ފަންސާސް އަހަރު ފަހުން ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާ އަށް މި މަހުގެ ތެރޭގައި ބޯކޮށް ސްނޯ ފައިބައިފި އެވެ.

މި މަހުގެ ކުރީކޮޅުން ފެށިގެން މި މަހުގެ އެކި ދުވަސްތަކުގައި ސައުދީ އަށް ސްނޯ ފޭބި ކަމަށާއި އެ ގައުމުގެ ބޮޑެތި ސަހަރާތަކުގެ ވެލިގަނޑު ވެސް ފޮރުވިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުންޏެވެ. އެގޮތުން އެންމެ ގިނައިން ސްނޯ ފޭބީ މައްކާގެ ދެކުނުން ރެޑް ސީގެ އައްސޭރި ފަށުން އޮންނަ އަސީރު ސަރަހައްދަށެވެ.

ސައުދީ ހިމެނޭ މެދުއިރުމައްޗަކީ އާންމުކޮށް ހޫނު ގަދަ އަދި ވާރޭ ވެހުން ވެސް މަދު ސަރައްހަދެކެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގައި ހަނަފަސްކަން ބޮޑެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ސްނޯ ފޭބި އިރު ސައުދީގެ ފިނިހޫނުމިން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި ހޯމަ ދުވަހުގެ ރޭގެ ފިނިހޫނުމިން ހުރީ މައިނަސް ދެ ޑިގްރީގަ އެވެ.

ސްނޯ ފޭބުމަކީ އާންމު ކަމަކަށް ނުވާތީ ވަރަށް ގިނަ މީހުން މިކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި ފޮޓޯތައް އާންމުކޮށްފައިވެ އެވެ.