ޚަބަރު / ރައީސް އަބްދުﷲ ޔާމީން

އިދިކޮޅުގެ ވެރިކަމެއް އޮންނާނީ ގިނަވެގެން ދޮޅު އަހަރަށް: ރައީސް ޔާމީން

ރައީސް ޔާމީން ކެމްޕެއިނަށް މިއަދު ފ. ނިލަންދު އަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ދިޔަ ބައެއް މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތައް އެއްގަލަކަށް އަރައިގެން ތިބީ ހަމައެކަނި ސިޔާސީ ލީޑަރުން ސަލާމަތް ކުރުމަށް ކަމަށާއި އެ ކޯލިޝަން ވެރިކަމަށް އަތުވެއްޖެ ނަމަ ވެރިކަން ދެމި އޮންނާނީ އެންމެ ގިނަވެގެން ވެސް ދޮޅު އަހަރަށް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޔާމީން، ފ. ނިލަންދޫގައި ބޭއްވި އެމަނިކުފާނުގެ ފުރަތަމަ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން އެއްގަލަށް އަރައިގެން ތިބީ އިދިކޮޅު ލީޑަރުން އެކި ކުށްތަކުގައި ޖަލަށް ލާފައި ވާތީ، އެ ބޭފުޅުން ސަލާމަތް ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ، އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކޯލިޝަން ހެދުމުގެ މަގްސަދަކީ "ކުރިއަށް ނުކުންނާނެ" ގޮތެއް ލީޑަރުންނަށް ހޯދައިދޭން ކަމަށެވެ.

ރައީސް ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ޕާޓީތަކުގެ ސަރުކާރެއް ހިންގާނެ ކަމަށް އެ ކޯލިޝަނުން ބުނަމުން ދަނީ ވެރިކަން ހޯދުމަށްޓަކައި އެ ޕާޓީތައް ރުއްސަން ކަމަށެވެ. އެކަމަކު، ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ ސަރުކާރު ހިންގުން ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރާނެ ކަމަށް ބުނުމުން ވެސް އެނގެނީ ގިނަ ދުވަސްތަކަކަށް ސަރުކާރު ދެމިގެން ނުދާނެ ކަން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިހާރު މި ދައްކަވާ ވާހަކަފުޅުން ވެސް އެބަ އިނގޭ މިއީ މުއްދަތެއް އޮވެގެން ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވާ ބޭފުޅުން ނޫން ކަން. މި ބޭފުޅުންގެ ތެރޭގައި ރައްޔިތުންނަށް ފޮރުވާފައި ހުރި ކަންތައްތަކެއް ހުރިކަން އެނގެނީ މި ކަހަލަ ވާހަކަތައް އެ ބޭފުޅުން ދައްކަވާތީ. ރިޔާސީ ނިޒާމަކަށް ފަސް އަހަރަށް ހޮވޭ ބޭފުޅަކު ދޮޅު އަހަރުގެ ވާހަކަ ދައްކާ އެއްޗެއް ނޫން،" އިދިކޮޅު ކޯލިޝަންގައި ޚިޔާލު ތަފާތުވުންތައް ހުރި ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި 'އިދިކޮޅު އިއްތިހާދު' ގެ ނަން އެ އިއްތިހާދަށް ދީފައި އޮން ނަމަވެސް، މުޅި އެ އިއްތިހާދުގައި އިސްކޮށް އޮތީ އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި އިއްތިހާދުގެ ނަމުގެ ކުރިއަށް ޖުމްހޫރީ ޕާޓީ ނުވަތަ އަދާލަތު ޕާޓީގެ ކޯލިޝަން ވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދާއި އިބޫ: އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ، ހުރިހާ ބާރެއް ވެސް އޮންނާނީ ނަޝީދުގެ އަތްޕުޅުމަތީގައި އަދި އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް ކަމަށް ޕީޕީއެމްގެ އިސްބޭފުޅުން ވިދާޅުވޭ.---ފޮޓޯ: އެމްޑީޕީ ސޯޝަލް މީޑިއާ

"އަޅުގަނޑު ހަމަ ގަބޫލު ކުރަނީ މިއީ 18 މަސް ދުވަހުގެ ވެރިކަމެކޭ ނުވަތަ އެ އަށް ވުރެ ވެސް ކުރު ވެރިކަމެކޭ އެ ބޭފުޅުން އެ ދައްކަވާ ވާހަކައިން. އެ ބޭފުޅުން އެ ވިދާޅުވަނީ އިންޓަރިމް ސަރުކާރެކޭ އަންނަން ވާނީ، އޭގެ ފަހުންނޭ އިންތިޚާބެއް އޮންނަން ވާނީ،" އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމަށް ހޮވިއްޖެ ނަމަ، 18 މަސް ދުވަހުގެ އިންތިގާލީ މުއްދަތަކަށް ކަންކަން ގެންދަވާނެ ކަމަށް އިދިކޮޅުން ބުނަމުން ދާތީ އެ އަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައި ވަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ދޮޅު އަހަރު ވާނީ ރައްޔިތުން އިތުބާރު ކުރާ، މިނިވަން މުއައްސަސާތަކެއް ބިނާ ކުރާނެ ދުވަސްތަކަކަށް ކަމަށެވެ. އަދި އެއީ، ގިނަ ސިޔާސީ ޕާޓީތަކަކަށް ގާނޫނީ ހައިސިއްޔަތު ލިބޭނެ ދުވަސްތަކަކަށް ވާނެ ކަމަށް ވެސް މެނިފެސްޓޯގައި ވެ އެވެ. އެކަމަކު، ރިޔާސީ އިންތިޚާބަށް އެމްޑީޕީން އިދިކޮޅު އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާއިރު، ދޮޅު އަހަރުގެ ސަރުކާރެއް އެކުލަވައިލުމާ މެދު އެ ކޯލިޝަންގެ ބައެއް އިސްވެރިންގެ ހިޔާލު ތަފާތެވެ. އަދި އިބޫ އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، އޭނާ ވެރިކަން ކުރައްވާނީ ދޮޅު އަހަރަށް ކަމަށް ބުނެ ޕީޕީއެމުން ދައްކާ ވާހަކަތަކަށް އިބޫ މިހާތަނަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެހެންވެ، އެ މައްސަލާގައި ވެސް އިބޫއަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އިންތިގާލީ ސަރުކާރެއްގެ ވާހަކަ 2008 ގެ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީ ނުވަތަ އިދިކޮޅު ފަރާތްތަކުން އޭރު ދެއްކި އެވެ. ނަމަވެސް ނަޝީދަށް ވެރިކަން ލިބިވަޑައިގަތުމުން އެކަން ނުކުރެވި ދިޔަކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ރައްޔިތުންގެ ލޯބި ހޯދައިގެން އިންތިޚާބަކަށް ނުކުންނައިރު، ވެރިކަމަށް އަންނަނީ ކިހާ މުއްދަތަކަށް ތޯ މިއީ ރައްޔިތުން ސުވާލު ކުރަންޖެހޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ވެރިކަމަށް އައުމަށް ފަހު [ވެރިކަން ކުރުމުގެ] ނިޒާމް ބަދަލުވެގެން ދާއިރު ގައުމާއި ރައްޔިތުންގެ ހައްގުތަކެއް އެބައޮތްތޯ އެ ބޭފުޅުން އެބަޖެހޭ ޖަވާބު ދެއްވަން،" ރައީސް ވިދާޅުވި އެވެ.

"މި ކަހަލަ ނޭނގޭ ކަންތައްތަކެއް އެބަހުރި، ގައުމުގެ ހައްގުގައި އިސްކަން ދޭންޖެހޭ ކަންތައްތަކެއް އެބަހުރި."

އެމްޑީޕީގެ ވެރިކަމުގެ ތަޖުރިބާ އަށް ފަހު، ކޯލިޝަންގެ ވެރިކަމެއް ނުކުރެވޭނެ ކަމަށް އެންމެ ބޮޑަށް ގަބޫލު ކުރާނެ ބަޔަކީ އެ ޕާޓީ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ ކޯލިޝަންގެ ވެރިކަން ގާނޫނެއްގެ ތެރެއިން ކުރާ ވާހަކަ އިިދިކޮޅު ފަރާތްތަކުން ދައްކަނީ އިތުބާރު ނޯންނާނެތީ އެވެ. އަދި ބޮޑު ޚަރަދުތަކެއް ކޮށްގެން ބާއްވާ އިންތިޚާބެއްގައި ރައްޔިތުން ކައިރީގައި ދައްކަން ޖެހޭނީ ގަބޫލު ކުރެވޭ ފަދަ ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

51 ކޮމެންޓް, 80 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 1%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެވޭ

18 September 2018

ތެދެއްތޯ؟ މަނިކުފާނު ފިލައިވަޑައިންގަންނަވަނީތޯ؟

The name is already taken The name is available. Register?

ޖަސް

01 September 2018

ރައީސް ޔާމީނު ކީއްވެބާ އިދިކޮޅު ލީޑަޜުންގެ ހުރިހާ ވާހަމައަކަށް ރައްދު ދެއްވާއިރުވެސް ޤާސިމް ވިދާޅުވި ބަސްފުޅު "ރައީސް ޔާމީނު ފިލައިގެންދާ ދުވަސް ކައިރިވެއްޖެ" އަށް އެއްވެސް ރައްދެއް ނުދެއްވަނީ، ވަރަށްގިނަ ރައްޔިތުން މިއަށް ޖަވާބުބޭނުންވޭ

The name is already taken The name is available. Register?

އަލީކޮއެ

27 August 2018

ހެޔޮ އެއްދުވަސް ވިޔަސް. ފުރަތަމަ ކަމަކީ މަނިކުފާނު ވެރިކަމުން ދުރުކުރުން.

The name is already taken The name is available. Register?

ހަހަ

26 August 2018

ދެން ލާހިކު ނޫން ސިފައިން މިގައުމުގައި ވެރިކަމެއް ވައްޓާލާކަށް

The name is already taken The name is available. Register?

ހައިއްޓެ

26 August 2018

ޔަގީން މުޖައްރިބު ވާހަކައެއް. އިބޫ އަކީ އެއްވެސް ބާރެއް ހުރިމީހެއްނޫން. ދޮޅުއަހަރު ތެރޭ ފޭރި ގަންނާނެކަން އެއީޔަގީންކަމެއް. ވެރިކަމުގެ ދަހިވެތިކަމުގަ ޖަހާ ވަރަށްރީތި މަޅިއެއް އިބޫއަކީ.. އާޚިރުގަ އިބޫ ބާކީވާނެ. ކޯލިޝަންވެސް ރޫޅޭނެ.

The name is already taken The name is available. Register?

ފަރޫ

26 August 2018

އެއްދުވަހަށްއޮތަސް ކޮންމެވެސް ޔާމީނުގެ ބޭބޭފުޅު ޖަލުން ނެރެދޭތި އަދި ބުނަން އިބޫ ކޮންމެވެސް އިބޫގެ އެއްބަނޑު އެއްބަފާ ގިނަބޭބެތަކެއް ތިބޭކަން އެނގިފައޮތީ ކޮންމެވެސް އެ އާއިލާ އޮތް ގޮތަށް ޖަލައިނުދޭތި އެކަން ހުއްޓުވަންވެގެން އިބޫއަށް ވޯޓުމިދެނީވެސް

The name is already taken The name is available. Register?

ހަސަން 18

26 August 2018

މަގޭ ވޯޓު ރަައީސްް ޔާމިން އަށް !!!

The name is already taken The name is available. Register?

falaku ain

26 August 2018

ތިބުނީ ބަޣާވާތަކުން ވެރިކަން ވައްޓާލާނަމޭދޯ؟ އެހެންކަމުން މިހާރު ތިދެއްކެނީ ގައުމީ ސަލާމަތަށް ނުރައްކާ ކުރާނެ ވާހަކަ ކަން މަނިކުފާނަށް އެނގިވަޑައިގަންނަވާތޯ؟ އިދިކޮޅު މީހުން އެބުނަނީ ގާނޫނު އަސާސީގައި ރައީސްކަމުގެ ދައުރަކީ 5 އަހަރު ދުވަހުގެ ދައުރެއްކަމަށް. މިހާވަރުވެސް ފަހުމު ނުވާނަމަ ވެރިކަމަށް ކުފޫހަމަނުވޭ. މޮޔަފުޅުވީތޯ ވެރިކަމުގެ އަރާމު ފެނިފައި. ދެވެހިރައްޔިތުންނޭ 5 އަހަރަށް މީހަކު އިންތިޚާބު ކުރަނީ. އެއީ ޕާޓީއަކާ ބެހޭ ކަމެއްނޫންކަންވެސް ނޭގެނީތޯ؟ ދެރަކަމެއް މަނިކުފާނަށް އެވަރުނޭގޭކަމީ. ދެން ކިހިނަކުން ރައްޔިތުން މަނިކުފާނަށް އާނބަސް ބުނާނީ. ތިޔަ އުޅުއްވަނީ ލިޔެފައިވާ އެއްޗެއް ފަހުމުނުވުމުގެ އިތުރަށް މީހަކު ބުނީމާވެސް ނޭނގިގެންވިއްޔާ!

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

26 August 2018

ބަޤާވާތަކުންވެސް ސަލާމަތީ ޙިދުމަތް ދޭ ފަރާތަކުންވެސް އަދި ފުޅުހުން ވެގެން ވިއަސް ﷲގެ ރަޙުމަތަކުން ދެނެއް ރައްޔިތުން ހޮވާ ސަރުކާރެއް ހަމަ ހިލާ އެ މުއްދަތު ހަމަ ވުމުގެ ކުރީގައި ލާހިކެއްނޫން މަގުމަތިން ވެރިކަން ބަދަލު ކުރާކަށް. މިހާރު ރައްޔިތުން ތިބީ އެކަން ކުރުމަކަށް ފުރުޝަތު ދޭ ގޮތަކަށްނޫން.

The name is already taken The name is available. Register?

ޒިންދަގީ

26 August 2018

އަޅުގަޑުމެން މިވަގުތު ވޯޓުމިލަނީ އިބޫއަކަށް ނުވަތަ ދޮޅުއަހަރަކަށްވެސް ބަލައިގެނެއްނޫން.. ދިވެހިންގެ ރޫޙު ހުރީ އަނިޔާވެރިކަމާ ދެކޮޅަށް.. ވަރަށް ވެދުން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454