އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް. މިނިމަމް ވޭޖް ކަނޑައެޅިމުގެ ބާރު މިނިސްޓަރަށް ދޭ ގޮތަށް ގާނޫނު ބަދަލުކުރަން ވަނީ ހުށަހަޅާފައި،
10 ފެބުރުއަރީ 2020 - 15:49
ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓަރަށް ދޭ ގޮތަށް، ވަޒީފާއާ ބެހޭ ގާނޫނަަށް ސަރުކާރުން އިސްލާހު މިއަދު ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ އެކަމަށް ލަފާދޭން އެކުލަވައިލާ ބޯޑެއްގެ ލަފަޔާ އެކު އިކޮނޮމިކް މިނިސްޓަރު ކަމަށެވެ. އެގޮތުން އުފައްދާ ބޯޑަށް ކިޔާނީ "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑް" އެވެ.
އިސްލާހު ފާސްވާތާ އެއް މަސްދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހޭ އެ ބޯޑުން ކުރަން ލާޒިމްކުރާ ކަންތައްތަކުގެ ތެރޭގައި އެންމެ ކުޑަ އުޖޫރަ ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ދިރާސާކޮށް މިނިސްޓަރަށް ލަފާ ދިނުން ހިމެނެ އެވެ. ބޯޑުން ކުރާނެ އަނެއް ކަމަކީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ އަދަދު ކޮންމެ ދެ އަހަރަކުން ރިވައިސްކުރުމެވެ. އެގޮތުން އެ އަދަދަށް ބަދަލެއް ގެންނަން ފެނިއްޖެ ނަމަ ބޯޑުން އެ ލަފާ މިނިސްޓަރަށް ދޭ ގޮތަށް ވެސް ބިލުގައި ވެ އެވެ.
މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރަކީ ފައްޔާޒު އިސްމާއިލް އެވެ.
- ޓޫރިޒަމް
- އިމާރާތްކުރުމުގެ ދާއިރާ
- މަސްވެރިކަން
- ދަނޑުވެރިކަން
- ތައުލީމީ ދާއިރާ
- ކުދި އަދި މެދު ފަންތީގެ ވިޔަފާރި
އިގުތިސާދީ ހާއްސަ ހާލަތެއް ދިމާވެއްޖެ ނަމަ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ އަދަދު، ދެ އަހަރުގެ ކުރިން ވެސް ރިވައިސް ކުރެވޭނެ ކަމަށް، ބިލްގައިވެ އެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ބެހޭ ގޮތުން ކަމާ ބެހޭ އިދާރާތަކުން އެންމެ ފަހުން މަޝްވަރާކުރީ ޖެނުއަރީ މަހުގެ ފަހުކޮޅު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.
ރައީސް އޮފީހުން އޭރު ބުނީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ އެންމެ އެކަށޭނަ އަދި ފުރިހަމަ މިނިމަން ވޭޖް ކަނޑައެޅުމަށް ކުރަން ޖެހޭ ކަންތައްތަކުގެ މައްޗަށް ކަމަށެވެ. އެ ކަންތައްތަކުގެ ތެރޭގައި، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން އެކި ދާއިރާތަކަށް އޭގެ ސަބަބުން ކުރާނެ އަސަރާއި އަންނާނެ ކަމަށް އަންދާޒާކުރެވޭ ބަދަލުތައް ވެސް ހިމެނެ އެވެ.
އެގޮތުން ދައުލަތުގެ ބަޖެޓާއި އިންފްލޭޝަން ރޭޓާއި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތާއި ބޭރު ފައިސާގެ ރިޒާވާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސަރުކާރު ހިއްސާވާ އަދި އަމިއްލަ ކުންފުނިތަކުގެ އިތުރުން ޖުމްލަ ގޮތެއްގައި އިގްތިސާދަށް ކުރާނެ އަސަރުތަކާ މެދު މަޝްވަރާކުރި ކަމަށް އޭރު ބުންޏެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ބެހޭ ގޮތުން ލަފާ ދޭން މިހާރު ވެސް ބޯޑެއް އޮވެ އެވެ. އެބޯޑް އެކުލަވައިލީ މިދިޔަ އަހަރުގެ މޭމަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަސޭޓް
11 February 2020
ކައުންސިލް އިންތިހާބުގެ ކުރިން މިނިމަމް ވޭޖް ކަނޑަ އަޅާނެ.
falcon_autho
11 February 2020
މަށަށްފެންނަނީ އެންމެ ކުޑަމުސާރަ ކަނޑައަޅަން 2021 ގައި ޓޫރިޒަމް މިނިސްޓްރީއާ ޙަވާލުކުރަން. އެދާއިރާއަކީ އެންމެ ގިނަމީހުން އެއްދާއިރާއެއްގައި މަސައްކަތްކުރާ ދާއިރާ.
ޔާސްމީން
11 February 2020
މިގޮތަށް އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގަ ވިސްނަންޖެހޭ އެތައްކަމެއް އޮވެ، އަދި ރާއްޖޭގެ މާހައުލާ، ޤާނޫނާ ގަވާއިދުތަކާ އެއީ މީގެ ސަބަބުން ދެން ނުކުންނާނެ މައްސަލަތަކަށް ހައްލެއް ގެނެވޭގޮތަށް އޮން ޤާނޫނާ ގަވާއިދުތަކަކަށް ނުވާއިރު، މީހަމަ ވަކި ބަޔަކު ހިތްހަމަ ޖައްސަން ކުރާވަރުގެ މަކެއް ނޫން. މިކަމުން އަގުތައް މައްޗަށްގޮސް، އަސްލު ދިރިއުޅުމުގެ ފެންވަރު ދާނީ ހައްތަހާވެސް ދަށަށް. އަދި ވަކީޒާ ހޯދަން އުނދަގޫވެސް ވާނެ. ގިން ވިޔަފާރިތައް އޮތީ ހާލުގަ.
މުރީދު
11 February 2020
ދަންނަވަންތޯ! ތިޔަ މިނިމަމްވޭޖް ގެ ކަންތައް ރަގަޅުގޮތެއްގައި ނިމި މަސައްކަތް ތެރިންނަށް ހައްގުވާ މިންވަރު ލިބޭނީ މިހާރު ތިޔަކަމާ ހަވާލުކޮށްފަހުރި މިނިސްޓަރ ބޭރުކޮށްގެން. ބިދޭސީންގެ ކަންތައް ހައްލުކުރާން ބުނި. އެކަންވެސް ޗޮކުން. ވާކްޕަރމިޓް ކޯޓާގެ ކަންތައްވެސް ދެއުޅިއެއްނުވާ ގޮތައް. މިނިސްޓަރު ކަންކަން ކުރާގޮތުން ބައެއްފަހަރު ހީވަނީ ރައީސް މީހާއަށް ޖެއްސުމެއް ކުރާން އުޅޭހެން. މީ ވިސްނަންޖެހޭކަމެއް!
ާއުނިމާ
11 February 2020
މިވެރިންނަށް މިމމކަ މެއްނުވާނެ!އެވެނިކަމެއް މިވެނިކަމެއް ކުރަންޖެހޭ، ދެން ފޮނިއަގަތައް ނުތަޅުވައި ކޮށްބަލަ! މުސްކުޅިން ބުނެއުޅޭ ބަސްމަދުކޮށް އަމަލު ގިނަކުރާށޭ! ކަތިވަޅިޔާ މަރިޔަބާ ދަނޑުތައްވެސް ތިޔައޮތީ ހިތަކަށް ދީފަ، ދެން ރައްޔިތުންނަށް ގޮވާންކޮށްދީބަލަ!ސިސްޓަމް ރަނގަޅުކުރަންޖެހެންޔާ، އެކަންވެސް ކުރުމުގެ ފުރިހަމަ ބާރު މިސަރުކާރަށް އެބައޮތް!ދެން ކައުންސިލޭ، ކޯލިޝަނޭ ކިޔައި ބަހަނާ ނުދައްކާ ތިޔަހުރިވަރެއް ދައްކާބަލަ! ތީ އަގައިން 1، އަމަލުން 0
ސަރަގު
11 February 2020
ސިޓީކައުންސިލަށްބައިއަޅާގޮތަށް މަގުމަތީ މާރުކޭޓް ބާއްވާ ބޯޑެއްވެސްހެދުންރަނގަޅު.އަދި މަޖިލިސްގެ ރައީސަށް ލަފާއަރުވާ ރީނދޫބޯޑެއްއޮތުން ވ މުހިންމު.
ނީނނޭ
11 February 2020
މިބޭ އިސްތިއުފާދީބަލަ..
މޯދީ
10 February 2020
ނަންބޯޑު ސަރުކާރު....ބިލްބޯޑު ސަރުކާރު....ކާޑުބޯޑު ސަރުކާރު....ފަސް އަހަރުން 2 އަހަރު ނިމެނީ ބޯޑުން އަރައިނުގަނެ....
ދަނބުމާ
10 February 2020
މަޖުލީހުން އިރުއިރުކޮޅާ ދެއިރު ކާ ބޭހެއްހެން މިކަމާ މަސްވަރާކުރަނީ އެބޭފުޅުންނަށް މަޖުލީހުން ލިބޭ މުސާރައިން އެއްޗެއް އުނިވާތީތަ؟؟؟ އަބަދު އިސްލާހު ހުށަހަޅާ ހުށަހަޅާ ތިބެނީ އެކަމުން ނިކަމެތި މުވައްޒަފުންނަށް ރަނގަޅު ގޮތެއްވުމަށް ނޭދޭތީތަ؟؟؟
ނިއުމާ މޫސާ
10 February 2020
އިކޮނޮމިކް މިނިސްޓަރު ބުނާނި ތިމަންނާމިއީ އިކޮނޮމިސްޓެއްނޫނޭ އެހެންވީމަ ތިޔަ ކަންތަށް ހަވާލުކުރާނީ އިކޮނޮމިސްޓަރާއޭ،