ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން އެކަމަށް ސަމާލުވުމުގެ ގޮތުން، ހުޅުލެ އެއާޕޯޓަށް އައިސްތިބި ޓޫރިސްޓުންތަކެއް މާސްކް އަޅައިގެން-.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
25 ޖެނުއަރީ 2020 - 21:29
ޗައިނާގެ ވޫހާން ސިޓީން ފެނުނު ނުރައްކާތެރި އާ ރޯގާ އަށް ޝައްކުވާ މީހަކު ރާއްޖެ އިން އަދި ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހަކު ރާއްޖޭގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކައާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން، އެޗްޕީއޭ އިން ބުނީ ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުން އެތެރެވާ މީހުން ވެސް އެ ވައިރަހަށް ސްކްރީން ކުރަމުން އަންނަ ކަމަށާއި ޝައްކުވާ މީހަކު މިހާތަނަށް ނުފެންނަ ކަމަށެވެ.
ޕޯޓްތަކުގައި ނޮވެލް ކޮރޯނާވައިރަސްއަށް ސްކުރީން ކުރެވެމުންދޭ. މިހާތަނަށް ރާއްޖެއިން ޝައްކުވާ މީހަކު ފެނިފައިނުވޭ@MoHmv
— HPA Maldives (@HPA_MV) January 25, 2020
އެޗްޕީއޭ އިން މިރޭ ކުރި ޓުވީޓް
ޗައިނާގެ ވުހާން ސިޓީން ކޮރޯނާ ވައިރަސް ފެނުމާ އެކު، ރާއްޖެ އިން ވަނީ ރައްކާތެރިވުމުގެ ފިޔަވަޅު ވަރަށް ކުރިއްސުރެ އަޅަން ފަށައިފަ އެވެ. އެގޮތުން، އެ ރޯގާ އަށް ސްކްރީން ކުރުމަށްޓަކައި، ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތާމަލް ކެމަރާ ބޭނުންކޮށްގެން ސްކްރީން ކުރުން މިހާރު ކުރިއަށް ގެންދެ އެވެ.
ތާމަލް ކެމެރާއިން ފާހަގަކުރެވޭ، ހުން ހުންނަ މީހުން އިތުރަށް އެސެސްކޮށް އެމީހުން ދިޔަ ތަންތަނުގެ މައުލޫމާތު ނަގާނެ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެ އެވެ. އަދި މިހާތަނަށް ބެލި އިރު، ކޮރޯނާވައިރަސްގެ ރޯގާ އަށް ޝައްކުވާ މީހަކު ފެނިފައި ނުވާ ކަމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ. އެއާޕޯޓްގައި އެ ކެމެރާ ހަރުކޮށްފައި ވަނީ އިމިގްރޭޝަން ކައުންޓަރު ހުރަސް ހުރާ ހިސާބުގަ އެވެ.
އެއަރޕޯޓް ޓާރމިނަލް އޭރިޔާގައިވާ ފަސިންޖަރުން ސްކްރީންކުރާ ތަނާއި އެތާގައި ބެހެއްޓިފައިވާ ތާމަލް ކެމެރާ@MoHmv pic.twitter.com/b5scZZt8nY
— HPA Maldives (@HPA_MV) January 25, 2020
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އޭރިއާގައި ބަހައްޓާފައިވާ ތާމަލް ކެމެރާ
ކޮރޯނާވައިރަސްގެ އާ ވައްތަރު، ގައިންގަަޔަށް އަރާ ގޮތަށް ބަދަލުވެެ، ޗައިނާގެ އިތުރުން އެހެން ގައުމުތަކަށް ވެސް މިހާރު ދަނީ ފެތުރެމުންނެވެ. އެހެންވެ، ރާއްޖެ އަށް އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ރާއްޖެ އަށް މީހުން އެތެރެވާ އެއާޕޯޓްތަކުގައި ވެސް ވަނީ ފަށައިފަ އެެވެ. މީހުން ސްކްރީން ކުރުމަަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭނުންކުރަމުން އަންނަނީ މީހުންގެ ޓެމްޕަރޭޗަރު ދެނެގަންނަ، ތާމަލް ކެމެރާ އެކެވެ.
ނޮވެލް ކޮރޯނާވައިރެސް އިން ރައްކާތެރިވުމަށް ފޭސްްކް މާސްކް 😷އަޅަން ޖެހޭތަ؟
— HPA Maldives (@HPA_MV) January 25, 2020
އަދި ޗައިނާއަށް ދަތުރުކޮށްފައިވާ، ބަލީގެ އަލާމަތް ފެންނަންހުރި 😰މީހަކާ ދިމާވެއްޖެނަމަ ހަދާނީ ކިހިނެއް؟@MoHmv pic.twitter.com/0XnvnwHxBM
ކޮރޯނާ ވައިރަހުން ރައްކާތެރިވާނެ ގޮތްތައް
އަދި ރާއްޖޭގެ އެއާޕޯޓުތަކުގައި ޓޫރިސްޓުން މިހާރު ހަރަކާތްތެރިވަނީ މާސްކް އަޅައިގެންނެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެ ބަލި އަތުވެދާނެތީ ރާއްޖެ އިން ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށާއި ކަމެއް ދިމާވެއްޖެ ހާލަތުގައި (ކޮރޯނާ ވައިރަސް ރާއްޖެއަށް އަތުވެއްޖެ ނަމަ) ދެން ކަންތައްތައް ކުރަންވާނެ ގޮތް ވެސް ވިސްނާ ތައްޔާރުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަސްގެ މައްސަލަ އަށް ސަމާލުކަންދީ މިހާރު ވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
"ސަރުކާރުން ވަރަށް އަވަހަށް މިކަމަށް އިސް ނަންގަވައި މިއަދާ ހިސާބަށް އައި އިރު ވެސް އަޅުގަނޑުމެން މިތިބީ މި ކަންތައްތައް އިންތިޒާމްކުރުމުގެ މަސައްކަތްތަކެއް ކުރެވިފައި. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ކަންކަން އަޅުގަނޑުމެން ވަރަށް ފުރިހަމައަށް ކުރުމަަށް ތައްޔާރުވެގެން މިތިބީ،" އަމީން ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަބުޖީ
26 January 2020
ކޮން ދޮގެއްތޯ
ޔތޔތޔ
26 January 2020
މަޓީއަށް ލިބޭ ޑޮލަރު ބޮޑި އެއި ރާޢްޖެ ވަންނަ އެއްޗެއްވެސް ނޫން. އެކަމަށްޓަކާ ދިވެހިން ނުރައްކަލަށް ހުށަހޮޅުނަސް އޯކޭތަ؟ ސަރުކާރަށް ދައްކާ ކުޑަޓެކްސް ކޮޅު ކަލޭމެން ކަނީ. ކައިފައި ބާކީ ބައިގައި އަނެއްކާޥެސް އެމެންގެ ރިސޯޓަކަށް ފަސޭހަކުރަން ޕްރޮފިޓް މާރޖިން މަތިކުރަން އެޓެކުހުން ބްރިޖް އަޅަނީ. އަޅައަޅާފައި އެއުޅޭ އަންނިވެސް ކިޔަނީ އަނގަފުޅު ފުޅާކޮށްފައި އިންސާނަ ތަރައްގީވާށޭ! ކިނބިއްސެއް އެބަ އާދޭ. ކުރުކޮށްލީ
މޫސަ
26 January 2020
އަޖާއިބުވޭ ގިނަ މީހުންގެ ވިސްނުން ހުންނަ ގޮތުން. ކެމެރާއެއް ބެހެއްޓުމުން ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއްވެސް އެޅުނީތަ. ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ އެގައުމުތަކަށް ވޫހާން / ހުބެއި ޕްރޮވިންސުން އަންނަ އެއްވެސް މީހަކު އެ ގައުތަކަށް އެތެރެ ނުވެވޭނެކަން އިއުލާނުކޮށްފައި. އެކަމަކު މި ގައުމުގެ ސަރުކާރު 2 ޑޮލަރުގެ ދަހިވެތި ކަމުގައި އެ 2 ޑޮލަރު މާއަގު ބޮޑު ނިކަމެތި ދިވެހިންގެ ފުރާނައަށްވުރެ. ދެން ބުނާނީ އެ ތަންތަނުން އަންނަ މީހުންވެސް ދަނީ ރިސޯޓްތަކަށް ގެސްޓް ހައުސްތަކަށޭ. ބަލަ އެތަންތަނުގައި އެމީހުންނަށް ސާވިސް ދޭން ތިބީ އިންސާނުންނެއް ނޫންތަ? ދިވެހި ލޮބުވެތި ނިކަމެތި އަހުންނާ އުހުތުން އެމީހުންނަށް ސާވިސް ދޭން ނެތީތަ ? ރަނގަޅަށް ތައްޔާރުވެއްޖައީމޭ ބުނާއިރު ތިޔަބަލީގެ މީހަކު ފެންނަ އިރށް ގެންދާނީ ހަމަ އައިޖީއެމްއެޗަށް. އޭރުން އޮންނާނީ ވަށާޖެހިފައި.
މޫސަ
26 January 2020
ސީދާ ދޮގެއް. މިގައުމަށްވުރެ މާކުރިން މާ ރަނގަޅު ހަރުދަނާ ފިޔަވަޅުތައް ބައެއް ގައުމުތަކުން އަޅާފައިވޭ. ކަމެއް ރަނގަޅަށް ނުކުރޭއިރު މެޑަލް ޖަހަންވެގެން ކަމާ ގުޅުންހުރި ބޭފުޅުން ކޮމެންޓް ލިޔަނީ ހަމަ. ބަލަ ތި ސިޔާސީ މީހުން މަމެންނަށް އެނގޭ
ޖޖޖކ
26 January 2020
މީހަކު މިބަލީގައި މަރުވީމަ ރާއްޖެއަށް ރޭކާލާނީ
ބިރު
26 January 2020
މައްސަލައަކީ މިވައިރަހުގެ ބާވަތުން ވައިރަސް ޖެހިފައިވާ މީހަކު ބޭރުފުށުން އޭގެ އެއްވެސް އަސަރެއް ނުދައްކާ ދާ ދުވަސްކޮޅެއް އޮންނާތީ. މިފަދަ މީހަކު ރާއްޖެ އެތެރެވެ ދުވަސްތަކަކަށްފަހު ބަލި ޖެހިފައިވާކަން ކަށަވަރުވާންވާއިރު އޮންނާނީ ޖެހޭނެ މީހަކަށް ބަލި ޖެހި ފެތުރިފައި. މިދަނޑިވަޅުގަ ޗައިނާއިން އަންނަ ހުރިހާ އެންމެން ބައްޔަށް ޓެސްޓުކޮށްގެން ނޫނިއްޔާ ނުވައްދަންވީ.
ޢާންދޮގެއް
26 January 2020
ޢަދިތިވަރަކުން ނުފުދޭ ވަޒީރޫ، ކެމެރަަ ބެހެއްޓުނީމަ ނިމުނީކީ ނޫން. ޢެހެން އެޔާޕޯޓަކުން ނުވަތަ ދަތުރުމަތީ މި ވައިރަސްގެ އަސަރުކޮށްފަ ހުންނަމީހަކު ތިޔަ ކެމެރާ ޕާސްކުރާއިރު އެކަމުގެ އަލާމާތްތައް ފެންނަން ނުހުރެދާނެ، މިގޮތައް މީހަކު ދޫވެއްޖެނަމަ އެކަން އެންގޭއިރު އޮންނާނީ ވާނެހާއެއްޗެއްވެފަ. މިޔައްވުރެ ބޮޑައް މިކަން ބެލެންޖެހޭ. އަދި އެޔާޕޯޓުގައި މަސައްކަތްކުރާ ސްޓާފުންނާ ރާއްޖެ އަންނަ ފަތުރުވެރިން މާސްކް އަޅައިގެންއުޅުން ވަރަށް މުހިންމު.
ސާފު ސާފު
26 January 2020
ކޮރޯނާ ވައިރަސް ފެތުރޭ ވާހަކަ އިވުމާއެކީ އެންމެ ފުރަތަމަ އެކަމާ ގުޅިގެން ފިޔަވަޅު އެޅީ އެއް ގައުމަށް މި ކުޑަ ކުޑަ ގައުމުވާނެ. އަވަށްޓެރި ސްރީލަންކާގައިވެސް ސްްކްރީން ކުރަން ނުފަށަނީސް މި ގައުމުގައި ތާމަލް ކެމެރާ ހަރުކޮށް ކޮރޯނާ ވައިރަހަށް ސްކްރީން ކުރަން ފެށީ< ދެން ކޮން ކަމަކާތޯ އަހަރުމެން މި ޝަކުވާ ކުރަނީ؟ މީހަކު ބަލި ނުޖެހިގެންތަ؟ ކިހާ ދެރަކަމެއް މި ދެން
ބޮޑުމީހާ
26 January 2020
ތިބޭފުޅުން ތިކުރާ މަސައްކަތުގައި ކާމިޔާބު ދެއްވާށި! ރާއްޖެ ކަހަލަ ތޮށްޖެހިގެން އުޅޭ މާހައުލަކަށް ތި ވައިރަސް ފެތުރިއްޖެއްޔާ ކޮންޓްރޯލްކުރުމަކީ ވަރަށް އުދަގޫކަމަކަަށް ވާނެ.
އެއްމެ ޖަވާބެއް
26 January 2020
މާލެ ކަހަލަ
މާލެ މީހާ
26 January 2020
ރާއްޖެ އެއްނޫން. މާލެ އެކަނި.
ނަޝީދު.
25 January 2020
އިރާދަކުރެއްވިއްޔާ ނުފެންނާނެ.