ފުލުހުންގެ އަސާސީ ތަމްރީން ފުރިހަމަކުރުމަށް ފަހު ރޭ ބޭއްވި ޖަލްސާގައި، ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަދައްކަވަނީ -- ފޮޓޯ: ފުލުހުން
15 މާޗް 2021 - 14:51
މި މަހު އަމަލުކުރަން ފަށާ ފުލުހުންގެ އާ ގާނޫނާ އެކު އެ މުއައްސަސާއަށް ގިނަ ބަދަލުތަކެއް އަންނާނެ ކަމަށާއި އެ ގާނޫނުގެ ސަސަބަބުން ފުލުހުން މިހާރަށް ވުރެ ޒިންމާދާރު ކުރެވޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ވިދާޅުވެއްޖެ އެވެ.
ދ. ވާނީގައި ރޭ ބޭއްވި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯހުގެ ދަސްވެނިވިވުމުގެ ހަފުލާގައި ކޮމިޝަނަރު ވިދާޅުވީ މި މަހުގެ 27 ވަނަ ދުވަހު އަމަލުކުރަން ފަށާ ގާނޫނާ އެކު، ފުލުހުންގެ ގާބިލްކަން އިތުރުކުރަން އާ ތަމްރީންތަކާއި ފްރޭމްވޯކްތަކެއް ވެސް ތައާރަފްވާނެ ކަމަށެވެ.
"ފުލުހުންގެ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީންތައް ހިންގުމާ، ތަމްރީންތައް އެކުލަވާލުމާ ތަމްރީންތައް ހަދާ މާހައުލާއި ފުލުހުންގެ ހިދުމަތުގެ އިންފްރާސްޓްރަކްޗާއަށް މިއިން ދުވަހަކު ނުގެނެވުނު ޒަމާނީ ބަދަލުތައް ގެނެވިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާ އަށް ގެންނަން ކަނޑައަޅާފައިވާ ބަދަލުތައް ހާސިލްކުރަން ސަރުކާރުން ދެމުން އަންނަ އެއްބާރުލުމަށް އެ ރަސްމިއްޔާތުގައި ހަމީދު ޝުކުރުއަދާކުރެއްވި އެވެ.
މީގެ އިތުރުން ފުލުހުންގެ މަސައްކަތްތައް ދެން ކުރިއަށްގެންދާނީ، މިހާރަށް ވުރެ ވެސް ބޮޑަށް މުޖްތަމައުއާ ގުޅިގެން ކަމަށް ވިދާޅުވި އެވެ. އަދި އެ ގޮތަށް މަސައްކަތްކުރަން އަލަށް ގުޅުނު ފުލުހުންނަށް އިލްތިމާސްކުރެއްވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަކުރި 23 އަންހެނުންނާއި 66 ފިރިހެނުން ވަނީ ދަސްވެނިވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
15 March 2021
ކަމިސަނަރު ފުލުސް އޮފީހާިއި ހަވާލުވިފަހުންފުލުހުންގެ މުއައްސަސާ ފަހަތަށް ދާކަން ފުލުހުންގެ ޒިއްމާ ތެރޭން ހިގާ ކަންތައްތަކާއި ބޭހޭގޮތުން މިއަދާއި ހަމަޔަށް މިމަހު ނޫސްތަކުގައި ލިޔުނު ހެޑިންތަކަށް ބަލާލުމުންވެސް ހަމައެކަނި ފުދޭ ! ކަންނުވެ ނަމެއްގަ ހުނަނަވާ ބޭފުޅެއް!
އަލީ33
15 March 2021
ހަމީދު އައިފަހުން ފުލުހުންގެ ހާލަތު ގޯސްވެއްޖެކަމަށް ފެނޭ، ޕާފޯމަންސް ވައިސް. މިސާލަކަށް މަޖީދީ މަގު ހަވީރު ކޮޅު އެއޮށް ބާރު ބޮޑުވާ ގަޑީގައި، ހިސާބުކޮޅުންވެސް ފުލުހަކު ނުފެނޭ. އެމީހަކާ އެމީހެއް. އެކަކު ސައިޑެއްގައި ކާރު ޕާކުކޮށްލައިގެން ހިތަކަށް އޮންނައިރު މުޅި މަގު އެއްކޮށް ބްލޮކްވޭ. ފުލުހަކު ލޮލުކޮޅަށްވެސް ނުފެނޭ. މިވަރު ތަންފުކެއް ބޮޑު.
ޖަމަލު
15 March 2021
މިގައުމުގެ ގިނަކަންކަން ފެއިލްވަނީ ތި މުއައްސަސާގެ ނަގާބިލްކަމުން. އެކަން އެބަފެނޭ. ރަގަޅުވާތަނެއް ނުފެނޭ. 100 މީހުން ބޭނުން ވަނީ ތިަކންކަން ހައްލުކުރަން ބާރުހުރި. ރައްރަށުގައި ބޮޑެތިވާ ކުޑަކުދިން ގެނަސް ގަވާއިދައީ ގާނޫނު ކިޔަވާނުދީ ހަވާލުކުރީމާ ވާނެގޮއްގޮތްތީ.
ބަައިސާ
15 March 2021
ޕޮލިސް ބޯޑަށް ހާމިދު އައްޔަންކުރުމުން އަދި ތި ވިދާޅުވާ ޒިންމާ މެކުހަށް ޖަހާލެވޭނެކަމާއިމެދު ޝައްކެއްނެތް.
އޮނަރަބްލް އަފީފު ދީދީ
15 March 2021
ކޮމިޝަނަރަށް ރަނގަޅަށް އެގިވަޑައިގަންނަވާނެ ހަމައެކަނި "ކަޅާއިހުދުން ކަރުދާހުގައިލިޔާ އަކުރުތަކަކުން" ކަންކަމާއި ހާލަތު ބަދަލުނުވާނެކަން. # އާބާދީއާއި ބިން އެންމެބޮޑު އައްޑޫސިޓީގައި އިއްޔެއާއި މިއަދުވެސް ޑްރަޤު ނުވަތަ ގޭންގް ފައިޓެއް ވަނީ ހިންގާފައި. މިކަންކަން ހައްލު ކުރެވޭނީ ރާއްޖެ 3 ރީޖަނަކަށް ބަހާލައިގެން ރީޖަންތަކުގެ އިސްމަޤާމް ތަކުގައި ޒިންމާދާރު ވެރިން ބައިތިއްބައިގެން. މިހާރު މިތަންތަނަށް އަންނަނީ "ޗުއްޓީ ހޭދަކޮށްލަން" އަންނަ ފުލުހުން.