17 ޖެނުއަރީ 2019 - 19:10
ކައިވެނީގެ ބޭރުން ގުޅުން ހިންގައިގެން ދަރިން ލިބުމުގެ މައްސަލައަށް އޮތް ހައްލަކީ، ކައިވެނި ނުކުރާ އަންހެނުންނަށް ނުވިހާ އޮޕަރޭޝަން ކުރުމުގެ ފުރުސަތު ދިނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކެމްޕެއިން އިފްތިތާހު ކުރަން ބޭއްވި އެއްވުމެއްގައި ނަޝީދު ވިދާޅުވީ ނުވިހާ އޮޕަރޭޝަން ކުރެވެން އޮންނަނީ ވެސް މީހަކާ ކައިވެނި ކުރުމުން އެކަނި ކަމަށާއި އެއީ އެކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށެވެ.
"ކައިވެނީގެ ބޭރުން ކުއްޖެއް މި ހޯދަނީ. ހޯދާފައި އެކަމަށް އަޅުގަނޑުމެންނަށް ހައްލެއް ގެނެވެން އޮތީ ނުވިހާ ގޮތް އަންހެން މީހާ ވެސް ހަދައިގެން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މީހުން ވިހައިގެން އުޅޭ ތަނަށް ވަރަށް ގިނައިން ވަޑައިގެން އުޅުއްވާ ކަމަށާއި ނުވިހާ އޮޕަރޭޝަން ކޮށްދޭނީ މީހަކާ އިނދެގެން އުޅޭ މީހުންނަށް އެކަނި ކަމަށް ބުނާ ކަމަށެވެ. އެއާ އެކު ނަޝީދު ވިދާޅުވީ "ދެން އޮތީ އަޅުގަނޑު އެއިން ކޮންމެ މީހަކާ އިނުން" ކަމަށެވެ.
Mi tweet gai evaa video gai dhakkaafai evaa vaahaka aai behey gothun, social media gai dheenee kan kamugai HAGGU BAS vidhaalhu vamun vadaigannavaa ilumuverin vidhaalhu vaan jehey vaahaka fulheh eba oiy thoa? @Dr_AhmedZiyad @dr_iyaz @alizaid1000 @Alishar9841694 pic.twitter.com/HX32OsL6hT
— علي ادم (@KakaageAli) January 16, 2019
ނަޝީދު ދެއްކެވި ވާހަކައިގެ ވީޑިއޯ
ނަޝީދު ވިދާޅުވީ ދަރިން ނުލިބޭ ގޮތް ހެދުމުގެ އިހްތިޔާރު މައިންނަށް އޮންނަން ޖެހޭނެ ކަމަށެވެ. އަދި ކައިވެނިން ބޭރުން ދަރިން ލިބުމުގައި، ފިރިހެން މީހާގެ ބޭވަފާތެރިކަން ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދުގެ އެ ވާހަކަ ސޯޝަލް މީޑިއާގައި ދައުރު ވަމުންދާއިރު، ބައެއް އިލްމުވެރިންނާއި އާންމުން ވެސް އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.
ޝައިހް އަލީ ޒައިދު އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން އިސްލާމްދީނާ ޚިލާފް ވާހަކައެއް ކަމަށާއި އެ ވާހަކަތަކުގައި ނުސީދާކޮށް ބާރުދެނީ ނުބައި މަގަކަށް ކަމަށެވެ. އެއީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށް ވެސް ޒައިދުގެ ޓްވީޓްގައިވެ އެވެ.
Indirect koh meehaku mibunanee ziney 'ok' ey. Aslu massalayakee faleehai vumey! Faleehai vanee bandu bodu vaathee ey! Ekan huttuveynee 'nuvihaa operation' kohgenney!! What rubbish is this?! Mee kandaelhigen dheenaa khilaaf vaahakaeh. Mi fadha kankan haru adun kuhveri kuran.
— Ali Zaid (@alizaid1000) January 17, 2019
ޝައިހް ޒައިދުގެެ ޓްވީޓް
ޝައިހް ޝަފީއު އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒިނޭކުރުން ފަދަ ނުބައި ކަންކަން ޕްރޮމޯޓް ކުރުމަކީ އެންމެ ބޮޑު ނުބައި ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
Nahalaalah balive innaathy oiy hallakee dharimai nuvaa goiy hedhumeh noon. Ziney nukurun. Ziney nukoh nuhureveynama, kaiveni kurun.
— Shafeeu Abdullah (@shafeeu26) January 16, 2019
Maiy Allah ah biruvethive, ziney fadha bodethi faahish kankamun dhuruvaan jeheyne. Ekankan promote kurumakee emme bodu nubai kamuge therein kameh.
ޝައިހް ޝަފީއުގެ ޓްވީޓް
މީގެ ކުރިން ވެސް ދީނީ އެކި ކަންކަމާ ގުޅޭ ގޮތުން ނަޝީދު ދައްކަވާފައިވާ ބައެއް ވާހަކަތަކުގެ މައްސަލަ ހޫނުވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމީ
26 November 2019
ދެން އަތްޖަހާ
ރީތި މޫސަ
18 January 2019
ނަޝީދު އެކަމެއް ނުހުއްޓާނެ އެކަމަކީ އޭނަ ގަސްތުގާކުރާކަމެއް އެއްވެސްދިވެއްސެއް ނުހުންނާނެ އެވަރުވާހަކައެއް ނޭނިގެން ދެއްކޭނެ ނަޝީދު ޖެހޭނީ ތައުބާވާން
ގެދާނޯމޮސް
18 January 2019
ތެދެއްމެ ! ދިވެހިން ތިބީ މަރުވާކަށް ތައްޔާރުވެގެން ނޫނެވެ. މިސަބަބައްޓަކައި އެމީހަކު ހިތުހުރިހާ ދުނިޔެވީ މަންފާއެއް ލިބިގަންނަން ވީ އެވެ. މަރުވުމަށް ފަހު އާޚިރެއް ޤަބޫލު ނުކުރާ ގިނަބަޔަކު މިހާރު ގިނަވަމުން އެބަދެއެވެ.
އިރަމް
18 January 2019
ބިރުވެސް ނުގަންނަނި
ވަތަނަބޭ
18 January 2019
އެއީ އެމީހުންގެ މިޝަން. އެކމަށް ދިވެހިން ހޭލާނީ ކޮން އިރަކުން؟
އައިމިނާ
18 January 2019
އޮފީސްތަކާއި އަމިއްލަ ފިހާރަތަކުގައި މަސައްކަތްކުރާ އަންހެންކުދިން އެތަނުގެ ވެރިންގެ ކިބައިން ސަލާމަތްވެފަ ތިބި އަދަދުބަލާލަން ސާރވޭއެއްކޮށްބަލަ. އަޅުގަނޑު އަންހެނަކަށްވެހުރެ މި ވާހަކަތައް ދައްކަން ލަދުގަނޭ ދެރަވެސްވޭ. އެކަމަކު ތިޔަބޭފުޅުންނަށް ފެނިލައްވަނީ ވަކި ހިސާބަކުން ހެން ހީވާތީވެ ދެއްކެނީ.
އިބްރާ
18 January 2019
ރާއްޖޭގައިތިބި މުނާފިގުން އެނގިފާޅުވަނީ.
ރޮސް އީދު
18 January 2019
އެންޑީޕއަށް މެޖޯރިޓީ ދީފިނަމަ، ވާނެގޮތުގެ ކުޑަ މިސާލެއް މިފެންނަނީ، ޣައިރު ދީނުގެ މީހުންގެ ފިކުރުތަކަށް މިގައުމު ވިއްކާ ނުލަމާ
އަހަންމަ
18 January 2019
މީނާ މިގޮތަށް ބުނީމަވެސް އެތާންގަ ތިބިއެންމެ އަތްޖެހީ.. ކީކޭދެން ބުނާނީ..
ހަމަބުއްދި
18 January 2019
ދޭތެރެ ދުރުކުރާބޭސް ، ކޮންޑަމް ބޭނުންވަރަކަށް ލިބޭ އަދި އެތަކެތި ބޭނުންކުރަން ހެސްކިޔާފަ ހިއްވަރުދޭ .. ސޭހުންނަށް އެގޮތް ކޮންފޮތަކުން ރަގަޅުކަމަށް ފެނިގެންބާ އަގައިން ނުބުނެ ތިބީ .. ރ ނަޝީދުގެ ވާހަކަފުޅު އަހަންނަށް މާނަކުރެވެނީ މުޖުތަމައުގަ ބެލެނިވެރިން ނެތް ކުދިން މަދުކުރުމަށް އެނޫން އެހެންގޮތެއް އެބައޮތްހޭ ..
މުހައަމަދު
19 January 2019
ޢެކަން ހައްލުވާނީ ޒިނޭ ނުކުރުމުންނޭ ނުބުނީ ކީއްވެ. ނޫނީ ޒިނޭނުކޮށް އަވަހަށް ކައިވެނި ކުރުމަށް ނުބުނީ ކީއްވެ. އެކަމަކު އޭނާ ބާރުދެނީ ޒިނޭކުރާމީހުން ނުވިހާ އޮޕަރެޝަން ކުރުމަށް. ޢަދި ގާނޫނީ ގޮތުން އެކަން ހުއްދަ ކުރުމަށް އޭނާ އެވަކާލާތު ކުރަނީ.