"ލަވް ކެއާ" އަކީ މާލޭގައި ހިންގަމުން އަންނަ ޒަމާނީ ޑޭކެއާ ސެންޓަރެކެވެ. ނުވަތަ ބެލެނިވެރިން ބިޒީ ގަޑިތަކުގައި ކުދިން ބަލަހައްޓައިދޭ މަރުކަޒެކެވެ. މި މަރުކަޒުގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން މިހާރު ވަނީ ރޭގަނޑު ވެސް ހިދުމަތްދޭން ފަށައިފަ އެވެ.

މ. ބުމްބެރުގެ ފުރަތަމަ ފަންގިފިލާގައި ހިންގަމުން އަންނަ ލަވް ކެއާ އިން ރޭގަނޑު ހިދުމަތް ދޭން ފެށުމާ ގުޅިގެން މިހާރު އެތަން ހެނދުނު 7:15 އިން ފެށިގެން ރޭގަނޑު 10 ޖަހަންދެން ހުޅުވިފައި ހުންނާނެ އެވެ. އަދި ރޭގަނޑު ހިދުމަތްތައް ދޭން ފެށުމާ ދިމާކޮށް، "ވިމެން އެންޕަވާމަންޓް ޕެކޭޖް"ގެ ނަމުގައި ވަނީ ހާއްސަ ޕެކޭޖެއް ވެސް ތައާރަފް ކޮށްފަ އެވެ.

އަލަށް ތައާރަފް ކުރި ޕެކޭޖުގެ ދަށުން ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރާ ބެލެނިވެރިންނަށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި ނޭޝަނަލް ސެކިއުރިޓީ (ޕޮލިސް، އެމްއެންޑީއެފް) އާއި ތައުލީމާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބެލެނިވެރިންނަށް 11 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ލަވް ކެއާ އިން މީގެ ކުރިން ހިދުމަތް ދެމުން ދިޔައީ އެއް އަހަރުން މަތީގެ ކުދިންނަށް ކަމަށް ވިޔަސް މިހާރު އެތަނުން ތުއްތު ކުދިންނަށް ވެސް ޑޭކެއާގެ ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ. އެ ސެންޓަރުން ބުނީ ތުއްތު ކުދިން ބަލަހައްޓާނީ ވަކިން ހާއްސަ ކޮޓަރިއެއްގައި ކަމަށެވެ.

ބެލެނިވެރިންނަށް މިހާރު މި ސެންޓަރުން ތަފާތު ގިނަ ޕެކޭޖުތައް ނެގުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ހަތަރު ގަޑިއިރާއި، ހަ ގަޑިއިރު އަދި ނުވަ ގަޑިއިރުގެ އިތުރުން 12 ގަޑިއިރާއި 15 ގަޑިއިރުގެ ޕެކޭޖުތައް ނެގޭނެ އެވެ.

ލަވް ކެއާގައި ކުދިންތަކެއް ކުޅެނީ، މި ތަނުގައި ވަނީ ކުޑަކުދިންނާ ގުޅޭ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމްކޮށްފައި.
ލަވް ކެއާގައި ކުދިންތަކެއް ކުޅެނީ، މި ތަނުގައި ވަނީ ކުޑަކުދިންނާ ގުޅޭ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމްކޮށްފައި.

މި ސެންޓަރުގައި ވަނީ ކުޑަކުދިންނާ ގުޅޭ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމްކޮށްފަ އެވެ. އެގޮތުން ޓީވީ ރޫމަކާއި، ލައިބްރަރީ ކޯނަރަކާއި ޖާގަ ތަނަވަސް އިންޑޯ ޕްލޭ ގްރައުންޑަކާއި ބެޑްރޫމެއް ހުރެ އެވެ. ކުއްޖާ ނިދަން ބޭނުންވެއްޖެ ނަމަ، ހަމަޖެހިލައިގެން އަރާމުގައި ނިދާލެވޭނެ އެވެ.