ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ސުޕްރީމް ކޯޓުގެ ޝަރީއަތުގައި ވާހަކަ ދައްކަވަނީ.
16 ސެޕްޓެމްބަރ 2021 - 13:51
އުނގަނޑަށް ތަދުވާތީ ކޯޓުގައި ގިނަ ވަގުތު ހޭދަކުރައްވަން ދަތި ކަމަށް ވިދާޅުވެ، އަޑުއެހުންތައް ލުއި ގޮތަކަށް ތާވަލްކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފި އެވެ.
ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީނަށް އިއްވި ފަސް އަހަރުގެ ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ މިއަދުގެ އަޑުއެހުން ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރު ފަހު 1:30 އިން 3:00 އަށް ވަނީ ތާވަލްކޮށްފަ އެވެ.
މިއަދުގެ އަޑުއެހުން ފެއްޓުމުން ޔާމީން ވަނީ އެ މަނިކުފާނުގެ އުނަގަނޑުގެ މައްސަަލައެއް ހުންނަ ކަމަށް ވިދާޅުވެ، ކޯޓުގައި ގިނަ އިރު ހޭދަކުރައްވަން ޖެހޭތީ އެކަމުގެ ތަކުލީފު އުފައްލަވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މައްސަލަ ތާވަލުކޮށްފައިވާ ގޮތުން ކޯޓުގައި އެތައް ގަޑިއިރުތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަންނަވާތީ ތާވަލު ބަދަލުކޮށްދިނުމަށް އެދިވަޑައިގަތެވެ.
"އަޅުގަނޑަކީ އުނގަނޑުގެ ވަރަށް ބޮޑު މައްސަލައެއް ހުންނަ މީހެއް. އަޅުގަނޑަށް ހަމަ، ތެެދު ތެދަށް ދަންނަވަންޏާ ވަރަށް ދަތިވޭ ކޮންޓިނުއަސްލީ [ހުއްޓުމެއް ނެތި] ދެ ގަޑިއިރު ގޮނޑިއެއްގައި އިންނަން ވެސް،" ޔާމީން ވިދާޅުވި އެވެ.
އަޑުއެހުން 10:30 ގައި މެދުކަނޑާލުމުގެ ކުރިން، އަޑުއެހުންތައް ކުރިއަށްގެންދަން އެދޭ ވަކި ގޮތެއް އޮތްތޯ، މައްސަލަ ބަލާ ބެންޗުގެ ރިޔާސަތުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސުވާލު ކުރެއްވުމުން ޔާމީން ވިދާޅުވީ، ދުވާލަކު ތިން ގަޑިއިރަށް ވުރެ ގިނަ އިރު ނުވާނެހެން އަޑުއެހުންތައް ބާއްވައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު އެެދެނީ ދުވާލަކު އެއް ސެޝަން. ސެޝަނެއް ތިން ގަޑިއިރަށް ވުރެ ދިގުވެގެންދާ ކަމަށް ވަންޏާ މި ދެންނެވި ތަކުލީފު އަޅުގަނޑު އުފުލަން ޖެހޭ ވާހަކަ އަޅުގަނޑު ދަންނަވާލީ،" ޔާމީން ވިދާޅުވި އެވެ.
އަޑުއެހުން މެދުކަނޑާލާ ވަގުތު އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ. އަލުން އަޑުއެހުން ފައްޓަވައި މަހާޒު ވިދާޅުވީ، ސިއްހީ ހާލަތާ ގުޅޭ ލިޔުންތައް ހުށަހަޅުއްވައި އަޑުއެހުން ތާވަލުކުރަން އެދޭ ގޮތް ލިޔުމުން ހުށަހެޅުމުން އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
"ސިއްހީ ހާލަތާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅުއްވައި މި ދެންނެވި ޓައިމް މެނޭޖްކުރައްވާނެ ގޮތް ލިޔުމުން ކޯޓަށް ހުށަހެޅުއްވުމާ އެކީގައި ހުށަހެޅުއްވުމަށް ރިއާއަތް ކުރައްވައި ކުރިއަށް ހުރި އަޑުއެހުންތަކާ މެދު ޝަރީއަތުން، ކުރިއަށް ތާވަލު ކުރެވިފައިވާ ގޮތަށް ކުރިއަށްގެންދިޔުމާ މެދު ޝަރީއަތުން ގޮތެއް ނިންމަވާނެ،" މަހާޒު ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ވެސް އަދި މިއަދުގެ އަޑުއެހުމުގައި ވެސް މަހާޒް ވަނީ ހުލާސާކޮށް ވާހަކަ ދައްކަވަން ޔާމީންގެ ވަކީލުންގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންފައި
ޔާމީން އެގޮތަށް އެދިވަޑައިގެންނެވުމުން މިއަދު މެންދުރު ފަހުގެ އަޑުއެހުން 3:00 ގައި ނިންމަވާނެ ކަމަށް ވެސް މަހާޒް ވިދާޅުވި އެވެ.
މަހާޒް ފާހަގަ ކުރެއްވީ، އެހެން މައްސަލަތައް ވެސް ކޯޓުން ބަލަންޖެހޭތީ ކޯޓުގެ ތާވަލުން ޖާގަ ހޯދުން ވެސް ދަތިކަމެވެ. މެންދުރު ފަހަށް އަޑުއެހުންތައް ތާވަލުކޮށްފައިވަނީ ވެސް މައްސަލަ ކުރިއަށްގެންދެވޭ ސްޕީޑަށް ބަލާފައި ކޯޓުގެ ތާވަލުން ޖާގަ ލިބޭނެ ވަރުގެ ސްޕީޑެއްގައި ކުރިއަށް ނުގެންދެވިދާނެތީ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ޔާމީންގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ބޭއްވި ދެ އަޑުއެހުމުގައި ވެސް ހުށަހެޅީ އިސްތިއުނާފީ ނުކުތާތަކެވެ. މިއަދު ވެސް އޮތީ އެކަމެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ވެސް އަދި މިއަދުގެ އަޑުއެހުމުގައި ވެސް މަހާޒް ވަނީ ހުލާސާކޮށް ވާހަކަ ދައްކަވަން ޔާމީންގެ ވަކީލުންގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.
މަހާޒް ރިޔާސަތު ބަލަހައްޓަވާ މި މައްސަލައިގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންލައިޓް
17 September 2021
ވެރިކަމުއައުމުގެ އެންމެބޮޑު ބޭނުމަކީ ތިމާޒާތީވެފަ ތިބޭބަޔަކާމެދު ހަސަދަފިލުވުންކަމުގައި މިގައުމުގެ ވެރިކަމުގެ ނިޒާމްގެތެރެއަށް ތައާރަފްކޮށްފަ އަދިވެސް އެސިލްސިލާ ކުރިޔަށްގެންދަން ކޮންހާ ފޯރިއެއް ތިދައްކަނީ؟ މިއަދު ކަޅުއޮށުގެ ބަނޑުދަށުގަ ކޮރަކަލި އިންނަހެން ޔާމީނު ބަނޑުދަށުގަ ޖަމީލު އެއިނީ އިއްޔަ ޔާމީނަށް ވަގަށްގޮވާފަ އަދުގާ ކޮން ޑްރާމާއެއް ކުޅޭނަމޭ ހީކޮށްތަ؟ އިންސާނެއްގެ ސިފައިގަ ހުއްޓަސް ކަތުރުފަންޏަކަށްވުރެން ތިޔަގޮލާގެ ހާލުދެރަ!
މަބުނީ
17 September 2021
ދެން މާފުށީ ގަނޑުވަރަށް ވަޑައިގަންނަވަށްވީނުއްތޯއޭ؟
ޙުސްނީ މުބާރިކް
17 September 2021
ޙުސްނީ މުބާރިކް ޙެން ކޯޓުގަ ޢެނދެއްގަ އަވިއައިނު އަލާފަ ބޭއްވުން ރަގަޅު.
ކަޓު
17 September 2021
ގަޓު މީހާ ދޯ!؟
ޢަރުތަ
16 September 2021
ވަރަށް ރީތި ވެއްޖެނު، އެއްބަފާ ބޭބެ ރަމްޟާން މަހެއްގަ ކޯޓަށް ގެންގޮސް ކިތައް ގަޑިއިރު ބައިންދާފަ އިންބާ! ދެން ތިހުރިހާ ޝަކުވާއެއްވެސް ކުރާނެ، ގޭގަ މާގިނަދުވަސް ވީކަމަށް ބެލެވެނީ، ޖަލުހުކުމެއް ކޮށްފަ ހުރި މީހެއް، ކޮވިޑޭ ކިޔައިގެން ގެއަށް ބަދަލުކޮށްފަ ހުރީ ވަގުތީ ގޮތުން، ޖަލުގަ ތިބި އެހެން އެއްވެސް ގައދީއަކަށް ކޮވިޑްގެ ބިރުވެރިކަމެއް ނެތްކަމަށް ކަނޑައަޅާފަ، މިހާރު ކޮވިޑްގެ ހާލަތު ރަނގަޅު އަވަހަށް ތިމީހާ ގެ ރަސްމީ ޖަގަހަ ޖަލަށް ބަދަލުކޮށްލާ.
އައްޔަބޮޑޭ
16 September 2021
ރައިސްއޮފީހުގެ ގޮނޑީގަވެސް މާގިނައިރު އިނދޭ, ފައިސާގަނޑު ހޯދިއިރު ﷲ ގެހަޒުރަތުގަ މާގިނައިރު ކޮޅައްވެސް ހުންނަން ޖެހިދާނެ ކަމައްވެސް ހިތްޕުޅަކައް ނުއެރި ދެއްތޯ
ބަހީރާ
16 September 2021
އެހެން ވީމަ ވެރިކަމުގަ ބުރަ ނަގަން ގޮނޑީގައި އިނުމަށް ދަތިވާނެ މަގޭ ވޯޓު ވެސް ތި ގެއްލުނީ
ބަކަރިބޯ
16 September 2021
ދެން އެހެންވެއްޖެޔާ ރައީސް އޮފީހުގަ ގޮނޑީގަ އިނދެގެން ގިނައިރު ގައުމު ހިންގުމުގެ މަސައްކަތުގަވެސް ނޫޅެވޭނެ އެއްނުން.
ކާކުބުނީ
16 September 2021
އެންމެން ހާދަ ބިރެކޭ ގަންނަނީ ޔާމީން މިނިވަންވެދާނެތީ. ޔާމީން އެންމެ ފަހަރަކުވެސް ނުބުނޭ އަނބުރާ އަންނާނަމެކޭ. އެހެން މީހުން އެހެން ކިޔަނީ.
މަޑަވެލި
16 September 2021
ރައިސް ޔާމިން އަކީ ބަރާބަރު މީހެއް. ވިސްނާފިކުރު ކުރާމީހުންނަ ވިސްނޭނީވެސް. އިންޑިޔާ އައުޓް
ޢަރުތަ
16 September 2021
މާދަން ދާތި އިންޑިއާ އެމްބަސީ ދޮށަށް، އިންޑިއާއަށް ބޭހަށްދާން ވިސާނަގަން، އޭރުން ވަރަށް ތާހިރުވާނެ.
ރހިރާންބާގަސް
17 September 2021
ޔާމީނުގެ އަނިޔާވެރިކަމާ ހުދުމުހުތާރުކަމަށް ކަނުވެފަ ހުރީމަ ރަނގަޅަށް ނުފެނިގެން ތިއުޅެނީ ! ތިޔަބުއްދި ތިވަނީ ޔާމީނު ކައުޅުކޮށްފަ! އަދުލުއިންސާފަކީ ޔާމިނު ހިތުހުރިހާ ގޮތަކަށް ކަންތައްކުރުމަށްކިޔާ ނަމެއްނޫން! ބަރާބަރު ވުމަކީ ކުށެއްކޮށްފަ ނުފޫޒުގެ ނިވަލުގަ ހުރުރުމެއްނޫން!
ހއރނ
16 September 2021
އެކަމަކު ދެއަތްޕުޅަށް ދެދިދަލައްވަވައިގެން އެއްބައި ބޭރަށްލައްވައިގެން ސަޕޯޓަރުންނަށް ދިދަހޫރުއްވެވޭ؛ ދެއްތޯ!
އެހެން
16 September 2021
ކުރެވޭނެ. އެއީ 2 ގަޑިއިރު ނުތެދުވެ އިށީނދެ އިދެ ކުރާކަމެއް ނޫން.