ކޮވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ނަގަނީ: މިއަދު އެ ބައްޔަށް 145 މީހަކު ވަނީ ޕޮޒިޓިވް ވެފައި --- ފޮޓޯ/މިހާރު
26 ޖެނުއަރީ 2021 - 22:30
ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށައި، މިއަދު 145 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 93 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށާއި ރިސޯޓްތަކުނެ 36 މީހަކު ޕޮޒިޓިވްވި ކަމަށެވެ. އަތޮޅު ތެރެއިން ޕޮޒިޓިވްވީ 14 މީހެކެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހުން އިތުރުވާން ފެށީ އަދަދުތައް ވަރަށް މަދުވެފައި އޮތުމަށް ފަހު އެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި އަދަދު 15،200 އަށް މިހާރު ވަނީ އަރައިފަ އެވެ. އެކަމަކު 13،900 އަށް ވުރެ ގިިނަ މީހުން އެ ބަލިން ރަނގަޅުވެފައިވާތީ މި ވަގުތު ފަރުވާ ދެނީ 1،273 މީހަކަށެވެ.
ކޮވިޑް-19 ގައި ރާއްޖެ އިން މިހާތަނަށް 51 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
27 January 2021
ސޮޓޮކްފައި ޕޮސިޓިވް ކޭސްފައިލް ތަށް ހުންނަނީ ޕީޕީއެމް ކުދިންކޮޅުގެ އިންތިޒާރު ގައިހެން މިހާރު އެބަހީވާންފަށައިފިއެވެ.
1234
27 January 2021
ތިކަން ނުވެގެން ރޭވެސް ބަޔަކު މަގުމަތީ ތަލުބިއްޔާ ކިޔަމުން ދުވިއެއްނު؟
43211
27 January 2021
އެމީހުންނަށް މަލާމާތްކުރަންވީމަ އެންމެ 2 މީހުން ކަމަށްވަނީ މުޒާހަރާއަށް ނިކުންނަނީ. އެކަމު ކޮވިޑް އަދަދުތަކުގެ މައްސަލަ ބައެއްގެ ބޮލުގަ އަޅުވަންވީމަ މުޒާހަރާ ކުރި މީހުން ގިނަވެ އެމީހުންނާ ހެދި ކަމަށް ބުނަނީ. ބަލާލާނަމަ ފެންނާނެ ކެފޭއަކަށް ކޮފީއަށް ވަންނަ މީހުންނަށްވުރެ މުޒާހަރާކުރަން ނިކުންނަ މީހުން މަދުކަން. އެކަމުވެސް އެއްޗެކޭ ކިޔޭތޯ ބަލާ.
ނަޝީދު
27 January 2021
ދެއްވަދޫ މޮނިޓަރިން އިން ނުނަގަ އެޗް.ޕީ.އޭން ހިންގާ ޖަރީމާ ހުއްޓާލުމަށް ގޮވާލަން. 19 ދުވަސްވެގެން ދިޔައިރު ކަރަންޓީން އަދި މޮނިޓަރިންއަށް ނުލާ ގޭގޭގެ މީހުންނަށްވެސް ބޭރަށް ނުނުކުމެވެ. ފައްސިވީވެސް ބަލި އުޅޭ ގޭގެއިން. ކަމާނުބެހޭ ބަޔަކު ގޭބަންދުގައި. ކުޑަކުދިން ގޭބަންދުގައި ތިބެ ނަފްސާނީ ބަލި މަޑުކަމެއްގެ ތެރެއަށް ދަނީ. ގޭން ބޭރަށް ނުކުމެވޭނެ އުސޫލެއް ހަމަޖައްސައިދިނުމަށް އެޗް.ޕީ.އޭ އަދި ކައުންސިލްގައި އެދޭތާ 14 ދުވަސް. މައިމޫނާ އިސްތިއުފާ.
މޯޑް
27 January 2021
ހުއްދަ ނުދޭ ވެކުސިނެއް މިހާ އަވަސް އަރުވާލައިގެން މިގެނައީ ކީއްކުރަށް. ރަށްއިތުން ލޮލުގަ އަދުން އަޅުވަން ދޯ. މިހާރު ދެން ހުއްދަ ނުދިނަސް އެމެޖެންސީ ކޮށް ޖަހަށް ވެއްޖެއްނު.
މަސްވެރިޔާ
27 January 2021
ވެރިން މާގިނައީ.
ހަސަނު
26 January 2021
ކޮންމެސް ވަރެއްގެ ކޮންޓްރޯލް ތަކެއް އެބަ ބޭނުންވޭ.. ނައިޓް ކާފިއު ނޫނަސް، ކުޅިވަރު މުބާރާތްތައް ހުއްޓާލަންޖެހޭ، އޮފީސްތަކަށް ދިއުން މަދުވާން ޖެހޭ، މީހުން އެއްވާ މިންވަރު ދަށްކުރާންޖެހޭ.. ފިހާރަ ތަކާ ރެސްޓޯރަންޓް ތަކަށް ވަދެއުޅުމުގެ ގަވައިދު ހަރުކަށި ވާން ޖެހޭ....
ކޮލަމާފުށި
26 January 2021
މިވަރުވާއިރުވެސް ޔާމީނު ސަލާމަތްނުވެގެން އެއުޅޭ ޕިންކު ކުދިންކޮޅު އުޅެނީ މުޒާހަރާ ނުކުރެވިގެން..މުޒާހަރާކޮށް މިމީހުން ބޭޏުންވަނީ ބަލިމަޑުކަން އިންތިހާ އަށް މައްޗަށްގެންދަން.
ބޮލުމާފުށި
27 January 2021
އަތުގެ އިނގިލި ހަމަނުވާ ވަރަށް މީހުން މުޒާހަރާއަށް ނިކުންނަނީ. އެމީހުންނަށްވުރެ ކުޅިވަރުތަކުގަ އުޅޭ މީހުންނާ ފިހާރަ ކެފޭ ރެސްޓޯރަންޓްތަކަށް ވަދެ އުޅޭ މީހުންނާ ސްކޫލްދޮށަށް ދާ މީހުން ގިނަ.
ހަސަނުބެ23232323
26 January 2021
ސްކޫލު ބަންދު ކުރޭ! ކުލާސްރޫމް ސެނިޓައިޒް ކުރީމަ ނިމުނީއެއްނޫން ސްކޫލު ހުޅުވީމަ މާލެއަށް ގިނަ އަދަދެއްގެ ބަޔަކުއައިސް މުޅިރާއްޖެއަށް ކޮވިޑު ފަތުރާ،ތަނަކަށް މާލެ ބަދަލުވެ އެތައްބައެއްގެ ފުރާނައަށް ނުރައްކާވަމުން މިދަނީ. ކޮވިޑު ޕޭޝަންޓުންނާއިގެން ހޮސްޕިޓަލްތައް ފުރިފައި އޮތް ގައުމަކަށް ފަތުރުވެރިންނެއްވެސް ނާންނާނެ. ނަތީޖާއަކީ އަނެއްކާވެސް ފަތުރުވެރިކަމާ ގެސްޓްހައުސްތައް ބަންދުކުރަން މަޖުބޫރުވުން. ފިޔަވަޅުތައް ވަރުގަދަކުރޭ! ސަރުކާރުން ޒިންމާދާރުވޭ
އލީއަލީ
26 January 2021
ޑަބުލިޔުއެޗުއޯ އެއް ޑަބުލިޔުޗު ބީ އެއް ކިޔާނެ ކަމެއްނެއް ހަތަރެސް ފަޔައް ލޯތްބެއް ހުރިއްޔާ ގެނެސްފަ ތިހުރި އެއްޗެއްވިއްޔަ ޖަހާއިދީ.
ޖައްލާދު ބޭ
26 January 2021
ރަހީމްބެމެން މައިތިރިވާށޭ! ދިވެހިއެންމެހާ ރައްޔިތުން މައިތިރިވާށޭ! ނޫނީ ސަލާމަތެއްނެތޭ!