އެއްޗެއް ކެއްކުމަށް ފަހު ތެލި ނުވަތަ ތަވާ ސާފުކުރަން ވަރަށް އުނދަގޫވާ ފަހަރު އާދެ އެވެ. ތަށި ދޮންނަން ބޭނުންކުރާ ސައިބޯންޏާއި ބޭކިން ސޮޑާ އިން މިކަމަށް ފަސޭހަ ހައްލެއް އެބަ އޮތެވެ.
ހެޔޮވަރު ވަރަކަށް ތަވާ ނުވަތަ ތެލީގެ ތެރެއަށް ދިޔާ ސައިބޯނީ އަޅާށެވެ. ދެން އޭގެ ތެރެއަށް ބޭކިން ސޮޑާ އަޅާފައި ފެން އެޅުމަށް ފަހު، އުނދުންމައްޗަށް އުދާފައިި ފެންގަނޑު ކުޑަކޮށް ހިންދާލާށެވެ.
ދެން ފެންތައް އޮއްސާލާށެވެ. ދެން އަނެއްކާ ވެސް ތެލީގެ ފުލަށް ބޭކިން ސޮޑާ ބުރުއްސައިލުމަށް ފަހު، ބުރުހަކުން ނުވަތަ ތަށި ދޮންނަން ބޭނުންކުރާ ކަހަލަ ސްޕޮންޖަކުން ތަވާ ސާފުކޮށްލާނީ އެވެ.
އޭރުން ހުރިހާ ހަޑިތަކެއް ފިލައި، ކުރީގެ އޮފްކަން އަންނާނެ އެވެ.