ވިޔަފާރިތަކަށް ހާއްސަކޮށްގެން ދިރާގުން ތައާރަފުކުރި ބިޒް ފައިބަ ބްރޯޑްބޭންޑުގެ ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

މި މަހުން ފެށިގެން ގެނައި ބަދަލާ އެކު އިތުރު ހަރަދަކާ ނުލައި ބިޒް ފައިބަ ޕެކޭޖުތަކުން 40 ޕަސެންޓާއި 150 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ ލިބޭނެ އެވެ. އަދި ބައެއް ކަސްޓަމަރުންނަށް 100 ޕަސެންޓާ ހަމައަށް އިތުރު ސްޕީޑު ވެސް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ބިޒް ފައިބަ ހިދުމަތަކީ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެންމެ ރަނގަޅު ސްޕީޑާއި އެންމެ ގިނަ އެލަވަންސް އަދި އަގުހެޔޮ އިންޓަނެޓް ހިދުމަތެކެވެ. މި ޕެކޭޖުތަކަކީ އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން އެންމެ ބޮޑު ވިޔަފާރިތަކުގެ އިންޓަނެޓް ބޭނުންތަކަށް އެށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖެތަކެކެވެ.

ބިޒް ފައިބަ ބްރޯޑްބޭންޑް ޕެކޭޖުތަކަށް އައިސްފައިވާ ބަދަލުތައް ދިރާގު ވެބްސައިޓުގައިވާ "ޕެކޭޖް ޗެކާ" އިން ބަލައިލެވޭނެ އެވެ.

ދިރާގުން ވަނީ އެ ކުންފުނިން އާއްމުކޮށް ދޭ ފައިބަ ހިދުމަތަށް ވެސް މި މަހުން ފެށިގެން ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން، ޕެކޭޖުތައް އަގުހެޔޮކޮށްފައިވާއިރު އެލަވެންސް ހުސްވުމުން ތްރޮޓަލް ސްޕީޑު ވެސް ވަނީ އިތުރުކޮށްފަ އެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް ދިރާގުން ވަނީ މި ހިދުމަތް ފޯރުކޮށްދީފަ އެވެ.