ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ބަޖެޓް ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތައް އިއްޔެ އަޑުއައްސަވަނީ: ދައުލަތުގެ ދަރަނި އަހަރުން އަހަރަށް ދަނީ މައްޗަށް-- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
15 ނޮވެމްބަރ 2021 - 07:17
ސޮވެރިން ގެރެންޓީ ހިމަނައިގެން، ދައުލަތުގެ ދަރަނި އަންނަ އަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށް އެމްއެމްއޭ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް އެމްއެމްއޭ އިން ދީފައިވާ ލަފާގައި ބުނެފައިވާ ގޮތުގައި، ދައުލަތުގެ ދަރަނި ބޮޑުވަމުން ގޮސް، އަންނަ އަހަރު ވެސް، އަދި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ބޮޑެތި އަދަދުތަކުން ފައިނޭންސް ހޯދަން ރާވާފައިވާ އިރު، އޭގެ ސަބަބުން ވަރަށް ބޮޑަށް ދަރަނި އިތުރުވާނެ އެވެ. އެހެންވެ، އިގްތިސާދީ ހާލަތަށް ބަލައި، ލިބޭ އެއްޗަކުން ހަރަދުތައް ހަމަޖެއްސުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ލަފާގައި ވަނީ ބުނެފަ އެވެ.
- އެތެރޭގެ ދަރަނި: 50.2 ބިލިއަން ރުފިޔާ
- ބޭރު ދަރަނި: 41.1 ބިލިއަން ރުފިޔާ
- ގެރެންޓީ ދީފައިވާ ދަރަނި: 11.6 ބިލިއަން ރުފިޔާ
- މި އަހަރު ނިމޭއިރު، ދަރަނި ހުރީ އުފެއްދުންތެރި ކަމުގެ ނިސްބަތުން 117.7 ޕަސެންޓްގައި
ރާއްޖޭގެ ދަރަނި ހުރީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު މިންގަނޑުތަކުގައި ހިފެހެއްޓިފައި ނޫން ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ. އަދި އަންނަ އަހަރު ދަރަނި އިތުރުވަނީ މި އަހަރަށް ވުރެ 9.6 ޕަސެންޓް މަތިން ކަން ވެސް މަރުކަޒީ ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ.
ދަރަނީގެ ތަފާސްހިސާބަށް ބަލާއިރު، ސޮވެރިން ގެރެންޓީ ހިމަނައިގެން 2019 އިން ފެށިގެން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދަރަނީގެ އަދަދު ގާތްގަނޑަކަށް ވަނީ ދެ ގުނަ ވެފަ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު ދަރަނި، 43.2 ބިލިއަން ރުފިޔާ، އަދި 2018 ގައި 48 ބިލިއަން ރުފިޔާގައި ހުރުމަށް ފަހު، މި ސަރުކާރު އައި ފަހުން 2019 ގައި 54.2 ބިލިއަނަށް އަރައި، 2020 ގައި 86.5 ބިލިއަން ރުފިޔާ އަށް ދަރަނި އެރި އެވެ. މި އަހަރު ނިމޭއިރު ދަރަނި 94 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެ އެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ނިމޭއިރު ދަރަނި 111 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ތައްޔާރުކޮށްފައިވާ ބަޖެޓް ފޮތުގައި ބުނެފައިވާ ގޮތުގައި، މި އަހަރު އެހާ ބޮޑަށް ދަރަނި ބޮޑުވީ ބައިނަލް އަގުވާމީ ބާޒާރުގައި މިއަަހަރު ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ސަބަބުންނެވެ.
ބޭރު ދަރަނި އަދާކުރުމަށް ސަރުކާރުން އަންނަ އަހަރު ތިން ބިލިއަން ރުފިޔާ އަށް ވުރެ ގިނައިން ހޭދަކުރުމަށް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓރޔތ
16 November 2021
މިސަރުކާރުން ހަރަދުކުރަނީ ކުރީސާރުކާރާ އެއްވަރަށް،، ކުރީގަތިބިމީހުން ފޮރުވުމަކާނުލާ ޖީބު ބޮޑުކުރި..ހައިރާން ވަނީ ކުރީގެމީހުން ބިޔަބޮޑު މާސިންގާހާ މަޝްރޫއު ހިންގާ އޭގެފައިދާ އާ ފަސޭހަ ރައްޔިތުންނަށް ލިބެމުންދާއިރު މިސަރުކާރުން ހަމައެކަނި 20ކމ ގެ އެޗްޑީޕީއީ ހޮޅިން ނަރުދަމާފަ އެސެޓް ރިކަވަރީ ކަމިސަން ހިންގާލާފަ ނިންމާލަނީ.. މީކޮންފަދަޖާދޫއެއްބާ.
99
16 November 2021
ކުރީ ސަރުކާރުން 5 އަހަރު ވެރިކަންކުރީމަ އެހުރިހާ ދަރަންޔެއް މިހާރު ބޮޑުވެގެން މިއުޅެނީ. މިސަރުކާރުން ނެގި ދަރަންޏެއް ނެތް. ކުރީ ސަރުކާރު މިބަސް ހެދިމީހާ މިއޮތީ ނުބައިކޮށް ހަދާފަ. ދަރަނިބޯ އިބޫ ސަރުކާރަކީ ބަލާއެއް
ދިވެހިން އަސްޓަމް
15 November 2021
ހުޅުމާލެ2ާގަ ކަސްޓަމް އަޅަން އުޅުނު ފްލެޓުތައް މި ސަރުކާރުން ވަނީ ހުއްޓުވާފަ
ޝޮކްތެރަޕީ
15 November 2021
އިންޑިޔާގެ އަޑި ނުބައިކަމުން ރާއްޖެ ސަލާމައް ކުރަން ދިވެހިން ތެދުވާން ޖެހިފަ މި އޮތީ.
ދަރަނި
15 November 2021
ދަރަނި ދަންތުރައޭ ކިޔާފަ އުޅުނުއިރު އެހާތަނަށް ޖުމްލަ ދަރަނި 48 ބިލިޔަން. އެއީ އެތައް ބައިވަރު ބޮޑެތި ޕްރޮޖެކްޓެއް ހިންގާފަ. މިހާރު އެންމެ ދައުރެއް ނުނިމެނީސް 92 ބިލިޔަނަށް އަރައިފި އަދި ދައުރު ނިމޭއިރު 48ގެ ދެގުނަޔަށް ވުރެ ދަރަނި ބޮޑުވާނެ. އެއިން ކުރި މާބޮޑު ކަމެއް ފެންނާކަށް ނެތް. މިވާހަކަ ލިޔާނެ ބޭރުގެ ނޫސްތަކެއްވެސް އެކަމަކު ހިޔެއް ނުވޭ ތިބޭނެހެން.
ސަތޭ
15 November 2021
ސިޔާސީ މީހުންނަށް ބަވާއިރު މައްސަލައިގެ އަސްލަކީ ތަންދޮރު ނުދަންނަ ކަންނެތް އެއްވެސް ޑިސިޕްލިންއެެއް ނެތް ވޯޓުލާ އާބާދީއެއް ގައުމުގައި އޮތުން. އެހެންވެ ސިޔާސީ މީހުން ބޭނުންވައްތަރަކށް ތެޅި ބޭލެނީ. އަދިވެސް ކޮންމެ ބަޔަކު އަޔަސް ވާނީ ހަމަ މިހެން.
ކަނބިލި
15 November 2021
އަދިވެސް ޚަރަދުތައް ކުޑަކުރުމުގެ ވިސްނުމެއް ނެތް. ނޭގެނީއެއް ކަމެއް ބޭނުންނުވަނީއެއް ކަމެއް ނޭގެ. ބޭކާރު މުވައްޒަފުންތައް ލަނީ. ދަތުރުތައް އިންތިހާއަށް. ދައުލަތުގެ ހިންގުމުގެ ޚަރަދުތައް އޮބިނޯންނަ ހިސާބުގައި.ގިނައީ ބޭކާރު ޚަރަދުތައް
ޢިބޫ
15 November 2021
މިކަހަލަ މީހުންނަ މިނިސްޓަރކަން ދިނީމަ ރައްޔިތުން ދަރާނެ.
ހަސަން.
15 November 2021
ކުރީ ސަރުކާރުން
ނެކްސްޓް
15 November 2021
ހެޔޮފުޅުކަން