ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަޖިލީހުގެ ޖަލްސާއެއްގެ ރިއާސަތު ބަލަހައްޓަވަނީ. ފޮޓޯ މަޖިލިސް
04 ޖުލައި 2018 - 15:00
ރައްޔިތުން އެ މައްޗަށް އަމަލުކުރަން ލާޒިމްކުރާ އެއްވެސް ކަމެއް މަޖިލީހުން ފާސްކުރަން ޖެހޭނީ މަޖިލިހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ހާޒިރުވެ ތިބެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ވިޔަސް "ޒަރޫރީ ހާލަތްތަކުގައި" އެއަށް ވުރެ މަދުން މެމްބަރުން ތިއްބަސް ވޯޓަށް އެހޭ ގޮތަށް އެންމެ 31 މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ހުށަހެޅުއްވި ގޮތަށް ޕީޕީއެމް/އެމްޑީއޭ ކޯލިޝަން މެމްބަރުންގެ އިއްތިފާގުން އެގޮތަށް ފާސްކުރީ އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް ހުށައަޅާފައިވާ އިސްލާހުތަކަށް ވޯޓަށް އަހަން ބަލާއިރު، މަޖިލިހުގެ ގަވައިދުގައި ވެސް ބުނާ އަދަދަށް މެމްބަރުން ނެތް ކަމަށް ބުނެ އެވެ.
މަސީހުގެ މި ހުށައެޅުއްވުމުގައި ރައްޔިތުން އެ މައްޗަށް އަމަލްކުރުން ލާޒިމްކުރާ ގާނޫނުތައް ފާސްކުރާ އިރު މަޖިލިހުގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ތިބެން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ މާއްދާގެ އެއްވެސް ވާހަކައެއް ގެންނަވާފައެއް ނުވެ އެވެ.
ރިޔާސަތުގެ ހުށަހެޅުން މި އައީ ހަމަ ކުއްލިއަކަށެވެ. ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރު މެމްބަރުން ހުށަހެޅުއްވި އިސްލާހުތަކަށް ވޯޓަށް އަހަން މިދިއަ ދެ ދުވަހު ޖަލްސާ ބޭއްވި އެވެ. އެކަމަކު ގާނޫނުއަސާސީގައި ބުނެފައިވާ އަދަދަށް މެމްބަރުން ހާޒިރުނުވުމުން އެ ދެ ޖަލްސާ ވެސް މަސީހު ނިންމަވާލެއްވީ ވޯޓަށް އަހަން ބޭނުންވާ ވަރަށް މެމްބަރުން ހާޒިރުވެފައި ނެތް ކަމަށް ވިދާޅުވެ އެވެ. އެ ދެ ޖަލްސާގައި ވެސް ގާނޫނުއަސާސީގެ މާއްދާތަކަށް މަސީހު ހަވާލާދެއްވާފައެއް ނުވެ އެވެ. އެމަނިކުފާނު މުޅިން ވެސް ވިދާޅުވީ މަޖިލިހުގެ ގަވާއިދުގެ މާއްދާތަކެކެވެ.
ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނަނީ "ރައްޔިތުން އެއަށް އަމަލްކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި" ކަމަށެވެ.
މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ވެސް ހަމަ އެގޮތަށް ވަނީ ކަނޑައަޅާފަ އެވެ. މިހާރުގެ މަޖިލިހުގައި 85 މެމްބަރުން ތިއްބަވާ އިރު ގާނޫނުއަސާސީގައި އެ ބުނާ އަދަދަކީ 43 މެމްބަރުންނެވެ.
މިދިއަ އަހަރުގެ ޖުލައި މަހު ޕީޕީއެމްގެ 12 މެމްބަރުން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ފަހުން މަޖިލިހުގައި ސަރުކާރަށް އެ އަދަދު ހަމަކުރެވިފައެއް ނުވެ އެވެ. އަދި އެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އުފެދިފައިވާ ދެބަސްވުމަށް މިހާތަނަށް ވެސް ސުޕްރީމް ކޯޓުން ހައްލެއް ގެނެސްދީފައި ނުވާތީ، އެ މެމްބަރުންނަށް މަޖިލިހަށް ވެންނެވޭ ގޮތެއް ނުވެ އެވެ.
މަސީހް ވިދާޅުވީ މިދިޔަ ދެ ދުވަހު ބޭއްވި ޖަލްސާގައި އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް ހުށަހެޅި އިސްލާހަށް ވޯޓަށް އަހާތީ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމަށް ހުރިހާ މެމްބަރުންނަށް ތަކުރާރުކޮށް އިލްތިމާސް ކުރެއްވި ކަމަށެވެ. އެކަމަކު ދެ ދުވަހު ވެސް ތަޅުމުގައި ތިއްބީ އެންމެ 35 މެމްބަރުންނެވެ.
މަސީހު ވިދާޅުވި ގޮތުގައި ތަޅުމުގައި 35 މެމްބަރުން ތިއްބެވި ނަމަވެސް އެމްޑީޕީގެ 10 މެމްބަރަކާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހަތަރު މެމްބަރަކު މަޖިލިހަށް ހާޒިރުވެވަޑައިގެންނެވި ކަމަށް ސޮއިކުރެއްވި އެވެ.
މިދިއަ އަހަރުގެ ޖުލައި މަހުން ފެށިގެން އިދިކޮޅު މެމްބަރުން އެއްވެސް ޖަލްސާއަކަށް ވަޑައެއް ނުގަންނަވަ އެވެ. އެ ބޭފުޅުން ވިދާޅުވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލިހުގެ އަގުލަބިއްޔަތުން ހުށަހައަޅާފައި އޮއްވާ އެއަށް ވޯޓަށް ނާއްސަވާ، ރިޔާސަތުގައި މަސީހު އިންނަވައިގެން ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މިއަދު މަސީހް ވިދާޅުވީ ޖަލްސާގައި ހާޒިރުވެ ތިއްބެވީ 35 މެމްބަރުން ކަމަށް ވާތީ ވޯޓު ނެގުމުގައި ބަލަން ޖެހޭ އަދަދާ މެދުގައި ވިސްނާލަން ޖެހޭ ކަމަށެެވެ. އެހެންވެ، މިކަމުގައި އަމަލުކުރާނެ ގޮތެއް ނިންމައި ދިނުމަށް އެދި، ވަނީ "ޒަރޫރީ ހާލަތުގައި" 43 މެމްބަރުން ނެތަސް ވޯޓަށް އަހަން ހުށަހަޅައިފަ އެވެ.
އެ ހުށަހެޅުއްވުމުގައި ބުނެފައިވަނީ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ބުނާ ގާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން ތިން ބިލެއް ފާސްކުރުމަށް ވޯޓަށް އެހުމުގެ ކަންކަން ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. ތިން ބިލަކީ ވެސް ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބާއި ދައުލަތުގެ މަސްލަހަތާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ތިން ބިލު ކަމަށް ވެސް މަސީހްގެ ހުށަހެޅުމުގައިވެ އެވެ.
މި ތިން ބިލު ފާސްކުރުމަށް މިހާރުން މިހާރަށް ވޯޓަށް އަހަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެ ހުށަހެޅުމުގައިވެ އެވެ. ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކަށް ރިއާޔަތް ކުރުމަށް ފަހު، "ޒަރޫރަތްތެރި ހާލަތުގައި"، ގަވައިދުގައި ބުނާ ގާނޫނީ އަދަދު ހަމަ ނުވި ނަމަވެސް ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ހ) ގައި ބުނާ ގާނޫނީ އަދަދު (މިހާރުގެ ނިސްބަތުން 21 މެމްބަރުން) ހަމަވާ ނަމަ ވޯޓަށް އަހަން ފެނޭތޯ މަސީހް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ހުށަހެޅުން ފާސްކުރުމާ ގުޅިގެން ވިލިމާލެ ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުށަހެޅުއްވި ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހުށަހެޅުއްވި ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ވަނީ ފާސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޭތަ
05 July 2018
މަނިކުފާނޫ، މަނިކުފާނާއި މަނިކުފާނު ތީ މަޖުލީހުގެ ރައީސް ކަމަށް ގަބޫލު ކުރާ މެމްބަރުން ކޮޅާއެކު ހަނދަށް ވަޑައިގްނަވަން ވީ ނޫންތޯ؟ އޭރުން އަޅަމެން ތިޔަ ބައި މީހުންގެ އަނިޔާ އިން ސަލާމަތް ވެދާނެ ތޯއްޗެއް!
ޡަރީ
05 July 2018
ޤާނޫނު އަސާސީ އާ ޚިލާފު އެއްވެސް ނިންމުމެއް މަޖިލީހުން ފާހެއް ނުކުރެވޭނެ.
އައްޑޫ ބެއްޔާ
05 July 2018
މިއީ ދިވެހި ޑިމޮކްރަސީގެ ދޮންބައްޕަ. ދިވެހިންގެ ޒާތީ މިނިވަންކަމާ، ފަރުދީ ޙައްޤާއި ޤާނޫނުގެ ވެރިކަމުގެ ދުޝްމިނެއް. ކެރިހުރެ މިބުނަނީ.
ކުޑަހުވަދޫ
05 July 2018
ތިގާނޫނު ފާސްކުރީމަ ދެން ތިމަޖްލީހުން ކުރާހުރިހާކަމެއް ސައްޚަވީތޯ؟ މީގެ ކުރިން ޤާނޫނާ ޚިލާފައް ކަންކަން ކުރަމުން އައީ ތިޔަ އިސްލާހް ގެނެސްގެންތޯ؟ ކަލޭމެންގެ ކުރިމަތީގަ ޤާނޫނު އެއީ އޮތްއެއްޗެއްކަމަކަށް މިރާއްޖޭގެ ރައްޔިތުން ޤަބޫލެއް ނުކުރާނެ. އެއައްވުރެއް ހަޔާތްކުޑަ ބައެއްތީ. ފޮށިތަންމަތި ރެޑިކުރޭ ބޭރުކުރާނަން މިފަހަރު.
އެޑްމުންޑޯ
05 July 2018
ތިޔަ މަޖްލިަހަށް ބިލްތައް ވެއްދުމުގެ ބޭނުމެއް މިހާރު އެބައޮތްތޯ ؟ ރައީސް އޮފީހުން ބިލްތައް ތަސްދީގު ކުރެއްވާފައި ގެޒެޓް ކުރެއްވީމާ އެނިމުނީ ނޫންތޯ ، ތިޔައިން ބިލަކަށް ބަހުސްކުރާނެ ފަރާތެއް މިހާރަކުވެސް ހުރީކީ ނޫނިއްޔާ.
މޮޔައިން
05 July 2018
ޤާނޫނު އަސާސީގައި ވަކިކަމެއް ވަކިގޮތަކަށް ކުރަން ކނަޑައަޅާފައިވަނިކޮށް އެ ޤާނޫނު އަސާސީ ގެ އެ މާއްދާއަށް ބަދަލެއް ނުގެނެސް އެ އާ ޚިލާފަށް މަޖްލީހުން ކަމެއް ފާސްކުރިއަސް ޞައްޙައެއް ނުވާނެ. އެހެނީ ތިކުރާ ފާސްކުރުމަކުން ޤާނޫނު އަސާސީ އިން ލާޒިމުކުރާ ޝަރުތު އުވިގެނެއް ނުދޭ. ދެން ތިއީ ބާތިލު ނިންމުމެއްކަން ތިމާމެންވެސް އެހެން މީހުންވެސް ޤަބޫލުކިށްގެންތިއްބާ ސްޕްރީމްކޯރޓުން ހަމަ ނިންމަފާނެ ނޫނޭ އެ ނިންމުން ހަމަ ބަރާބަރޭ މީގެ މާނައަކީ މިއި ޤާނޫނު އަސާސީއާ ޤާނޫނީ ހަމތަކަށް ޢަމަލުކުރާ ދައުލަތެއް އިތް ޤައުމެއް ނޫނޭ. ރައްޔިތުންގެ ވެރިކަމުގެ ނަމުގައި ޑިމޮކްރަސީގެ ނަމުގައި ރަސްކަމެއް ކުރާ ޤައުމެކޭ
އަލިފުޅު
05 July 2018
ދިވެހިރާއްޖޭގައި ތާ އަބަދަށް ވެސް ދެމި އޮންނާނީ ޒަމާންވީ ބޯދާ ރަސްކަމެވެ. މި ނޫން ދުވަހެއް އަޅަމެންނަށް ދައްކަވާށިއެވެ.
ޚިޔާލު
04 July 2018
ޢެއްމެ ފަހަތައްލާންވީ މާއްދާއަކީ "މި ގާނޫނީ އަސާސާއި ދެކޮޅަށް ކޮންމެފަދަ ނުބައި ކަމެއްކުރުމުގެ ބާރު އޭރަކު ވެރިކަންކުރާ ޕާޓީއަކަށް ނުވަތަ ސަރުކާރަކަށް ލިބިގެންވެއެވެ. އަދި އެހެންކުރެވޭ ކަމެއްގެ މައުލޫމާތު ދިވެހި ރައްޔަތުންނަށް އަންގާކަށް ނުޖެހޭނެއެވެ. އޭރުން އަބަދުވެސް އޮންނާނީ ގާނުނީދަށުން ހިންގާ ވެރިކަމެކެވެ. ޙެޔޮލަފާ ޑިމޮކްރޮސީއެއް ނެތަސް މައްސަލައެއްނެތަސް މައްސަލައެއް ނެތެވެ.
އާދަނު
04 July 2018
ދިވެއްސަކަށްވީތީ ލަދުގަނޭ
ޒީރޯޓޮލަރެންސް
04 July 2018
ގާނޫނު ހަދާ މަޖިލުގެ ރައީސެއް ނޫން ރައީސުލްޖުމްހޫރިޔާ ކަމުގައި ހުއްޓަސް ގާނޫނު އަސާސީ އާހިލާފް ކަމެއްކޮއްފައި އެއީ ސައްހަ ކަމކަށް ނުވާނެ