މާލެ ސަރަހައްދުގައި ދަންވަރު 12 އިން ފަތިހު 4 އަށް ކާފިއު ހިންގައި މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރުކުރާ އެންމެން ކަރަންޓީނުވާން ޖެހޭނެ ކަމަށް ވަނީ ނިންމާފައި.
27 ޖެނުއަރީ 2021 - 01:01
ކޮވިޑް-19 ކޭސްތައް އިތުރުވާން ފެށުމާ އެކު މި ހިނދުން ފެށިގެން މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަރު ސޮއިކުރައްވައި މިރޭ ނެރުއްވި އެންގުމުގައިވާ ގޮތުން މާދަމާ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ދަންވަރު 12 އިން ފަތިހު 4 އާ ދެމެދު މީހުން ބޭރަށް ނުކުމެ އުޅުން ވެސް މަނާވާނެ އެވެ.
މި ވަގުތުން ފެށިގެން، މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރުކުރާ އެންމެން ކަރަންޓީނު ކުރުމަށާއި ހުކުރުދުވަހުން ފެށިގެން، ޓޫރިސްޓުން ފިޔަވައި، ރާއްޖެ އިން ބޭރުން އަންނަ އެންމެން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.
މާލެ ސަރަހައްދުގައި ފިޔަވަޅުތައް ހަރުކަށިކޮށްފައި މި ވަނީ ވޭތުވެދިޔަ ދެ ތިން ދުވަހު ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މައްޗަށް ގޮސްފައި ވަނިކޮށެވެ. މިއަދު ވެސް ވަނީ ރާއްޖެ އިން 145 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން 93 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. ރިސޯޓްތަކުން 36 މީހަކު ޕޮޒިޓިވްވި އިރު އަތޮޅު ތެރެއިން ވަނީ 14 މީހަކު ޕޮޒިޓިވްވެފަ އެވެ. ކޭސްތައް އިތުރުވާން ފެށީ އަދަދުތައް ވަރަށް ވަރަށް ބޮޑަށް ދަށަށް ދިއުމަށް ފަހު އެވެ.
ކޮވިޑާ ގުޅިގެން މަނާކުރި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވަން އެޗްޕީއޭ އިން އަލުން ހުޅުވާލީ މިދިޔަ މަހު 20 އިން ފެށިގެންނެވެ. އެ ފުރުސަތު ދިނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެފަދަ ހަރަކާތްތައް ބާއްވަން ޝަރުތުކޮށްފަ އެވެ. އެކަމަކު އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލަށް އަމަލު ނުކުރާ ތަން ފެނެ އެވެ. ހުއްދަ ލިބުނު ދުވަހު ބޭއްވި ކައިވެނި ޕާޓީއެއްގައި ބަލި ފެތުރި އެތައް ބަޔަކު ޕޮޒިޓިވްވެފައިވެ އެވެ.
ކޮވިޑް ކޭސްތައް އަނެއްކާވެސް އިތުރުވާން ފެށީ އާ އަހަރު ފެށުން ފާހަގަކުރުމުގެ އެއްވުންތަކާއި ދަތުރުފަތުރުގެ ލުއިތަކާ އެކު ކަމަށް ބެލެވެ އެވެ.
ކޮވިޑުން ރަައްކާތެރިވުމަށް މާލެ ސަރަހައްދުގައި މީގެ ކުރިން އިއުލާންކުރި ކާފިއު، ނުވަ މަހަށް ފަހު އުވާލާފައި ވަނީ ޑިސެމްބަރު 19 ގަ އެވެ. އެންމެ ފަހުން ކާފިއު އުވާލި އިރު ބޭރުގައި އުޅުން މަނާ ވަގުތުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރޭގަނޑު 12 އިން ފަތިހު ހަތަރަކަށެވެ.
ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ކާފިއު އިއުލާން ކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. އަދި އެޕްރީލް 14 އިން ފެށިގެން މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުން އަކަށް ދިއުމަށް ފަހު، ޖޫން މަހުގެ ތެރޭގައި ލުއި ދޭން ފެށި އެވެ. ލޮކްޑައުން އަށް ފަހު އެންމެ ފުރަތަމަ ހުޅުވާލި އިރު ކާފިއު ގަޑީގެ ގޮތުގައި ކަނޑައެޅީ ރޭގަނޑު 8 އިން ފަތިހު 5 އަށެވެ. އޭގެ ފަހުން މާލެ ސަރަހައްދުން ކޭސްތައް ފެންނަވަރު މަދުވަމުން އައި ވަރަކަށް އެޗްޕީއޭ އިން އޭރު އައީ ކާފިއު ގަޑިތަކަށް ލުއިތައް ދެމުންނެވެ.
ޑިސެމްބަރު 19 ގައި ކާފިއު އުވާލުމަށް ފަހު ވެސް އެޗްޕީއޭ އިން ވަނީ އިތުރު ލުއިތައް ދީފަ އެވެ. އެގޮތުން ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް މަދު ކުރުމާއި ރާއްޖެއިން ބޭރުން އައިސް ކަރަންޓީން ވާން ނުޖެހުމުގެ އިތުރަށް މާލެއިން ރިސޯޓުތަކަށް ދާއިރު ކަރަންޓީން ވާން ނުޖެހޭ ގޮތަށް ވެސް ވަނީ އުސޫލަށް ބަދަލުތައް ގެނެސްފަ އެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި އަދަދު މިހާރު ވަނީ 15،200 އަށް އަރައިފަ އެވެ. އެކަމަކު 13،900 އަށް ވުރެ ގިިނަ މީހުން އެ ބަލިން ރަނގަޅުވެފައިވާތީ މި ވަގުތު ފަރުވާ ދެނީ 1،273 މީހަކަށެވެ. ކޮވިޑް-19 ގައި ރާއްޖެ އިން މިހާތަނަށް 51 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސިމް
27 January 2021
ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހޭނީ ކިހާއިރަކު ތޯ؟
ފިޔަވަޅު
27 January 2021
އެޗްޕީއޭގަ ތިބީ 2 އަންހެނުން ހީވަނީ އމޑޕ ޖަގަހައިގެ 2 ސަރުދާރުންހެން . ޢެއްވެސް ވަރަކަށް ރައްޔިތުންނާ މެދު ހަމަހަމަ ކަމެއް ނެއް ...
ހާސަރު
27 January 2021
ރަށްރަށުން މާލެއަންނަ އުޅަދުތަކުން މީހުން މާލެއަށް ފައިބާ މާލޭގައި އުޅޭނެ ތަނެއްގަ އުޅެފަ ރަށްރަށަށް އެދަނީ! ބެލެހެއްޓޭނެގޮތެއްނެތް! ނޯތްހާބަރު ބަންދުކޮށްގެން އުޅުނަސް މުޅި އުތުރު ފަރާތު ބަދަރު އެއޮތީ ފްރީކޮށް އަރާފޭބެން! މިކަމުގެ ސަބަބުން ރަށްރަށް ބާރުސްޕީޑްގައި ފެތުރެން ފަށާފަ މިއޮތީ. މާލެތެރެ ހަމައަކަށް އެޅިލިވަގުތު މިކަން މާބޮޑަށް ދޫކޮށްލުމުން މިއޮށް ހުރިހާދުވަހު ކުރިމަސައްކަތުގެ ބޭނުމެއް މިހާރު ނުފެނޭ!
ފޫހި
27 January 2021
ރާއްޖޭގައި ހަމަ ނިސްބަތުން އެވްރެޖްކޮށް 50 މީހުން ޕޮސިޓިވް ވޭވޭ އޮށްވާ. ޢަދި ދުނިޔޭގައިވެސް ހެސްކޮޔާފަ ފެތުރި ފެތުރި އޮށްވާ އެގައުމުތަކުން ހެސްކިޔާފަ ޓޫރިސްޓުން އައިސްއިސް އައިސް އޮށްވާ ހުރިހާކަމެއް ދޫކޮށްލީ ކީއްވެ? ޥަކިބަޔަކު ޔޫރަށް އަދި ރިސޯޓްތަކަށް ކްރިސްމަސް އަދި އައު އަހަރު ފާހަގަކޮށްލަން ފުރުސަތު ދިނީތަ? ސްކޫލްތަކާ ސިނަމާ ތައް ހުޅުވާލީ ކޮން މޮޅު ދިރާސާއެއް އެޗްޕީއޭ އިން ހަދާފަތަ?
މަހިންދުރާ
27 January 2021
ހަހާ އަނެތް ކާ ވެސް ޖީބައް ބަރު ކޮއްލަނީ ދޯ ، ތިޔަ ކިޔާ އެކައްޗެއް ކިޔާ ބަލަ ، ސާބަހޭ މިލިއަނުން ގުނާލާތި ބޭފުޅުން ނޭ
ފިޔަވަޅު
27 January 2021
މި ނުކުޅެދޭ ގމރ ސަރުކާރު ބޭނުން ވަނީ ވެރިކަމުގެ ދައުރު ނިމެންދެން ކޮވިޑުވކަންތައް ނިމުނަ ނުދީ ދަންމާލައިގެން ބޭރުން އެހީ ހޯދާލައިގެން އެލާރި ކޮޅު ކާލަކާލަ ތިބެން... ޢާއަހަރު ފާހަގަކޮށް ސްކޫލް ތައް ހުޅުވީ އެހެންވެ . .. ޢަދި ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީން ނުކުރީ ވެސް އެބޭނުމުގަ ... .. ޢިންކަމް ސަޕޯޓް ލާރި ލިބޭ ބަޔަކުގެ ނަން އާންމު ކުރަން ވެއްޖެ ނޫންތޯ. ....ނުކެރޭނެ . ..
ހާދިސާ ދޫ
27 January 2021
ހާބަރު ކަޑަތަކުގައި ހިދުމަތްދޭންތިބޭ ބަންގަލަދޭސްމީހުން (ބިދޭސީން) އެއްވެސް މީހަކު މަށްކުނާލާ "އަ ލަ ކާރޓެ" މިކަޑަޔަކީ މިކަމުގެ ޙައްސަ ތަނެއް މިތާންގަ ތިބޭ ބަންގާޅުމީހުން ނަށް ހީވާކަހަލަ މިމީހުންނޭ މިގައުމު ހިންގަނީ!
ކަލޭނޭ ދޯ
27 January 2021
"މަށްކުނާލާ" ވަރަށް ގިނަފަހަރު ކިޔައިގެން ކޯންޗެއްކަން އެނގުނީ. ކޮމެންޓް ލިޔާއިރު ކުޑަކޮށް ފަރުވާތެރިވެ ލައްވާ
ހާމިދު ޝާހިދު
27 January 2021
ތިއީ އިދިކޮޅުން ސަރުކާރުގެ ހުދުމުހުތާރުކަން ރައްޔިތުންނަށް ކިޔާ ދިނުމަށްޓަކާ މުޒާހަރާ ކުރަން ފެށުމުން އެޅި ފިޔަވަޅެއް. ކަރަންޓީނު ނުވެ، ސަރުކާރުގެ (އެމްޑީޕީ އަށް ނިސްބަތްވާ) އެންމެންނަށް ހާއްސަ ހުއްދައިގެ ދަށުން ކޮންމެ ތަނަކަށްވެސް ދަތުރުކޮށް އުޅެވޭ. އެކަން ކުރަމުންދަނީވެސް. ކޮޅުނބު ހުޅުވާލުމުން ބައިނަލްއަގުވާމީ މީޑިއާތަކަށް ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު ބުނެދޭން ވަފުދެއްދާތީ ބޭރަށް ދާ މީހުންވެސް ކަރަންޓީނަށް. އެކަމަކު ސިނަމާތައް ހުޅުވާފައި. ޕޮއް
ފޮނިތޮށި
27 January 2021
ބޮޑުންނާއި އެބައި މީހުންގެ ދަރިންތައް ޗުއްޓީނިންމާލާފައި މާލެ ދުރުވީ ދެއްތޯ. ރަނގަޅު.
ޓިނު
27 January 2021
ރޭގަވެސް މަގުތައްމަތީ ދީނާ ޤައުމަށްޓަކާއި ކޮވިޑް ހުއްޓުވަން ބަޔަކުއުޅުނު ؟
މިނު
27 January 2021
ކުޅިވަރު ދަނޑުތައް ފުރާލައިގެން ކެފޭ ރެސްޓޯރަންޓްތައް ފުރާލައިގެން ސްކޫލްތައްދޮށް ފުރާލައިގެން އެއަށްވުރެ މާ ގިނަ މީހުން ހޭލަމޭލަވެ އެބައުޅޭ. ހަމަ ލުއިތައް ދިނުމުގެ ސަބަބުން. އެހާ ގިނަ ލުއިތައް ދެނީ ގައުމުން ބަލި ފުހެވިދާނެތީއޭ ކިރިޔާ ހީނުވަނީ.