ލިޓަސް އިން އަލަށް ސައިކަލް ގަންނަ ފަރާތްތަކަށް 10،000ރ.އާ ހަމަ އަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލްގެ ވިޔަފާރިކުރާ ކުންފުނިން ބުނީ "ބޮޑު ޕްރޮމޯޝަން"ގެ ނަމުގައި ފަށާފައިވާ ޕްރޮމޯޝަން އޮކްޓޫބަރުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ލިޓަސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވީ، ޑިސްކައުންޓްގެ އިތުރުން ޕްރޮމޯޝަންގެ ތެރެއިން ސައިކަލްގެ ޑައުންޕޭމަންޓް ވެސް 50 ޕަސެންޓާ ހަމައަށް ކުޑަވާނެ ކަމަށެވެ.
"މި ޕްރޮމޯޝަންގެ ތެރެއިން އަސްލު ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ސޭވް ކުރެވޭނެ. އަޅުގަނޑުމެން މި ޕްރޮމޯޝަން މިދިޔަ އަހަރު ވެސް ކުރިއަށް ގެންދިޔައިން. މި އަހަރު ކުރިއަށް ގެންދަން ނިންމީ ތަރުހީބަށް ބަލާފަ،" އާސިފް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮމޯޝަން،"
ސައިކަލްގެ ވިޔަފާރީގެ އިތުރުން، މި އަހަރު ކުރީކޮޅު "ލިޓަސް ހޯމް ސެންޓަރު"ގެ ނަމުގައި ހެންވޭރު ނޫރު މިސްކިތް ކައިރީގައި ހުޅުވި ފިހާރައާ އެކު އެ ކުންފުނިން މިހާރު ގެންދަނީ ގޭތެރެ އަށް ބޭނުންވާ ތަފާތު ސާމާނުތައް ވެސް ފުޅާ ދާއިރާއެއްގައި ވިއްކަމުންނެވެ.