އައްޑޫ ޕޮލިސް ޓްރޭނިން އެކެޑެމީ ހަދާ ސަރައްހަދު. ފޮޓޯ/ އަހުމަދު ޒާހިދު
30 ސެޕްޓެމްބަރ 2020 - 13:58
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި އަޅާ ޕޮލިސް އެކެޑަމީގެ މަސައްކަތަށް މި މަހު އެ ގައުމުން އައި ބައެއް މީހުންގެ ކަރަންޓީނު ނިންމައި ދޫކޮށްލުމުގެ ކުރިން ކޮވިޑް-19 އަށް ކުރި ޓެސްޓްތައް ޕޮޒިޓިވް ވެއްޖެ އެވެ.
ޕޮލިސް އެކެޑަމީގެ މަސައްކަތަށް އިންޑިއާގެ 128 މީހުން ވެސް އައީ އެ ގައުމުން ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ. ނަމަވެސް ޗާޓަރު ފްލައިޓެއްގައި ސީދާ އައްޑޫ އަށް ގެންގޮސް އެ އެންމެން ވެސް ތިބީ ކަރަންޓީންކޮށްފަ އެވެ.
އެޗްޕީއޭ އިން ބުނީ އެމީހުންގެ ކަރަންޓީނަށް ފަހު ނެގި ސާމްޕަލްތަކުގެ ތެރެއިން ބައެއް މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް އެންމެންގެ ސާމްޕަލް ނަގައި އަދި ޓެސްޓުކޮށް ނުނިމޭތީ އޭގެ ތެރެއިން ޕޮޒިޓިވީ ކިތަން މީހުން ކަމެއް އަދި ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ ސާމްޕަލް ނެގުމާއި ޓެސްޓުކުރުމުގެ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.
އިންޑިއާ އަކީ މިހާރު މުޅި ދުނިޔޭގައި ވެސް ދެ ވަނަ އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހުނު ގައުމެވެ. އެ ގައުމުން މިހާތަނަށް ހަ މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު 97،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.
ރާއްޖޭން މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު 34 މީހަކު ވަނީ މަރުވެފަ އެވެ. ޕޮޒިޓިވްވި ގިނަ ބަޔަކު ރަނގަޅުވެ މިހާރުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1,123 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގު
02 October 2020
ހީވޭ. ދިވެހިންނަށް ނުލިބޭ ހިމާޔަތާ ރައްކާތެރިކަމާ ޚިދުމަތް އެމީހުންނަށްލިބޭ. ޗާޓަރު ފްލައިޓް އެޖައްސަނީ ސީދާ އެމީހުން ތިބޭގޭގެ ކޮޓަރިއަށް. ވަައިރަސްވެސް ހުންނާނީ ހަމައެގޮަތަށް ޗާޓަރުކޮށްފަ.
1828
30 September 2020
އަމިއްލަ ރަށަށް މިނުދެވެނީ ރިސޯޓްތަކުގައި ތިބި މީހުންނަށް އެކަނި. ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރާކަށް އެއްވެސް ހުރަހެއް ނެތް. އެއްރަށުން އަނެއްރަށަށް ދަތުރުކުރާކަށްވެސް ހުރަހެއް ނެތް. މިއީ ކިހިނެއް އަދި ކޮން ގޮތަށް ބަލާފައި ހަދާފައިވާ ޤަވައިދެއް؟
ގައުމީ ލޯބީގާ
30 September 2020
އަމިއްލަ ފުލައިޓްގަޑެއް ގެނެސްގެން ގައުމުގަ ޖަގަހަ ޖަހައިގެން ނުތިބެ އިންޑިޔާއަށް ކަރަންޑީން ވާން ދިއުންބުއްދިވެރީ ވެންމަސް މިޖެހެނީ ވެނަށް ކާންދޭން . ސަރުކާރުގަ ނެތް ވަރުން ފެންވަރު ދަށް ކަން ތިބެން ޖެހިފަ . ބަޔަކު ބަލަހައްޓާދޭނެ ފެންވަރު ސަރުކާރަކުނެތް . އިންޑިޔާސިފައިން ދިވެހިފަސްގަޑުން ފައިބާ
ފުރެންޑު
30 September 2020
ނުވާނެ، ތީ ދޮގު ފަތުރަނީ އިންޑިޔާ މީހުން ވީމަ
އޮނަރަބްލް އަފީފު ދީދީ
30 September 2020
މޯދީގެ ސަރުކާރުން ހިންގާ 30މ ޑޮލަރުގެ ގްރާނޑް އެއްގެ ދަށުން މިސިޓީގައި ހަދާ އިކްއިޓޯރިއަލް ނޭޝަނަލް ޕޮލިސް އެކަޑެމީ (އީ އެން ޕީ އޭ) އާއިދޭތެރޭ ޕީޕީއެމްއާއި ޕީއެންސީ ފަދަ ހައްދު ފަހަނަޅާފައިވާ ފިކުރުތަކުން ދައްކާ ވާހަކައިގެ ސަބަބުން ފަޙުރުވެރި މާޒީއެއްއޮތް އައްޑޫގެ ރައްޔަތުންނަށް ވަނީ ނުތަނަވަސްކަމާއި ކުރިމަތިވެފަ. # އީސީސީ ނެތިކޮށްލިގޮތަށް ޕޮލިސް އެކަޑަމީގެ އިމާރާތް ބޮނބި ތަޅާތަނަކަށްވެސް ދެންއަންނަ ސަރުކާރަކުންބަދަލުކޮށްފާނެ. މިއީ ވަރަށްނުބައި ގޮތެއް.
1828
30 September 2020
ކުރިން އައްޑޫގައި ހުރި ޕޮލިސް ޓްރެއިނިންގ ސްކޫލާއި ޕޮލިސް ސްޓޭޝަންތަކުގައި ހުޅު ޖެހީ ކޮން ބައެއް ތޯ؟ އުތުރުގެ މީހުން ގޮސް ތޯ؟
ދޮންދީދީ
30 September 2020
އަފީފު ދީދީގެ ނަމަށް ވެސް ހުތުރު.. އެއީ އައްޑޫވަންތަ ޝަޚްސެއް.. ތިކަހަލަ ގަމާރެއްނޫން.. އޭރުވެސް މަސަތްކަތް ކުރީ އަމިއްލަ މިނިވަންކަމަށް..މިހާރު ތިބޭފުޅާ ވަކާލާތުކުރަނީ، އިންޑިޔާގެ އަޅުވެތިކަމަށް، އެހީދެނީ ޖަޕާނުން މިލްޓްރީ ބޭސް ހަދާކަށް ނޫން ދެނީ، އެވެސް 0.01ޕ%ގަ.. އިންޑިޔާގެ ލޯނުގެ ރޭޓު އެގިލައްވާތޯ 9.5% އަނެއްކޮޅުން އެމީހުން އެތިބީ އައްޑޫކޮންޓްރޯލު ކުރެވޭގޮތަށް ކަންޑުންނާއި އެއްގަމުން ތަކެތި ސަޕްލާއިކުރެވޭނެ ސްޓެޓެޖިކް ލޮކޭޝަނެއްގައި.
އޮނަރޭ
01 October 2020
އީސީސީ ނެތިކޮށްލާފަ ހެދީ އެއަށްވުރެ މާ ފައިދާވާ ތަނެއް.
ޒުވާނާ.
30 September 2020
ހުރިހާ މީހުން ފޮނުވާލާ
އުދުހޭ
30 September 2020
އިންޑިޔާއިން ހިންގާ ޕްރޮޖެކްޓުން ވަޒީފާއެއްވެސް ދިވެއްސަކަށް ނުލިބެނީތަ؟
ރާއްޖެ
01 October 2020
ވަޒީފާގެ ފުރުސަތަކަށް އެޕްލައި ކުރަންވެސް ދިވެއްސަކަށް އެތަނަށް ނުވަދެވޭ. ސަރުކާރު އިދާރާއަކަށް އެތަަނަށް ނުވަދެވޭ
އޮނަރަބްލް އަފީފު ދީދީ
30 September 2020
އިންޑިޔާގެ އެހީތެރިކަން ބާރުމިނުގައި ކުރިއަށްގެންގޮސް އަހަރުމެން ދެކުނުގެ ރައްޔަތުންނަށް އަހަރުމެން ކުރާ މަސައްކަތުން ދިރިއުޅުން އުޖާލާކޮށް "ކުލީ އަޅުވެތިކަމުން މިންޖުވެ" އާއިލާއާއިއެކު ވަޒަނުގައި ދިރިއުޅެވޭނެ ގޮތެއް ހޯދާން އަހަރުމެން ތައްޔާރު. # ސިޓީގެ މޭޔަރު އިންޑިޔާ އެމްބެސެޑަރާއި ބައްދަލުކޮށް އިކްއިޓޯރިއަލް ހޮސްޕިޓަލަށް މެޑިކަލްކޮލެޖްގެ ސުޕަރސްޕެޝަލިސްޓުން މަހަކުއެއްފަހަރު ވިސިޓްކުރާނެ އިންތިޒާމް ހަމަޖެހޭތޯ މަސައްކަތް ކުރާންޖެހޭ. ގުޅިގެން ނަތީޖާނެރެވޭނެ.
ރާއްޖެ
30 September 2020
އަދިވެސް ވިސްނުން ތި ހުންނަނީ މީހުންގެ ތައްޕާހުގަ އުޅެން. ޢައްޑޫ ޑޮކްޓަރުން މަދެއް ނުވާނެ. ޢެމީހުން ސުޕަސްޕެޝަލިޓީއަށް ކިޔަވަން ކައުންސިލް ޚަރަދުގަ ފޮނުވަބަލަ. 5 އަހަރު ފަހުން ހޮސްޕިޓަލުގަ ޚިދުމަތް ކުރަން ތިބޭނެ އައްޑޫ ދަރިން. މުޅި އުމުރު އިންޑިއާއަށް ސަލާން ޖަހަން ވިސްނުން ތި ހުރީ.
އޮނރޭ
01 October 2020
ޚުދު އައްޑޫ މީހުން ބޭނުމެއްނުވޭ އައްޑޫ ތަރައްގީކުރާކަށް. ތިހެން ހުރެ އެކަކު ހަޅޭލެވިއަސް ވާނެ ކަމެއް ނެތް. މިހާރުވެސް އެންމެ މައްޗަށް ތައުލީމު ހާސިލްކޮށްގެން ތިބި މީހުން ބަލާލާއިރު އޭގެ ތެރޭ ގިނަވާނެ އައްޑޫ މީހުން. އެމީހުންގެ ނެތް އައްޑޫއަށް ގޮސް އައްޑޫ ތަރައްގީކުރުމުގެ ޚިޔާލެއް.
ކުރުކުރު
30 September 2020
އިންޑިއާއިންހަދާ ޓެސްޓު ތާކުންތާކުނުޖެހޭތީ ތިމައްސަލަ ދިމާވެގެން އިންޑިއާއިން ބޯޓުފަހަރު ޖެއްސުން ބައެއްގައުމުތަކުން މަނާވެސްކޮށްފި.
ރާއްޖެ
01 October 2020
ޓެސްޓް ނަހަދާ ވެސް ލާރިކޮޅެއް ދިނީމަ ހޮސްޕިޓަލުން އޭގެ ރިޕޯޓެއް ލިބިދާނެ ގައުމެއްގެ ވާހަކަ ތި ދައްކަނީ.
ކޮކްތެރެ
30 September 2020
ރައްމަހައް ނުކިޔާ އެއްޗިހިކިޔާ ރައްޔަތުން އެބުނާ އެޖެންސީއެއްގެ ގަވާއިދާ ޙިލާފައް ބޭރުގަ އުޅުމުގެ ސަބަސބުންނޭ ބަލިފެތުރެނީ ނުހުއްޓުވިގެން އުޅެނީ ކުރީގަވެސް މިބަލި އެރުވިކަމައް ލަފާ ކުރެވެނީ ބައިކުދިން އަބުނާ ޔޫކޭ އަކުން އައިސް ހިތުހުރިގޮތައް އުޅެގެންނޭ ކިޔަނީ މިހާރު މުޅިދުނިޔޭގަ އޮއް ެންމެގިނައިން ބަލިފެތުރޭ 2ވަނަ ގައުމަކީ އިންޑިއާ ދެން މިދަޑިވަޅުގަ ޖެހޭތޯ އިންޑިއާއިން މީހުން މިގައުމައް އަރުވަން މިއުޅެނީ ގިޔާމަތެއް ލައިގަނެގެންތޯ