ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލްގެ ވިޔަފާރިކުރާ ލިޓަސް އިން ގޭތެރެއަށް ބޭނުންވާ އެކި ސާމާނު ވިއްކަން މާލޭގައި އާ ފިހާރައެއް މިރޭ ހުޅުވައިިފި އެވެ.
"ލިޓަސް ހޯމް ސެންޓަރު"ގެ ނަމުގައި ހެންވޭރު ނޫރު މިސްކިތް ކައިރީގައި، ގޭތެރެއަށް ބޭނުންވާ ތަފާތު އެކި ސާމާނު ވިއްކަން ހާއްސަކޮށްގެން ހުޅުވި މި ފިހާރައިން ދޮންނަ މެޝިނާއި އައިސްއަލަމާރި އާއި ޓީވީ އަދި އެ ނޫން ވެސް އެކި ސާމާނު ލިބެން ހުރެ އެވެ. އަދި އޭގެ އިތުރުން ގޭތެރެ ސާފުކުރާ ތަކެއްޗާއި ބަދިގެއަށް ބޭނުންވާ އެކި ތަކެތި އެ ފިހާރައިން ވިއްކަ އެވެ.
މި ފިހާރަ ރަސްމީކޮށް ހުޅުވައިދިނީ ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.
ލިޓަސް އިން މީގެ ކުރިން ހުޅުވައިފައި ވަނީ ސައިކަލު ވިއްކާ ފިހާރަތަކެވެ. އެ ކުންފުނިން ވަނީ މިދިޔަ އަހަރު ފަހުކޮޅު އައްޑޫގައި ވެސް އެތަނުގެ ޝޯރޫމެއް ހުޅުވާފަ އެވެ.
މިރޭ ހުޅުވި ފިހާރަ އާއި އެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ލިޓަސްގެ 12 ފިހާރަ މިހާރު ހުރެ އެވެ.
ލިޓަސް އިން ވަނީ މިހާތަނަށް އައިއިރު ތަފާތު އެކި ޕްރޮމޯޝަންތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ލިޓަސްއިން މައިންނަަށް ހާއްސަކޮށްގެެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަން ފާހަގަކޮށްލެވެ އެވެ.