ކޮވިޑަށް ރެންޑަމް ސާމްޕަލްތަކެއް ނަގަނީ.-- ފައިލް ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
21 އެޕްރީލް 2021 - 22:15
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 253 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް 3،286 ސާމްޕަލެއް ޓެސްޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އަށް ޕަސެންޓް އެ ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
މާލޭ ސަރަހައްދުން 111 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު ރަށްރަށުން ޕޮޒިޓިވްވެފައި ވަނީ 61 މީހެކެވެ. ރިސޯޓުތަކުން 68 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި ސިނާއީ ރަށްތަކުން ވެސް 17 މީހަކު ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވެފަ އެވެ.
މިއާ އެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 26،920 އަށް ވަނީ އަރައިފަ އެވެ. އެ މީހުންގެ ތެރެއިން މިހާރު ބަލިން ރަނގަޅު ނުވެ ތިބީ 2905 މީހެކެވެ.
ކޮވިޑް ޖެހިފައިވާ 81 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އަދި އެ ބަލީގައި 71 މީހަކު ވަނީ މަރުވެފަ އެވެ.
މިފަހުން ރަށްރަށަށް ކޮވިޑް ބަލީގެ ބިރު ބޮޑުވެފައިވާއިރު މިވަގުތު ވެސް 19 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންދެލި
22 April 2021
ކޮވިޑު ކަންތައް މިދަނީ ހަމަ ދާންވާ ގޮތަށެވެ. ޕީސީއާރު ޓެސްޓު ހަދައިގެން ބޮޑު އާމްދަނީ އެއް ހޯދާ ކުލިނިކް ވިޔަފާރީގާ، 'ފުރަންޓްލައިނުން' ފެންނަ ބައެއް ބޭފުޅުން އުޅެ އެއިން ނަފާ ލިބޭ ވާހަކަ އަކީ ތޯތޯ ވާހަކަ އަކަށް ވުރެ ބޮޑަށް ހަގީގަތެއް ކަމަށް ބެލެވެއެވެ.
ދެރަ
22 April 2021
ސިޔާސީ މީހުން ހޯދައިދިން އިލެކްޝަން ހަދިޔާ. މުޅި ރާއްޖެއަށް ވަނީ ފޯރުކޮށްދީފަ. ސިއްހީ ކަންކަން ސިޔާސީ މީހުންގެ ނުފޫޒުން ކުރާނަމަ ވާނީ މިހެން.
ކޯޑިނޭޓަރ
22 April 2021
ކައުންސިލް ކްލަސްޓަރ ތަކާއި އެކު މައިމޫނާއްތަ ހަނު ހުރުމުގެ ޙައްޤު ބޭނުން ކުރެއްވީތޯ ؟
ސިޔާސީ ކޮވިޑު
22 April 2021
ދެން ޕުރެސް ކޮންފަރެސްއައް އަރާފަ ބުނާނެ ތަރާވިސް ކުރާތީ ވެގެން ގިނަވަނީޔޭ. އެޗްޕީއޭ އިސްވެއޮވެ ވޯޓުލާން ރައްރަށައް ކޮވިޑު ފަތުރަން ދިން ހުއްދައިގެ ވާހަކަ ވެޓިލޭޓަރު ވައްކަން ފޮރުވިގޮތައް ފަސްއަލާ ފޮރުވާނެ
ށަވިޔަނި
22 April 2021
އެކެއްގެ ގައިން އަނެކާ ގަޔަށް އަރާ ކޮންމެ ބައްޔެއް އެއްވެ އުޅުމާއި ގައިގޯޅިވުމުން ފެތުރުން އަވަސްވެ ގިނަވާނެ. ވޯޓުފޮށިކާރި ރެސްޓޯރެންޓް ހޮޓާ ސްކޫލު ސިނަމާ މީޓިން ޖަމާއަތުގެ ނަމާދު މިހުރިހާ ކަންކަން ހިނގާނަމަ ބަލިވެސް ދަތުރުކުރާނީ ބާރަށް. ﷲ ދުނިޔެ ހިންގަވަނީ ވަކިހަމައަކުން. ޖަމާއަތުގެ ނަމާދޭ ކިޔާފަ ނައަރާ ނުހުންނާނެ. އެހެންވާނަމަ މުސްލިމަކަށް ތިބަލި ނުޖެހޭނެއެވެ.
ޑަވިޔަނި
22 April 2021
މިސްކިތަށް ގޮސްގެން ކޮވިޑް އަރާނަމަ އެތަނުން އުފެދޭ ކްލަސްޓަރތައް އޮންނަންވާނެތާ. މިސްކިތަށް ދާއިރު އިޚްލާސްތެރިކަމާއެކު މާތްﷲއާ ވަކީލުކޮށްގެން މިސްކަތަށް ދާނަމަ އެތަނުން ކޮވިޑް އަރާނެ ކަމަކަށް އެއްވެސް ވަރަކަށް ގަބޫލެއްނުކުރެވޭ. މިސްކިތުން ނޫނަސް ކޮވިޑަށް އެރޭނެ ބައިވަރު ގޮތްގޮތް ހުންނާނެ. މިސްކިތައް ދާ މީހާއަށްވެސް ކޮވިޑް އަރާފާނެ. އެކަމު އެކަންވާނީ އެހެން ތަނަކުންކަމަށް އިހްސާސްވަނީ.
ކޮވިދު
22 April 2021
ތިވާހަކަ ކިޔާނެ މީހަކު ނޫޅެ މިހާރަކު. ނޫސްވެރިންވެސް ވެއްޖެ މިވާހަކަ ހުއްޓާލަން. ރާއްޖޭގަ އަބަދުވެސް ގިނަ ބަޔަކު ތިބޭނީ އަރިދަފުސް ރޯގާ ޖެހިފަ. 80 އިން މަތީގެ މީހުން މަރުވެސް ވާނެ. އަހަރަކު 64 މުސްކުޅިން މަރުވުން އެއީ ކަން ބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫން. ކޮވިޑް ނެތަސް ހަމަ މި އަދަދަށް ނުވަަތަ މިޔަށް ވުރެ ގިނައިން މީހުން މަރުވާނެ. ގިނައިން ޓެސްޓު ކުރިވަރަކަށް ގިނަ މީހުން ޕޮސިޓިވް ވާނެ.
ޑެބީ
21 April 2021
މިއަކުނެތް މައްސަލައެއް.
ޢިޙްސާސް
21 April 2021
ވެކްސިން ޖެހިޖެހިހެން އިތުރުތަވަނީ؟
އަދިވެދާނެ
22 April 2021
ވެކްސިންގެ ފުރިހަމަ އަސަރުކުރުމުގެ ކުރިން ކޮވިޑްގެ ކަށި ހެރުން އަވަސްކުރީކަަމަށްވެސް ވެދާނެ. ވެކްސިންޖެހި ކިތައް މީހުންނަށްކަން ކޮވިޑްޖެހުނީ އެއީ ވަކިން ކިޔާ އުޅޭ އަދަދެއްނޫންވީމަ ނޭނގޭނެ. މިގައުމުގަ އުޅެނީ އަވައްޓެރި އިންޑިއާގަ އުޅޭ ނުރައްކާތެރި ވޭރިއަންޓްތޯ ނޫނީ މޯލްޑިވްސްގެ އާ ވޭރިއަންޓެއްތޯ ކަމެއްވެސް ނޭނގޭ. ވެކްސިނަށް މަކަރު ހަދާ ވޭރިއަންޓްތަކުގެ ގާބިލްކަމާ މުޅި ހަގީގަތެއްވެސް އަދި ނޭނގޭނެ.
ކަކުނިބޯ
21 April 2021
ކިިހިނެއް ހިތްފުރޭނީ ރަންވަޅުފެނިފައި މިއޮތީ ލޮކްޑައުންކޮށް،ރަންވަޅުން ރަންނެގުން އިތުރުކޮށްލާ
ޢަލީލީ
21 April 2021
ވެކްސިންގެ އަސަރެއް ނެތީބާ
ގެދާނޯމޮސް
21 April 2021
އެންމެ މޮޅުވެކްސިން އިންވެސް ދުނިޔޭގެ އެހެން ގައުމުތަށް ގުޑިޔަސް މިސަރުކާރު ގެ އެޖެންޑާ 19 އިގެ ސިޔާސަތު ދެމިގެންދާނީ ކޮވިޑް އާއި އެކުއެވެ.