އާރުޑީސީއަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ވަނީ، ހަ ރަށެއްގެ ސައިޓަށް ބޭނުންވާ 150 ވަޒީފާއަށް އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން [email protected] އަށް ފޯމު ހުށަހަޅަން މުއްދަތު ދީފަ އެވެ. 

މުވައްޒަފުން ހޯދަން އިއުލާންކުރީ:

- ހއ. އުލިގަން

- އއ. ރަސްދޫ

- ޅ. ނައިފަރު

- ކ. ކާށިދޫ

- ޅ. ހިންނަވަރު

- ތ. މަޑިފުށި

ވަކިވަކިން ކުރި އިއުލާންތައް ދައްކާގޮތުން، އެންމެ ގިނަ މުވައްޒަފުން ހޯދަން އިއުލާންކުރީ އުލިގަމާއި ރަސްދުއަށެވެ. އޭގެން ކޮންމެ ރަށަކަށް 50 މުވައްޒަފުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.

ދެން އެންމެ ގިނަ މުވައްޒަފުން ބޭނުންވާ ކާށިދޫއިން 24 މުވައްޒަފުން ބޭނުންވާ ކަމަށް އާރުޑީސީން ބުންޏެވެ. 

އޭގެ އިތުރުން މަޑިފުށިން 13 މުވައްޒަފުންނާއި ނައިފަރުން 12 މުވައްޒަފުން އަދި ހިންނަވަރުން އެއް ފުރުސަތަށް ވަނީ ހުޅުވާލައިފަ އެވެ.