އެންސްޕާގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި މުޖުތަބާ ޖަލީލު.
18 މެއި 2017 - 14:25
އެންސްޕާގެ ސީއީއޯކަމުން މުޖުތަބާ ޖަލީލް މިއަދު މަގާމުން ވަކިކޮށް، އިކޮނޮމިކް މިނިސްޓްރީގެ ނައިބު ކަމަށް ބަދަލުކޮށްފި އެވެ.
ދައުލަތުގެ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް އުފައްދާފައިވާ އިދާރާގެ ސީއީއޯ ކަމަށް މުޖުތަބާ 2014 ވަނަ އަހަރު ސެޕްޓެމްބަރު މަހު އައްޔަން ކުރީ، އޭރު އެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު ދީދީ ވަކިކުރުމަށް ފަހު އެވެ.
ރައީސް އޮފީހުން ބުނީ އެންސްޕާގެ ސީއީއޯކަމުން މުޖުތަބާ ވަކިކުރުމަށްފަހު އެ މަގާމަށް އިސްމާއިލް އައްޒާމް ވަޖީހު އައްޔަންކޮށްފައިވާ ކަމަށެވެ.
މުޖުތަބާ މަގާމުން ވަކިކުރިއިރު، ލޯކަލް ކައުންސިލްގެ އިންތިހާބުގެ ވޯޓު ނެގިތާ މާގިނައިރެއް ނުވަނީސް އާސަންދައިގެ ހިދުމަތް އަމިއްލަ ތަންތަނުން ކުއްލި ގޮތަކަށް މެދުކަނޑާލި އެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން އަލުން އެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެ ކަމަށް ރައީސް އޮފީހުން އެންގި އެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުންގެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އާސަންދައިގެ ޚިދުމަތުގެ ނިޒާމުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އެންސްޕާ އަށް ކުުރިން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން ދެމުން ގެންދިޔަ، އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯޓަރީ އަދި ސްކޭން ކުރުމުގެ ޚިދުމަތްތައް އާސަންދަ އިން އުނިކުރުމަށް މިދިޔަ ބުދަދުވަހު އެންސްޕާގެ ބޯޑުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އާސަންދަ ހިދުމަތް ކުއްލި ގޮތަކަށް މެދުކަނޑާލުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ސަރުކާރަށް ފާޑުކިޔާފައިވެ އެވެ. އަދި އެ ހިދުމަތް މެދުކަނޑާލީ ސަރުކާރު ހިންގާ ޕީޕީއެމް އަށް ކުރިމަތިވި ނާކާމިޔާބާ ގުޅިގެން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. އެކަމަކު ސަރުކާރުން އެކަން ދޮގުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
19 May 2017
މިކަލޭގެ މިދިޔަ ދުވަސްތަކުގައި އުޅުނީ ރާއްޖެތެރޭގައި، ސަރުކަރު ޕާޓީ އަށް ވޯޓް ހޯދުމަށް، ވީ ފެއިލް، ދެން މި ކުރީ މަގާމު ބަދަލު... ދެންވާނީ ކިހިނެއް
އަބްދުއްލާ އަލީ
18 May 2017
މިތަނުން މީނަ ބޭރުކުރަން ޖެހިއްޖެތާ ކިތަންމެ ދުވަހެއް ވެއްޖެ ؟ މިތަން ވަރަށް ބޮޑު އޮޑިޓެއް ކުރަންޖެހޭ ، މިތާގަ މައްސަލަތައް ހުންނާނެ ކަމަށް ލަފާކުރެވޭ.
7
18 May 2017
ތިޔަކަށް ވަކިކުރުމޭ ނުކިޔާނެދޯ...ވަޒީފާ ބަދަލުކޮށްލީނުތީ...ކެންޕޭނުގައި ގިނައިރު އުޅެވޭގޮތަށް....
ސާބަސް
18 May 2017
މުޖުތަބާވަކި ކުރެއްވުމަކީ އޭނާގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިގެންދިޔަ ވަރަށްރަގަޅު ފިޔަވަޅެކެވެ. އެންސްޕާއަށް ކޮރެޕްޝަންވަދެ އަދި މަޖްލިސް މެމްބަރުންނާއި، އަނބި ކަނބަލުންގެ ނުފޫޒާއި، މިނިސްޓަރުންގެ ބާރުއޮތް މިންވަރާއި، އެހީދީފައިހުރިގޮތާއި، އެހީދިނީކޮންބަޔަކަށް ކިހިނެއްކަން މުޖުތަބާއަށް ވަރަށް ރަގަޅަށް އެގޭނެއެވެ.
ރުމާލް 2
18 May 2017
މުޖުތަބާ ބޭނުންކުރެއްވީ ވޯޓްހޯދަން ހަތިޔާރަކަށް އެންސްޕާ ނަހަމަގޮތުގައި ބޭނުންކުރަން. ނަމަވެސް ކާމިޔާބެއް ނުލިބުމުން އަބަދުވެސް ކަންކުރައްވާގޮތުގެ މަތިން ބޭނުންވާކަންތައްކޮށް ބޭނުން ނެތުމުން ވަޒީފާއިން ވަކިކޮށް އެއްލާލުމުގެ ފުރުޞަތުގެ ދަށުން މިކަންވެސްކޮށް ނިންމާލީއެވެ. ޝުކުރިއްޔާ
ބަލިފައި
18 May 2017
މުޖްތަބާގެ ތަޢުލީމުވެސް، ޤާބިލްކަންވެސް އަދި ފެންވަރުވެސް އެބަހުރި. މައްސަލައަކީ، ފޮނިކަމާ، ބޮޑާކަމާ، ކިބުރުވެރިކަމާ، ނޭއްގާނިކަން އިންތިހާއަށް ހުރުން. ތިމާ އަކީ އެހެން އެންމެންނަށްވުރެ ހައިބަތު ބޮޑު، އެހެން އެންމެނަށްވުރެ މަތީގައި އުޅޭ އަދި އެކަކަށްވެސް 'އަތްނުލެވޭނެ' މީހެއްކަމުގައި އަމިއްލައަށް ދެކުން. ސަރުކާރުން ކިތަންމެ ރަނަގަޅަކަށް ކަމެއްކުރިޔަސް މިފަދަ މީހުންނާ ހެދި އެކަމެއް ފާހަގަ ނުވަނީ.
ހުސެއިން
18 May 2017
މުޖުތަބާ ޖަލީލް އަކީ ވަރަށް ހިންގުންތެރި ޒިންމާދާރު، އެހާމެ ހެޔޮ ބޭފުޅެއް، އަދި ޕީޕީއެމް އަށާއި މެޑަމް އަށް ވަފާތެރި ބޭފުޅެއް، މުޖުތަބާ މަޤާމުން ވަކި ކުރުމަކީ ހުރިހާ ގޮތަކުންވެސް ޕީޕީއެމް އަށް ލިބުނު ގެއްލުމެއް، ޕީޕީއެމް ތެރޭގަ ތިބި މެޑަމްގެ މަސައްކަތާއި ދޭތެރޭ ހަސަދަވެރި ވާ ބަޔަކު މެޑަމްގެ މަސައިކަތަށް ހުރަސް އެޅުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގަ ފެންނަނީ، މެޑަމްގެ ޓީމުގައި ތިބި ވަފާތެރި ބޭފުޅުން ވަކިކުރަމުން ދިއުމަކީ، މަޑަމްގެ ބާރުކަޑުވާލުން. މަޑަމް މަސަޢްކަތް ހުއްޓާނުލައްވާ ކުރިއަށް ގެންދަވާތި ކާމިޔާބު ވާނެ.
ޙަކަތަ
18 May 2017
ސަރުކާރުގެ އެންމެ ބޮޑު ބަލިފަޔަކީ ފެންވަރާއި ގާބިލްކަންނެތް މީހުން މަގާމްތަކަށް އިސްކުރުން.
އަބްދުއްލާ އަލީ
18 May 2017
މިއީ މީހަކު ގެންގުޅޭ ކުޅޭ އެއޗެއްތަ ؟
ޝާދިޔާ
18 May 2017
ކޮބާ! ހީވޭހޭ ކަމެއްހެން. ބެސްޓް ނިންމުމެއް