގެެންދާ "ރަމަޒާން ބާޒާރު" ގައި ވިއްކަން ބަހައްޓާފައިވާ ބައެއް ސާމާނު.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ކުރިއަށް އޮތް ރޯދަމަހަށް ހާއްސަ ކޮށްގެން އެސްޓީއޯ އިން ކުރިއަށް ގެެންދާ "ރަމަޒާން ބާޒާރު" ގައި ވިއްކަން ބަހައްޓާފައިވާ ބައެއް ސާމާނު.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަންނަ އަހަރުގެ ފެބްރުއަރީ 18 ގައި ފަށާ ރޯދަމަހަށް ހާއްސަ ކޮށްގެން މިރޭ އިފުތިތާހުކުރި މި ޕްރޮމޯޝަނުގައި އެސްޓީއޯ އިން ވިއްކާ ގިނަ އަދަދެއްގެ ހޯމް އެޕްލަޔަންސްތަކަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އަދި ހިޓާޗީގެ ރެފްރިޖަރޭޓަރު ގަންނަ ކަސްޓަމަރުންނަށް ހިލޭ މައިކްރޮވޭވް އަވަނެއް ނުވަތަ ޑިޝްވޮޝާއެއް ލިބޭ ބަންޑަލް އޮފާއެއް ވެސް ވަނީ ތައާރަފު ކޮށްފަ އެވެ.

ކޮންމެ އަހަރަކު ވެސް ބޮޑު އިނާމެއް ހުށަހަޅާ މި ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް މި އަހަރަށް ކަނޑައަޅާފައި ވަނީ 100،000ރ. އެވެ. މިއީ އެސްޓީއޯ އިން 500ރ. އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ލިބޭނެ އިނާމެކެވެ. މި އިނާމު ހޯދުމަށް 500ރ. އިން މަތިން ވިޔަފާރި ކުރުމުން ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ.

ޕްރޮމޯޝަންގެ ބޮޑު އިނާމުގެ އިތުރުން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ގިފްޓް ހެމްޕާއެއް ވެސް ލިބޭނެ އެވެ.

ކުރިއަށް އޮތް ރޯދަމަހަށް ހާއްސަ ކޮށްގެން އެސްޓީއޯ އިން މިރޭ ފެށި "ރަމަޒާން ބާޒާރު" ކުރިއަށް ގެންދާ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަށް ދިޔަ ކަސްޓަމަރުންތަކެއް ބައެއް ސާމާނު ޗެކް ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މި އަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައި ކުރިއަށް ގެންދާނެ އެވެ. މި ޕްރޮމޯޝަން އަންނަ އަހަރުގެ މާޗު 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

މި ޕްރޮމޯޝަނަކީ ރޯދަމަހަށް ތައްޔާރުވުމަށް ބޭނުންވާ އެކި ސާމާނު ގަތުމަށް ލިބޭނެ އަގުހުރި ފުރުސަތެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.