ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އެންމެ ބޮޑަށް ވާދަކުރައްވާ ސިނާން (ކ) އާއި މަންޑޭ.
16 އޯގަސްޓް 2016 - 11:20
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި އަހުމަދު މަމްދޫހު (މަންޑޭ) އަދި އަހުމަދު އާދަމް ކުރިމަތިލައިފި އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެރޭގަ އެވެ. މިދިޔަ ދެ ދައުރުގައި އެސޯސިއޭޝަނުގެ ރައީސްކަން ކުރެއްވި އަހުމަދު ހާފިޒް މި ފަހަރު ކުރިމަތިލުނައްވަ އެވެ.
ކުރީގެ މަޝްހޫރު ޑިފެންޑަރު ފަންތޮށި އަހުމަދު ނާޒިމްގެ ކޮއްކޮ މަންޑޭ އަކީ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރަކްޓަރެވެ. އަހުމަދު އާދަމަކީ ކުރިން ބާސްކެޓްބޯޅަ ކުޅެ އަދި ކްލަބްތަކުގަައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. ރައީސްގެ މަގާމަށް އެންމެ ބޮޑަށް ވާދަކުރަނީ އަދި އެންމެ ބޮޑަށް ކެމްޕެއިން ކުރަމުން އަންނަނީ ވެސް ސިނާނާއި މަންޑޭ އެވެ.
ނައިބް ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން އާރިފް ރިޒާ އާއި ބާސްކެޓްބޯޅަ ކޯޗު ހަސަން އިސްމާއިލް އެވެ.
ހަޒާންދާރުގެ މަގާމަށް ވާދަކުރައްވަނީ، ރައީސްގެ މަގާމަށް ވެސް ކުރިމަތިލާފައިވާ އަހުމަދު އާދަމުގެ އިތުރުން ހުސެއިން ފަޒީލާއި މުހައްމަދު ޝިޔާއު އެވެ. ފުރިހަމަ މެމްބަރުގެ މަގާމަށް ކުރިމަތިލާފައިވަނީ ވިޝާމް ރަޝީދު، އަލްތާފު މުހައްމަދު، އަހުމަދު ނަސީރު އިބްރާހިމް، އިސްމާއިލް ނުޖައިމީ އިބްރާހިމާއި ހުސެއިން ސުހައިލާއި އަހުމަދު ނަޒީފާއި މުހައްމަދު ވަހީދާއި މުހައްމަދު ޝިހާނާއި މުހައްމަދު ވިޝާމް އަދި މުހައްމަދު ހާޝިމެވެ. ފުރިހަމަ ފަސް މެމްބަރުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.އަމިއްލަ މެމްބަރުގެ މަގާމަށް ކުރިމަތިލާފައިވަނީ ސަފިއްޔާ ތައުފީގާއި މުހައްމަދު ހުޝާމެވެ.
އެމްބީއޭގެ އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ފަހަނައަޅައި ގޮސް އަދި އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަވި އިރު އިންތިހާބެއް ނުބޭއްވި ދިގުލައިގެން ދިޔައީ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވިގެންނެވެ. އެކަމަކު ފަހުން ހޯމް މިނިސްޓްރީން ވަނީ، އިތުރު ތިން މަސް ދުވަހަށް ދައުރު އިތުރުކޮށްދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި ވެސް އިންތިހާބު ބޭއްވުމަކީ ފަސޭހަކަމަކަށް ނުވާނެތީ، އެސޯސިއޭޝަނުން އިންތިހާބު ބާއްވައި ދިނުމަށް އޮލިމްޕިކް ކޮމިޓީގައި އެންމެ ފަހުން އެދުނީ އެވެ. އިންތިހާބު ބޭއްވުމަށް އޮލިމްޕިކް ކޮމިޓީން ހަވާލުކޮށްފައިވާ ކޮމިޓީގައި ތިއްބަވާނީ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލާއި އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު އަބްދުﷲ ރަޝީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުޝް
18 August 2016
މަންޑޭ އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ 15 ވޯޓް ހަމަ ކޮށްފި.
އަހްމަދުު
16 August 2016
އެކަމަކުދޯ. ވޯޓްހޯދުމަށް ފަސޭހަވާނެ ކަމަށް ބަލާފަ މިކަންކުރަނީ.
މެންޓަލިސްޓް
16 August 2016
އަޅުގަނޑި ހިތައްއަރާ ރާއްޖޭގެ ސިޔާސީވެރިން މިތިބެނީ މޮޔަވެފައިބާވައޭ ؟ ކުޅިވަރު ޖަމިއްޔާތަށް ސިޔާސީ ކޮއްގެން ވާނީކޮންފައިދާއެއްތޯ ؟ ބާސްކެޓްގެ ތަޖްރިބާހުރި ، ކޮންމެވެސް ވަރަކަށް މެނޭޖްމަންޓްކިޔަވާފައިތިބި މީހުން ލައިގެން އެކުޅިވަރުވެސް އެދެވޭ ގޮތެއްގައި ކުރިއަށްދާނީ ، ތިޔަހެން ޕާޓީގެ މެންބަރުންނާއި އެކްޓިވިސްޓުން ލައިގެން ކުޅިވަރެއް ކުރިއެއްނާރާނެ ،، ވަރަށް ސަލާމް ،
މޮހޮދު
16 August 2016
ކިތަންމެހާވެސް ދެރަ ސިޔާސީ ބޭފުޅުން ގެ މުށުތެރެއަށް ކުޅިވަރު ތަކާ ޖަމުއްޔާ ތައް ދިޔުމުން ނުފޫޒު ބޭނުން ކޮން ގެން ހުރިހާކަމެން ކުރްނނީ މިޙާރު ރާއްޖޭގެ އެންމެ ގިނަ ޒުވާނުންގެ ޙަރަކާތް ކަމަށް ވާ ސްކައުޓް އެސޯސިއޭޝަން ވެސް އެވަނީ ސިޔާސީ މީހުންގެ މުށުތެރޭ މަޖިލިސް މެންބަރު ޖޭޔޫ މުޅިތަން ހިސޯރު ކޮށް އެއްވެސް ކަމެއް ނުކޮން ހީނަރުވަމުން ދަނީ އަދި މިކަމަށް ޖަމުއްޔާތަކުގެ ބަލަދު ވެރި ފަރާތް މިވަނީ ނުކުޅެދިފައި ބާރުނުފޯރާ ފަށުަގާ
އެހެންތަ
16 August 2016
އޮލިމްޕިކް ކޮމިޓީއާއި އެއްވެސް އެސޯސިއޭޝަނެއްގެ އިންތިހާބު ކަންކަން ހަވާލުކުރީ މާ ދެކޮޅެއް ނުޖެހޭނެ. އޮލިމްޕިކް ކޮމިޓީއަކީ އެސޯސިއޭޝަން ތަކުގެ ވޯޓުން ހޮވާއެއްޗަކަށް ވާއިރު މިހެންހެދީމާ ނުފޫޒުފޯރުވަން ފުރުސަތުއެދެވެނީ. އޮލިމްޕިކް ކޮމިޓީއިން މިކަންކަމާ ނުބެހި ކުޅިވަރުކައުންސިލުން މިކަންހިންގާދިނުން އެންމެ ރަނގަޅުވާނީ.
މަވެސް
16 August 2016
ދެން ބާސްކެޓް ދުވަސް ދިޔައީ.. މިހާރުވެސް ނުދާވާހަކައެއްނޫން
ނޮޓްޓޫކޫލް
16 August 2016
ވަރަށް ދެރަކަމެއް ސިޔާސީ ދާއިރާގައި އުޅުއްވާ ބޭފުޅުން ކުޅިވަރުގެ އިސް މަގާމު ތަކަށް ވާދަކުރުމަކީ. ކުޅިވަރަކީ މިވަގުތު ދިވެހިންގެ އެއްބައިވަންތަކަމުގެ ރޫހު ގެނެސްދޭ އެއް ހަރަކާތް އެކަން ހަލާކު ކޮށްލައްވަން ނޫޅުއްވާ. ކުޅިވަރު ދާއިރާގެ ބޭފުޅުންނަށް ތިމަގާމުތަކައް ދޫކޮށްލައްވާ