08 ނޮވެމްބަރ 2021 - 06:23
އީލޮން މަސްކް ފަދަ މަހުޖަނުންގެ އެހީވާ ނަމަ ދުނިޔެއިން ބަނޑުހައިހޫނުކަން ނައްތާލަން އެހީއަކަށް ވެދާނެ ކަމަށް ވިދާޅުވެ އދ. ފުޑް ޕްރޮގްރާމް އެކްޒެކެޓިވް ޑިރެކްޓަރު ޑޭވިޑް ބީޒްލީ ދެއްކެވި ވާހަކަތަކާ ގުޅިގެން އަމިއްލަ ކުންފުނި ޓެސްލާގައި އޮތް ހިއްސާގެ ތެރެއިން 10 ޕަސެންޓް ވިއްކައިލުމާ މެދު ޓްވިޓާގައި އާންމުންގެ ވޯޓަކަށް އީލޮން ހުޅުވާލައިފި އެވެ
އޭނާ ވިދާޅުވީ ވޯޓުން އަންނަ ނަތީޖާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ. ޓެސްލާގައި އޮތް ހިއްސާގެ ތެރެއިން 10 ޕަސެންޓް ވިއްކާލަން އާންމުންގެ ތާއީދު އޮތްތޯ ބެލުމަށް ހޮނިހިރު ދުވަހު ހުޅުވާލި ވޯޓްގައި މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ އިރު، ގިނަ ބަޔަކު ވޯޓް ދީފައި ވަނީ ހިއްސާ ވިއްކައިލަން ފެންނަ ކަމަށް ބުނެ އެވެ.
Much is made lately of unrealized gains being a means of tax avoidance, so I propose selling 10% of my Tesla stock.
— Elon Musk (@elonmusk) November 6, 2021
Do you support this?
މި ވަގުތު ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުގެ ކާރު ކުންފުނި ޓެސްލާ މިދިޔަ މަހުގެ ތެރޭގައި ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށްވި އިރު، ރިޕޯޓްތައް ބުނާ ގޮތުން އެ ކުންފުނީގައި އޮންނަނީ އީލޮންގެ 23 ޕަސަންޓް ހިއްސާ އެވެ. އެއީ ފައިސާ އިން އަގުކުރާ ނަމަ 23 ބިލިއަން ޑޮލަރުގެ ހިއްސާ އެވެ.
އދ. ގެ ފުޑް ޕްރޮގްރާމުން ޖެހި ހިސާބަށް މަހުޖަނު އީލޮންގެ ސުވާލު https://t.co/SdbrPCWEgs
— Mihaaru (@Mihaarunews) November 3, 2021
ސްޕޭސް އެކްސްގެ ވެސް ވެރިޔާގެ އަމިއްލަ މިލްކިޔާތު މިހާރު 318.4 ބިިލިއަން ޑޮލަރަށް އަރަ އެވެ. އީލޮން ބުނި ގޮތުގައި އޭނާގެ އަމިއްލަ ބޮޑެތި ކުންފުނިތަކެއް ހުއްޓަސް އޭނާ އަކީ އެ ކުންފުނިތަކުން ސީދާ މުސާރައެއް ލިބޭ މީހެއް ނޫނެވެ. އަދި އޭނާ އަށް ފައިސާ ލިބިވަޑައިގަންނަވަނީ ކުންފުނިތަކުގެ ހިއްސާއިން ކަމަށް ވިދާޅުވި އެވެ. އެހެންވެ ޓެކްސް ވެސް ދައްކަނީ ހިއްސާއިން ލިބޭ ފައިދާއިން ކަމަށް ބުނެފައިވެ އެވެ.
ޓެސްލާގައި އޮތް 10 ޕަސަންޓް ހިއްސާ ވިއްކާލުމާ މެދު ޓްވިޓާގައި ހިޔާލަށް އީލޮން ހުޅުވައިލި އިރު، މީގެ ހަފުތާއެއްހާ ދުވަސް ކުރިން އދ. ގެ ފުޑް ޕްރޮގްރާމްގެ ޑިރެކްޓަރު ވިދާޅުވެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަހުން އެހީވެއްޖެ ނަމަ ހަ ބިލިއަން ޑޮލަރުން ވެސް ދުނިޔެއިން ބަނޑުހައިހޫނުކަން ނައްތާލަން އެހީއަކަށް ވެދާނެ ކަމަށެވެ. އޭނާގެ އެ ވާހަތަކާ ގުޅިގެން އީލޮން ކުރެއްވި ޓްވީޓްތަކެއްގައި ބުނެފައިވަނީ ހަ ބިލިއަން ޑޮލަރުން ދުނިޔޭގެ ބަނޑުހައިހޫނުކަން ނައްތައިލެވިދާނެކަން ސާބިތުކޮށް ދީ ނަމަ، ޓެސްލާގައި އޮތް އޭނާގެ ހިއްސާ ވިއްކާލަން ތައްޔާރަށް ހުރި ކަމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy