ޚަބަރު / ޖިންސީ އަނިޔާ

ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަ ހޫނުވެ، އާންމުން ރުޅިގަދަވެއްޖެ!

ހުޅުމާލޭގެ ބަނދަރުގައި އަޅާފައިވާ ސަފާރީ އުޅަނދުތަކެެއް. -- ފޮޓޯ: ފާއިޒް

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ދެ މީހަކު ވެގެން ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމާ އެކު އާންމުން ރުޅިގަދަވެ، ޝަކުވާ ގިނަވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ފަތިހު ފަހެއް ޖަހަން އުޅެނިކޮށް ފުލުހުންނަށް ރިޕޯޓުކުރި މި މައްސަލައިގެ ތުހުމަތަށް އުމުރުން 39 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރި ނަމަވެސް ފުލުހުން ވަނީ އެ ދެ މީހުން އިއްޔެ ދޫކޮށްލައިފަ އެވެ. ސަބަބެއް ކަމަށް ބުނީ، ތަހުގީގަށް ހައްޔަރު ކޮށްފައި ބޭތިއްބޭނެ އިތުރު ސަބަބެއް ނެތުމުން ކަމަށެވެ. އެކަމަކު، ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

Jinsee goanaa ge thuhumathu gai hayyaru kuri 2 meehun dhookollaifi

Jinsee goanaa ge thuhumathu gai hayyaru kuri 2 meehun dhookollaifi

The most trusted news source in the Maldives

Mihaaru

ޖިންސީ ގޯނާގެ ތުހުމަތަށް ހައްޔަރު ކުރި 2 މީހުން ދޫކޮށްލުން

މި މައްސަލައިގައި ފުލުހުން ކަންތައް ކުރި ގޮތުން ހިތްހަމަނުޖެހި ކެންޔާގެ އެ އަންހެން މީހާ ވަނީ ރާއްޖޭގެ މީޑިއާތަކަށް އެ އަމަލުގެ ތަފުސީލުތައް ވެސް ކިޔައިދޭން ފަށައިފަ އެވެ. އޭނާ ދިން ކަމަށް ބުނާ އިންޓަވިއުއަކާ ހަވާލާ ދީ، މީޑިއާއަކުން ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން އެކު އޭނާ ރޭޕް ކޮށް އަނެކަކު ވަނީ ރޭޕް ކުރަން ތަކުރާރުކޮށް މަސައްކަތްތްކޮށްފަ އެވެ. އޭނާ ތުހުމަތުކޮށްފައިވާ ގޮތުގައި އެ އަމަލު ހިންގާފައި ވަނީ ސިޔާސީ ގޮތުން ބާރުގަދަ ބަޔަކާ ގުޅުން އޮތް ދެ މީހުންނެވެ. އަދި އެ ވާހަކަ ބުނެފައި ވަނީ ވެސް އެ ދެ މީހުން އަމިއްލަ އަށް ކަމަށް އޭނާ ބުނެ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ މައްސަލަ ހުޅުމާލޭ ޕޮލިހަށް ހުށަހެޅުމާ އެކު އެ މައްސަލަަ ފުރަތަމަ ބަލަމުން ދިޔައީ ވަރަށް ރަނގަޅަށެވެ. އެކަމަކު ފަހުން އެކަން ބަދަލުވީ ކަމަށް އޭނާ ތުހުމަތުކުރެ އެވެ.

ކުރީގެ ރައީސް ވަހީދު ކުރެއްވި ޓްވީޓް

އެކަމާ ގުޅިގެން ފުލުހުންނަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި އެ އަންހެން މީހާ އަށް އިންސާފު ހޯދައިދޭން ސޯޝަލް މީޑިއާގަ އާއި އެހެނިހެން ވަސީލަތްތަކުގައި ވެސް އާންމުން ދަނީ ގޮވާލަމުންނެވެ. މީގެ ތެރޭގައި ރާއްޖޭގެ ސިޔާސީ އެކި ފަންތީގެ މީހުންނާއި މަޖިލީހުގެ މެމްބަރުންް ވެސް ހިމެނެ އެވެ. ސަރުކާރުގެ އިސް ވަޒީފާތަކުގައި ތިބި މީހުންނާއި އެމްޑީޕީގެ ވެސް އިސް މީހުން އަންނަނީ ފުލުހުން އެކަން ކުރި ގޮތް ކުށްވެރިކުރަމުންނެވެ.

ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި މިއީ އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެ ކަމެއް ނޫނެވެ. މިހާރު އިންސާފާއި ގާނޫނީ ހަމަހަމަކަން ކޮބައިތޯ ވެސް ވަހީދު ސުވާލު އުފެއްދެވި އެވެ.

"އަހަރެމެންގެ އިގްތިސާދުގެ ކުރިމަގު ބިނާވާނީ ޓޫރިސްޓުންނަށް ރަނގަޅަށް ކަންކަން ކޮށްގެން. ކިހާ ބިރުވެރި ކަމެއް [މިއީ]. ގަބޫލު ކުރެވޭނެ ކަމެއް ނޫން މިއީ. ފުލުހުން މިކަމުގައި ސީރިއަސް ވުމަށް އެދެން،" ފުލުހުން ޓެގްކޮށް ވަހީދު ކުރެއްވި ޓްވީޓްގައިވެ އެވެ.

ކުރީގެ މިނިސްޓަރު އަނީސާ ކުރެއްވި ޓްވީޓް

ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދުގެ ޓްވީޓެއްގައި ވަނީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރާގޮތާ މެދު ސުވާލު އުފައްދަވައިފަ އެވެ. އެގޮތުން އެ މައްސަލަ ތަހުގީގުކުރާ ނަމަ އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް، ވެފައި ހުރި ގެއްލުންތަކުގެ ރިޕޯޓް ހަދައި ހެކިތައް ނުހޯދީ ކީއްވެގެންތޯ ސުވާލު އުފެއްދެވި އެވެ.

"މިއީ ހެކި ފޮރުުވަން ފުލުހުން ގަސްދުގައި ކުރާ މަސައްކަތެއް ތަ؟" އަންހެނުންގެ ހައްގުގައި މަސައްކަތް ކުރައްވާ އަނީސާގެ ޓްވީޓްގައިވެ އެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓްވީޓް

މި މައްސަލާގައި މަޖިލީހުގެ ވަރަށް ގިނަ މެމްބަރުން ވެސް ވަނީ ޝުއޫރު ފާޅުކުރައްވައިފަ އެވެ.

"ރޭޕަކީ ރޭޕް، ކޮންމެ މީހަކު ކުރި ނަމަވެސް، އެއީ މީހެއްގެ ފިރިއެއް، ބޭބެއެއް ނުވަތަ ބައްޕައެއް ނަމަވެސް. މީހަކު ރޭޕް ކޮށްފި ނަމަ އެ މީހާއަށް އަދަބު ދެވެން ޖެހޭނެ. މިކަމާ ގުޅިގެން އަހަރުމެންގެ ފޮޓޯ ފެތުރުމަކީ ރަނގަޅު ކަމެއް ނޫން. އަހަރުމެންނެއް އެއްވެސް މީހަކު ރޭޕެއް ނުކުރަން." އެމްޑީޕީގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް ޓްވީޓް ކުރައްވައިފައިވެ އެވެ.

ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުންގެ މައްޗަށް މިހާ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އެކަން ހިނގި ގޮތް ފުލުހުން ހާމަ ކުރަން ޖެހޭ ކަމަށެވެ.

"ކިތަންމެ ބާރުގަދަ ފަރާތެއް ނަމަވެސް، މައްސަލަބަލައި ހައްގު އަދަބު ލިބެންވާނެ،" އުޝާމް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ގިނަ އާންމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ދެރަ މީހަކަށް ރާއްޖޭން އިންސާފު ނުލިބޭނެ ކަމަށް އެ މީހުން ބުނެ އެވެ.

"ލޯޝަން ފުޅި، ރިހާކުރު ފުޅި، ކެޔޮގަނޑު، ކޮފީ ނެގެޓް [ވަގަށް ނެގި މީހުން]. މަސްތުގެ ހާލުގައި ހުއްޓާ ހައްޔަރު ކުރި ނިކަމެތި މީހާ އޮތީ ހުކުމް ކޮށްފައި ގޮޅީގައި. މިއީ ތާރީހުން ފެންނަން ހުރި ކަންކަން،" މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި އަސަދުﷲ އަހުމަދު ޓްވީޓް ކޮށްފައިވެ އެވެ.

ކަންބޮޑުވުން ފާޅުކޮށް އާންމުންގެ މީހަކު ޓްވީޓް ކޮށްފައިވެ

ސިޔާސީ ގޮތުން ބާރުވެރިޔަސް ކުށްކުރުމުން އެއް ހަމައަކުން އެ މީހަކަށް އަދަބު ލިބެން ޖެހޭނެ ކަމަށް އާންމުން ދެކެ އެވެ. ރޭޕްގެ މި މައްސަލާގައި ފުލުހުން ސުވާލު އުފައްދާ މައިގަނޑު ސަބަބަކީ، އެ މައްސަލާގައި އާންމުން މިހުރިހާ ސުވާލުތަކެއް ފެންމަތިކޮށްފައިވާ އިރު ފުލުހުން އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާތީ އެވެ. އެހެންވެ މި މައްސަލާގެ ވިކްޓިމް ކޮށްފައިވާ ތުހުމަތަކީ ހަގީގަތެއް ކަމަށް އާންމުން ގަބޫލު ކުރެ އެވެ.

ރޭޕް ކުރުން ކުށްވެރިކޮށް މީހަކު ކޮށްފައިވާ ޓްވީޓެއް

އެމްޑީޕީގެ ސަރުކާރު އައީ އިންސާފު ހޯދައިދޭން ވައުދުވުމަށް ފަހު އެވެ. އެކަމަކު މި މައްސަލަ ފެންމަތިވުމާ އެކު "އިންސާފަކީ މިއީތޯ" ވަރަށް ގިނަ މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ. އަދި ފުލުހުންގެ އިންޓަގްރިޓީ ރަނގަޅު ކުރަން ސަރުކާރާއި ފުލުހުންގެ އިސް ފަރާތްތަކުން ދައުރު އަދާކުރަން ޖެހެނީ މިހެންތޯ ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ. މި ރޭޕް ކޭސް ފުލުހުންނަށް ހުށަހެޅުމާއި ނޭޅުމުގައި އެއްވެސް ތަފާތެއް އޮތްތޯ ވެސް އާންމުންގެ ތެރެއިން މީހަކު ސުވާލު ކުރި އެވެ. ފުލުހުންނާއި ކަމާ ބެހޭ އިދާރާތަކަށް އިތުބާރެއް ނެތް ކަމަށާއި މިފަދަ މައްސަލަތައް އިތުރު ވަނީ އެކަންކަން ބަލައި ފިޔަވަޅު ނޭޅޭތީ ކަމަށް ވެސް ބައެއް އާންމުން ބުނެ އެވެ.

އެފަދަ މައްސަލަތައް ނުބަލާތީ ކަންބޮޑުވުން ފާޅުކޮށް މީހަކު ކުރި ޓްވީޓެއް

ޖިންސީ ގޯނާގެ މައްސަލަ ނުފޫޒެއްގެ ސަބަބުން ރަނގަޅަށް ތަހުގީގު ނުކުރާ ކަމަށް ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ފުލުހުން އަދި ޖަވާބެއް ނުދެ އެވެ. މުޅިން ވެސް ބުނަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

52 ކޮމެންޓް, 156 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 1%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

28 June 2020

ކޮބައިތޯ ރޭޕިސްޓުންގެ ނަން؟ ކުއްވެރިންގެ ނަން ހާމަ ނުކުރެވިގެން މި އުޅެނީ ކޯއްވެތޯ؟ ފުލުހުންގެ އިސްވެރިން ކީއްވެތޯ ރޭޕިސްޓުންގެ ނަން މި ފޮރުވަނީ؟ ރޭޕިސްޓުންގެ ފޮޓޯ އަދި ނަން ވެސް ހާމަ ކުރަން ޖެހޭނެ... Say No to Rape ... ސަރުކާރުގެ ކިތަންމެ އިސް ބަޔަކަސް އަދަބް ދީ....

The name is already taken The name is available. Register?

ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ

28 June 2020

ބޭރު ޤައުމު ތަކުގައި ހައްޔަރު ކުރެވޭ މީހުން ގެ "މަގް-ޝޮޓް" ފޮޓޯ އޭ ކިޔައި ފޮޓޯ އެއް ނަގައި ނޫސްވެރިންނަށް މިފޮޓޯ ޢާއްމު ކުރަން ޖެހޭ ހާލަތް ތަކެއް ހުރެއެވެ. ރާއްޖޭ ގައި މިފަދަ ކަމެއް ކުރާކަމުގެ ނިޝާނެއް ވެސް ނެތެވެ. ޑިންގީ އެއްގައި އަންހެން ކުއްޖަކު ގޮވައިގެން ކަނޑު މައްޗަށް ގެންގޮސް އެކުއްޖާ ގެއްލުވާލި މައްސަަލަ އަށް ވީގޮތެއް އަދި އަދިއަދަށްދާންދެން ވެސް ނޭންގެއެވެ. ކުށްކުރާ މީހާގެ ފޮޓޯ ޕަބްލިކަށް ރިލީސް ކުރެވެން އޮތް ހާލަތެއްގައި ރިލީސް ކުރުން އަވަސްކުރަންވެއްޖެއެވެ.

The name is already taken The name is available. Register?

އިޔެ1

28 June 2020

މަޖީލީހުގެ މެމްބަރުންނަށްވުރެ މިއަންހެން ކުއްޖާއަށް ސެކުރިޓީ ދިނުން ނުހަނު މުހިންމު. ސެކުއުރިޓީ ނުދީފިނަމަ ދެންލިބޭނެ ގެއްލުން މާބޮޑުވާނެ.

The name is already taken The name is available. Register?

ސަތޯ

28 June 2020

ބަލަ ރޭޕޭ ރޭޕަަށޭ ތުހުމަތު ކުރަނީ. ކީކޭތަ ތިކިޔަނީ މިހާރުން

The name is already taken The name is available. Register?

މުހަައްމަދު އިބުރާހިމް

28 June 2020

ކެންޔާ އަންހެންކުއްޖާ އެހަދަނީ ތެދުތަ؟ ޢެވެސް ބަލަންވާނެ....

The name is already taken The name is available. Register?

ޖޯޖް ކުލޫނީ

29 June 2020

ކަލޭ ދާންވީނު ތަހުގީގު ކުރަން

The name is already taken The name is available. Register?

ކޮތަރު

28 June 2020

ރޭޕް ކުރުން ބޮޑު މައްސަލައަކަށް މިވީ ސިޔާސީބަޔަކާ ގުޅުންއޮތީމަ!!؟ މީގެކުރިން ޅަކުދިން ރޭޕްކުރަމުންދިޔައިރު އާންމުންނާއި ސިޔާސީފަރާތްތަށް އެހާ ހޫނެއްނުވޭ!!

The name is already taken The name is available. Register?

ނަން

28 June 2020

ފަރުދާގެ ކަޅުފަރާތް އާންމުންނަށް އެއްގޮތަކަށްވެސް އެނގޭހެނެއް ހިއެއްނުވޭ.

The name is already taken The name is available. Register?

ފޫހި

28 June 2020

ދެން އިވޭނީ އަންހެންމީހާއަށް ބަލާލި މައްސަލަ މިހެން ކިޔާއަޑު. ދެރަ. ޖިންސީ ގޯނާ އާ ރޭޕާ ހުރީ ކޮންތަފާތެއްތަ. ޢަދަބު ލުއިކޮށްލީދޯ. ތިލަފަތް އެއްއަރިއަށް ބަރުވެއްޖެ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

28 June 2020

އެހެންވާނީ ބިރަކާ ނުލާ މަޖާކުރީމަ.

The name is already taken The name is available. Register?

ތުނިޔަ

28 June 2020

ކެނެރީގޭ ނަޝީދު މިމައްސަލާގައި "ހަނު" ހުންނަވަނީ ކީއްވެބާ؟ އިންސާފަކީ މިގައުމުގައި ނިކަމެތިންނަށް ލިބޭނެ އެއްޗެއްނޫން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454