ޚަބަރު / ކްރިމިނަލް ކޯޓް

ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދުގެ ހެކި ބަހެއް ނުނެގި!

ފަނޑިޔާރު އަލީ ހަމީދު (ކ) އާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު. - ފޮޓޯ: މިހާރު

އުއްތަމަ ފަނޑިޔާރުގެ އަބްދުﷲ ސައީދާ ދެކޮޅަށް އުފުލާފައިވާ، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލައިގައި އެ މަނިކުފާނުގެ ފަރާތްޕުޅުން ދިފާއުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ ނަން ހުށަހެޅުމުން އެ ދެ ބޭފުޅުންގެ ހެކިބަހެއް ނުނެގި އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ކުރަނީ ސުޕްރީމް ކޯޓުގެ ގަވަރްމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ޚިދުމަތް މެދުކަނޑާލަން އެންގެވި ކަމަށް ބުނެ އެވެ. މި މައްސަލަ ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެ މަނިކުފާނަށް އަންނާނެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ވަނީ ދިފާއުގައި ފަސް ހެއްކެއް ހުށަހަޅުއްވައިފަ އެވެ. އެކަމަކު، ހެކި ބަސް ނެގީ އެންމެ ބޭފުޅެއްގެ އެވެ. އެއީ ސުޕްރީމް ކޯޓުގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ވަހީދެވެ.

އުއްތަމަ ފަނޑިޔާރު، ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަކަށް ވަޑައިގަތުމަށް ލޯންޗުން ފައިބައިވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ދިފާއުގައި ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދާއި އިބްރާހިމް ވަހީދުގެ އިތުރުން ކޯޓުގެ ރަޖިސްޓްރާ ފާތުމަތު ޔުމްނާ އާއި ކޯޓުގެ އިސް ބޭފުޅެއް ކަމަށްވާ އާތިކާ އިބްރާހިމް ހެއްކެއްގެ ގޮތުގައި ހުށަހެޅި އެވެ. އެކަމަކު، ހަތަރު ބޭފުޅުން ކޯޓަށް ވަޑައެއް ނުގަންނަވަ އެވެ.

ދައުލަތުގެ ވަކީލު ޝަމްލާ ޝަމީމް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ހުށަހެޅުއްވި އެއްވެސް ހެއްކަކީ ދައުވާގައި ބުނާ އެއްވެސް ސަބަބެއް ނަފީ ކުރަން ހުށަހަޅާފައިވާ ހެކިތަކެއް ނޫން ކަމަށެވެ. އެހެންވެ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހެކިން ބަލައިނުގަތުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ނަމަވެސް، ދިފާއީ ވަކީލުން ވިދާޅުވީ އެބޭފުޅުން ހުށަހެޅި ހެކިވެރިންނަކީ މައްސަލައިގެ އަސާސްއާ ގުޅޭ ހެކިތަކެއް ކަމަށާއި ހެކިވެރިން ހާޒިރު ނުކުރާ ނަމަ، އަދުލުވެރި ގޮތަކަށް އެކަން ނުވާނެ ކަމަށެވެ. އަދި ކުށުން ބަރީއަވުމުގެ ހައްގު އުއްތަމަ ފަނޑިޔާރަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ ކަން ވަކީލުން ހަނދާންކޮށް ދެއްވި އެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރު އިބްރާހިމް އަލީ ވިދާޅުވީ ފަސް ހެކިން ހާޒިރުވުމަށް ކްރިމިނަލް ކޯޓުން ޗިޓު ފޮނުވި ކަމަށެވެ. އަދި ހެކިން ހާޒިރު ކުރުމަށް ބާރު އެޅުމަކީ ދިފާއީ ވަކީލުން ކުރައްވަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދު ހާޒިރު ނުކުރަން ނިންމީ މި ބާވަތުގެ މައްސަލަތަކެއް އެ ބޭފުޅުންނާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ހުރީމަ ކަމަށް އޭނާ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދުގެ މައްޗަށް މި ބާވަތުގެ މައްސަލައެއް ހުށަހަޅައިގެން ކޯޓުގައި ކުރިއަށް ނުދާ ކަމަށެވެ. އަދި ހުށަހެޅި ނަމަ، ޝަރީއަތުގެ މަޖިލީހުގައި ދެ ބޭފުޅުން ތިއްބެވީސް ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ޝަމްލާ ވިދާޅުވީ އުއްތަމަ ފަނޑިޔާރު، ޚިދުމަތް މެދުކަނޑާލަން އެންގެވި މައްސަލައަކީ މިދިޔަ ފެބްރުއަރީ 1 ގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން ތަހުގީގު ކުރި މައްސަލައެއް ކަމަށެވެ. އަދި ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދަކީ ބޮޑު މައްސަލައިގެ ތުހުމަތު ކުރެވޭ ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުން ވަނީ ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިއްބެވި ބޭފުޅުން ކަމާއި އެ ބޭފުޅުން ކޯޓަށް ހާޒިރު ކުރުމުގެ އެއްވެސް ބާރެއް ނެތް ކަމަށް ބުނެފަ އެވެ. އަދި މީގެ ކުރިން ބޭއްވި ޝަރީއަތްތަކުގައި، ބަންދުގައި ތިބޭ މީހުން، ކްރިމިނަލް ކޯޓުގެ އެންގުމަށް ހެކި ބަސް ނެގުމަށް ހާޒިރު ކުރާ ކަމަށް ވަކީލުން ބުންޏެވެ.

އުއްތަމަ ފަނޑިޔާރު ވަނީ ކޮޅަށް ތެދުވެ ހުންނަވައި، ހަތަރު ބޭފުޅުންގެ ހެކި ބަސް ނުނަގަން ފަނޑިޔާރު ނިންމެވުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ހުށަހެޅި ހެކިތަކުން މިއީ "ފެބްރިކޭޓެޑް" (އަމިއްލަ އަށް އުފައްދައިގެން) އުޅޭ ކަމެއް ކަން ސާފުވާ ކަމަށެވެ. އަދި ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އެއްވެސް މުވައްޒަފަކަށް އަންގަވާފައި ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އެންގެވި ކަމަށް ބުނާ އިރު، އެކަމަކީ ހިނގި ކަމެއް ނޫން ކަމަށާއި އުއްތަމަ ފަނޑިޔާރު "ވާގަނޑެއް ބުރިކޮށްލަން" ވިދާޅުވެފައި ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މައްސަލައެއް ނިންމާނީ ފަނޑިޔާރުންގެ މަޖިލިސް އެއްވެގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް، މި މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ދިފާއުގައި ހުށަހެޅި ހެކިންގެ ހެކި ބަސް ނުނަގަން ނިންމައި، މާދަމާ އޮންނަ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. އެހެންކަމުން މާދަމާ އޮންނާނީ މި މައްސަލައިގައި ބާއްވާ އެންމެ ފަހުގެ އަޑުއެހުން ކަމަށް ބެލެވެ އެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވިދާޅުވީ މާދަމާ އޮންނަ އަޑުއެހުމުގައި ހުކުމް އިއްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި "ދިގު ޝަރީއަތުގެ އަޑުއެހުމެއް" އޮންނާނެ ކަމަށް ބަލާފައި ތައްޔާރުވާނެ ކަމަށް ވިދާޅުވި އެވެ.

6 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 3%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޯލް

09 May 2018

ދައުލަތުގެ ވަކީލަށް ޤާނޫނު އަސާސީ ރަގަޅަށް އިނގޭބާ؟؟؟ އަލީ ހަމީދާއި ހަސަން ސައީދު ހުރީ ކުށެއްގެ ތުހުމަތުގައި، ކޯޓުގައި ޝަރީޔަތް ކުރިއަށް ދަނީ އެހެންވީމަ، ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތުގައި ހުއްޓަސް، އެމީހަކު ކުށްވެރިނުވާހާ ހިނދު އެމީހެއްގެ ހެކިބަސް ބަލައިގަންނަންޖެހޭނެ.

The name is already taken The name is available. Register?

ހެކި ބަސް

07 May 2018

ހެކިބަސް ހޯދާނީ ހަމައެކަނި އެއްމެ މީހެއްގެ ފަރާތުންކަމަށް ބުނެ ގާނޫނެއް ހަދާލާ. އެއީ ވެރިޔަކަށް ހުންނަ މީހާ ބުނާގޮތަށް އޭނަގެ ހެކި އެކަނި ނަގާގޮތަށް. ވަރަށް ޔަޤީން.

The name is already taken The name is available. Register?

ޢަލިދީދީއައްޑޫސިޓީ

06 May 2018

ހެކިދިނުމަށް ކޯޓަށް ހާޟިރުވާ ހިސާބުން އެފަރާތްތަކާމެދު "ހުވަފެން" ފެނި މައްސަލަތައް ވިހައި އުފަންވެ ޖަލަށް ދާންޖެހިދާނެ. ހެއްކަށް ނުފޫޒު ފޯރުވާ ގޮތުގެ ކުޑަކުޑަ މިސާލެއް. ކޯޓުގެ ޗިޓަށް ހާޟިރުނުވީމަ ވެސް ހަމަ އޯކޭތޯ؟ ޙާޟިރު ނުވެ ހެކިބަސް ދިނުމަށް އުޒުރުވެރިވީމަ އުއްތަމަ ފަނޑިޔާރުގެ ކޮޅަށް އެތަކެއް ޕްލަސް ޕޮއިންޓް!!!

The name is already taken The name is available. Register?

އަލީގ

06 May 2018

އެތައް ބަޔަކު ބަންދުގައި ބައިތިއްބާފަ މިތިބެނީ ހެއްކައް ނުފޫޒު ފޯރުވަފާނެކަމައް ބަލާފަ އެކަމަކު މިހާރު މިފެންނަނީ ހެއްކައް ނުފޫޒު ފޯރުވުން އޭގެ ދިމާ އިދިކޮޅައްހިނގާކަމުގެ ނިށާންތައް. މިހާލަތް ދިމާވާއިރު ދެން ބަންދުގަ ބަހައްޓާނީ ކާކުބާ.

The name is already taken The name is available. Register?

މަހަށްދޭދޭ

06 May 2018

ކޮބ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ. ތަމެން ދެން މަަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

The name is already taken The name is available. Register?

ބޮޑުބޭބެ

06 May 2018

ކަލޯ ރަންރީދޫމީހުން ބުނާވާހަކަޔެ އަބަދުވެސް އޮވޭ އެބޭފުޅުން އެބޭފުޅުންނާއޭ ގޮތްޖެހޭނީ އެހެންނޫންތޯމިވަނީ ވަރަށް ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454