މަގުތަކަށް ޖަނަވާރު ދޫނުކުރަން ގދ. ހޯނޑެއްދޫ ކައުންސިލުން މިއަދު އެދިއްޖެ އެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ރަށުގެ ބައެއް ސަރަހައްދުތަކުގެ މަގުމައްޗާއި އެހެން ހިސާބުތަކަށް ކުކުޅާއި ހާ އަދި ޕެޓްސްގެ ގޮތުގައި ގެންގުޅޭ އެހެން ޖަނަވާރު ދޫކޮށްލާފައިވާ ކަމަށެވެ.
އެ ތަކެތީގެ އުނދަގޫ ކުރިމަތިވެގެން އެކި ފަހަރު މަތިން އާއްމުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވެސް ބުންޏެވެ.
"މިގޮތަށް ރަށު ތެރެއަށް ކުކުޅުހާ އަދި ޕެޓްސްގެ ގޮތުގައި ގެންގުޅޭ އެންމެހާ ތަކެތި ދޫކޮށްލައިގެން ނުގެންގުޅުމަށް އެދެމެވެ،" އިއުލާނުގައިވެ އެވެ.
ރަށްރަށުގައި ކުކުޅާއި ހާ ބަންދުކޮށްގެން ވަރަށް ނުގެންގުޅެ އެވެ. އޭގެ ބަދަލުގައި އެ ތަކެތި ހުންނަނީ ރަށުގެ އާއްމު ތަންތަނަށް ދޫކޮށްލައިފަ އެވެ.