ގޭގައި އެއްޗެހި ހަދައިގެން ވިއްކާ މީހުން ހުއްޓުވާކަށް ނޫޅެން، ބޭނުންވަނީ ރެސްޓޯރެންޓުތަކާ އެއް ގަވާއިދަކަށް ފައްތަން: ރޭމް
ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުން ވެސް ހުއްދަ ނަގަން ޖެހޭނެކަން އެޗްޕީއޭ އިން އެންގީ ރެސްޓޯރެންޓްތަކުގެ ޖަމްއިއްޔާ އިން އެ އޭޖެންސީއާ އެކު މިދިޔަ މަހު ބޭއްވި މި ބައްދަލުވުމުގައި އެ ޖަމްއިއްޔާ އިން އެފަދަ މީހުންގެ ޝަކުވާކޮށްފައި ވަނިކޮށް. ފޮޓޯ: ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފޭސްބުކް ޕޭޖު
01 ސެޕްޓެމްބަރ 2020 - 09:36
ރަޖިސްޓްރީ ނުކޮށް ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ އެންގުމާ ގުޅިގެން އެ އޭޖެންސީ އަށާއި ރެސްޓޯރެންޓްތަކުގެ ޖަމިއްޔާ އަށް އާއްމުންގެ ފާޑުކިޔުންތައް ކުރިމަތިވެއްޖެ އެވެ.
ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެޗްޕީއޭގެ އިއުލާނަކީ އެ ޖަމިއްޔާ އިން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ބުނެފަ އެވެ. އެޗްޕީއޭއާ އެކު މިދިޔަ މަހު 22ގައި ބޭއްވި ބައްދަލުވުމެއްގައި އެ ޖަމިއްޔާ އިން މި ކަމުގެ ޝަކުވާ ހުށަހެޅިކަން ރޭމްގެ އިސް ބޭފުޅަކު "މިހާރު" އަށް ކަށަވަރުކޮށްދެއްވި އެވެ.
ކޮވިޑާ ގުޅިގެން އައިސްފައިވާ އިގްތިސޯދީ ހީނަރުކަމުގައި އާމްދަނީ ހޯދަން ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުން ވަނީ އިތުރުވެފަ އެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ރޭ ނޫސްވެރިންނަށް ބުނީ ގަވާއިދާ ހިލާފަށް ކާބޯތަކެތި ވިއްކާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެފަދަ މީހުންނަށް އެއްޗެހި ވިއްކޭނީ ހުއްދަ ނަގައިގެން ކަމަށާއި ރަޖިސްޓްރީކުރަން އެދި ހެލްތު މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.
އެޗްޕީއޭގެ އިއުލާނާ ގުޅިގެން ރޭމްގެ ވައިބާ ގްރޫޕުގައި ދައްކާފައި ހުރި ވާހަކަތަކެއް ސޯޝަލް މީޑިއާގައި ރޭ ލީކުކޮށްލާފައިވެ އެވެ. ރޭމްގެ ރައީސް އިބްރާހީމް އާމިރު (ސަލްސާ އާމިރު) އެ އިއުލާން ވައިބަ ގްރޫޕުގައި ހިއްސާކުރެއްވުމުން ބައެއް މީހުން އުފާފާޅުކުރި އިރު އެކަކު ވަނީ، ރަޖިސްޓްރީ ނުކޮށް އޮންލައިންކޮށް ކާބޯތަކެތި ވިއްކާ މީހުންނާއި ފިހާރަތަކަށް ކާބޯތަކެތި ލައިގެން ވިއްކުން "ނައްތާލަން" ރޭމް އިން އެޗްޕީއޭ އަށް ބާރުއެޅުން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ބުނެފަ އެވެ.
އާއްމުންގެ ބައެއް މީހުން މިކަން ސިފަކުރަނީ މި ދަތި ހާލަތުގައި ދެކޮޅުނުޖެއްސިގެން އުޅޭ އާދައިގެ މީހުންނާ ދެކޮޅަށް ރެސްޓޯރެންޓް ވިޔަފާރިވެރިންގެ ލޮބީ ގްރޫޕުން ނުކުތުމުގެ ގޮތުގަ އެވެ. މި ގޮތަށް ގޭގައި ތަކެތި ތައްޔާރުކޮށްގެން ވިއްކަނީ މައިގަނޑު ގޮތެއްގައި އަންހެނުންނެވެ.
What the hack are you thinking you're doing.? This jobless people's are just trying to feed their families. They Don't even get income support. https://t.co/DMX8icueam
— Mr. Amigò 🍥 (@MrDeAmigo) August 31, 2020
ކޮވިޑްގެ ހާލަތުގައި ގޭގޭގައި ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކުން އިތުރުވުމާ ގުޅިގެން ކެފޭ/ރެސްޓޯރެންޓުތަކުގެ ވިޔަފާރި އަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ރޭމްގެ އިސް ބޭފުޅާ އެއްބަސްވެވަޑައިގެންނެވި އެވެ. އެކަމަކު އޭނާ ވިދާޅުވީ އެ ޖަމިއްޔާގެ މަގްސަދަކީ އެފަދަ މީހުން ހުއްޓުވުން ނޫން ކަމަށާއި ރެސްޓޯރެންޓުތަކުން ބޯލަނބަން ޖެހޭ ގަވާއިދުތަކަށް އެ މީހުން ވެސް އަމަލުކުރަން ބާރު އެޅުން ކަމަށެވެ.
"އަޅުގަނޑުމެން ނުބުނަން އެ މީހުން ހުއްޓުވާށެކޭއެއް. އެޗްޕީއޭގައި ވެސް އަޅުގަނޑުމެން ބުނީ އެ މީހުން ގަވާއިދަށް ފައްތާށޭ. އަޅުގަނޑުމެން މި ބުނަނީ އަޅުގަނޑުމެންނަށް އޮންނަ ގަވާއިދެއް އެ މީހުންނަށް ވެސް އޮންނަން ވާނެއޭ،" ނަން ނުޖަހަން ޝަރުތުކޮށް އޭނާ ވިދާޅުވި އެވެ.
"އިލީގަލް ވިޔަފާރިކުރާތީ އަސްލު މައްސަލައަކީ. އުސޫލާއި ހަމައިން ބޭރުވަނީ. މިސާލަކަށް [ގަވާއިދުގައި] މި ބުނަނީ ބަދިގޭގައި އަންގި ލައްވަން ޖެހޭނެއޭ، މާސްކު އަޅަން ޖެހޭނެއޭ، ތެޔޮ ހިންދާ ވަޅު ހުންނަން ޖެހޭނެއޭ، ކަޓިން ބޯޑު މިހެން ހުންނަން ޖެހޭނެއޭ. މި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަން ޖެހޭ އިރު ގޭގޭގައި އެ ގޮތަށް ނުކުރީމަ ކޮން ތާކުތޯ ޖެހެނީ؟ ދެ ބައި މީހުން ކައްކާފައި ކާންދޭ އެއްޗެހި ވެސް ކަނީ އާއްމުން."
Hahahaha legit forgot these places existed. No wonder they are going after the little guys
— Hon. Afrah Ismail (@iharfa) August 31, 2020
ގާނޫނީ ވަކީލު ޝަފީއާ ރިޒާ ޓްވިޓާގައި ވިދާޅުވިގޮ ތުގައި އަލަށް ވިޔަފާރި ފެށި މީހުން ވެސް ހިމެނޭ ގޮތަށް، މި ދަތި ދަނޑިވަޅުގައި ގެއިން ކާބޯތަކެތި ވިއްކަމުންދާ މީހުންނަށް، އެޗްޕީއޭގެ އެންގުމުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެ އެވެ. އަދި މީހުންނަށް ވަގުތު ނުދީ މިފަދަ އަމުރެއް ނެރުމުން، ލިބޭ ކުޑަ އާމްދަނީކޮޅު ވެސް ހުއްޓޭނީ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން މީހަކު ބުނީ މި ފެންނަނީ "މި ހާލަތުގައި އަމިއްލަ ޖީބު ބޮޑުކުރަން އުޅޭ މީހުން" ކަމަށެވެ. ރޭމްއާ މެދު ހިތްހަމަނުޖެހިގެން ބައެއް މީހުން ވަނީ ރެސްޓޯރެންޓުތައް ބޮއިކޮޓްކުރާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
ރަޖިސްޓްރީ ނުކޮށް އޮންލައިންކޮށް އެއްޗެހި ވިއްކާ މީހުން "ނައްތާލަން" ޖެހޭނެ ކަމަށް ބުނީ ޕިއްޒާ ބޯނާގެ ވެރިއެއް ކަމަށް އަޑުއަރާފައި އޮއްވާ އެ ރެސްޓޯރެންޓުން ކުރި ޓްވީޓްތަކަކުން އެއީ ތެދެއްކަން ވަނީ އެނގިފަ އެވެ. ޕިއްޒާ ބޯނާ އިން ބުނީ އެއީ އެ ތަނުގެ ހަތަރު ހިއްސާދާރުންގެ ތެރެއިން އެކެއްގެ އަމިއްލަ ހިޔާލު ކަމަށާއި އޭނާ އެފަދަ ވާހަކަތަކެއް ދެއްކީތީ ހިތާމަކޮށް މައާފަށް އެދޭ ކަމަށެވެ. އަދި ގޭތެރެއިން ހިންގާ ކުދި ވިޔަފާރިތަކަށް ޕިއްޒާ ބޯނާ އިން އަބަދުވެސް ސަޕޯޓް ދޭ ކަމަށާއި އެފަދަ ވިޔަފާރިތަކަށް ސަޕޯޓްކުރާކަން ރޭމް ތެރޭގައި ވެސް ދައްކައިދޭނެ ކަމަށް އެ ރެސްޓޯރެންޓުން ބުންޏެވެ.
Restaurant association ge masakkai alun fashaifi
The most trusted news source in the Maldives
Mihaaru
ރޭމް އަލުން ހަރަކާތްތެރިވާން ފެށީ ކޮވިޑްގެ އިގްތިސޯދީ އަޑިގަނޑާ ގުޅިގެން
ރޭމްގެ އިސް ބޭފުޅާ ވިދާޅުވީ ގޭގެއިން ކާބޯތަކެތި ވިއްކާ މީހުން ރަޖިސްޓްރީކުރަން އެޗްޕީއޭ އިން އެންގީ ރަނގަޅު އެންގުމެއް ކަމަށާއި އެފަދަ މީހުން އަމަލުކުރަން ޖެހެނީ ކޮން އުސޫލުތަކަކަށްތޯ ވެސް އެ ޖަމިއްޔާ އިން ބަލާނެ ކަމަށެވެ.
"ދެން އަޅުގަނޑުމެން ބަލަން ޖެހޭނީ ހަދާފައި ހުރި ގަވާއިދުތައް ކިހިނެއްތޯ ހުރީ. އެޗްޕީއޭގައި އަޅުގަނޑުމެން ސުވާލުކޮށްފައި އޮންނާނީ އެ މީހުންނަށް ހުއްދަ ދޭ ގަވާއިދުތަކަކީ ކޮބައިތޯ،" އޭނާ ވިދާޅުވި އެވެ.
އެޗްޕީއޭގެ އިއުލާނުގައި އޮތީ ރަޖިސްޓްރީ ނުކުރާ ބަދިގެތަކުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި ފިހާރަތަކާއި ގޭގޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގަ އާއި އެހެން ގޮތްގޮތަށް އިޝްތިހާރުކޮށް ޑެލިވެރީގެ ހިދުމަތް ދެމުންގެންދާ ކަމުގެ މައުލޫމާތާއި ޝަކުވާ އެ ތަނަށް ލިބެމުންދާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާ ގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތަށް ހުއްދަ ނަގަން ޖެހޭނެ ކަމަށާއި ރަޖިސްޓްރީ ނުކުރާ ތަންތަނުން ހިދުމަތް ނުހޯދަން އާއްމުންނަށް އިލްތިމާސްކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހަންމަދު
02 September 2020
ކެފޭ ރެސްޓޯރެނޓް ތަކުގައި ގެނގުޅޭ ބިދޭސީން ތިބެނީ ގަވާއިދާ އެއްގޮތައްތޯ އާއި އެމީހުނަ މަސައްކަތުގައި އުޅެނީ ސިއްހީ މިންގަނޑާ އެއްގޮތައްތޯ ވެސް ބައްލަވައި ދެއްވުން އެދެން
އެމްޑީ ބަހްލޫލް
02 September 2020
އަހަރެމެންނަށް ހެޔޮ ތި ރެސްޓޯރެންޓެއް ހޮޓަލެއް ނުހިންގުނަސް. ތިޔައީ ބަންގްލަދޭޝް މީހުން މިތަނަށް ގިނަކުރަންވެގެން ހުޅުވާތަންތަން. ދިވެއްސަކު ނުހުރޭ. ކައްކާ، ބާޒާރުކޮށް، ކޭޝިއަރުކަންވެސް ކުރަނީ އެވެރިން. ދިވެހިބޮސްއެއް އެކަނި. ބޮސްއަށް ވަދެވެނީ ތަންބަންދު ކުރާއިރަށް އެވެސް ގިނަރޭރޭ ބޮންދު ފައިސާކޮޅުވެސް ހަދާނެ އެއްޗެއްހަދާފަ ގެންގޮސްދޭންޖެހޭނީ.
ޢުލްމާން
01 September 2020
ގޭގައި ކާބޯ ތަކެތި ވިއްކަނީ މިހާރުތޯ؟ ހުޅުމާލޭގައި އެހެރީ އެޗްޑީސީ އިން ހެދިކާ ވިއްކަން ތިބޭނެތަންތަން ހަދާދީފަ. ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައެއް ޓްރޭޑް ރަޖިސްޓަރީއެއް ބޭނުމެއްނުވޭ. ބައެއް ފްލެޓް ތަކުގައި ބަންގުލަދޭޝްމީހުން ވައްދައިގެން ސައުވީސް ގަޑިއިރު މެދުކެނޑުމެއްނެތި ހެދިކާހަދާ ރޮށިފިހަނީ. ރޭގަނޑު ނިދޭވަރުވެސް ނުވޭ. ބޯމަތީގައި ދަންވަރު އެއްޗެހި ދަމާ ތަޅާ އަޑަށް. ދިރިއުޅެން ދިންތަންތަން މިހާރު ފެކްޓަރީތަކަށްވެ އުނދަގުލަކަށްވެއްޖެ.
ފަހުދު ދައްތަގެ ކޮއްކޮ
01 September 2020
މިހާރުވެސް ކެފޭތަކުގަ އެތިބެނީ އެތަކެއް ބަޔަކު އެތަކެއް އިރެއް ވަންދެން އެއް މޭޒެއްގަ މާސްކެއް ނާޅާ. ސިންގިރޭޓް ބުއިން މަނާ ބޯޑު ބުޑުގަ އިށީންދެލައިގެން ސިންގިރޭޓު ބޯން. ރެސްޓޯރަންޓު އެސޯސިއޭޝަނަކުން މިފަދަ ކަންތައް ގަވައިދުގެ ތެރެއައް ވައްދާކައް ނަސޭހަތެއް ނުދޭ. މިދިޔަ ހަފްތާގަ ކުރި މުޒާހަރާގެ އަޑީގަވެސް މިމީހުން.
އާންމު އާދުމީ
01 September 2020
މިހާރުދެން ބާޓާރ ސިސްޓަމަށް ދާންވީ. އެކަކު ގެއިން ހިތްހެޔޮ ކަމާއެކު ބިރިޔާނީ ހަދާފަ ފޮނުވީމާ، ދެން އަނެއްގެއިން ހިތްހެޔޮކަމާއެކު އެކަން ބަލައިގަނެ އެމީހުންނަށް ވެވެން އޮތްކަމެއް ކޮށްދޭނީ. ފަހަރުގަ އެއީ ޖީބުގައޮތް ނޫޓު ދިނުންކަމަށްވެސް ވެދާނެ.
ދިވެއްސެއް
01 September 2020
ވަރަށް ރަގަޅު. ގާނޫނަށް އެންމެންވެސް ތަބާވަން ޖެހޭނެ. ދެން ފާހަގަ ކޮށްލަން ބޭނުން ރެސްޓޯރަންޓް ތަކުން ނަގާ ސާވިސް ޗާޖު މުވައްޒަފުންނަށް ހަމައަށް ނުދިނުމާއި، ދުވާލަކު 8 ގަޑިއިރަށްވުރެއް އިތުރަށް މުވައްޒަފުން ލައްވާ މަސައަކަތް ކުރުވާ އިތުރުގަޑީގެ ފައިސާ ނުދިނުމާއި، ގަވާއިދާ ހިލާފަށް ބޭރު މުވައްޒަފުން ގެންގުޅުމާއި، ކައުންޓަރުގައި ދިވެހިން ނުބޭއްތިބުމާއި މިފަދަ އާންމުކޮށް ރެސްޓޯރަންޓް ތަކުން ގަވާއިދާ ހިލާފަށް ކުރާ ކަންކަން ބަލާ ފިޔަވަޅު އެޅުމަށްވެސް.
ރޮމޭ
01 September 2020
ގަވާއިދުގެ ވާހަކަ ދައްކަން ކަލޭމެން އެއްމެ ތާހިރީ އާން. ވެއިޓަރު ބޮންދު ލައިގެން ހުންނަ ޔުނީފޯމުން ދުވާ ވަހުން ނޯއް ދަމާލާކަށް ނުކެރޭ. ގިނަ ރޭރޭ އެވެރިން ނިދަނީ ތަން ބަންދުކޮށްފަ އެތާ މޭޒުމަތީ. ކަސްޓަމަރުން އަތުން ސާވިސްޗާޖޭ ކިޔާ އެތިން %70 ކާލާފަ އެމީހުންނަށް ބަހަނީ ބާކީ އިން އެތިކޮޅެއް. ގާނޫން އޮފެއް ނުދީ 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ނުކުރެވަން އޮންނަ އިރު އެމީހުން ރެއެއް ދުވާލެއް ނެތި ސައްވީސް ގަޑިިއިރު. ވާހަކަ ނުދައްކާ ކަލޭމެން
މިރާޖް
01 September 2020
އެހްޕީއޭގެ އަގުވެއްޓި ނިމިއްޖެ. ބޮޑުކަމަކާ ޖެހުނީމަ އެޅީ މުޅިން ޅައެއްޗެހި. ވިޔަފާރިވެރިންގެ ޕްރެޝަރއަށް ތިޔަކަހަލަ ބަޔާންނެރުނީމަ އެނގެނީ ތިޔައީ ރައްޔިތުންގެ ސިއްހަތަށްވުރެ ވިޔަފާރިންނަށް މަންފާ ހޯދަދިނުމަށް މަސައްކަތްކުރާ ތަނެއްކަން. އެހްޕީއޭ އިން މާލޭގައި ހިންގާ ރެސްޓޯރަންޓް، ކެފޭ، ސައިހޮޓާ އަދި ބަންގާޅީ "ރެސްޓޯރަންޓް" ތަކަށްގޮސް އެތަންތަން ބަލާ ޗެކްކޮށްބަލަ އެތަންތާނގެ ބަދިގެތައްތޯ ސާފްތާހިރުކޮށްހުރީ ނުވަތަ ދެވެހި ބެދިގެތޯ.
ދޮން ހުސޭނު
01 September 2020
ދަންނަވަންތޯ ތިޔައީ ޒަމާނުއްސުރެ ދިވެހިންގެ ހާލު. ކަމެއް ނޫނީ މަސައްކަތެއް މަތިކޮއްފިއްޔާމު، ކަމާ ނުބެހޭ ހިސާބަށް ވެސް ހަންފަތުރަމުން ގޮސް އެންމެ ފަހުން ކާކީ ކާކުކަން ނޭނގޭ ހިސާބަށް ދަންދެން ތެޅިފޮޅޭނެ ކުރާއެއް ނުކުރާއެއް ވާއެއް ނުވާއެއް ނޭގޭނެ ދިވެހިރާއްޖޭގައި ދިވެހިން އިސްވެތިބެ އަބަދުވެސް ބަލާނީ ދިވެހި އަނެކުން ފިއްތާލާ ތިމަން ނޫން ބަޔަކަށް ޖާގައެއް ނުލިބޭހެން ހަންފަރުތަން. ތިވެސް އެފާޑު ކަމެއް. ތިމާކޮޅަށް ގޯސްވީ ދުއްވައިގަތީ. އަނެކާ ވަރިހަމަ
ދި ކޮމެންޓާރ
01 September 2020
ހުރިހާ އެންމެންވެސް މަސައްކަތެއްކަތެއް ކޮށްގެން ފައިސާ ހޯދުމަކީ ރަނގަޅުގޮތެއް.ނަމަވެސް މިހާރު މިއުޅެނީ ނުގަވާއިދުން އާ ޓްރެންޑްއެއް ފެށެން.ރެސްޓޯރަންޓްއިން، ޖީއެސް.ޓީ، ބީޕީޓީ އަދި ނުވިތަކާކަށް ކަރަންޓް (ކޮމާޝަލް ކެޓަގަރީ)މުވައްޒަފުން، ނިދުން އަދި ކެޔުންދީފައި،މިހުރިހާ ކަމެއް ގަވާއިދުގެ ތެރެއިން ކުރަމުންދާއިރު، އަމިއްލައަށް ގޭގައި ކައްކައިގެން މިކަންކުރާ މީހުންނަށް އެއްވެސް އޯވަރހެޑް އަދި ލީގަލް އެކްސްޕެންސް އެއްނެތުން އެއީ ވިސްނާލަން ޖެހޭކަމެއް.
ރަބަރޭބޭބެ
01 September 2020
ކާކުބުނީ ރެސްޓޯރަންޓް ހިންގާށޭ ތިހުރިހާ ފީއެއް ދައްކައިގެން. ތިތަންތާ ދުވަހަކުވެސް ކެއްކުމުގެ ތަޖުރިބާއެއްނެތް ބަންގާޅީން މަގުމަތިން ނަގައިގެންގޮސް ހިންގާއިރު އެކަންނުބަލަނީ ކީއްވެތަ. ތިތަންތާ ބަދިގެތެރެ ފެނިއްޖެމީހަކު ތިޔައިން ތަނަކުން ނުކާނެ.