އެޗްޑީސީ އާއި ފެނަކަ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
22 ނޮވެމްބަރ 2021 - 00:35
ކްލަބު މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި އެޗްޑީސީން ޗެމްޕިއަން ބީއެމްއެލް 3-0 އިން ބަލިކޮށްފި އެވެ.
މެޗުގެ ކުރިން ބޭއްވި ހުޅުވުމުގެ ރަސްމިއްޔަތުގައި ވަނީ އެންމެ ފަހުން ބޭއްވި ކްލަބު މޯލްޑިވްސް ކަޕް ބީއެމްއެލް އިން ކާމިޔާބުކޮށްފައިވުމުން ޗެމްޕިއަނުންގެ ބެޖު އެ ޓީމަށް ދީފަ އެވެ. އެންމެ ފަހުން މުބާރާތް ބޭއްވީ 2019 ގަ އެވެ.
ޗެމްޕިއަން ބެޖާ އެކު ފުރަތަމަ މެޗާ ކުރިމަތިލި ބީއެމްއެލް އަށް ގަދައެއް ނުދެއްކުނެވެ. ކުރިން ޓީސީ އަށް ކުޅުނު އިޝާން އިބްރާހިމް އާއި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ލީޑް ކުރި ބީއެމްއެލް ޖެހުނީ އެޗްޑީސީ ކުރިމަތީ އިސްޖަހާލާށެވެ.
އެޗްޑީސީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. އަނެއް ލަނޑު ޖެހީ ޔާމީން މުހައްމަދު (ޔާންޓޭ) އެވެ.
ފިރިހެން ޑިވިޝަންގެ ދެވަނަ މެޗުގައި ވާދަކުރީ ކްލަބު އިމިގްރޭޝަން އާއި ދިރާގެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މުބާރާތުގައި މާދަމާ ރޭ ކުޅޭ ހަތަރު މެޗަކީ ވެސް ފިރިހެން ޑިވިޝަންގެ މެޗުތަކެވެ. މުބާރާތް ކުރިއަށް ދަނީ ހުޅުމާލޭ ރެންދިން ސްކޫލް ކައިރިގައި އޮންނަ ފުޓްސަލް ދެ ދަނޑުގަ އެވެ. މެޗު ކުޅޭ ކޮންމެ ގަޑިއެއްގައި ދެ ދަނޑުގައި ވެސް މެޗުތައް ކުރިއަށްދާނެ އެވެ.
- 8:15 އެމްޕީއެލް - ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)
- 8:15 ފެނަކަ -އާރްއޯއެލް
- 9:30 މީޑިއާނެޓް - އެމްއޭސީއެލް
- 9:30 އެމްއެމްއޭ - މޯލްޑިވް ގޭސް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުމެއްގެ ދެ ކުންފުނި
22 November 2021
ތި ދެ ކުންފުންޏަކީވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސުމެއްގެ ބައެއް. ކުޅިވަރު ހުއްޓާލާފަ ފުަރަތަމަ ރަނގަޅު ހިދުމަތެއް ދެވޭތޯ ބަލާބަލަ. ޢެޗްޑީސީން މެނޭޖްކުރާ ހުޅުމާލެ ހުރިހާ ކަނެއް އޮންނަނީ ބޮއްސުންލާފަ. ޙިދުމަތަކަށް އެދިގެން 3 މަސް ވާއިރު ޖަވާބެއް ނުލިބެގެން މިދާންޖެހެނީ އޮފީހަށް އާދޭސްކުރަން. ދެން ބީއެމްއެލް ގެ ހިދުމަތް އޮންނަނީ އަބަދު "އަޕްގްރޭޑް" އެއްގެ ސަބަބުންނޯ ބުރޫއަރާފަ. ފަރުވާކުޑަކަމުން ހިދުމަތެއްގައި މަޅިއެރީމާ ހަދާދޮގުއެއީ.
ޙިދުމަތް ސުމެއް
22 November 2021
ކުޅިވަރުކުޅެން ހަދާގެން ފޭސް 2 ގެ މަގުތައް ހެދެމުންދަނީ ބަރަވެލި ސްޕީޑުގައި .
16އަހަންމާ
22 November 2021
ތިހުރިހާ ބޭކާރު ހަރަދެއް ހުއްޓާލަން ގޮޥާލަން. މާދަމާ މިއޮތް ގައުމު ބަނގުރޫޓުވަނީ
އޮޗޫ
22 November 2021
ބަލަގަ ތަންތާގަ ކުޅިވަރު ނުކުޅެ ބެންކުގެ ހިދުމަތް މެދުނުކެނޑޭ ގޮތް ހަދާބަލަ