ދިރާގުން ކުރިއަށް ގެންދާ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަނުގެ ފުރަތަމަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ ހޮވައިފި އެވެ.
ދިރާގުގެ ޕްރޮމޯޝަނުގައި ދޭ ދެ ސްޕީޑްބޯޓުގެ ތެރެއިން ފުރަތަމަ ސްޕީޑްބޯޓުގެ ނަސީބުވެރިއަކަށް ހޮވުނީ އަބްދުﷲ ސައީދެވެ. ދިރާގުން ސްޕީޑް ބޯޓުގެ ގުރުއަތުލުން މިއަދު ބޭއްވީ ހުޅުމާލެ ފޭސް 2ގައި އޮންނަ ދިރާގު ބީޗުގައި ފޯރިގަދަ ހަރަކާތްތަކާއެކު ބޭއްވި އިވެންޓެއްގަ އެވެ.
އެ ޕްރޮމޯޝަންގެ ނަސީބުވެރިއާއަށް ލިބުނީ އަލްޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. އެއީ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ ބޯޓެކެވެ.
އެ ޕްރޮމޯޝަންގައި ދޭ ދެވަނަ ލޯންޗު ހޯދުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އަންނަ މާޗް މަހުގެ ނިޔަލަށް އެ ލޯންޗު ހޯދަން އެންރޯލް ކުރެވޭނެ އެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް ޕޯސްޓްޕެއިޑްގެ 450 އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފިކްސްޑް ބްރޯޑްބޭންޑް 40 އެމްއިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ.