ޚަބަރު / ހިޔާ ފްލެޓްތައް

ހިޔާ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި

ހިޔާ މަޝްރޫއަށް ހުށަހެޅި 25،000 ފޯމުގެ ތެރެއިން ފްލެޓް ލިބެނީ 6،720 މީހުންނަށް.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓުތައް: މި ފްލެޓްތައް ލިބޭ ދާއިމީ ލިސްޓު މިރޭ ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/މިިހާރު

ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއަށް ކުރިމަތިލީ 25،000 އަށް ވުރެން ގިނަ މީހުންގެ ތެރެއިން ފްލެޓް ލިބޭ 6،720 މީހުންގެ ދާއިމީ ލިސްޓު ފްލެޓް ކޮމިޓީން މިރޭ ގެޒެޓްގައި އާއްމުކޮށްފި އެވެ.

ދާއިމީ ލިސްޓު ނެރުނީ ހިޔާ މަޝްރޫއުގައި ހުޅުވާލި 12 ކެޓަގަރީ އާއި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ފްލެޓް ކަށަވަރުވާ މީހުން ވަކިން އެނގޭ ގޮތަށެވެ. ހިޔާ މަޝްރޫއުގެ ފްލެޓުގެ އަދަދަކީ 7،000 ކަމަށް ކުރީގެ ސަރުކާރުން ކަނޑައަޅާފައި ވިޔަސް ފްލެޓްތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރި އަށް މި ސަރުކާރުން ޚާއްސަކުރުމުން އެ އަދަދު 6،720 ފްލެޓަށް ބަދަލުވީ އެވެ.

ރައީސް އޮފީހުގެ ބެލުމުގެ ދަށުގައި އޮންނަ ފްލެޓް ކޮމިޓީން ބުނިގޮތުގައި ދާއިމީ ލިސްޓުތައް މި އިއުލާންކުރީ ކުރިން ޕޮއިންޓް ދީފައި ވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުމަށް ފަހު އެވެ. ދާއިމީ ލިސްޓް އިއުލާންކޮށްފައި ވިޔަސް ފްލެޓް ހަވާލުކުރުމުގެ ކުރިން ހައުސިން މިނިސްޓްރީން އިތުރަށް ބަލާނެ އެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓުތަކުގެ އިތުރަށް އެކި ކެޓަގަރީތަކަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވެ ފްލެޓް ލިބިފައި ނުވާ މީހުންގެ ލިސްޓު ވެސް އާއްމުކުރި އެވެ. ފްލެޓަށް އެ ކެޓަގަރީއަކުން ޝަރުތު ހަމަނުވާ ލިސްޓު ސަބަބުތައް ވެސް ހިމަނާފައިވެ އެވެ.

ކޮމިޓީން ބުނީ ދާއިމީ ލިސްޓުތައް އިއުލާންކުރީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތުގައި ލިބުނު ހުރިހާ ޝަކުވާތަކަކަށް ލިއުމުން ޖަވާބު ދިނުމަށް ފަހުގައި ކަމަށެވެ.

ކުރީގެ ސަރުކާރުގައި ފްލެޓް ދޫކުރި ގޮތާ ގުޅޭ ގޮތުން ކުރި ޝަކުވާތައް ބެލުމަށް މި ސަރުކާރުގައި އެކުލަވާލި ފްލެޓް ކޮމިޓީން ބުނީ ފޯމުތައް އަލުން އިވެލުއޭޓްކޮށް ޕޮއިންޓް ދިނީ ކުރީގެ ސަރުކާރުގައި އިއުލާންކޮށްފައިވާ ކްރައިޓީރިއާ އަށް ކަމަށެވެ. ބަދަލު އައީ ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ކަނޑައެޅި 30 ޕޮއިންޓަށެވެ.

ކުރީގެ ސަރުކާރުގައި ދިރިއުޅުމުގެ ހާލަތުގެ ބައިން ޕޮއިންޓް ދިނީ ފޯމުގައި ބަޔާންކުރި ވާހަކަތަކަށް ބަލައިގެންނެވެ. ގެތަކަށް ގޮސް ހާލަތެއް ނުބަލަ އެވެ. އެކަމަކު މިފަހަރު ހުރިހާ ގެތަކަށް ވެސް ގޮސް ހާލަތު ބެލި ކަމަށް ފްލެޓް ކޮމިޓީން ބުނެ އެވެ.

ފްލެޓް ކޮމިޓީއާ ހަވާލުކުރީ ހިޔާ މަޝްރޫއަށް ހުށަހެޅި ހުރިހާ ފޯމުތަކެއް އޭރު އިއުލާންކުރި ޝަރުތުތަކާއި އުސޫލްތަކާ އެއްގޮތަށް އެންމެންނަށް އެއް ހަމައަކުން ޕޮއިންޓް ދީފައިވޭތޯ ބެލުމަށެވެ.

"އަޅުގަނޑުމެން އެއްވެސް މީހަކަށް ވަކި ގޮތެއް ހަދާފައެއް ނޯންނާނެ. ހުރިހާ ފޯމެއް ވެސް އިވެލުއޭޓްކޮށްފައި ވާނީ 2018 ގެ އުސޫލްތަކާ އެއްގޮތަށް އެންމެންނަށް އެއް ހަމައަކުން ޕޮއިންޓް ދީފައި ވާނީ،" ކޮމިޓީގައި އިސްކޮށް އުޅޭ މުވައްޒަފަކު ވިދާޅުވެފައިވެ އެވެ.

ހިޔާ ފްލެޓްތަކުގެ ހުރިހާ މަސައްކަތެއް އަންނަ މަހަށް ނިންމާނެ ކަމަށް އެޗްޑީސީން އޮތީ ބުނެފަ އެވެ. ފްލެޓްތައް ހަވާލުކުރަން ނިންމާފައި ވަނީ ފިނިޝިން ނުނިންމަ އެވެ. އެކަމަށް ވަކި މުއްދަތެއް ފްލެޓް ލިބޭ މީހުންނަށް ދޭން ނިންމާފައިވާއިރު، އެ މުއްދަތުގައި ކުއްޔެއް ނުނަގާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

91 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 8%
icon angry icon angry 48%
icon wow icon wow 8%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު އުސްމާން

16 August 2023

ކަލޭމެން ހީކުރީ ތިތާފުލެޓް ބަހަން އަބަދު ތިބެވޭނެ ކަމަށްތޯ؟ އަޅުގަނޑަކީ، ޝަކުވާ ހުށައެޅި ދިވެހިރައްޔެތެއް މިޔަދާއި ހަމައަށް އައިއިރުވެސް އަދިވެސް އެއްވެސް ޖަބާބެއް ނުލިބޭ.ކޮބާތޯ އިންސާފް 85 މާކްސް ލިބުނު މީހާގެ ހައްޤަކީ މީތޯ؟

The name is already taken The name is available. Register?

ގެދޮރު ނެތް މާލޭމީހާ

10 February 2021

ދާއިމީ ލިސްޓު ނެރުނަސް, ބޭއިންސާފުންފްލެޓް ލިބޭމީހުންގެ ނަންތައް ލިސްޓުން އުނި ކުރެވެން ޖެހޭނެ. ޙައްގު ހޯދައިދީ. ރަށްރށުގަ ގޯތި އޮތް މީހުންނާ, ސިވިލް ސާރވިސްގެ ވަޒީފާގެ ކެޓަގަރީން ވަޒީފާގަ ނޫޅޭ މީހުންނާ އިދާރީ ކެޓެގަރީން ދީފަހުރި ޓެކްނިކަލް މީހުންވެސް އުނިކޮށް އިންސާފު ޤާއިމް ކޮށްދީ. ފްލެޓްލިބޭ މީހުންގެ ދާއިމީ ލިސްޓަކީ ކީރިތި ޤުރްއާން ފަދައިން މަތިން ބާވާލެއްވި އެއްޗެއް ނޫން. ބަދަލު ކުރެވޭނެ.

The name is already taken The name is available. Register?

މާހާ

10 February 2021

ޙެޗް14 ކެޓަގަރީގެ ފްލެޓްތަކަށްވީ ގޮތް ކޮންމެސް ބޭފުޅަކު އަންގަވަލަ ދެއްވަބައްލަވަ..

The name is already taken The name is available. Register?

ޢިބޫ

10 February 2021

ޔާމީން ސަރުކާރުގަ ފުލެޓް ލިބިފަތިބި މީހުންގެ ފިރިންނަ މިފަހަރު ފްލެޓް ލިސްޓްގަ ނަން އެބައޮތޯ. މިހާރު ދެމަފިރިންނަވެސް ފުލެޓް ލިބެނީތޯ؟

The name is already taken The name is available. Register?

ޯލާރި

10 February 2021

ކޮބާހޭ އަލަތު ކައިވެނި ފުލެޓު

The name is already taken The name is available. Register?

ހާރޓް ބްރޯކަން

10 February 2021

އަޅުގަނޑު ޝަކުވާ ވެސް ހުށަހެޅިން. އަދި ޝަކުވާ ލިބުނުކަން ޕްލެޓް ކޮމެޓީން ޔަޤީން ވެސްކޮށްދިން. އެކަމަކު ޝަކުވާއަށް ޖަވާބެއް ނުލިބޭ. ފަހުން އީ-މެއިލް މައްސަލަ އުޅޭތީ ބައެއް މީހުންނަށް ޖަވާބު ނުދެވެނީއޭ ބުނުމުން. ކޮމެޓީން އިއުލާންކުރި ނަންބަރުތަކަށް އީ-މެއިލް އެޑްރެސް ވެސް ފޮނުވިން. އެވަރުންވެސް ޖަވާބެއް ނުދީ އެންމެފަހުން ދާއިމީ ލިސްޓް އެ ނެރުނީ. ޚާއްސައެހީގެ ބައިން، ލިޔުން ހުށަހެޅީމަ ދިނީ 0 މާކްސް. އަދި ހާލަތަށްވެސް ހެދީ އެހެން. ވަރަށް ބޭ އިންސާފު

The name is already taken The name is available. Register?

ފްލެޓް ވަގު

10 February 2021

ދަފްތަރުގެ ބައިން ފޯމް ނަންބަރު 01150 )އަލި ރިޒާ) ގެ އަންހެނުންގެ ފްލެޓްގަ އުޅެނިކޮށް އަނެއްކާ އޭނައަށް ވެސް ފްލެޓް ލިބިއްޖެ. ކޮމިޓީއަށް ވަރަށް ސަލާމް. ފްލެޓް ވަގަކީ ކާކުކަން އޮޅިއްޖެ

The name is already taken The name is available. Register?

އުދުހޭ

10 February 2021

މާލޭގައި އެންމެ ހާލުގަ އުޅޭ މީހުންގެ ތެރޭގަ އިބޫސޯލިހްގެ ދައްތަވެސް ހިމެނޭދޯ؟

The name is already taken The name is available. Register?

އަލިފުޅު1111

10 February 2021

ފުލެޓް ދިނުމުގައި ޓީޗަރުންނަށް ވަރަށް އިހާނެތިކޮށް ހަދާފައިވޭ..ޓީޗަރުން 50 ޕޮއިންޓް ހަމަކުރަންޖެހޭ..އެކަމަކު 12 ޕޮއިންޓް ލިބުނު މީހުނަށް ވެސް ފުލެޓް ލިބުނު. އެހެންވީ ކީއްވެހޭ އެހީމަބުނަނީ ސިވިލްސާވިސްގަ ހާލަތު ބަލަންނުޖެހޭތީއޭ..ކީއްވެހޭ ހާލަތު ނުބެލީ ބުނީމަ ބުނަނީ ކުރީގަ ކަނޑައަޅާފައިއޮތީ ހާލަތު ނުބަލާށޭ.. ކުރީގަ ކުރިމަތިލީ ހުރިހާ ޓީޗަރުންނަށް ފުލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި އޮއްވާ އެޤަވާޢިދަކަށް ޓީޗަރުންނަކަށް ނުހިނގީ ކީއްވެކަމެއް ނުބުނެވޭ.

The name is already taken The name is available. Register?

ކާފު

10 February 2021

މާލޭގައި އެއްގޮތަކަށްވެސް އާއިލާއެކު ދިރިނޫޅޭ އަދި ރަށުގައި ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް ގޯތި އޮތް ފަރާތްތަކަށް ދިރިއުޅުމުގައި ބައިން ޕޮއިންޓް ހޯދިގޮތެއް އެއީ ސުވާލު އުފެދޭކަމެއް. އަދި ރަށްރަށުގައި ދިރއުޅޭ މިފަދަ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން އެމީހުން ދިރިއުޅޭތަނަށް ހައުސިންގ މީޙުން ނައިސް އެމައުލޫމާތު ހޯދިގޮތެއް ނޭގެހާލަތުގައި ސަރުތުހަމަވާ މީހުންގެ ލިސްޓްގައި އޮތުމަކީވެސް ނުފޫޒު ވަދެފައިވާކަމުގެ ހެއްކެއް.

The name is already taken The name is available. Register?

ޖަވާދު

10 February 2021

ކައުންސިލް ތަކަކީވެސް ސަރުކާރުގެ މުވައްސަސާތަކެއް ކައުންސިލުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454