ގަޑި އަށް ފަރުވާތެރި މުވައްޒަފުންގެ އަގު ވަޒަންކުރަން އިމިގްރޭޝަނުން ދެއްކީ ތަފާތު ނަމޫނާއެއް

ގަޑިއަށް ފަރުވާތެރިވާ މުވައްޒަފުންގެ އަގު ދައުލަތުގެ އެކި މުއައްސަސާތަކުން ކޮންމެވެސް ގޮތަކަށް ވަޒަން ކުރެ އެވެ. އެކަމަކު އިމިގްރޭޝަނުން އެކަމުގައި ދެއްކީ ތަފާތު ނަމޫނާ އެކެވެ.


ގިނަ އޮފީސްތަކުން ގަޑި އާއި ހާޒިރީއަށް ފަރުވާތެރިވާ މުވައްޒަފުންގެ އަގު ވަޒަން ކުރަނީ އެ މުއައްސަސާއެއްގެ އަހަރީ ހަފުލާއެއްގައި ނުވަތަ ޚާއްސަ މުނާސަބަތާ ގުޅިގެން ބާއްވާ ހަފުލާއެއްގައި ކަމަށް ވިޔަސް، އެހެން އޮފީސްތަކާ ތަފާތުކޮށް އިމިގްރޭޝަނުން އިއްޔެ އެކަމަށް ބޭއްވީ ޚާއްސަ ރަސްމިއްޔާތެކެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ބައިވެރިވެ ވަޑައިގަތް އެ ރަސްމިއްޔާތުގައި ވަނީ ގަޑިއަށް ހާޒިރުވުމާއި ހާޒިރީގައި 100 ޕަސެންޓް ހާސިލްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް، އެ މުވައްޒަަފުންނަށް ޚާއްސަ ހަނދާނީ ލިޔުމެއް ދީފަ އެވެ.

އިމިގްރޭޝަންގެ ޓްވީޓް

އިމިގްރޭޝަނުން ބުނިގޮތުގައި އެ މުވައްޒަފުންނަކީ މިދިޔަ ޖޫން މަހުން ފެށިގެން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ގަޑި އާއި ހާޒިރީގައި އެންމެ ރަނގަޅު މުވައްޒަފުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ އިމިގްރޭޝަންގެ އޮފީހުގައި މަސައްކަތްކުރާ 11 އޮފިސަރަކާއި އަތޮޅު ތެރޭގައި ހުންނަ އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުގައި މަސައްކަަތްކުރާ ހަތަރު އޮފިސަރެކެވެ.