ޚަބަރު / ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ (މަޖިލިސް)

ދުވަސްވީ މީހުން ބިކަވެ، އެކަނިވެރިވުން ހުއްޓުވަން ފިޔަވަޅެއް!

ސަރުކާރުން 5،000ރ.ގެ އެލަވަންސެއް ދެ އެވެ. އެކަމަކު ރާއްޖޭގެ ހުރިހާ ދިމާލަކުން ވެސް އަޑު އިވެނީ، ޖީހާން ވިދާޅުވި ގޮތުގައި، މައިންބަފައިން ބަލަހައްޓަނީ އެ ފައިސާކޮޅުގެ ބޭނުމުގައި

ރަށެއްގެ ޖޯލިފަތިތަކުގައި ބަޔަކު މަޑުކޮށްލައިގެން: އުމުރުން ދުވަސްވީ މީހުންނާ އަޅާނުލުމުގެ ގިނަ މައްސަލަތަކެއް އެކި ރަށްތަކުން ދަނީ ފެންމަތިވަމުން. -- ފޮޓޯ/މިހާރު

އުމުރުން ދުވަސްވީ މީހުން ބާކީ ވެއްޖެ އެވެ؛ އާއިލާ އާއި މުޖުތަމައުގެ ވެސް އަޅާލުމާއި ލޯބި ނުލިބި ގިނަ ބަޔަކު ތިބީ އެކަނިވެރިކަމުގަ އެވެ. ސަރުކާރުން ދެމުން އަންނަ 5،000ރ.ގެ އިނާޔަތުން ފައިދާއެއް ނުވާ ގިނަ ބަޔަކު އެބަތިއްބެވެ. އެ ފައިސާކޮޅުގެ ބޭނުމުގައި މައިންބަފައިން ބެލެހެއްޓުމުން އާއިލާ ތެރޭގައި ދިމާވާ މައްސަލަތައް ވެސް މަދެއް ނޫނެވެ.

އުމުރުން ދުވަސްވީ މީހުންނަށް ދިމާވަމުންދާ މައްސަލަތަކަށް ބަލައި ގާނޫނެއް ހެދުމުގެ މަޝްވަރާތައް ޖެންޑާ މިނިސްޓްރީއާ އެކު ކުރިއަށް ގެންދިޔައިރު، މެމްބަރުން ފާޅުކުރެއްވީ މި ކަންބޮޑުވުންތަކެވެ. ޖެންޑާ އެންޑް ހިއުމަން ރައިޓްސް އާއި އިޖުތިމާއީ ކޮމިޓީން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ކޮމިޓީގައި މަޝްވަރާކުރީ ގާނޫނު ހަދަމުން އަންނައިރު އެ މައްސަލަތަކަށް ހައްލު ހޯދާނެ ގޮތްތަކަކަށެވެ.

ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން ވިދާޅުވީ ރާއްޖޭގައި ނިޒާމު މިހާރު އޮތް ގޮތުން 55 އަހަރު ވުމުން އަމިއްލަ އަށް މުސްކުޅިވާން މަޖުބޫރުކުރެވޭ ކަމަށެވެ. ވަޒީފާ އަދާކޮށް އެ ހިސާބަށް އަންނައިރު ތަޖުރިބާ އާއި ގާބިލް މީހަކަށް ވެފައި ވިޔަސް މަދު މީހަކަށް ނޫނީ ވަޒީފާގައި ދެމިހުރުމުގެ ފުރުސަތެއް ދައުލަތުގެ ތެރޭގައި ފަހިވެފައި ނެތް ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

ދެ ވަނަ ކަމަކަށް އޭނާ ފާހަގަކުރެއްވީ އުމުރުން ދުވަސްވުމާ އެކު އާއިލާގެ ތެރެއިން ބޭނުންވާ ފުރިހަމަ އަޅާލުމާއި ރައްކާތެރިކަން ނުލިބުމުގެ ގިނަ މައްސަލަތައް ފެންމަތިވަމުން ދިއުމެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ ގެދޮރު ހަދާއިރު، ވެސް މިހާރު ފެންނަނީ ކާފަ އާއި މާމަ އަށް ޖާގަ ނުހުންނަ ގޮތަށް އާއިލީ ދިރިއުޅުމުގައި ކަންކަން ނިންމޭ ތަނެވެ. މިއީ، ހައުސިން ސްކީމްތައް ކުރިއަށް ގެންދާއިރު ވެސް ވިސްނާލަން މުހިއްމު ކަމެއްގެ ގޮތުގައި ޖީހާން ފާހަގަކުރެއްވި އެވެ.

"ޕޮއިންޓް ދޭ އިރު އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަމުން ދިއުމަކީ [ފްލެޓް އެ މީހަކަށް ހައްގުވުމުގައި] ރިއާޔަތްކުރަން ޖެހޭ ކަމެއް ކަމުގައި ބާރުއަޅަން ޖެހޭ." ޖީހާން ވިދާޅުވި އެވެ.

"ކަރިކިއުލަމަށް ބަލާއިރު، އުމުރުން ދުވަސްވީ މީހުންނާ އެކު އުޅުމާއި އެ މީހުންނާ އަޅާލުމުގައި ބަލަން ޖެހޭ ހާއްސަ ކަންކަމަށް ކުޑައިއްސުރެން ދަސްކޮށްދީގެން ނޫނީ މި ބަދަލުވެފައި މިއޮތް އެޓިޓިއުޑް އަނެއްކާ ބަދަލެއް ނުކުރެވޭނެ."

ޖެންޑާ އެންޑް ހިއުމަން ރައިޓްސް އާއި އިޖުތިމާއީ ކޮމިޓީގެ މެމްބަރުން: އެކި ރަށްރަށުން ފާހަގަކުރެވޭ ގިނަ މައްސަލަތަކަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި. -- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހުން ބަލިވުމުން އެ މީހަކަށް އަޅާލާނެ ގޮތްތައް އާއިލާތަކަށް ކިޔައިދެވޭނެ ގޮތްތަކާ އެކު ޕްރައިމަރީ ހެލްތު ކެއާ މޮޑެލް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުން ވެސް ގާނޫނެއް ވުޖޫދުކުރާއިރު ސަމާލުކަން ދިނުން މުހިއްމެވެ.

އުމުރުން ދުވަސްވީ މީހުންނަށް 65 އަހަރުވުމާ އެކު ސަރުކާރުން 5،000ރ.ގެ އެލަވަންސެއް ދެ އެވެ. އެކަމަކު ރާއްޖޭގެ ހުރިހާ ދިމާލަކުން ވެސް އަޑު އިވެނީ، ޖީހާން ވިދާޅުވި ގޮތުގައި، މައިންބަފައިން ބަލަހައްޓަނީ އެ ފައިސާކޮޅުގެ ބޭނުމުގަ އެވެ.

މިއީ އަޑުއަހަން ފަސޭހަ ވާހަކައެއް ނޫން ކަމަށާއި އަދި މިއީ ހުރިހާ އާއިލާތަކުގެ ހަގީގަތަކަށް ނުވިއަސް ގާނޫނެއް ހަދާއިރު ބަލަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވަމުންދާ ހިތްދަތި ކަމަކުން މިސާލު ޖައްސަވައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވީ ފްލެޓް ލިބިގެން ބަދަލުވާ އިރު، މާމަ އާއި ކާފަ ރަށުގައި އެކަނިވެރިވެ އެހެން މީހަކާ ހަވާލުކުރަން ޖެހޭ ހާލަތްތައް މިހާރު ވެސް ދިމާވަމުންދާ ކަމަށެވެ. މާލެއަށް ވުރެން ރަށްރަށުގައި އުފަލުގައި އުޅެވުނަސް ވެރިންގެ ސިޔާސަތުތައް ބައްޓަންކުރީ އެ މީހުންނަށް ބޭސްފަރުވާ އާއި އެހެނިހެން ހިދުމަތްތަކުގައި ތަކުލީފު އުފުލަން ޖެހޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"އާދައިގެ ކަމަކަށް ވިޔަސް ވައިކަރަދޫން ނަމަ 300-400ރ. ހޭދަކޮށްފައި ކުޅުދުއްފުއްޓަށް މި ދެވެނީ. މި ހާލަތު މަޑުމަޑުން ބަދަލުވަމުން އަންނަ ކަން ފާހަގަ ވެސް ކުރަން،" އޭނާ ވިދާޅުވި އެވެ.

އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ޝިފާއު ވެސް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ރަށްރަށުން ލިބޭ ކަމަށެވެ. މުސްކުޅި އުމުރަށް ދިއުމުން، ބައެއް ރަށްރަށުގައި ބިދޭސީއަކާ ހަވާލުކޮށް މީހާ މުޅިން އެކަހަރިކޮށްލުން ބަލައިނުގަނެވޭ ކަމަށް ވިދާޅުވި އެވެ.

ގާނޫނެއް ހަދާއިރު، އުމުރުން ދުވަސްވީ މީހަކު އެގޮތަށް އެކަހެރިކޮށްގެން ގެންގުޅެވޭނެ އަދި ނުގެންގުޅެވޭނީ ކޮން ހާލަތްތަކެއްގައިތޯ ވެސް ކަނޑައަޅަން ޖެހޭ ކަން އޭނާ ވިދާޅުވި އެވެ. ދަރިންނާއި ކާފަ/މާމަ ދަރިން ތިބެ މައިންބަފައިން ބެލުން ބިދޭސީއެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ކުރެވިދާނެ ކަމެއްތޯ ގާނޫނީ ނަޒަރަކުން ވިސްނަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާގެ އަނެއް ކަންބޮޑުވުމަކީ އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އެލަވަންސް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލައަށް ގާނޫނީ ހައްލެއް މިހާތަނަށް ހޯދިފައި ނެތުމެވެ.

ޝިފާއު ވިދާޅުވީ ފައިސާ ޖަމާވާ އެކައުންޓުގެ ވެރިފަރާތާއި އުމުރުން ދުވަސްވީ މީހާ ބަލަން ހުންނަނީ ވެސް ބައެއް ހާލަތްތަކުގައި ދެ މީހެއް ކަމަށެވެ. ދުވަސްވީ މީހާ ބަލާ މީހާއަށް ފައިސާ ނުލިބުން ނުވަތަ އެ ހައްގުވެރި ފަރާތް ބޭނުންވާ ގޮތަށް އެ ފައިސާ ބޭނުން ނުކުރުމަކީ ވެސް ފެންމަތިވަމުންދާ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު ހުށަހެޅުއްވީ ގާނޫނެއް އެކުލަވާލާއިރު، އުމުރުން ދުވަސްވީ މީހުންގެ ދަފްތަރެއް އެކުލަވާލުމެވެ. މީގެތެރެއިން ވެސް ސިއްހީ ހިދުމަތް ބޭނުންވާ މީހުންނަށް ވަކި ދަފްތަރެއް ބޭއްވުން މުުހިއްމުކަން ފާހަގަކުރެއްވި އެވެ.

ބޭނުމަކީ ހިދުމަތް ފޯރުކޮށްދިނުމުގައި ލުއިފަސޭހަތައް ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަފްތަރު ކުރެވޭ މީހާއާ ޒިންމާވާނެ މީހަކު ކަނޑައަޅަން ޖެހެ އެވެ.

މޮނިޓާކުރާނެ ބަޔަކު ނެތުން!

ގާނޫނުގައި ކަންކަން ތަރުތީބުކުރިއަސް އެކަންކަން ރަށްރަށުގައި ތަންފީޒުވޭތޯ ބަލާނެ ބަޔަކު ނެތުމުގެ ކަންބޮޑުވުން މެމްބަރުން ފާޅުކުރެއްވި އެވެ. ޖެންޑާ މިނިސްޓްރީ އަށް ހުރިހާ ރަށެއްގެ ކަންކަން މިހާރު ވެސް ނުބެލޭއިރު ކުރިއަށް އޮތް ތަނުގައި ވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް މެމްބަރުން ގަބޫލުކުރެއްވި އެވެ.

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ހުށަހެޅުއްވީ އުމުރުން ދުވަސްވީ މީހުންގެ ސިއްހަތާއި ހައްގުތައް ކަށަވަރުވޭތޯ ބެލުމުގެ ޒިންމާ އެ ރަށެއްގެ ޕަބްލިކް ހެލްތު ޔުނިޓާ ހަވާލުކުރުމަށެވެ. އެއީ ބަޖެޓް ބޮޑުކޮށްފައި ވިޔަސް ނަތީޖާ ނެރެވޭނެ ގޮތެއް ކަމަށް ވިދާޅުވި އެވެ.

އެކަމަކު ގިނަ މެމްބަރުން ބުރަވެވަޑައިގަތީ ޖެންޑާ މިނިސްޓްރީން އެކަންކަން މޮނިޓަކުރުމުގެ ބަދަލުގައި ކައުންސިލްތަކަށް ޒިންމާ ހަވާލުކުރުމެވެ. ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމެއް ހިންގާއިރު އެކަން އޮންނަން ޖެހޭނީ ކައުންސިލްތަކުގެ އަތްމަތީގައި ކަމަށް ވާތީ ބަޖެޓް ބޮޑުކޮށްދޭން ޖެހޭ ކަަމަށް ވެސް ވިދާޅުވި އެވެ.

10 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިފް

23 November 2021

މިގައުމުގަ ދުވަސްވީ މީހުން ބައިތިއްބާނެ ރަގަޅު ހޯމް ހެދުން ރަގަޅު. އަދި އާއިލާތަކަށް ރަގަޅަށް ނުބެލޭ ދުވަސްވީ މީހުން އެތަންތަނަށް ދިއުމަށް ބާރުއަޅާ ހޭލުންތެރިކުރަންވީ. އާއިލާއާއެކީ އުޅެ އެކަނިވެރިވެ އިތުރު ހިތާމަތަކެއް ނުލިބި އެއްއުމުރުގެ މީހުންނާއެކީ އުފާވެރި ހަމަޖެހޭ މާހައުލެއްގަ ދުވަސްތައް ހޭދަކުރަން ބާރު އެޅުމަކީ އެންމެންނަށް ލިބޭނެ ހިތްހަމަޖެހުމެއް. އެފަދަ މީހުންނަށް ކަނޑައަޅާ އެލަވަންސް އެމީހުން ބަލަހައްޓާ ތަނަށް ދޭ ގޮތަށް އެކަންކުރަންވީ.

The name is already taken The name is available. Register?

ތިބޭތަ

23 November 2021

އުމުރުން ދުވަސްވާ ވަރަކަށް ސިއްހީ ފަރުވާ ބޭނުންވުން ގިނަނުވާ ބަޔަކު އުޅޭބާ؟

The name is already taken The name is available. Register?

އިބޫހޯލިސް

23 November 2021

ސަޅިބައިސާ ކަނޑާފަ ނިންމާލީމަ ވަރަށްވެސް ފުރިހަމަ ވާނެ

The name is already taken The name is available. Register?

ޑެބީ

23 November 2021

ހިދުމަތްދޭން ފަސޭހަޔަކަށް ހަދަންވީ މުސްކުޅިންގެ ދަފުތަރެކޭ؟؟ ކާކުތަ މިކަހަލަ މީހުން މަޖިލީހަށް މިހޮވަނީ؟ ބަލަ ސިއްހީ ހިދުމަތެއް ހޯދާއިރުވެސް އައިޑީ ކާޑު ބަލައެއްނު. އޭގެން އިނގޭނެ މީހާގެ އުމުރު. ބަޔަކުމީހުންގެ ވަގުތު ނަގާލާ ލާރިތަކެއް ހަރަދުކޮށްގެން ދަފުތަރެއް ހަދަންޖެހޭތަ؟

The name is already taken The name is available. Register?

ނަމޫނާއިސްލާޙ

23 November 2021

ކޮންކަމެއްތޯ ބެލެނީ މުސާރަ ބަރާބަރައް ނެންގެވޭތޯ ބައްލަވާކަން އެނގޭ އެއީމުސާރަ ދޭމީހަކުނެތިގެން ސަކުވާއެއް ނުފެނޭ ބަޔަކު ހީހީ ހަލާކްވެދާނެނޫންތޯ ތަންފީޒުކުރެވޭނޫންތޯ 2 ގާނުނެއް ވެހިކަލް ތަކުގައި އިސްޓިކާޖަހާގާނޫ އާއި މީރާގަނޫނު ބަރާބަރައް ރިފިޔާ ދައްކާތޯ ލަދެއް ނެތީމަ ނޫންތޯ ނުސް ކޮންފަރެންސްގަ ތިޔާކަހަލަގެ ވަހަކަ ދައްކަވަނީ ތަންފީޒް ކުރަންތިބޭމީހުން އަރާ މިވިދާޅުވަނީ ތަންފީޒްކުރޭތޯ ނުބައްލަވައޭ ފެއިލްވިކަމައް އަމިއްލަ އިއުތިރާފުން ގަބޫލް ކުރެއްވ

The name is already taken The name is available. Register?

އަބްޑޫޅް

23 November 2021

މުސްކުޅިންގެ ސަރުއީ ބަލަދު، ހުރިހާ ހާލަތެއްގަ އަރަނީ އެ މީހުންގެ ދަރިންނާއި، ދަރިދަރިޔަށް މުނިމުންޏަކަށް ނޫން. މުސްކުޅިއެއްގެ ހުރިހާ ދަރިންނަކީ އަންހެނުން ނަމަ، އެ މިހުންގެ ސަރުއީ ބަލަދުވެރިންނަކީ ދަރިންނެއް ނޫން، އަދި އެދަރީންގެ ދަރިންނެއްވެސް ނޫން. އެހެންވީމަ ރާއްޖޭގަ އިސްލާން ސަރިއްޔަތް ހިނގާހާ ދުވަހަކު، މި ބަދުނާމު އަންހެން ދަރިންގެ ބޮލަކު ނޭޅުވޭނެ.

The name is already taken The name is available. Register?

މުކޭސް

23 November 2021

މައިންބަފއިން ބެލުމައް ދަރިން ފެލްވެ ބޮޑަތި އިހުމާލްތައް ވަނީ ހެދިފަ ހުރި ގަވައިދުތަކާ އުސޫލްތައް ކަމުނުދާތީއެވެ ލިބޭއެއްޗަކުން ދެކޮޅުނުޖެހި އުޅެނިކޮން ދަރިންލިބި ގެދޮރާ އެހެނިނިހެން ހަރަދު ކުރަން ނުލިބި ބެންކުން ލޯނުނަގަންޖިހި އެލޯނުން އިންތިހާއައް ބޮޑުފައިދާނަގާތީ ލޯންުންނުދެއްކި މުޅިދިރިއުޅުން އަންދަވަޅަކައް ވެއްޓުމުން ދެން މައިންބަފައިން ބެލުން އޮންނަނީ ތަކުލީފަކައްވެފައެވެ ދެން ލޯން ދަންތުރާގައި އަތުންފައިން ގޯސްހެދި ދިރިއުޅުން ބަރުބާުވޭ

The name is already taken The name is available. Register?

ތަޖުރިބާ

22 November 2021

ދަމާނީ ހާސަރު އެއްކަމެއް ނުކުރެވޭނެ. ދުވަސްވީމީހުން ކަންތަކު އޮފީސްއޮފީހަށްދިޔައިމަވާގޮތް ބޮޑުންނާއި ވެރިން ނުދަންނާނެ. ދުވަސްވީމީހުނަށް އަޅައިލާ، ކަމޭހީކޮށް އެހީތެރިވެދޭ ދައުލަތުގެ ނަމޫނާ މުވައްސަސާއަކީ މީރާ. އެތަނަށް ދުވަސްވީމީހަކު ގޮސް ޝަކުވާއަކައިގެންއައިވާހަކައެއް ނުއަހަން.

The name is already taken The name is available. Register?

حامد

22 November 2021

ފުރަމަ ސަރުކާރުގެ އޮފީސްތައް ޖަވާބު ދާރީ ވާންޖެހޭ އެއީ އާންމު މީހާ އަށް ފެނޭ ވަރަށް ގިނަ މުޖުތަމަޢުގައި ހިނގާ ކަންކަން އެކަންކަން މުގައި މަތި އަޅާ ފޮރުވަނީ މިބުނާ ބޮޑެތިން މީހުން އުޅޭ ތަންތަނަށް ވަނީމަ ހަގީގަތް އޮއްވަ އެހެން ގޮތެއް ފެނި އެގޮތަށް ވާހަކަ ދެއްކުމަކުން ފައިދާ އެއް ނޫން ހިތި ނިކުންނާނީ ?? حسبي الله ونعم الوكيل ?

The name is already taken The name is available. Register?

ދެރަ

22 November 2021

ޕޮއިންޓް ދޭ އިރު އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަމުން ދިއުމަކީ [ފްލެޓް އެ މީހަކަށް ހައްގުވުމުގައި] ރިއާޔަތްކުރަން ޖެހޭ ކަމެއް ކަމުގައި ބާރުއަޅަން ޖެހޭ." ޖީހާން ވިދާޅުވި އެވެ. ކުރިން ލިބުނު ފްލެޓް އަލުން ހާލަތު ބަލާ ޕޮއިންޓް ދަށްކޮށް އަތުލީރު ޚާއްޞައެހީގެބައިންބަލި ކުއްޖަކާއި އެކު އިތުރު ދެކުދިންނާއި މުސްކުޅި މަންމަ ބަލަހައްޓަން. ދަރިންގެ އަދަދަށް ދޭނެ ޕޮއިންޓްކޮލަމް އިނަސް މައިންބަފައިންބެލިޔަސް އެއްވެސް ޕޮއިންޓެއް ނުދެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454