ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަހުމަދު މޫސާ (އަންމަޓީ)، އޭނާގެ ވަކީލު މުހުތާޒު މުހުސިން އަދި ދައުލަތުގެ ވަކީލުން --
11 އޯގަސްޓް 2021 - 16:38
ހުޅުމާލޭގައި ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލަން އޭނާ މިއަދު އެދިއްޖެ އެވެ.
ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށް ފަހު ފައިސާ އަނބުރާ ނުދިން މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ދައުލަތުން ކުރެ އެވެ.
މިއަދު އެ މައްސަލައިގެ އަޑުއެހުމުގައި އޮތީ ދައުލަތުގެ ފަރާތުން ދައުވާތައް ހުށަހެޅުމާއި، ދިފާއުން ޖަވާބުދާރީވުމާއި ދައުލަތުން ހެކި ހާމަކުރުމެވެ. އަންމަޓީއަށް 42 ދައުވާ އުފުލާފައި ވިޔަސް މިއަދު ކުރިއަށް ގެންދިޔައީ ހަތަރު ދައުވާގެ ދައުވާއެއް އިއްވުމުގެ ބަ އެވެ. އެ ހަތަރު ދައުވާއަށް ވެސް އަންމަޓީ އިންކާރު ކުރި އެވެ.
މިއަދުގެ އަޑުއެހުމުގައި އަންމަޓީގެ ބަންދު ރިވިއު ކުރުމުގެ ބައި ވެސް ކުރިއަށް ގެންދިޔަ އެވެ. ދައުލަތުން އެދުނީ އޭނާ ފިލާފާނެ ކަމުގެ އިހްތިމާލު އޮތުމުން އޭނާ ޝަރީއަތް ނިމެންދެން ކޮށްފައިވާ ބަންދު ދެމެހެއްޓުމަށެވެ.
މީގެ ކުރިން ވެސް ކްރިމިނަލް ކޯޓުން އަންމަޓީ ބަންދުން ދޫކޮށްލި އެވެ. ނަމަވެސް، ހައި ކޯޓުން ނިންމީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރާށެވެ. އެ މައްސަލައިގައި އިސްފަނޑިޔާރު ހާތިފް ހިލްމީ ނިންމަވާފައި ވަނީ އަންމަޓީ ފިލާފާނެ ކަމުގެ އިހްތިމާލު އޮތް ކަމަށެވެ. ފަނޑިޔާރު ޝަހީދު ނިންމަވާފައި ވަނީ ފިލާފާނެ ކަމުގެ އިހްތިމާލެއް ނެތް ކަމަށެވެ.
ފަނޑިޔާރު ފާތިމަތު ފަރުހީޒާ ނިންމެވީ އޭނާ ފިލާފާނެ ކަމުގެ އިހްތިމާލު އޮތް ކަމަށާއި ނަމަވެސް، ބަންދު ނުކޮށް ފިލައިގެން ދިއުމުގެ އިހްތިމާލު ނައްތާލެވޭނެ ނުވަތަ ކުޑަކުރެވޭނެ އިތުރު ހަރުދަނާ ފިޔަވަޅުތަކަކާއެކު އޭނާގެ ބަންދަށް ލުޔެއް ދިނުމަށް މައްސަލަ މައުޟޫއީގޮތުން ބަލާ ފަނޑިޔާރަށް ހުރަހެއް އޮތް ކަމުގައި ނުދެކޭ ކަމަށެވެ. ޕާސްޕޯޓު ހިފެހެއްޓުމުގެ އިތުރުން ނުވަތަ ކަފާލާތުގެ ދަށުން ނުވަތަ ފުރައިގެން ނުދާކަން ކަށަވަރުކުރަން ކޮންމެ ދުވަހަކު ވަކި ތަނަކަށް ހާޒިރުވާން ޖެހޭ ގޮތަށް އެންގުން ފަދަ ފިޔަވަޅުތައް އެޅުމަށް ފަހު ނޫނީ އޭނާ ދޫކޮށްގެން ނުވާނެ ކަމަށް އެ ރައުޔުގައިވެ އެވެ.
ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) --
އަންމަޓީގެ ފަރާތުން ވަކީލު ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވީ ފަނޑިޔާރު ޝަހީދާއި، ފަނޑިޔާރު ހާތިފްގެ ރައުޔު ތަފާތު ވުމުން ބަންދާ މެދު ގޮތެއް ނިންމުމުގައި ބަލަންޖެހޭނީ ފަނޑިޔާރު ފަރުހީޒާގެ ރައުޔަށް ކަމަށެވެ. އަދި އެ ރައުޔަށް ބިނާކޮށް އޭނާ ޝަރުތުތަކެއް ކޮށްފައި ބަންދުން ދޫކޮށްލަން އެދުނެވެ.
ޕާސްޕޯޓު ހިފަހެއްޓަން، މާލެއިން ފުރައިގެން ދާ ނަމަ ކޯޓުގެ ހުއްދަ ހޯދަން، ތަހުގީގު އިދާރާއަކަށް ގަވައިދުން ހާޒިރުވުން ނުވަތަ ކަފާލާތުގެ އުސޫލުގެ ތެރެއިން ނަމަވެސް އޭނާ ދޫކޮށްލަން މުހުތާޒު އެދިވަޑައިގަތެވެ.
މުހުތާޒު އެދިވަޑައިގަތީ ކަފާލާތުގެ އުސޫލުތަކުގެ ތެރެއިން މީހަކު ޖާމިނުކޮށްފައި ބަންދުން ދޫކޮށްލާ އުސޫލުން އަންމަޓީ ދޫކޮށްލާށެވެ. އޭގެ އިތުރުން، ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ނުވަތަ ކޮންމެ ދުވަހަކު ވެސް ފުލުހަށް ނުވަތަ ކްރިމިނަލް ކޯޓަށް ހާޒިރުވާން ޖެހޭ ގޮތަށް ޝަރުތުކޮށް ދޫކޮށްލުމަށް ވެސް އެދިވަޑައިގަތެވެ.
ނަމަވެސް، އެއްވެސް ޝަރުތަކާއެކު އަންމަޓީ ދޫކޮށްލުމާ ދައުލަތުގެ ވަކީލުން ދެކޮޅު ހެދި އެވެ. އެ ވަކީލުން ފާހަގަކުރެއްވީ އަންމަޓީގެ މައްސަލަ މަޑުޖައްސާލައިގެން އެތައް ދުވަހެއް ވަންދެން ތިބެން ޖެހުނީ ކޯޓު އަމުރުތަކާއި ރެޑް ނޯޓިސް ނެރެގެން ވެސް އޭނާ އަތުނުވުމުން ކަމެވެ. އަދި އޭނާ ވިސާގެ މުއްދަތު ހަމަނުވި ނަމަ އޭނާ ރާއްޖެއަށް ނުގެނެވުނީސް ކަމަށް ވަކީލުން ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލުން ވިދާޅުވީ، އަންމަޓީގެ ޕާސްޕޯޓު ހިފަހައްޓާފައި އޭނާ ދޫކުރިޔަސް އޭނާ ދަތުރު ކުރުމުގެ އާންމު އުސޫލުތަކާ ހިލާފަށް "ވަލު ދޮރާށިން" ފިލާފާނެ ކަމުގެ އިހްތިމާލު އަދިވެސް އޮންނާނެ ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ އަންމަޓީގެ ބަންދާ މެދު ގޮތެއް ނިންމާނީ މާދަމާ ކަމަށެވެ.
މީގެ ކުރިން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް މީހަކު ޖާމިނުކޮށްފައި ރާއްޖެއިން ފުރުމުގެ ފުރުސަތު މި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ދެއްވުމުން އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް އަނބުރާ ރާއްޖެ އައިސްފައި ނުވެ އެވެ. އެ ނިންމެވުމާ ހެދި ހަސަން ސައީދަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
13 August 2021
ހުކުމެއްގަ ޖަލުގަ އޮތް ޓެރަރިސްޓަކު ވަކި މުއްދަތެއްގެތެރޭ ރާއްޖެ އަންނަ ގޮތަށް ފުރައިގެން ދާން ހުއްދަ ދިނީމަ ގޮސް ފިލީ. އޭގެ ފަހުން މީގަކު ޖާމިނު ކޮށްފަ އަލީ ވަހީދު ފޮނުވާލީމަ އެވެސް ފިލީ. ޖާމިނު މީހާ އެއްވެސް ކަމަކާ ޖާމިނު ވާކަށްވެސް ނުޖެހުނު. މިމީހާއަށްވީމަ ވަކިގޮތެއްތަ އޮންނަންވީ. އެއްބަސް ކުރުވަންވީ ކުރާ ވައްކަމުން މިތިބަ ވަގުންނަށް ބައި އަޅަން. އެނިމުނީ.
ނަސީމް
12 August 2021
ތިކަހަލަ މީހަކު މިހާރުވެސް މީހަކު ޖާމިންކޮށްފަ ދިޔަފަހުން މިހާރު ވީ ތަނެތްނޭންގޭ. މީނާއަކީ ވަރަށް ގިނަބަޔަކަށް މަކަރާއި ޙީލަތް ހަދާފަހުރި ވަގެއް އެއްވެސް ގޮތަކުން ދޫކޮށްފަ ބެހެއްޓުމަކީ ކުރަން ހެޔޮވަރުގެ ކަމެއްނޫން.
ބިންގޯ
12 August 2021
ސަން ސިޔާމު ހެދިގެން އުޅުސޮރު. ހުދު ގަމީސް ހުދު ފަޓް ލޫނު ލާފަ ވަރަށް މުސްސަނދި ގޮތް ދައްކައިގެން އުޅުނު މޮޔައެއް.
ސުޕަމޭން ފިލްމްގަ އުޅޭ އައިނު އެޅި ސޮރު
11 August 2021
އިހުތިލާމް ވެފައި ހުރި މީހަކު އިހުތިފާލް ވެދާނެ
އެފިލްމުގަ އެންމެ މީހެއްތަ އައިނު އަޅަނީ
12 August 2021
ނުވުމަށްވުރެ ވުމާއި ގާތް ކަންތައްތައް މިއީ
ރަހިމު
11 August 2021
ޖާމިނުވެފަ ދޫކޮށްލުން ވަގަށް ވަދެ ތިބި ބޭރުމީހުން ގަވައިދަށް ފެތެން ހުއްދަ ކުރުން ފީ ކޯ ކުޅުން
އިބިރާ
11 August 2021
ދޫކޮށްފިއްޔާ އަލީވަހީދު ހެދިގޮތަށް ބޭހަކަށޭ ކިޔާ އުފަލުގެ ދިރިއުޅުމަކަށް ޔޫކޭއަށްކަންނޭގޭދާނީ. ޑޯންޓް ޑޫ ސޭމް/ސިމިލާ މިސްޓޭކްސް ޓްވައިސް!
ނިމުނީ
11 August 2021
އަނެއްކާ! ތިގޮތަށް ޢަލީވަޙީދު ދޫކޮށްލީމަވީގޮތަކީ ތަޖުރިބާކުރެވިފަވާކަމެއް. ދޫކުރާނަމަ، ދޫކުރަންވާނީ އޭނާ ކުށްވެރިވެ، ދަރަނިވެރިވާނަމަ، އެކުށުގެ ޙުކުމް ތަންފީޒުކުރުމަށާއި، ދަރަނިވެރިވާނަމަ ދަރަންޏާވެސް އޭނަގެ ވަކީލު ޖާމިނުކުރުމަށްފަހު. އެނޫންގޮތަކަށް ދޫކޮށްގެނެއްނުވާނެ. ވަކީލަށް އޯކޭތޯ؟
ޕަކާސް
11 August 2021
ބުރޯ އަންމަޓީ.. އަޑުބަރޭއަށް ގުޅާބަލަ..! ޖާމިނުކުރަންޏާ ގުޅަންޖެހޭނީ އަޑުބަރޭއަށް.. ހެކި ބަސް ހޯދަން ގުޅަންޖެހޭނީ ބުރޯއަށާއި ޒިޔަތަށް.. ލޮލް.
މަޅި
11 August 2021
ދޫނުކުރާތި ވވވ ގިނަ މީހުންގެ ހައްގުތަކާގުޅިފައިވާކަމެއްތީ
އުދުހޭ
11 August 2021
ފައިސާ ދެއްކި ފަރާތްތަކަށް ރިފަންޑް ދިނުމުންނޫނީ ދޫކުރާކަށް ނުޖެހޭ. އެހެންނޫނަސް ހުރިހާ ގޮތަކުން ސާބިތުވާން އޮތް ކަމެއް މިހާ ދިގުލައިގެން ދާންޖެހޭތަ؟