ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި  ފާތިމަތު މަހީރާ މުހައްމަދު އެ މަގާމުން ވަކިކޮށްފި އެވެ. 

މީގެ ދެ އަހަރު ކުރިން އޭޕްރީލް 15، 2024 ވަނަ ދުވަހު ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް އައްޔަންކުރި މަހީރާ އެ މަގާމުން ވަކިކޮށްފައިވާ ކަން ޔަގީން ކުރެވިފައިވީ ނަމަވެސް އޭގެ ސަބަބެއް ސާފެއް ނޫނެވެ. 

ޓްރައިބިއުނަލްގެ ވެބްސައިޓުން ވެސް އޭނާގެ މައުލޫމާތު މިހާރު ވަނީ ނަގައިފަ އެވެ. 

ޓްރައިބިއުނަލްގެ ނައިބު ރައީސް މަހީރާ މަގާމުން ވަކިކުރީ އެ ތަނުގެ ރައީސް ކަމަށް އަމްޖަދު މުސްތަފާ މިދިޔަ އަންގާރަ ދުވަހު އައްޔަން ކުރެއްވުމާ އެކުގަ އެވެ.

ރައީސް ކަމަށް އަމްޖަދު އައްޔަންކުރިއިރު އެ މަގާމުގައި ކުރިން ހުންނެވި އިސްހާގު ހުސައިން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އާއި މަހީރާ މަގާމަށް އައްޔަންކުރީ އެއް ދުވަހެއްގަ އެވެ.