ރަަށަށް ބަދަލުުވާ 500 އާއިލާއަށް، މާލީ އެހީ ފޯރުކޮށްދޭނެ. ރަށުގައި ވަޒީފާ އަދާކޮށް، ހަމަޖެހިލެވެންދެން އެކި އެހީތައް ސަރުކާރުން ދޭނެ
27 ޖެނުއަރީ 2021 - 17:48
މާލޭގައި ދިރިއުޅެން ދަތިވެ، ދަރިންނާއެކު ރަށަށް ދާން ބަދަލުވާން ބޭނުންވާ 500 އާއިލާއަކަށް އެހީވާން ޖެންޑާ މިނިސްޓްރީން ނިންމައިފި އެވެ.
ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ، އޭނާގެ ފޭސްބުކްގައި މިއަދު ވިދާޅުވީ، މާލޭގައި ދިރިއުޅެން ދަތިވެފައިވާ، ކުޑަކުދިންނާއެކު ދިރިއުޅޭ އާއިލާތައް، އެނބުރި ރަށަށް ދާން ބޭނުންވާ ނަމަ ސަރުކާރުން އެކަން ފަހިކޮށްދޭނެ ކަމަށެވެ. އެ ކަމަށް އެދޭ މީހުން، އެ މިނިސްޓްރީގެ ނަމްބަރު 1421އަށް ގުޅުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
އެކަން ތަފްސީލުކޮށްދެއްވައި، ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަ އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ، މާލޭގައި އުޅޭ 500 އާއިލާއެއް، އަމިއްލަ ރަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެކަން ކުރުމަށް، އެ މިނިސްޓްރީން މިހާރު ވަނީ އުސޫލެއް އެކުލަވާލާފަ އެވެ.
އިބްރާހިމް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްގެ ތެރެއިން ރަށަށް ބަދަލު ކުރާނީ އަމިއްލައަށް އެކަމަށް އެދޭ މީހުންނެވެ. އަމިއްލަ މީހެއްގެ ބަދަލުގައި އެއީ އާއިލާއަކަށް ވާން ޖެހެ އެވެ. ކުޑަކުދިން ތިބޭނަމަ، އިސްކަން ދޭނެ އެވެ.
ގާތްގަނޑަކަށް 26 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ މި ޕްރޮޖެކްޓުގެ ތެރެއިން، ރަށަށް ބަދަލުކުރާނެ މީހުން ކަނޑައަޅާނީ، އެކަމަށް އެދޭ މީހުން އެސެސް ކުރުމަށް ފަހު އެވެ. އެސެސްކުރާ ކޮމިޓީގައި ހުރިހާ މިނިސްޓްރީ އަކާއި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އޮފިޝަލުން ހިމެނިވަޑައިގަންނަވާނެ އެވެ.
"ރަށަށް ބަދަލުވާން އެދޭ މީހުންގެ ޝަރުތު ހަމަވޭތޯ ކަނޑައަޅާނީ އެ ބޭފުޅުން. ޝަރުތު ހަމަވުމުގައި ވަރަށް ގިނަ ކަންކަމަށް ބަލާނެ،" އިބްރާހިމް ވިދާޅުވި އެވެ.
ޝަރުތު ހަމަވާ ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ، އާއިލާގައި މީހުން ތިބި އަދަދާއި އެ މީހުންގެ ދިރިއުޅުމުގެ ހާލަތާއި މާލީ ހާލަތާއި ބަދަލުވާ ރަށުގައި ބޯހިޔާވަހިކަން ހުރުމެވެ.
އިބްރާހިމް ވިދާޅުވީ އާއިލާ ރަށަށް ބަދަލުވުމަށް ފަހު، ގެ ކުޑަކޮށް މަރާމާތު ކުރުމާއި ފަރުނީޗަރު ހޯދައިދިނުމަށް މިނިސްޓްރީން އެހީތެރިވާނެ ކަމަށެވެ. އެކަމަކު އެ އެހީ ދެނީ، ގިނަވެގެން 20،000 ރުފިޔާ ހިމެނޭ ލޯނަކުންނެވެ. އިންޓަރެސްޓް ނުލައި، ލޯނުގެ އެހީދޭއިރު ތިން އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ.
އޭގެ އިތުރުން، އާއިލާއިން އާއްމު ހާލަތަށްް ރުޖޫއުއަށް ވުމަށް، ހަ މަސް ވާންދެން މާލީ އެހީ ފޯރުކޮށްދޭނެ އެވެ. ފައިސާގެ އަދަދު ނުބުނި ނަމަވެެސް، އަސާސީ ހިދުމަތްތައް ހޯދޭނެ މިންވަރަށް އެހީ ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން، އަމިއްލަ މަސައްކަތެއް ފެށުމަށް ނުވަތަ ފަންނީ ކަމެއް ދަސް ކުރުމަށް، ބޭންކު މެދުވެރިކޮށް ލޯނު ހަމަޖައްސައިދޭއިރު ވަޒީފާ ހޯދުމަށް ވެސް އެހީތެރިވެދޭނެ ކަމަށް ޖެންޑާއިން ބުންޏެވެ.
މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި އެހީދޭނީ، މާލޭ ސަރަހައްދުން ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށެވެ. އޭގެ ފަހުން، އެއްް ރަށުން އަނެއް ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް އެހީ ހަމަޖައްސައިދޭނެ އެވެ.
ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލި ނުވަތަ މަސައްކަތަށް ބުރޫއެރުމުގެ ސަބަބުން ގިނަ އާއިލާތަކަށް އޭގެ އަސަރު ވަނީ ކޮށްފަ އެވެ. ހާއްސަކޮށް، މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންނަށް ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އާމްދަނީ ނުލިބި، ކުލި ނުދެއްކުމުގެ ސަބަބުން ގިނަ ބަޔަކު، މި ވޭތުވެ ދިޔަ މަދު މަސްތަކެއްގެ ތެރޭގައި ރަށަށް ބަދަލުވެފައި ވެ އެވެ.
ކޮވިޑާ ގުޅޭ ކަންކަމަށް ސަރުކާރުން ކުރި ޚަރަދު މިހާރު ވަނީ 2.3 ބިޔަން ރުފިޔާ އަށް އަރައިފަ އެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑާ ގުޅޭ އިގުތިސާދީ ކަންކަމަށް މިހައިތަނަށް ކުރި ހަރަދުގެ ޖުމްލައަކީ 1.03 ބިލިޔަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޯބްރޯ
28 January 2021
ލާރިގަނޑެއް ކާލެވޭނެ އިތުރުގޮތެއް
ހުސައިން
28 January 2021
" ... އެކަމަކު އެ އެހީ ދެނީ، ގިނަވެގެން 20،000 ރުފިޔާ ހިމެނޭ ލޯނަކުންނެވެ. އިންޓަރެސްޓް ނުލައި، ލޯނުގެ އެހީދޭއިރު ތިން އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ. " އަޅުގަނޑު ހީކޮށްގެން ހުރީ ރަނގަޅު އެއްޗެއް ލިބޭނެ ކަމަށް. ތިގޮތަށް ރަށަށް ޢާއިލާ ބަދަލުކުރާ އިރު އެތައް ބައެއްގެ ވަޒީފާވެސް ގެއްލޭ.
ޑިޑިން
28 January 2021
ރަނގަޅު ކަމެއް ކުރަން. އެކަމަކު ތިޔަ މީހުން ހަމަ ރަށުގައި ފައި ޖައްސާ ގޮތައް އަނބުރާ އަންނާނެ މާލެ ފިިރިމީހާ އަށް ރިސޯޓަކުން ވަޒީފާ ހަމަ ލިބޭ އިރަށް. އެންމެ ރަނގަޅު ގޮތަކީ ރަށްތަކުން ވަޒީފާ ލިބޭނެ އިންތިޒާމް ހަމަޖެއްސުން. ރަށްތައް އެއްފަސް ކުރުން. ސަރުކާރުގެ ބައެއް އިދާރީ ކަންކަން ކުރުމަށް ރަށްރަށަށް އޮފީސް ތައް ބަދަލު ކުރުން.
ލައިޓް
28 January 2021
އުފާވެއްޖެ! ވަރަށް ކްރިއޭޓިވް ފިޔަވަޅެއް. އައިޝާ އަށް ޝުކުރިޔާ!
އެޑަމް
28 January 2021
ދެންހުލޫމާލޭ އިގުތިސާދީސަރަހައްދު މިސަރަހައްދުންބޮޑަތިބިންތައްދީފަހުރީ އިޤުތިސާދީމަސައްކަތްކުރުމައް ނަމަވެސްމިތާވެސްދިހަބާރަބުރިއައްލަގުޒަރީިއިމާރާތްތައްކޮއްގެންފުލޯތައްބޮޑަތިކުއްޔައްދީގެންބޮޑަތިއާމްދަނީތައްހޯދާއަމިއްލަޔައްދިރިއުޅެމުންދަނީކިތަންމީހުންތޯ?ކާކުތޯބަލަނީމިކަންއެގިތިބެ އަޅާނުލަނީ މިކަންކަމުންމަންފާލިބޭތީއެވެ.މިހާރުވެސް30އަހަރައްވުރެގިނަދުވަސްވެފާދިރިއުޅެންދީފަހުރިބިންތައްހީވަނީކުނީގެފަރުބަދަހެން ކާކައްފެންނަނީދެންވިއްކާލާނީ މިހާރުމިފަދަބިމެއްގެއަގަކީ20މިލިއަންރުފިޔާ ދެންއިވޭނީ އެޗުޑީސީމެދުވެރިކޮއްކޮންމެސްފަރާތަކައްވިއްކާލިއަޑުމިކަހަލަ އެތައްނާޖާއިޒުކަމެއް!!!
އެޑަމް
27 January 2021
އެޗުޑީސީއަކީވެސް މޮނީޓަރކޮއްނުބެލެހެއްޓުމުގެސަބަބުން ދައުލަތައްމަންފާލިބުމުގެބަދަލުގާ ވަކިމީހަކައްނާޖާއިޒު ފައިދާހޯދަދިނުމުގެޒިންމާނަގަންޖެހޭތަނެކެވެ.މިސާލަކައްހުޅުމާލެއިންދިރިއުޅުމައް ލޯނައްބިންދިނީވަކިމުއްދަތެއްގެތެރޭއެތާދިރިއުޅުން.މަހުންމަހައްލޯނުދެއްކުން ލޯނުނުދައްކާފިނަމަ ޖުރުމަނާކުރުންތަންވަކިކުރުންަް މިހެންގޮސްއެތައްކަމެއް ބިންތައްދޫކޮއްފަހުރީއެވްރެޖުކޮން8ލައްކަޔާދެމިލިއަނާދެމެދުގެއަގައް 30ައަހަރުވެގެންދިޔައިރުވެސްދިރިނޫޅޭއެތައްސަތޭކަގޯއްޗެއްއަޅާއެއްވެސްފިޔަވަޅެއްނެއް!ދެންމިކުރާކަމަކީއެޗުޑީސީމެދުވެރިކޮއްއެމީހާދޮޅުމިލިއަނައްލޯނައްނަގާފައޮންނަގޯތިއެހެންމީހަކައް15މިލިއަނައް20މިލިައަނައްވިއްކާލަދީފައެމީހާއެޗުޑީސީއައްދައްކަންއޮންނަލާރިކޮޅުނަގާފަބާކީއެމީހަޔައް!!
އެޑަމް
27 January 2021
ތިކަމަކީވެސް އެންމެރަގަޅުކަމެއް ނަމަވެސްހިތާމަޔަކީތިކަންކަމާހަވާލުވާ ވެރިންގެ ނާގާބިލްކަމާހަލުވާކަންތައް މޮނިޓަރކޮއްނުބެލެހެއްޓޭކަންއަދިއެކަންގަބޫލުނުކޮއްތިމާވަރުގެވިސްނޭ މޮޅުމީހަކުއެގޭމީހަކުނެއްކަމައްދެކޭނެ.ތިޔަފޮނުވާ ޢާއިލާތައްވެސް ތިޔަލޯނުފައިސާއާ އެހީގެފައިސާ އަތައްއަރާނިމުމުން މަޑުމަޑުން ފަހަރަކު މީހަކުމާލެއަރާހުސްވާނެ ފެނނަވެރިއަކުނުހުންނާަނެ ހައްތަހާވެސްދައުލަތުގެފައިސާ ތަޅާބުރުއްސާނެރޭވުންމިކަހަލަ ލާމަސީލުމިސާލެއް އެޗުޑީސީ ނަންކަޑާލާފަވަކިމީހެއްގެވާހަކަބުނާކައްނެތިން
ސަލީމު އިދުރީސް
27 January 2021
ތިނުނީ އުފާވެރި ހަބަރެއް މީންދުވަހަކު ނޫހަކުން ނުދެކެން
ހުތްއާދަނު
27 January 2021
ރަނގަޅު ކަމެއް. އެކަމަކު ތިކަންކަން ސަރުކާރަށް މޮނީޓަރ ކުރެވޭނެތަ ؟
ހާމިދު ޝާޙިދު
27 January 2021
އެމީހުން ރަށަށް ބަދަލުވީމާ އާމްދަނީ ލިބޭނެތޯ. މަހައްދާނީތޯ! މާލޭގައި ދެފައިދަމައިގެން ޕޭވްމަންޓް މަތީގައި އިނަސް އިރުއޮއްސެންވާއިރަށް، 100 ރުފިޔާވަރު ލިބޭނެ. އެއީ ބޮލަކަށް ބަލާއިރު، ވަރަށް ބޮޑު އެއްޗެއް. އެކަމަކު ރަށުގައި އެގޮތައްވެސް ލިބޭނެ އެއްޗެއްނެތް. ވަޒީފާތަކެއް އުފައްދާފައި ރަށަށް ބަދަލުކޮށްބަލަ. މަސްވެރި އުޅަނދުތައް ސަރުކާރުން ބަނެފައި އެފަދަ ރަށްރަށާ ހަވާލުކޮށް އެންމެން މަހައް ފޮނުވަބަލަ. ދަނޑު ހައްދަން ލާރި ދީބަލަ.
ފައި
28 January 2021
މި ރާއްޖޭގައި ވަޒީފާ ނެތް ހަމަ އެކަކުވެސް ހު ރެގެން ނުވާނެ!!! ދޮށިގަޑެއް ހިފައިގެން ގޮޑުދޮށައް ފޭބިޔަސް ފައިސާ!! ބޮބިގަޑެއް ތަޅާ ފުޑު ކު ރިޔަސް ފައިސާ....