މޯލްޑިވިއަންގެ މަތިންދާބޯޓެއް. ކޮލަމްބޯއާއި ކޮޗިން އިން ދިވެހިން ގެންނަން މާދަމާއާއި އަނެއް ދުވަހު އެ އެ އާލައިނުން ދަތުރުތަކެއް ކުރާނެ. ފައިލް ފޮޓޯ/މިހާރު
04 އެޕްރީލް 2020 - 19:24
ކޮލަމްބޯ އާއި އިންޑިއާގެ ކޮޗިން އިން ނާދެވި ތިބި ދިވެހިން ގެންނަން މޯލްޑިވިއަން އިން މާދަމާ އާއި އަނެއް ދުވަހު ދަތުރެއް ކުރަން ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.
ކޮލަމްބޯ އާއި ކޮޗިންގައި ރާއްޖެ އަށް ނާދެވި ތާށިވެފައި ގިނަ ބަޔަކު ތިބީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކެއްގެ ގޮތުގައި އިންޑިއާ އާއި ލަންކާ އަށް ވައިގެ ދަތުރުތައް ކުރުން ހުއްޓައިލުމުންނެވެ. މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކޮލަމްބޯ އަށް ދެ ދަތުރު އަދި ކޮޗިން އަށް ދަތުރެއް ކުރަން ހަމަ ޖެހިފައިވާ ކަމަށާއި އަންނަ ބޭނުންވާ ފަރާތްތަކުން ޕާސްޕޯޓް ކޮޕީ އާއި ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރެއް ވައިބާ ޕޭޖަށް ފޮނުވަން އެދޭ ކަމަށެވެ.
އާދީއްތަ - މާލެ-ކޮލަމްބޯ. ފުރާ ގަޑި: މެންދުރު ފަހު 3:00.
އާދީއްތަ- މާލެ-ކޮލަމްބޯ. ފުރާ ގަޑި: ރޭގަނޑު 6:56
ހޯމަ: މާލެ-ކޮޗިން. ފުރާ ގަޑި: ރޭގަނޑު، 7:00
ކޮވިޑް-19 ފެތުރޭތީ ލަންކާ އާއި އިންޑިއާއިން އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމުން ގިނަ އަދަދެއްގެ ދިވެހިން އެ ދެ ގައުމުގައި ތާށިވުމުން ސަރުކާރުން އައީ މިހައިތަނަށް ވެސް އެ މީހުންނަށް އެހީތެރިވަމުންނެވެ. އެ މީހުންނަށް އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް އެހީތެރިވެ ދިނުމުގެ އިތުރުން، ލަންކާގައި ތިބި މީހުންނަށް ރާއްޖޭގައި ތިބި އެ މީހުންގެ އާއިލާތަކު ފޮނުވަން ބޭނުންވާ ތަކެތި ފޮނުވައިދިނުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.
ކޮރޯނާވައިރަސް އަށް ރާއްޖޭން މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 19 އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ވައިރަސް އަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 1,118,245 އެވެ. އޭގެ ތެރެއިން 59,220 މީހުން ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
05 April 2020
ބޭހަށާއި ކިޔަވަންގޮސް ތާށިވެފަތިބި މީހުނަށް ރައްޔިތުންގެ ފައިސާއިން އެހީވުން އެންމެ ރަގަޅު. ނަމަވެސް ގޮދޮރު ކުއްޔަށް ދީފައި އަރާމުކުރަން ތިޔަ ޤައުމުތަކަށް ގޮސް ވަޒަންވެރިވެގެން އުޅޭ މުއްސަދިންނަށް ދައުލަތުން ޚަރަދުކުރެވިގެން ނުވާނެ. ސަޕޯޓް ހޯދަންވިޔަސް ތަންފުކެއް ބޮޑު.
ޢާއިޝަތު
05 April 2020
ގެނޭ ގެނޭ... ގެނެސްގެން މުޅި ރާއްޖޭގަ ކޮވިޑް ފަތުރާ.. އެކަން ނުވެގެން އުޅޭ ވައްތަރު ޖަހަނީ... ފުރަތަމަ ތިޔަ އެއްޗެއް ތިޔަ ގައުމުތަކުގަ ފެތުރެން ފެށި ހިސާބުން ގައުމަށް ނައިސް މަޑުކޮއްގެންތިބީ ކޯއްޗެއް ހަނދާންކުރަންބާވައޭ ހިތައްއަރާ. ދެވަނަ އިޓަލީ އެމެރިކާއަށް ހަދާފަ ދޫކުރާނީ
ސޭހު
05 April 2020
ނޭޕާލްގަ ތިބި 17 މީހުނަށްވުރެ މުހިންމުވާނީ މުޅިޤައުމު.
ރަދުން
05 April 2020
އެމްބަސީގެ ހަރަދުގަ ހާލުގަޖެހިފަތިބި ބަޔަކަށް އެހީތެރިކަންދިނުން ބުއްދިވެރި. ލަންކާގައުޅޭ ދިވެހިންނަށް ހާއްސަކޮށް ހޮސްޕިޓަލް ސެޓަޕެއް ހެދުން ވަރަށްމުހިންމު. ދަތުރުފަތުރުކުރުން ހުއްޓުވައިގެންމެނުވީ މިކަންހައްލުނުވާނެ.
ޖގބ
04 April 2020
ކޮބާހޭ ނޭޕާލުގައި ޙާލުގާ ޖެހިފައި ތިބި 17 ޑޮކްޓަރުން. އެމީހުން ތާށިވެފަ ތިބި ހޮޓަލުގައި މަރުވާން ދޫކޮއްލީތޯ. ކޮބާތޯ އޯގާތެރި އިބުރާހިމް ސޯލިހް.
ލދހޔތ
05 April 2020
ނޭޕާލު އޮތީ ވާޖަހައިގެން ދަމާފައިވެސް ގެނެވޭނެހާ ކައިރިޔަކު ނޫން. އެއަރ ސްޕޭސް އަށް ވަންނަން ހުއްދަދިން އިރަކުން ގެނެވޭނީ. މާބޮޑަށް ހަމައިން ނުނެއްޓި ހެޔޮގޮތް މިންވަރު ކޮށްދެއްވުމަށް އެދި ދުއާ ކުރައްވަވާ. ވސަލާމް
ޑޮކްޓަރޭ
04 April 2020
ދުނިޔޭގެ އެތަންމިތާ ފުދިގެންގޮސްތިބި ބަޔަކު ހާލުގަޖެހިގެންނޫން ގޮތަކަށް ޤައުމަށް ގެނައުމެއް ނެތް އެމީހުންތިބި ޤައުމެއްގެ މީހުންތިބިހާލެއްގަ ވީމަނިމުނީ މިވަގުތު އެންމެ ރައްކާތެރިގޮތަކީ އެއީ
ފޮއްދޫ
05 April 2020
ގައުމުން ބޭރުގަ ތިބިއްޔާ އެވަނީ މާބޮޑަކަށް ފުދިގެން ގޮސް ތިބި ބަޔަކަށްތަ؟
ގައުމުދޯ
05 April 2020
ބޭރުގަ ފުދިގެން ތިބެވޭ ބަޔަކަށް އެތަންތާ ތިބެވޭނީ. ހާލުގައި ޖެހި ބޭނުން ޖެހުމުން އެހީ ވެވިދާނެ. އެކަމު ބޭރުގެ ލޮކްޑައުންއާ ހެދި ޒަރޫރީ ބޭނުން ނުފުއްދި ހާލުގައި ނުޖެހޭ ބަޔަކު މިވަގުތު ރާއްޖެ ގެނައިމަ މުޅި ރާއްޖެ ނުރައްކަލުގެ ތެރެއަށް ހުށަ އެޅެނީ. ދެން ކޮބާ އެފަދަ ކަމަކަށް އެތަށް މިލިއަނުން ދާނެ ޚަރަދު
ހޭކެނޑޭ
04 April 2020
ދުނިޔޭގެ އެހެން ޤައުމު ތަކުގެ ސަރުކާރުން ރައްޔިތުންގެ ކިނބައިން އެދެނީ އެބަޔަކު ތިބި ޤައުމެއްގައި މިދުވަސްކޮލު މަޑުކުރުމަށް. ސަބަބު ތަކެއް ނެތިއެއްނޫން. ރާއްޖޭގައި ކޮންމެ ކަމެއްވެސް ކުރާނީ އެހެން ޤައުމުތަކުގައި ކަންކަން ކުރާ ގޮތާއި ޙިލާފަށް. މި ޤައުމުގެ ރައްޔިތުން ވަރަށް ބޯހަރުވާނެ.
ސަރަފަކައްދަ
04 April 2020
ލަފާކުރެވޭ ގޮތުގައި މިކަމީ ބަޔަކު މީހުން އަމިއްލަ ފައިދާ އަށްޓަކައި ހިންގަން އުލޭ ޖަރީމާ އަކަށް ވުން ވަރަށް ގާތް. ސަބަބަކީ ތިޔަ ހުރިހާ މީހުން ރާއްޖެ ގެނެސް ކެއުން/ބުއިން ބޮލަކަށް ދުވާލަކު /750ރ އޭ ބުނާ އަޑު އަހަނމު. ތިޔަ ހުރިހާ މީހުން 14 ދުވަހު މަޑު ކުރަންޖެހޭދޮތަ!
ދަތްނެތްކުއްޖާ
04 April 2020
އަނެއްކާވެސް ބަޔަކު ރާއްޖެ ގެނެސް ދަޢުލަތުގެ ޙަރަދުގައި 14 ދުވަސް ވަންދެން ކުދި ބޮޑު ހުރިހާ ރައްޔިތުން 5 ތަރީގެ ހޮޓާފަދަ ތަންތަނުގައި ބައިތިއްބައިގެން ބެލެހެއްޓުން މިއީ ކިހާ ބޮޑު ޙަރަދެއްތަ! މިކަންކަން ކޮންމެވެސް ވަރަކަށް ދުނިޔެއިން ކޮންޓޮރޯލް ކުރެވެންދެން އެވެރިން ތިބި ތާކު ބައިތިއްބުން ބުއްދިވެރި. މިކަމުގައި މެޖޯރިޓީ ދެކޭގޮތަކީ ކޮބާބާ! ލައިކް/ޑިސްލައިކް އަށް ބަލައިގެން ދަޢުލަތުން އެކްޝަން ނެގީމަ މަމެން ދެން ބުނާނީ އޯކޭއޭ.
ފޮއްދޫ
05 April 2020
ހާލެއްގަ އޭ ބޭރުގަ ތިބި މީހުން އުޅެނީ
ގައުމީ ލޯބީގާ
05 April 2020
ތިބަޔަކު ރާއްޖެ އަންނަށްބޭނުންވާތީ ގެނަޔަސް މިވަގުތު ސަރުކާރުން 14 ދުވަހުގެ މުހުލަތަށް އަންނަހާބަޔަކެއް ގެ ޚަރަދު ބެލެހެއްޓުން . މީދެން ބައްޔެއްނެތި ، މިވަގުތަށް ހާލަތަށް ތަބާވާރައްޔިތުންނާމެދު ވެވޭއިހްމާލެއް މިވަގުތު ހާލަތް ބަދަލުވެފަވަނީ އެއްމެންގެ ވެސް .ބޭނުންވާކިތަންމެ ކަމެއް ނުކޮއް ރޯދައަށް މަރްހަބާކިޔަން ކުރަންބޭނުންވާއެތައްކަމެއް ނުކޮއް ރައްޔިތުން ހިތުގަ އޮބި އަޅައިގެން ތިބޭއިރު މިބަޔަކަށް ހަދާލެވޭނެ ޕިކްނިކް . ސަރުކާރުގެ ހަރަދުގަ
ޢަލީ ބަނާތު
04 April 2020
ތިއީ ރަނގަޅުކަމެއް ... އެކަމަކު ހަނދާންކޮށް ތިމީހުންތައް ގޭތަކުގައި ކަރަންޓީނު ނުކުރާތި ގޭގައި ކަރަންޓީނުކޮށްފިއްޔާމު ކޮވިޑް އިތުރަށް ރާއްޖޭގައި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު އަދި ތިއަޅާފިޔަވަޅަކީ ރާއްޖޭގައި ކޮވިޑް ފެތުރުމަށް އެޅޭ އިތުރު ފިޔަވަޅަކަށްވުން އެކަށީގެންވޭ !
ޢެހެންތަ ހީވަނީ
05 April 2020
މަތިންދާބޯޓެއްގަ ސަރުކާރުހަރަދުގަ އެބަޔަކު ގެނައުމަށްވުރެ ހާލަތުން އަރައިގަނެވެންދެން އެމްބަސީއިން އެބަޔަކަށްހީވުން ސަރުކާރުތަކާއިވާހަކަ ދެކެވޭވަރުގެ ކަނެކްޝަނެއް އޮތް އިރު ހަރަދުގެ ގޮތުންބަލާނަމަ އަދި މިބިރުވެރިކަމުން ސަލާމަތްވާންދެން މަޑުކުރުންނޫންބާމުހިއްމީ އެތާގަ ތިއްބަސް އެތިބެވެނީ ސަރުކާރުގެ ބެލެހެއްޓުމުގެ ދަށުގަ ގެނެސްވެސް 14 ދުވަސް ވަންދެން ކަރަންޓީނުގަ ތިބެންޖެހޭއިރު . ކޮބާމީގަ ތަފާތަކީ އަންނަގޮތަށް ފައިބައިގެން ގެއަކަށް ނުދެވޭ.