އިބޫ މިއަދު ހުޅުމާލޭގައި. ދެ ފަހަރެއްގެ މަތިން އޭނާ އަށް ހަމަލަ ދިނުމަށް މަސައްކަތް ކުރި. ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވޭ. - ފޮޓޯ: އެމްޑީޕީ
10 ޖުލައި 2018 - 22:26
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ހަމަލަ ދޭން އުޅުމާ ގުޅިގެން އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.
ހުޅުމާލޭގެ ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ރަށަށް މިއަދު ވަޑައިގަތުމުން، ބަޔަކު ވަނީ ދެ ފަހަރެއްގެ މަތިން އިބޫ އަށް ހަމަލަ ދިނުމަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު، އިބޫ އަށް ހަމަލަ ދިނުމުގެ ކުރިން ކައިރީގައި ތިބި ސެކިއުރިޓީންނާއި އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ އެކަން ހުއްޓުވައިފަ އެވެ. ކެމްޕެއިން ކުރައްވަނިކޮށް، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ގަޔަށް ކަޅު ތެޔޮ ވެސް ޖެހި އެވެ.
ހުޅުމާލޭގައި ދިރިއުޅޭ އާއިލާއަކާ އިބޫ މިއަދު ބައްދަލު ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ
އެކަމަކު، މިހާތަނަށް އައިއިރު، މިކަމާ ގުޅިގެން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ. އަދި އެކަން ހުއްޓުވަން ފުލުހުން މަސައްކަތް ކުރި ތަނެއް ވެސް ނުފެނުނެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މަދު ބަޔަކު ނިކުމެ، އިބޫ އަށް ހަމަލަ ދިނުމަށް މަސައްކަތްކޮށް، "ދޮރުން ދޮރަށް" ކެމްޕެއިން ކުރަން ހުރަސް އަޅާފައިވާ ކަމަށެވެ.
ސުލްހަވެރި ހަރަކާތްތައް ހިންގުމަށް ހުރަސް އަޅަން ކުރާ މަސައްކަތަށް ސަރުކާރުން އެހީތެރިވުން ހުއްޓާލުމަށާއި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް ފަހިކޮށްދިނުމަށް އެމްޑީޕީން ގޮވާލި އެވެ.
އިބޫ އަށް ކެމްޕެއިން ކުރުމަށް ހުޅުމާލެ އިން ބަޔަކު ހުރަސް އަޅަމުން ދާތީ އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ސޯޝަލް މީޑިއާގައި ސަރުކާރަށާއި ޕީޕީއެމާއި ފުލުހުންނަށް ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.
އިބޫ މިއަދު ނޫސްވެރިންނަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކުރިމަތިވެވަޑައިގަންނަވާ ކަމަކުން ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އިދިކޮޅު ޕާޓީތަކުން ގުޅިގެން ނިކުމެ ތިބީ ރާއްޖެ އިން އަނިޔާވެރިކަމާއި ކޮރަޕްޝަން ނައްތާލައި ރާއްޖެއަށް އިންސާފާއި ހަމަހަމަކަން ހޯދައި ދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން ފެށި މަސައްކަތާއެކު ކުރިއަށް ދާން މިތިބީ ތައްޔާރަށް. އެހެން ކުރިމަތިވާ ކަމަކުން، ފަސް ޖެހުމެއް ނެތް. ކުރިއަށް ދާނީ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި ހުޅުމާލެ އިން މިއަދު ފެނުނު މަންޒަރަކީ ރައީސް އަބްދުﷲ ޔާމީން އިންތިހާބުން ބަލިވެފައި އޮތް ތަނެވެ. އަދި އެފަދަ ހަމަނުޖެހުންތައް ހިންގަނީ އިންތިހާބެއްގައި ވޯޓުލައިގެން ކާމިޔާބު ނުކުރެއްވޭނެކަން އެނގިވަޑައިގަންނަވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެއްޔާ، އެކުވެރިސުވައިދީބް
11 July 2018
ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަކީ ހަމަ ކޮންމެ ރައްޔިތަކައް ވެސް ލިބިގެންވާ ހައްޤެކެވެ. މިކަމުގައި ވަކި ރަށެއް ވަކި ކުލައެއް ވަކި ސިޔާސީ ޕާޓީއެއް އަދި ވަކި ޖިންސެއް އިސްތިސްނާއެއް ނުވެއެވެ. ވަކި ބަޔަކާއި ދޭތެރޭގައި ވަކި ގޮތަކައް ކަންކަން ކުރަން ފަށައިފިނަމަ އިސާހިތަކު ޤައުމުގެ ސުލްހަ މަސަލަސްކަން ގެއްލިގެން ހިނގައިދާނެއެވެ.
ޝީރީން
11 July 2018
އަމިއްލަ އަށް ހުރިހާ ފާފައެއް ކޮށްފައި އެހެން މީހުންގެ ބޮލުގައި ނޭޅުވޭނެ ތަމެން ކުރާ ފާފައިގެ ޒިންމާ ތަމެން ނަގާ....
ރީތި މޫސަ
11 July 2018
ތިކަމަކީ އެމްޑީޕީއިން ރާވައިގެންޖެއްސި ސްޓަންޓެއް 2018 ގަ ތިއެއްޗިއްސެއްނުހިނގާނެ އިބޫ އަކީ އެމްޑީޕީއިންކުރާ ތިޒާތުގެ ދަށުޢަމަލުތަށް ބަލައިގަންޒާތުގެ މަރުމޯލެއްނޫން ދެންވެސް ސްޓަންޓްނުޖައަސާތި
އަބްދުއްލާ
10 July 2018
އީޔޫން ދަތިކުރުމުގެ ފިޔަވަޅެއް އަޅައިފިނަމަ އެމްޑީޕީ ގައިރު ގާނޫނީ ކޮށް އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ ދޮރު ބަންދު ކުރެވޭނެ. އެހިސާބުން ނިމުނީކީނޫން އެމްޑީޕީ އުވާވެސްލެވޭނެ
އާދަނު
10 July 2018
އެއޮތީ އައްޑަނަ ނަގާފަ. ފުލުހުންނަށް ނުކެރޭ އެހިސާބަށްދާންވެސް.
ސިއްތު
10 July 2018
ޔާމިނު މާ ބޮޑަށް ޓްރެންޑް ވަނީ ދޯ؟ އެޓެންޝަން ޑައިވާޓް ކޮށްލަން ތިވެސް ގޮތެއް. އެކަމު ދެން ތަންކޮޅެއް އާ ކަމެއް ކުރަން ވެއްޖެއްނު؟ ޕީޕީއެމްއިންވެސް ނެގެޓިވް ރިވިއު ހޯދާކަށް ނޫޅޭނެ ދޯ މިދުވަސްވަރު.
ފަނޑިޔާރުބޭ
10 July 2018
ކުއްވެރި ކުރާނެ ކަމެއްނެތް..ތީ ތިމީހުން އަމިއްލަ އަށް ރައްޔިތުންގެ ސަމާލު ކަމާއި ދެން ތިބި އިދިކޮޅު މީހުންގެ ސަޕޯޓް ގެއްލުވާލުމަށް ޓަކައި ކުރަމުން ގެންދާކަންތައްތައް...މަކަރާ ހީލަތް ހަދައިގެން ކުރާއެއްވެސް ކަމެއްގައި ބަރަކާތް ތެރިކަމެއް ނުހުންނާނެ....އަދި ނަތީޖާ ނުކުންނައިރުގައި ތިމާމެން ރޯނެ....
ޚިޔާލް123
10 July 2018
ކެމްޕޭންގެ ސްޕީޑް މަޑުޖެއްސުމަށްޓަކައި އަދި އިންތިހައިބު ލަސްކުރުމަށްޓަކައިވެސް ތިކަން ތިމަގުން ގެންދިއުން ވަރަށް ގައިތެވެ. ހިކުމަތްތެރިކަމާއެކު އިންތިހައިބުގެ ކެމްޕޭން ކުރިއަށްގެންދިއުމަށް ގޮވައިލަމެވެ.
ޖިންސް މަނިކު
10 July 2018
ތިކަންތައް ތިމީހުން އަމިއްލައަށް ރާވަލައިގެން ނުކުރާނެބާ. ސަބަބަކީ އެމްޑީޕީ ވެރިކަމުގައި ޕާޓިގެ އިސްސަފުގައި އުޅުނު ބަޔަކު ލައްވާ އޭރު އިދިކޮޅު މީހުން ބޮލުގައި (ތަންތަނުގައި ރޯކުރުމަށް) އެކަންތައް އެޅުމަށް ރީނދޫ ބޮޑު މީހާ ދިވެހިންގެ ރައީސަކަށް ހުރެ ބަންދު ކޮޓަރީގައި ދިންފަތުވާ މަތިން ހަނދާން ވާވާހަކަ ބުނެލަން
މޯޑް
10 July 2018
އެމް.ޑީ.ޕީ މީހުން މާކަ ރީއްޗެއް ނޫން ކަޅުތެޔޮ ވާހަކަ ދައްކާކަށް..ތީ ހަމަ ރައްޔިތުންގެ ތާއީދު ހޯދަން އަމިއްލަ އަށް ކޮށްގެން އުޅޭ ކަމެއް..މަށަކީވެސް އެމީހުންގެ ކަޅުތެލުން ފޯވި މީހެއް..ތިކަހަލަ ވާހަކަ ދެއްކީމަ އައްނަނީ ހިނި...އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގަ އަރާ ތިބި ބައެއް އެއީ..
ލޮލްލް
11 July 2018
ކޮން ދޮގެއް ހަދާކަށް