ޚަބަރު / މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން

މަރުގެ އަދަބު ދޭން އުޅެނީ ސިޔާސީ ބޭނުމަށް: އިއްތިހާދު

އިދިކޮޅު އިއްތިހާދުގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި ކުރިއަށް ދަނީ: އެ އިއްތިހާދުން ވަނީ މަރުގެ ހުކުމް ސިޔާސީ ނުކުރަން ގޮވާލާފައި.

މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކަ ސަރުކާރުން ދައްކަނީ ރައްކާތެރި ޝަރުއީ ނިޒާމެއް ނެތި ކަމަށާއި އެއީ ސިޔާސީ ގޮތުން ކުރަން އުޅޭ ކަމެއް ކަމަށް ބުނެ އެކަން ހުއްޓާލުމަށް އިދިކޮޅު އިއްތިހާދުން ގޮވާލައިފި އެވެ.

އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނީ އަދުލު އިންސާފު ގެއްލި، ޝަރުއީ ނިޒާމާ މެދު ރައްޔިތުންނާ އަދި ބައިނަލްއަގްވާމީ މުޖުތަމައުގެ އިތުބާރު މުޅިން ގެއްލިފައިވާ މި ދަނޑިވަޅުގައި އިންސާނުންގެ ފުރާނަ ހިފުން ފަދަ ބޮޑެތި ހުކުމްތަައް ސަރުކާރުން ތަންފީޒު ކުރުމަށް ފޫގަޅާފައިވާކަމީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އިންސާފުގެ މިންގަނޑުން އެއްކިބާވެފައިވާ ބޮޑެތި ހުކުމްތައް އަވަސް ސްޕީޑެއްގައި މިފަދަ މައްސަލަތައް އުފަންވަމުންދާ ދަނޑިވަޅެއްގައި އިންސާނެއްގެ ފުރާނަ ހައްގެއް ނެތި، އިންސާފު ގާއިމް ނުކުރެވި ސިޔާސީ ގޮތުން ނަގާލެވުމުގެ ބިރުވަނީ ނުހަނު ބޮޑުވެފަ އެވެ،" އެ ބަޔާނުގައިވެ އެވެ.

"މިއީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ސަރުކާރާ ވާދަވެރި ފަރާތްތައް ނެތިކޮށްލުމަށާއި ރައީސް އަބްދުﷲ ޔާމީނާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި ޖަރީމާތަކުގެ ހެކި ނެތިކޮށް މުސްތަގުބަލުގައި ވެސް އެ ކަންކަން އަލުން ތަހުގީގު ކުރެވޭނެ އެންމެހައި ދޮރުތައް ބަނދުކުރުމަށް ހިންގާ ޖަރީމާއެކެވެ."

އިއްތިހާދު ބުނީ ކުއްލި ގޮތަކަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވާހަކަ ދައްކަމުން ދާއިރު އެންމެ ފުރަތަމަ މަރުގެ ހުކުމް ތަންފީޒު ކުރަނީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ހިމެނޭ ފަރާތެއްގެ މައްޗަށް ކަމަށެވެ. އެހެން ނަމަވެސް، ދައުވާ ލިބޭ ފަރާތުގެ ބަޔާންތަކުން މިއީ މި މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވެ ތަންފީޒު ކުރެވިގެންދާ ހުކުމަކަށް ވުމުގެ ބިރު ބޮޑު ކަމަށް ވެސް އިއްތިހާދުން ބުންޏެވެ.

"ސިޔާސީ މަގްސަދު ހާސިލް ކުރުމަށްޓަކައި އެއްވެސް ބާވަތެއްގެ ހުކުމެއް ތަންފީޒު ކުރުުމުގެ ވާހަކަ ނުދެއްކުމަށް މި ކޯލިޝަނުން ސަރުކާރަށް ގޮވާލަމެެވެ." - އިއްތިހާދު

"ޝަރުއީ ނިޒާމުގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ގެއްލިފައިވާ މި ވަގުތު މިފަދަ ބޮޑު ހުކުމެއް އިއްވައި ތުހުމަތު ކުރެވޭ މީހަކު މަރާލުމަކީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުން ފަދަ ބޮޑެތި ޖަރީމާތަކުގެ އެންމެ އަޑީގައި ތިބި ފަރާތްތައް ހޯދުމަށާއި އެ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ،" އެ ބަޔާނުގައިވެ އެވެ.

"އެހެންކަމުން، މަރުގެ ހުކުމަކީ މި ސަރުކާރުން ސިޔާސީ ބޭނުމަކަށް، އޮށްބާލަން ބޭނުންވާ ކަންތައްތަކެއް ފޮރުވުމަށާއި ސިޔާސީ ގޮތުން ރުއްސަން ބޭނުންވާ ވަކި ދީނީ ބަޔަކު ހިތްހަމަޖެއްސުމަށް ކުރާ ކަމެއް ކަމުގައި ގަބޫލު ކުރެވެ އެވެ." ސަރުކާރާ ދެކޮޅަށް އުފައްދާފައިވާ އިއްތިހާދުން ބުނީ ރާއްޖޭގެ ޝަރުއީ ނިޒާމް ހަމައިން ނެއްޓިފައި އޮތް ދަނޑިވަޅެއްގައި ކޯޓުތަކުން ނިންމައި މީހެއްގެ ފުރާނަ ނަގާލުން ވެގެންދާނީ އިޖްތިމާއި ބިރަކަށް ކަމަށެވެ. "އިންސާފުން އެއްކިބާވެ، ސިޔާސީ ގޮތުން މަންފައެއް ހާސިލް ކުރުމަށް ނުވަތަ ދީނީ ގޮތުން ވަކި ބަޔަކު ރުއްސުމުގެ ގޮތުން ކުރާ މިފަދަ ކަމަކީ ނުހަނު ބިރު ބޮޑު އަމަލެކެވެ. އިންސާފުގެ ނިޒާމު ހަރުދަނާކޮށް ރައްކާތެރި ހުކުމްތައް ގާއިމް ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހާ ކަންތައްތައް ގާއިމް ކުރުމަށާއި ސިޔާސީ މަގްސަދު ހާސިލް ކުރުމަށްޓަކައި އެއްވެސް ބާވަތެއްގެ ހުކުމެއް ތަންފީޒު ކުރުުމުގެ ވާހަކަ ނުދެއްކުމަށް މި ކޯލިޝަނުން ސަރުކާރަށް ގޮވާލަމެެވެ،" އިއްތިހާދުން ބުންޏެވެ.

7 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 46%
icon sad icon sad 2%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖާރިޔާ އަޙުމަދު ދީދީ

20 June 2016

ޢެއް ދުވަހު ބުނާނެ މަރުގެ ހުކުމް ތަންފީޒު ނުކުރެއޭ، ނުކެރޭނޭ ކުރާކަށް... އަނެއް ދުވަހު މިބުނަނީ ނުކުރާށޭ...ސިޔާސީIބޭނުމަށްqއުޅޭEމީހުންqއޮޅިއްޖެe....

The name is already taken The name is available. Register?

މުރާސިލް

20 June 2016

ކޮންމެ ބޭނުމަކު ދިނަަސް ހެވެ. ބޭނުންވަނީ މަރުގެ އަދަބު ހައްޤުވާ މީހުނަށް މަރުގެ އަދަބު ދިނުމެވެ. އަދި ބުނަމެވެ. ތިމާމެން ކޮންމެ ކަމެއްވެސް ކުރަނީ ސިޔާސީ މަންފާ ހޯދަން ކަމަށްވާތީ އަބަދުވެސް ތިމާމެނަށް ހީވާނީ ފުޅަށް ބުޑުން ދަންޏާއި ކެޔޮގަނޑު ކަނޑަލާނެ ކަމަށެވެ.

The name is already taken The name is available. Register?

ހެޔޮ އެދޭ

19 June 2016

މި ތިބަ ކަނޑުކޮހުން ރާއްޖެއިން ބޭރުގަ ތިބެގެން ކޮންހާ މޮޅެތި ވާހަކައެއް ދައްކާކަށް؟ ރާއްޖެއަށް ހެޔޮ އެދޭ އެކަކުވެސް ތިތާނގަ ނެތް. ރާއްޖޭގެ ކަންތައްތަކާއި ބެހޭނެކަމެއް ނެތް. މި ކޮމެންޓު ޖަހައިދިނުން އެދެން.

The name is already taken The name is available. Register?

ދޮޅު ބިލިއަން

20 June 2016

ވާ ވާ ކިޔާ ކޮމެންޓް ހޭ... ހެޔޮ އެދޭ މީހުންނަކީ ކޮބާ؟؟ އަދި ހެޔޮ އެދިގެން ތިމީހުން ކުރިކަމަކީ ކޮބާ؟؟ އަލަށް ސިޔާސީ ވެގެން އުޅޭއިރު ނިކަން ޖަޒުބާތު ވާނެ އިނގޭ ކޮއްކޯ. ފަހުން ތި ކޮމެންޓް ފެނި އަމިއްލަ އަށްވެސް ހިނި ގެޅޭނެ. ކުރީކޮޅުގަ ވަރަށް ހީވާނެ ތިމަންނަގެ ފިކުރުގެ މީހުން ނޫނީ ދެން ތިބި އެންމެން މަރާލަންވީއޭވެސް... ކެކެ

The name is already taken The name is available. Register?

ޖާރިޔާ އަހުމަދު ދީދީ

20 June 2016

ދޮޅު ބިލިއަނަކީ އަމިއްލައަށް ތިޔަ ބަޔާންކުރި ކަހަލަ މީހެއް.

The name is already taken The name is available. Register?

މޫސަ

19 June 2016

ޔޫކޭގައި ފިލާތިބި ބަޔަކަށް މަޖްބޫރުވާނެ ތިގޮތައް ވާހަކަދައްކަން..ތީ މިގައުމަށް ބޭނުން ބައެއްނޫން..

The name is already taken The name is available. Register?

ހިޔަޅު

19 June 2016

ބައެއްމީހުން ދުނިޔެއަށް ނޭވާ ލަނީވެސް ސިޔާސީ ބޭނުމަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454