އައްޑޫ ޕޮލިސް ޓްރޭނިން އެކެޑެމީ ހަދާ ސަރައްހަދު: ޕޮލިސް އެކަޑަމީގައި މަސައްކަތްކުރަން އައި މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެނޭ -- ފޮޓޯ: އަހުމަދު ޒާހިދު
30 ސެޕްޓެމްބަރ 2020 - 22:00
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި އަޅާ ޕޮލިސް އެކަޑަމީގައި މަސައްކަތްކުރަން އައި 53 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އައިއީއެޗް) އިން މިރޭ ބުނީ، ޕޮލިސް އެކަޑަމީގައި މަސައްކަތްކުރަން އައި 128 މީހުންގެ ތެރެއިން ޕޮޒިޓިވްވި އެއްވެސް މީހެއްގެ ފަރާތުން ކޮވިޑްގެ އަލާމާތެއް ނުފެންނަ ކަމަށެވެ. އެ މީހުން ކޮވިޑަށް ޓެސްޓުކުރީ އިންޑިއާ އިން ރާއްޖެ އައިސް ކަރަންޓީން ފުރިހަމަކުރުމަށް ފަހު އެވެ.
އެ ހުރިހާ އެންމެން ވެސް އިތުރު 14 ދުވަހެއް ކަރަންޓީނުގައި މަޑުކުރާނެ އެވެ. އެ މީހުން މިހާތަނަށް ތިބީ ސ. ގަމުގައި ހުންނަ ފުލުހުންގެ ހެޑްކުއަޓާސްގަ އެވެ. އެ އެންމެން ވެސް ރާއްޖެ އައީ ކޮވިޑަށް ޓެސްޓުކުރުމަށް ފަހު ނެގަޓިވްވުމުންނެވެ.
މިހާތަނަށް އައްޑޫން ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 67 މީހެކެވެ. އޭގެ ތެރެއިން ދެ މީހަކު މިއަދު ރަނގަޅުވެފައި ވުމުން ބަލިން ރަނގަޅުވެފައިވާ މީހުން އަދަދު 14 އަށް މިހާރު ވަނީ އަރައިފަ އެވެ.
މިހާތަނަށް ރާއްޖެއިން 10،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 9،037 މީހުން ވަނީ ރަނގަޅުވެފަ އެވެ. މި ބަލި ޖެހިގެން މަރުވެފައި ވަނީ 34 މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެން
01 October 2020
ކޮވިޑްބަލީގަ ދުނިޔޭގައި 2 ވަނައަށް އޮތް ގައުމުން މިގައުމަށް މީހުން ގެނައުން ހުއްޓާލަންޖެހޭ ވަގުތީ ގޮތުން އެގައުމުން އަދަދުތައް މަދުވަންދެން. ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމަށްވުރެ ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަންދޭންޖެހޭ. މިގައުމަށް އެތެރެވެ ޕޮޒިޓިވްވީމަ އަދަދުތައް އަރާނީ މިގައުމުގެ ހިސާބުތަކަށް. އެއީ ފަތުރުވެރިކަމަށް ބަލީގެ އަދަދުތައް ބަލާއިރުވެސް ނެގެޓިވް ކަމެއް.
ެއެތެރެ
01 October 2020
އިންޑިއާއިން އެތެރެކުރާނެ އެއްޗެއް ނެތިގެން އެންމެ ފަހުން ކޮވިޑް އެތެރެކުރަނީ..
ފިފުޓީ ސިކުސް
01 October 2020
އިންޑިޔާ ދޯސްތީ އަކީ ހިޔަޅު ވިސްނުމުގެ ދޯސްތީއެއް. މިދޯސްތީގެ ދެވަނަ މިސާލަކީ އިންޑިޔާ ފިލްމުތަކުގައި ކޭންސިންގ ފަރުދާގެ އަނެއްފަރާތުގައި ރާވާ ހިޔާޅުވިސްނުމުގެ ދޯސްތީ. އެމްޑީޕީއަކީ ފާނާކުރާ ބައެއް! ބިނާކުރާނީ އެހެންމީހުން!
ލޯމާފާން
01 October 2020
ފޮޓޯތަކަށް ބެލީމާ އެބަ އެނގޭ ތިއީ އަދި ދިވެހި ޕޮލިސް ޓްރެއިނިން އެކަޑަމީއެއް ނޫންކަން.
ރާއްޖެ
01 October 2020
ސުވާލަކީ އައްޑޫ “މިލިޓަރީ އެކަޑަމީ”އަށް އެމީހުން އައީ އިންޑިއާއިން ޕީސީއާރު ޓެސްޓް ހަދާފަ ހޭ؟
ފޫހި
30 September 2020
މައިސަރުކާރުން ފޮނުވުމުން ކުރެވޭނެ އިތުރުކަމެއް ނޯންނާނެ. ރައްޔިތުންނަށްވުރެ އެމީހުން އިސްވާނެ.
މަރޭމިރުތާ
30 September 2020
ރަގަޅަށް ވިއްޔާ ފޭކް ޓެސްޓް ތަކެއް ގެ ނަތީޖާ ދައްކާފަ ފޮނުވާލީ ރާއްޖެއަށް. އިންޑިޔާނުން.. ދޯސްތީ ވެސް ފޭކް!
ގަދަހުސޭން
30 September 2020
ބޯހަލާކު. ކުއްލިޔަކާ ނަންބަރުތައް އިތުރުވިއްޔެއްނު މިވީގޮތުން.
1828
01 October 2020
"ކޮވިޑް ޖެހިދާނެ ކަމަށް ބިރުން ތިބެވޭކަށް ނެތް، ގައުމު ސަލާމަތްކުރަން ނިކުންނަން ޖެހޭ: އަބްދުއްރަހީމް" މި ޚަބަރުގެ ކޮމެންޓްތައް ކިޔާލީމައި ޔަޤީންވަނީ ފައްސިވާ އަދަދު އިތުރުވަނީ ހަމައެކަނި އަދުރޭމެން މުޒާހަރާ ކުރީމަކަމަށް.