ބާ 2000 އެންމެ މޮޅު އެތުލީޓުންގެ މަގާމު ހޯދި ބައިވެރިންނާއެކު ފަސްޓް ލޭޑީ ފަޒްނާ އަހްމަދު --- ފޮޓޯ: ނިޝާން އަލީ | މިހާރު
10 ނޮވެމްބަރ 2021 - 20:43
ބާ 2000 ފަރުމަންތާ ޗެލެންޖްގެ ނަމުގައި ބޭއްވި ވޯޓާ ސްޕޯޓްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު، މުހައްމަދު އާން ހުސައިން އާއި ހަމްނާ އަހްމަދު، މުހައްމަދު ފަޔާޒު އަދި އަލީ ޖާވިދު (ޖާއްޓޭ) ހޯދައިފި އެެވެ.
މިދިޔަ މަހު 29 އިން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ވޯޓާ ސްޕޯޓްސް މުބާރާތުގައި ހިމެނި ކުޅިވަރުތަކަކީ ފެތުން، ސާފިން އަދި ބޮޑީބޯޑިން އެވެ. ކޮފީ ބްރޭންޑް "ބާ-2000" ގެ ފަރާތުން ބޭއްވި މުބާރާތުގައި ކޮންމެ ކުޅިވަރަކުން އަންހެން އެންމެ މޮޅު އެތުލީޓާއި ފިރިހެން އެންމެ މޮޅު އެތުލީޓް ހޮވައި ވަނީ ޝަރަފުވެރި އެވޯޑެއް ކަމަށްވާ، "ޔެލޯ ޖާޒީ" ގެ ޝަރަފު ދީފަ އެވެ.
ތިން ކުޅިވަރުން ވެސް އެއްވަނަ އަށް ދިޔަ އެތުލީޓުންނަށް "ޔެލޯ ޖަޒީ" ހަވާލުކޮށްދެއްވީ، ފަސްޓް ލޭޑީ ފަޒްނާ އަހްމަދެވެ.
އާން އާއި ހަމްނާ އަކީ ސްވިމިންގެ އެންމެ މޮޅު ފިރިހެން އަދި އަންހެން އެތުލީޓުންނެވެ. ބޮޑީބޯޑިން އާއި ސާފިންގެ އޯޕަން ކެޓެގެރީން އަންހެން އެތުލީޓުން ވާދަކޮށްފައެއް ނުވެ އެވެ. ޖާއްޓޭ އަކީ ބޮޑީބޯޑިންގެ އެއްވަނަ އެތުލީޓެވެ. ފަޔާ އަކީ ސާފިންގެ އެންމެ މޮޅު އެތުލީޓެވެ.
އާން އާއި ހަމްނާ ވަނީ ފަސް ކިލޯމިޓަރުގެ އޯޕަން ސްވިމިން އިން ވެސް ފިރިހެން އަދި އަންހެން އެއްވަނަ ފެތުންތެރިންގެ އެވޯޑް ހޯދައިފަ އެވެ.
ބާ 2000 ވޯޓާ ސްޕޯޓްސް މުބާރާތުގައި ބައިވެރިޔަކު ބޮޑީބޯޑިން އިވެންޓް ކުރިއަށް ގެންދަނީ --- ފޮޓޯ: ބާ2000
އެންމެ އުންމީދީ ފެތުންތެރިންގެ އެވޯޑް ވެސް އާން އާއި ހަމްނާ ވަނީ ހޯދައިފަ އެވެ. ސާފިން އިން އެންމެ އުންމީދީ އެތުލީޓަކީ މުހައްމަދު އިނާން އަބްދުލް ހަންނާން އެވެ. ބޮޑީބޯޑިން އެންމެ އުންމީދީ އެތުލީޓަކީ ޝިމާލް ޝަމީމް އެވެ.
ބޮޑީބޯޑިން އޯޕަން ކެޓެގެރީގެ އެއްވަނަ އަކީ ޖާއްޓޭ އެވެ. ދެވަނަ ހޯދީ އިނާޝް ނައީމް އެވެ. ތިންވަނަ ހޯދީ ޝިމާލް އެވެ. ހަތަރުވަނަ އަކީ އަލީ އާނިމް އެވެ.
ސާފިން އޯޕަން ކެޓެގެރީގެ އެއްވަނަ ހޯދީ ފަޔާޒެވެ. ދެވަނަ ހޯދީ އަބްދުﷲ އަރީފެވެ. ތިންވަނައަކީ ހާދު އަހްމަދު އެވެ. އަދި ހަތަރުވަނަ އަހްމަދު އާގިލް އެވެ.
ބާ 2000 ވޯޓާ ސްޕޯޓްސް މުބާރާތުގައި ބައިވެރިޔަކު ސާފް ކުރަނީ --- ފޮޓޯ: ބާ 2000
ސާފިންގެ ޖޫނިއާ ކެޓެގެރީން އެއްވަނަ ހޯދީ މުހައްމަދު ޒަޔާން އިސްމާއީލެވެ. ދެވަނަ ހޯދީ ސަރޫފް ޝާއިރެވެ. ތިންވަނަ އަކީ ކަޔާން އަބްދުﷲ އަރީފެވެ. ހަތަރުވަނަ އަކީ ކަޔާން ޒަކީ އެވެ. ބޮޑީބޯޑިން ޖޫނިއާ ކެޓެގެރީގެ އެއްވަނަ ހޯދީ ރީޝާން ރަޝީދެވެ. ދެވަނަ އަކީ މުހައްމަދު ވިއާމް އެވެ. ތިންވަނަ ހޯދީ ޝިމާލް ޝަމީމެވެ. ހަތަރުވަނަ ހޯދީ އާމިން އުމަރު މުސާ އެވެ.
- އަހްމަދު ނީކް ނިޔާޒު (އެއް ކިލޯމީޓަރު، 12 އަހަރާއި 14 އަހަރާދެމެދު، ފިރިހެން،)
- ފާތިމަތު އަންޖަލް ފަޔާޒު (އެއް ކިލޯމީޓަރު، 12 އަހަރާއި 14 އަހަރާދެމެދު، އަންހެން)
- ޔޫސުފް ނުހައިކް ނަސީމް (ތިން ކިލޯމީޓަރު، 14 އަހަރާއި 16 އަހަރާދެމެދު، ފިރިހެން)
- މުހައްމަދު އާން ހުސައިން (ފަސް ކިލޯމީޓަރު، 14 އަހަރާއި 18 އަހަރާދެމެދު، ފިރިހެން)
- ހަމްނާ އަހްމަދު (ފަސް ކިލޯމީޓަރު، 14 އަހަރާއި 18 އަހަރާދެމެދު، އަންހެން)
- އިބްރާހިމް މައިޝާން ޝަމީމް (ފަސް ކިލޯމީޓަރު، 18 އަހަރުން މަތި، ފިރިހން)
- ފާތިމަތި ޒުހާ ޒިޔާދު (ފަސް ކިލޯމީޓަރު، 18 އަހަރުންމަތި، އަންހެން)
- ހަސަން އަޝްރަފް (ތިން ކިލޯމީޓަރު، މާސްޓާސް ކެޓެގަރީ، ފިރިހެން)
- ހަދީޖާ އީސާފުޅު (ތިން ކިލޯމީޓަރު، މާސްޓާސް ކެޓެގެރީ، އަންހެން)
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްކޫލް ކުއްޖާ
10 November 2021
ޙަމްނާ މަތިން އަބަދުވެސް ވަރަށް ހަނދާންވޭ0!
ޢައްލޯ
11 November 2021
ތިކަމާ އުޅެން މާލަސްވެއްޖެ. ދޯ އާން؟