ކެންގަރޫ ކިޑްސްގެ ކުލާހެއްގައި ދަރިވަރުންތަކެއް ޓީޗަރުންތަކަކާ އެކު.
26 އޮކްޓޯބަރ 2017 - 14:14
ކިޔަވައިދިނުމުގެ އެހީއެއްގެ ގޮތުގައި ޕްރީ ސްކޫލް އުމުރުގެ ކުދިންނަށް ބޭނުންވާ ވާހަކަ ފޮތް ނުވަތަ "ބިގްބުކް" އުފެއްދުމުގެ މުބާރާތެއް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ޕްރީ ސްކޫލް ޓީޗަރުންނަށް ހުޅުވާލައިފި އެވެ.
އެތަނުން ބުނީ މި މުބާރާތުގައި ތައްޔާރު ކުރަން ބޭނުން ވަނީ 4-6 އަހަރުގެ އުމުރުފުރާގެ ކުދިންނާ ގުޅޭ ފޮތްތަކެއް ކަމަށާއި ޝައުގުވެރިވާ މީހުންނަށް ފޮތް ތައްޔާރުކޮށް ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހާ ހަމަ އަށް ހުޅުވާލައިފައިވާ ކަމަށެވެ.
އެންއައިއީން ބުނީ މުބާރާތަށް ހުށަހަޅާ ވާހަކަ އޮންނަން ވާނީ ދިވެހި ބަހުން ކަމަށާއި ވާހަކަ ފޮތުގައި އޮންނަން ވާނީ ބޭރުގަނޑާ އެކު ޖުމްލަ 10 ގަނޑު ކަމަށެވެ. އަދި ކޮންމެ ވާހަކަ ފޮތެއް ވެސް ބިނާ ކުރަން ވާނީ މަދުރަސީ ތައުލީމުގެ ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ކޮންމެވެސް އެއް ގާބިލިއްޔަތަކަށް ނުވަތަ އަގުތަކާއި ސިފަތަކުގެ މައްޗަށް ކަމަށް އެންއައިއީން ބުންޏެވެ.
ވާހަކަ ލިޔުމުގައި ރާއްޖޭގެ ސަގާފަތާއި ހުރިހާ ކުދިން ޝާމިލު ކުރުމުގެ އުސޫލާ އެއްގޮތަށް ވާހަކަ ފޯރުކޮށް ދިނުމާ އެކު ދެ ޖިންސް ހަމަހަމަވާ ގޮތަށް ވާހަކަ ހުށަހަޅަން އިސްކަން ދޭން ޖެހޭނެ ކަމަށް ވެސް އެންއައިއީން ބުންޏެވެ.
"ބިގްބުކް" ތައްޔާރު ކުރަން ހުޅުވާލި މުބާރާތުގައި އެއް ވަނަ އަށް ހޮވޭ ވާހަކަ އަށް 6،000ރ. ގެ އިނާމެއް ހުށަހަޅާފައިވާ އިރު، ދެ ވަނަ ވާހަކަ އަށް 4،000ރ. އަދި ތިން ވަނަ ވާހަކަ އަށް 3،000ރ. ދޭނެ އެވެ. މީގެ އިތުރުން ހޮވާ ފަސް ވާހަކަ އިން ކޮންމެ ވާހަކައަކަށް 2،000ރ. ގެ އިނާމެއް ލިބޭނެ އެވެ.
އެންއައިއީން ބުނީ ވަނަތަކަށް ހޮވޭ ވާހަކަތައް އެ ތަނުން ޝާއިއު ކުރާ ވާހަކަތަކެއްގެ ގޮތުގައި ޗާޕް ކުރާނީ ވާހަކަ ލިޔުނު ޓީޗަރުގެ ނަމުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިޔާލު
19 November 2017
ކޮންތާކަށްތޯ ފޮތް ލިޔެފަ ފޮތް ހުށަހަޅަންވީ... ވަރަށްރަނގަޅު އެކަން ސާފު ކޮށްލަ ދިނިއްޔާ.... ...ޝުކުރިއްޔާ...
ޚޮޕީރައިޓް
26 October 2017
6000ރ ދެނީ މުޅި ފޮތުގެ ކޮޕީ ރައިޓަށްތޯ؟ މިހެން މިބުނީ ދެން ޕްރިންޓްކޮށްގެން ލިބޭ ފައިދާ ވަރަށް ބޮޑުވާނެ، ހުރިހާ ޕްރީސްކޫލްތަކުގަ މި ބޭނުންކުރާނެ އެއްނު، ހަމަ އެކަނި އެ ހަ ހާސް ލިބޭނަމަ މިއީ ރޯމާ ދުވާލު މީހަކު ފެލާލުން ފަދަ ކަމެއް
އަދީބު
26 October 2017
".... އެ ތަނުން ޝާއިއު ކުރާ ވާހަކަތަކެއްގެ ގޮތުގައި ޗާޕް ކުރާނީ ވާހަކަ ލިޔުނު ޓީޗަރުގެ ނަމުގައި ކަމަށެވެ." މިއީ ހަމައެކަނި ޓީޗަރުންނަށް ހުޅުވާލި ފުރުޞަތެއްތޯ؟
މެންޓަލިސްޓް
26 October 2017
ވަރަށްވެސް ރަގަޅުކަމެށް ،، އަދިޕްރީސުކޫލްތަކުން އެބަޖެހޭ ކުރެހުމުގެ މުބާރާތްތަށްވެސް ބާއްވަން ،،، ކުދީންގެ ކުރިއޭޓިވިޓީ އަށް ޖާގަދޭން ،،، މިއުޒިކްވެސް ދަސްކޮއްދޭން ،،، މިހުރިހާކަށްވެސް އިނގެންވާނެ ،،، ބައެއްއިލްމްވެރީން އެބަވިދާޅުވޭ ހުރިހާ އެއްޗަކީވެސް ވައިބްރޭޝަންތަކެށް ކަމަށް ،، ދުނިޔޭގައި އޮތީ މެގްނެޓިކް ވޭވް ތަކާއި ސައުނޑްވޭވްތަށް ކަމަށް ،،، ހުރިހާ ކަމަކީވެސް އިނާރޖީލެވެލްގައި އިނގާކަންކަންކަމަށް ،، ކޮންމެ ތޯޓްއަކީވެސް އިނާރޖީއެއްކަމަށް ،،، އެހެންވީމައި ޕްރީސުކޫލްތަކުގައި ކުރެހުމާއި މިއުޒިކް ދަސްކޮއްދޭންޖެހޭކަމަށް އަޅުގަނޑު ގަބޫލްކުރަން ،،، މީފަހަރުގައި ބަޔަކަށް ކަމުނުދާ ކަމަކަށްވެދާނެ ،،، އެކަމުއެމީހުންނަށްވެސް ފަހުން ގެޓްވާނެ ،،، ވަރަށްވެދުން
ޝަވޫތު
26 October 2017
ވާހަކަ އޮންނަންވާނީ ދިވެހިން ނަމަވެސް އެން.އައި.އީ. އިން މިކަމަށް މިކިޔަނީ "ބިގް ބުކް".
ހުތާ
26 October 2017
ރަނގަޅު ކަމެކެވެ. އެކަމަކު އިނާމުގެ ކުޑައީ މާބޮޑަށްވެސް.
އަލީ ނަސީރު
26 October 2017
ބަލަ ތިކަހަލަ ކަންތައް ކުރާތީޔޭ މައްސަލަ އަކީ! ނިކަން އެކުދިންނައް އަރަބި އަކުރު ލިޔެ، އަރަބި ބަހުން ރައިވަރު ކިޔަވަން މުބާރާތެއް ހުޅުވަބަލަ!