ރިސޯޓަކުން މޫދަށް ފުންމާލި ކަމަށް ބެލެވޭ މީހަކު ގެއްލިގެން ހޯދަނީ

ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސްގައި މަސައްކަތް ކުރާ އިންޑިއާ މީހަކު، މޫދަށް ފުންމާލި ކަމަށް ބެލެވިގެން އެމްއެންޑީއެފުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.


އެމްއެންޑީއެފުން މިރޭ ބުނީ އުމުރުން 30 އަހަރުގެ ފިރިހެން މުވައްޒަފު ހޯދަން ފެށީ، އޭނާގެ ޚަބަރެއް ނުވެގެން ރިސޯޓުން ރިޕޯޓުކުރުމުން ކަމަށެވެ.

ހޯދަމުން އަންނަނީ ރިސޯޓުގައި އިމާމެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.

ރިސޯޓުގެ ސީސީޓީވީން ފެންނަ ގޮތުގައި، އެ މީހާ މޫދަށް ފުންމާލީ ފޯނުން ވާހަކަ ދައްކަމުން ގޮސް، އެ ރިސޯޓުގެ ސަޕްލައި ޖެޓީ މަތިންނެވެ. އެހެންވެ، ސިފައިންގެ ކޯސްޓްގާޑާއި ޑައިވަރުންގެ ޓީމުން އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން ވެސް އަންނަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުގައި ރިސޯޓްތަކަށް މީހުން އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. އެ އެންގުމާ ޚިލާފުވި ބައެއް މީހުންގެ މައްސަލަ އަންނަނީ ބަލަމުންނެވެ.