"ގޭމް އޮފް ތުރޯންސް" އަށް 32 ނޮމިނޭޝަނެއް މިފަހަރު އެމީގައި ވަނީ ލިބިފަ އެވެ. އެޗްބީއޯގެ މި ޝޯއާ އެންމެ ގާތުން ދެން ވާދަކުރަނީ އެމެޒޯންގެ ކޮމެޑީ ސީރީޒް "ދި މާވެލަސް މިސް މެއިޒެލް" އެވެ. މިފަހަރު ނޮމިނޭޝަންތަކުގެ އެންމެ ކުރީގައި އުޅެނީ ވެސް އެޗްބީއޯގެ ޝޯތަކެވެ.

ގޭމް އޮފް ތުރޯންސް ވަނީ މީގެ ކުރިން ވެސް އެމީގައި ވަރަށް ގިނަ ނޮމިނޭޝަންތަކާއި ކާމިޔާބީތައް ހޯދައިފަ އެވެ. އެކަމަކު އެ ޝޯގެ އެންމެ ފަހު ސީޒަން ދިޔަ ގޮތާ މެދުގައި ފޭނުންނާއި ކްރިޓިކުން ހިތްހަމަނުޖެހިފައި ތިބުމުން، ގިނަ ނޮމިނޭޝަންތައް ލިބިދާނެ ކަމަށް އުއްމީދެއް ނުކުރެވުނެވެ.

ދި މާވެލަސް މިސް މެއިޒެލް އަށް ލިބުނީ 20 ނޮމިނޭޝަނެވެ. މިދިޔަ އަހަރު އެންމެ މޮޅު ކޮމެޑީ ސީރީޒްގެ ގޮތުގައި އެމީ ކާމިޔާބުކުރި މި ސީރީޒް ވަނީ އިތުރު ތިން އެވޯޑެއް ގެންގޮސްފަ އެވެ.

އެންމެ ފާހަގަކޮށްލެވޭ ނޮމިނޭޝަންތަކަކީ؛

އެންމެ މޮޅު ސީރީޒް

- ބެޓަ ކޯލް ސޯން

- ބޮޑީގާޑް

- ގޭމް އޮފް ތުރޯންސް

- ކިލިންގް އީވް

- އޮޒާކް

- ޕޯސް

- ސަކްސެޝަން

- ދިސް އިޒް އަސް

އެންމެ މޮޅު ކޮމެޑީ ސީރީޒް

- ބެރީ

- ފްލީބޭގް

- ދި ގުޑް ޕްލޭސް

- ދި މާވެލަސް މިސް މެއިޒަލް

- ރަޝިއަން ޑޯލް

- ޝިޓްސް ކްރީކް

- ވީޕް

އެންމެ މޮޅު ލިމިޑެޓް ސީރީޒް

- ޗެނޮބީލް

- އެސްކޭޕް އެޓް ޑެނެމޯރާ

- ފޮސް/ވާޑޮން

- ޝާޕް އޮބްޖެކްޓްސް

- ވެން ދޭ ސީ އަސް

އެންމެ މޮޅު އެކްޓަރު

- ޖޭސަން ބޭޓްމޭން / އޮޒާކް

- ސްޓާލިން ކޭ ބްރައުން / ދިސް އިޒް އަސް

- ކިޓް ހެރިންގްޓަން / ގޭމް އޮފް ތުރޯންސް

- ބޮބް އޮޑެންކާކް / ބެޓަ ކޯލް ސޯލް

- ބިލީ ޕޯޓާ / ޕޯސް

- މައިލޯ ވެންޓިމިގިލާ / ދިސް އިޒް އަސް

އެންމެ މޮޅު އެކްޓްރެސް

- އެމިލިއާ ކްލާކް / ގޭމް އޮފް ތުރޯންސް

- ޖޯޑީ ކޯމާ / ކިލިންގް އީވް

- ވަޔޯލާ ޑާވިސް / ހައުޓު ގެޓް އަވޭ ވިތު މާޑާ

- ލައުރާ ލިނޭ / އޮޒާކް

- މެންޑީ މޫރޭ / ދިސް އިޒް އަސް

- ސެންޑްރާ އޯ / ކިލިންގް އީވް

- ރޮބިން ރައިޓް / ހައުސް އޮފް ކާޑްސް

މިއީ އެމީ އެވޯޑު ދެމުން އަންނަ 71 ވަނަ އަހަރެވެ. އެވޯޑު ހަފުލާ އޮންނަނީ އަންނަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.