އިބޫ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. ދިމާވާ ކަމަކުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އިބޫ ވިދާޅުވި. - ފޮޓޯ: އެމްޑީޕީ
10 ޖުލައި 2018 - 18:02
މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކުރިމަތިވެވަޑައިގަންނަވާ ކަމަކުން ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު، އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ރަށަށް މިއަދު ވަޑައިގަތުމުން، ބަޔަކު ވަނީ އިބޫ އަށް ހަމަލަ ދިނުމަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު، އިބޫ އަށް ހަމަލަ ދިނުމުގެ ކުރިން ކައިރީގައި ތިބި ސެކިއުރިޓީންނާއި އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ އެކަން ހުއްޓުވައިފަ އެވެ.
އެނގިފައިވާ ގޮތުގައި، އިބޫ ހަމަލަ ދިނުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިންނެވެ. އޭގެ ފަހުން، ޗައިނާ ފްލެޓުތައް ކައިރިން ވެސް އިބޫ އަށް ހަމަލަ ދޭން މަސައްކަތް ކުރި އެވެ. ހަމަނުޖެހުން ހުއްޓުވަން އެއްވެސް ފުލުހަކު ހަރަކާތްތެރިވެފައެއް ނުވެ އެވެ. މި ދެ ފަހަރު ވެސް އިބޫ އަށް ހަމަލަ ދޭން އުޅުނީ ސައިކަލެއްގައި ދިޔަ ދެ މީހުން ކަމަށް އެމްޑީޕީން ބުންޏެވެ.
އިބޫ އަށް މިއަދު ހުޅުމާލެ އިން މަރުހަބާ ކިޔަނީ. - ފޮޓޯ: އެމްޑީޕީ
ހުޅުމާލޭގައި ހުންނަވައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ގުޅިގެން ނިކުމެ ތިބީ ރާއްޖެ އިން އަނިޔާވެރިކަމާއި ކޮރަޕްޝަން ނައްތާލައި ރާއްޖެއަށް އިންސާފާއި ހަމަހަމަކަން ހޯދައި ދިނުމަށް ކަމަށާއި އެކަން ކާމިޔާބު ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ފެށި މަސައްކަތާއެކު ކުރިއަށް ދާން މިތިބީ ތައްޔާރަށް. އެހެން ކުރިމަތިވާ ކަމަކުން، ފަސް ޖެހުމެއް ނެތް. ކުރިއަށް ދާނީ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި ހުޅުމާލެ އިން މިއަދު ފެނުނު މަންޒަރަކީ ރައީސް އަބްދުﷲ ޔާމީން އިންތިހާބުން ބަލިވެފައި އޮތް ތަނެވެ. އަދި އެފަދަ ހަމަނުޖެހުންތައް ހިންގަނީ އިންތިހާބެއްގައި ވޯޓުލައިގެން ކާމިޔާބު ނުކުރެއްވޭނެކަން އެނގިވަޑައިގަންނަވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
11 July 2018
އިބޫ އާއި ތިޔަ އެމްޑީޕީގެ ވެރިކަމަށް ވުރެ ރައިސް ޔާމީންގެ ވެރިކަން ހާސްބައިތަނުން ރަގަނޅު!! އަހަރެމެންނަށް އެމްޑީޕީގެ ވެރިކަން ކުރިންވެސް ފެނިއްޖެ 3 އަހަރު ވަންދެން!! ބޮޑަށް ގައުމު ދިޔައީ ފަނާކުރެނިވި ދިމާލަށް!! އެއީ ގަބޫލުކުރަންޖެހޭ ޙަގީގަތެއް!! މިކޮމެންޓް ޝާއިއު ކުރާނެހެންވެސް ހީނުވޭ!! ސަބަބަކީ މިސަރުކާރު ރަގަނޅޭ ބުނެވުނީމަ!! އެކަމަކު އެއީ ޙަގީތް!! ވަރަށް ގިނަ ގޮތްގޮތުން ވިސްނާފަ މިހެން މިބުނަނީ!!
ޒިންކް
11 July 2018
ކޮބައިތޯ ކޮންމެ ކަމަކާއި ގުޅިގެން ބާއްވާ ފުލުސް ޓީވީ ހިތޯބު؟
ވަހީދު
11 July 2018
ސޭކުސްތާނުގެ އެންމެ ޔުނިކް އެއް ސިފައަކީ ކަންކަމުގައި ކުރީބައިގަ ނުވަތަ ހިނގާފައިވާ ކަމެއްގެ މައުލޫމަތު ރަނގަޅަށް ނުބަލާ އަމިއްލައަށް ގޮތްނިންމުން.
ބޫމް
11 July 2018
"ހަމަނުޖެހުން ހުއްޓުވަން އެއްވެސް ފުލުހަކު ހަރަކާތްތެރިވެފައެއް ނުވެ އެވެ." މިވާގޮތެއް ފުލުހުންގެ ވެރީން ވިދާޅުވެ ދެއްވާާނެނަމަ ދޯ ؟؟؟؟؟
ހާލު
11 July 2018
ޓަކިޖަހާނަމޭ ބުނި މައްސަލަ ބެލިޔަސް މިމައްސަލަ ނުބެލޭނެ. ވ ސާފް
އަބްދުﷲ
11 July 2018
މިރިޔާސީ އިންތިހާބުގަ އޮތީ އެންމެ ދެޗޮއިސް. މިހާރުގެ ރައީސް ނޫނީ އިބޫ. ޔަގީން ކަމަކީ އެމްޑީޕީގެ ވެރިކަމަކަށްވުރެ ދިވެހިރާއްޖެ އަށް މިހާޜުގެ ވެރިކަން މާރަނގަޅުކަން. އެމްޑީޕީ ވެރިކަމެއްގައި ދިވެހިރާއްޖެއާއި އިސްލާމްދީން ހިމާޔަތް ކުރެވިދާނެ ކަމުގެ ޔަގީންކަމެއް ނެތް. މުޅި އެމްޑީޕީގަ ނަޝީދުގެ ބާރު، ނަޝީދަކީ ޔަހޫދީން ކޮންޓްރޯލްކުރާ މީހެއް. ވީމާ މަގޭ ޗޮއިސްއަކީ މިހާރުގެ ސަރުކާރަށް 5 އަހަރު ދިނުން.
ގަބުޅި ކަތީބު
11 July 2018
ވެރިކަން ބޭނުންވާ މީހުން އެއްވެސް ކަމަކަށް ފަސް ނުޖެހޭނެއެވެ. ކޮންމެ ކަމަކަށް ވުރެ އެކަން ބޭނުން ވާނެއެވެ
އަބްދުއްލާ
10 July 2018
އެއްވެސް ކަހަލަ ފިޔަވަޅޭއް އީޔޫން އަޅައިފިނަމަ އެމްޑީޕީ ގައިރު ގާނޫނީ ކޮށް އެމްޑީޕީން ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ހުއްޓުވާ އެމްޑީޕީ އުވާލަން ފެނޭ.
ކަބަޑޭ
11 July 2018
ކަލޯ އޭރުން އަދި އެކުވެރިކަން މާ ވަރުގަދަވާނެ. އޭރުން ތިބޭނީ މިނިވަން ރައްޔިތުންތަކެއް. ތަބާވާންޖެހޭ އަސާސީ ގަވައިދެއް އަމަލުކުރަންޖެހޭ ޕާޓިތަކާބެހޭ ގާނޫނެއް ނޯންނާނެ. އޭރުން ސިޔާސީ ޕާޓީއެކޭ ކިޔާފަ އެޅޭނެ ފިޔަވަޅެއްވެސް ނޯންނާނެ. އެމް.ޑީ ޕީ އަށް މިހާރުވެސް ސަރުކާރުން ލޯލާރިއެއް ނުދިނަސް ބަރާބަރަށް އެ ހިންގަނީ ސަޕޯޓަރުންގެ އެހީގަ. ޕާޓީގެ ނަން ނެތަސް އެ ފިކުރު އޮންނާނެ. އެކުވެރިކަމާ އެއްބާރުލުންވެސް އަބަދުވެސް އޮންނާނެ. އީޔޫ ފިޔަވަޅު އެޅިޔަސް އަޅާނީ އަނިޔާވެރިކަން ހުއްޓުވަން އެކަމުން ކަލޯ އަށްވެސް ވާނީ ރަނގަޅެއް. އަދި ނުވިސްނެނީ.
ބަފަރޭ
11 July 2018
މިސަރުކާރުންވެސް ވަރަށް ބޭނުންވޭ އެމްޑީޕީ އުވާލަން. އެކަމަކު އެހެން ހަދައިފިއްޔާ އެމްޑީޕީގެ ފިކުރު އިތުރަަށް ވަރުގަދަވާނެކަން އެނގޭތީ އެކަން ނުކުރާންތިބީ. ރައްޔިތުން މިހާރު ވޯޓުދެނީ ޕާޓީއަކަށްނޫން ވަކި ފިކުރަކަށް. އަނިޔާވެރިކަމާ ނާއިންސާފާ ދެކޮޅަށް.
ސެންޗޯ/މަނަދޫ
10 July 2018
ރައީސް ޔާމީން ހީނުކުރައްވާތި އަނިޔާކޮށް ބިރުދައްކައިގެން ފަހަތަށް ޖެއްސޭނެކަމަށް.ކެއްތެރިކަން ކޮޅުންލާ ހިސާބެއްވެސް އޮންނާނެ
މައްނޫބުރި
10 July 2018
ސާބަހޭ އިބޫ، ރައްޔޮތުން މިތިބީ ޔިވޭފުޅާ އާއިއެކު.
މަޖޫރީ
10 July 2018
ކަޅުތެލުގެ "އައްޑަނަ" ތޯ މިނެންގެވީ؟ ފުލުހުން އަޑަށް ބާރުލަފަ ވިދާޅުވާނެ ޤައުމުގެ ހަމަޖެހުމާއި މަސްލަހަތު ހިމާޔަތް ކުރުމުގައި ދެމި ތިއްބަވާނެ ކަމަށް! އެކަމަކު ކަން މިވާގޮތުން ހީވަނީ ފުލުހުންގެ ބޭކަލުންނަށް ނުވަތަ ފުލުހުންގެ އިސް ސަފުގައި ތިއްބެވި ފުލުހުންނަށް ހަމަޖެހުމާއި އަމާންކަމައި ހަމަހަމަކަން ގެނެސްދިނުމަށް ނުކުޅެދިފައި ވާހެންނެވެ. މިއީ ރައީސް ޔާމީނަށް ރައްޔިތުން ވޯޓް ނުދޭންވީ ސަބަބު ފުލުހުން އަމަލާއި ބަހުން ދައްކަނީޢޭ ވެސް ހީވާކަހަލައެވެ. ނުވަތަ އަސްލުގަ ވެސް ފުލުހުންގެ މުއައްސަސާ ނުކުޅެދި ބޮއްސުން ލައިގެން ކަޅުތެލުގެ "އައްޑަނަ" އަކަށް ފުލުހުން ވީބާވައެވެ؟