ކުޅިވަރު / އަސްހަދު އަލީ

ޑިސިޕްލިނަރީ ކޮމިޓީއަށް އަސްހަދު ހާޒިރުކޮށްފި، ދިގު މުއްދަތަކަށް ސަސްޕެންޑްކޮށްފާނެ

އަސްހަދު އަލީ ގައުމީ ގާޒީގައި: އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. -- ފޮޓޯ: މިހާރު

މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ސީޝެލްސް ކުޅުންތެރިޔަކަށް ގަސްތުގައި އަނިޔާ ދިން މައްސަލައިގައި ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ހާޒިރުކޮށް މައްސަލަ ބަލަންފަށައިފި އެވެ.

އަސްހަދުގެ މައްސަލަ ބަލަން ފެށުމާ ބެހޭ ގޮތުން އެފްއޭއެމުން އަދި ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް އަސްހަދު ހާޒިރު ކުރިކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.

ޑިސިޕްލިނަރީ ކޮމިޓީގައި ކަން ހިނގި ސާފު ނުވިޔަސް، އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ ވިސްނުން ހުރީ އަސްހަދު ދިގު މުއްދަތަކަށް ސަސްޕެންޑްކުރުމަށެވެ.

ލަންކާގައި ބޭއްވި މުބާރާތުގައި ރާއްޖެއިން ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ 92 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަސްހަދު ވަނީ ދަނޑަށް އެރިތާ ދެ މިނެޓް ނުވަނީސް ފުންމައިގެން އަރައި ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޯއީގެ ކަރުމަތީގައި އުޅަނބޮށިން ޖަހައިފަ އެވެ. އަސްހަދު ކުރި ހުތުރު ފައުލަށް ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. ރާއްޖެ މުބާރާތުން ކެޓީ އެ މެޗުން މޮޅު ނުވެވުމުންނެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެރެޓްރީ ހުސައިން ޖަވާޒު ކުރިން ވިދާޅުވެފައި ވަނީ އަސްހަދަށް ފިޔަވަޅު އެޅުމާ މެދު ގޮތް ނިންމާނީ އެ އިދާރާގެ ޑިސިޕްލިނަރީ ކޮމިޓިން ކަމަށެވެ.

ކެޕްޓަން ބޭންޑް އޭނާ އަތުން ނެގުމުން މާޗް 2018 ގައި ގައުމީ ޓީމުން ރިޓަޔާކުރި އަސްހަދު، އަލުން ގައުމީ ޓީމަށް ނެގީ ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ކޯޗްކޮށްދިން އަލީ ސުޒޭނެވެ. އަސްހަދު ޓީމަށް ނެގި ހިސާބުން ފެށިގެން ބައެއް މީހުން ދިޔައީ އެ ނިންމުމަށް ފާޑުކިޔަމުންނެވެ.

އަސްހަދު ގައުމީ ޓީމުގެ ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަނީ. -- ފޮޓޯ: މިހާރު

ގައުމީ ޓީމުގައި ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު ދޭން ޖެހޭނީ އެ މީހެއްގެ ފަހަތުގައި ހުތުރު ނަމެއް ނެތް މީހަކަށް ކަމަށް ޝުއޫރުފާޅު ކުރި ބައެއް މީހުން ބުނެފައިވެ އެވެ. އަސްހަދުއާ މެދު ކަންބޮޑުވުންތައް އިތުރުވީ ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ރާއްޖެއިން ފުރުވާލުމުގައި އަސްހަދު ޖާމިނުވުމުންނެވެ. ކޯޓަށް ހާޒިރުވާން އަލީ އަށް ތަކުރާރުކޮށް އެންގުމުން ވެސް އޭނާ ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެހެންވެ މި މައްސަލާގައި އަސްހަދަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ސެޕްޓެމްބަރު މަހު ހައި ކޯޓުން ވެސް ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގައި އަސްހަދު ކުޅެން އެރުވުމުން، އެ މުބާރާތުގައި ޓީމުގެ ހެޑް ކޯޗުގެ މަގާމު އަދާކުރި މިހާރުގެ އެސިސްޓެންޓް ކޯޗް އަލީ ސުޒޭނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އަސްހަދު ޓީމުގައި ހިމަނައިގެން ކުޅުވާތީ އެކަމުގައި އޮތް ކަންބޮޑުވުމަށް ރިއާޔަތް ކުރަންތޯ ސުވާލު ކުރުމުން ސުޒޭން ބުނެފައި ވަނީ ގާނޫނީ ގޮތުން ހުރަހެއް އޮތް އެއްވެސް ކުޅުންތެރިއެއް އޭނާގެ ސްކޮޑްގައި ނުހިމެނޭނެ ކަމަށެވެ.

ދަނޑު ބޭރުގައި މީގެ ކުރިން އަސްހަދު ހިންގާފައިވާ ކަންކަމުގެ ސަބަބުން އޭނާ އަށް ފިޔަވަޅު އަޅާފައި ވެސް އެބަހުއްޓެވެ. ސާފް ޗެމްޕިއަންޝިޕް 2008ގެ މުބާރާތަށް ޓްރޭނިން ކޭމްޕަށް ޓީމު މެލޭޝިއާ އަށް ފުރުމުގެ ކުރިން ޓިމުގެ އޭރުގެ ކިޓް މެނޭޖަރު ހުސައިން ނިޒާރު (ބޮޑޭ) ގެ ޕާސްޕޯޓް އަސްހަދު "ވަގަށް ނެގި" އެވެ. އެކަން ފަޅާ އެރުމުން އޭރުގެ ކޯޗް ޖޯސެފް ޔަންކޭޒް ވަނީ އަސްހަދު ވަގުތުން ޓީމުން ބޭރުކޮށްފަ އެވެ.

ކުރީގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް އަސްހަދު ނެގި މައްސަލައިގައި 2016 ގައި އޭނާ ހައްޔަރުކޮށް 14 ދުވަހަށް ޖަލުގައި ބަންދު ކުރި އެވެ. އެ ބަންދާ ގުޅިގެން އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މުހިންމު މެޗެއްގައި އަސްހަދަށް ބައިވެރިއެއް ނުވެވުނެވެ.

އަހްލާގީ ގޮތުން ދަށު ދަރަޖައިގެ ކަންކަމުގައި އަސްހަދުގެ މައްސަލަތައް ތަކުރާރުކޮށް ފެންމަތިވަމުން އަންނަ އިރު ވެސް ގައުމީ ޓީމުގެ ދޮރު އޭނާ އަށް ބަންދުކުރަން ކެރުނު ކޯޗެއް ޔަަންކޭޒް ނޫނީ ނެތެވެ.

13 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 21%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލީނޯ

23 November 2021

ދިވެހިންގެ ނަން ހަރާބުކޮށްލި މީހެއް، ފިޔަވަޅު އަޅަންޖެހޭ!

The name is already taken The name is available. Register?

ރިސާން

23 November 2021

މީ ފުޓްބޯޅަ ކުޅެން އެއްގޮތަކަށްވެސް ކަމުދާ މީހެއް ނޫން. ރާއްޖޭގައި އެބަތިބި ހުނަރު ހުރި ކުދިން އެކަމަކު ޤައުމީ ޓީމަށް ކުޅުންތެރިން ނަގަނީ ބާރާއި ނުފޫޒުން.އެކަން ރަނގަޅުވި ދުވަހަކުން ޓީމަށް މޮޅެއް ލިބޭނީ11111

The name is already taken The name is available. Register?

ކޮރަލް

22 November 2021

ގައުމީޓީމް ގަ ހުނަރު އެބަ ހުއްޓެވެ. ބޭނުންވަނީ އަހްލާގް އާ ބުންވަރެވެ.

The name is already taken The name is available. Register?

ޙަމަހައިރާން

22 November 2021

ޑިޕެލޮޕްޑް ކަންޓްރީއެެއްނަމަ، ސްޓޭޓް މިނިސްޓަރ ކަމުން ވަކިކުރާނެ. ޢަހުލާޤީގޮތުން އެފަދަ ދަށް އަމަލެއް ހިންގި ފަރާތެއް ސަރުކާރުގެ ވަޒީފާގައި ބަހައްޓާގެން ނުވާނެ. ޢެފްއޭއެމް އިން ފިޔަވަޅު އެޅުން އެއީ އެހެންކަމެއް. ސަރުކާރުންވެސްް ވަކިކުުރަންޖެހޭނެ. ޜައީސް ވެސްް ކޮނެމެވެސް ވަރެއްގެ ކެރުންތެރިކަން ހުންނަންޖެހޭނެ.

The name is already taken The name is available. Register?

ބޯބަރޭ

22 November 2021

ސްޓޭޓް މިނިސްޓަރު ބޭނުން އިރަކު ޓީމާއި ގުޅިފަައި މުބާރާތްތައް ނިމުނީމަ ބްރޭކް ނަގާގޮތައް ކުރިންވެސް ނިންމާފަ އޮންނާނީ. ކޮންމެހެން ސަސްޕެޝަނޭ ކިޔާނެ ކަމެއް ނެތް

The name is already taken The name is available. Register?

ްިއިހްސާސް

22 November 2021

އެފްއޭއެމް އިން އޭނާ ސަސްޕެންޑުކުރިޔަކަސް ނުވާނެ. ގައުމީ ޓީމު ބަލިވުމަށް ވުރެ ދެރަ ހުތުރު ކަމެއް އޭނާ އެކުރީ. ރައީސް ސާލިހު ގެ ސަރުކާރުން ވަކިކުރޭ.

The name is already taken The name is available. Register?

ސަސި

22 November 2021

ދިގު މުއްދަތަކަށް ނޫން އުމުރަށް ސަސްޕެންޑް ކުރަންވީ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

22 November 2021

ފަޅުމަތީގޭ ކުދިންގެ އަހްލާގް އެއީ މުޅި މާލެއަށް މަޝްހޫރު އެއްޗެއް.މީނަ މުޅި އުމުރަށް ސަސްޕެންޑް ކުރަން ގޮވާލަން.ވ.ވެދުން

The name is already taken The name is available. Register?

ޖާބިއަރ

22 November 2021

އެ ނުވިސްނޭތީ އުޅޭ ގޮތް. ޅަވީމަތޯއްޗެއް. އަދި ވިސްނޭނެ.

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

22 November 2021

40 އަހަރު ޖަހަންވީ. އޭރުން އެންމެއަވަހަށްވެސް ދެން ދަނޑަށް އެރޭނީ 70 އަހަރުގާ.

The name is already taken The name is available. Register?

ބައިސެންޓް

23 November 2021

ސުޒޭން ކޯޗަކަށް ހުރިއްޔާ އުމުރުން 70 އަހަރުގަވެސް އަޑުބަރޭއަށް ފުރަތަމަ 11 އިން ޖާގަ ކަށަވަރުވާނެ.

The name is already taken The name is available. Register?

ޝޯމޭން

22 November 2021

ކުޅިވަރުގެ ރޫހާ ހިލާފަށް އާދަވެގެން އަމަލުތައް ބަހައްޓާމީހަކު ކުޅިވަރާބެހޭ ވަޒީރުންގެ ނައިބު ފެންވަރުގެ މަޤާމުތައް ދީފަ ބޭތިއްބުމަކީވެސް ވަރަށް ލަދުވެތި ކަންކަން. އެފްއޭއެމް އިން ނުވަތަ އޭއެފްސީ އިން އެކަނި ފިޔަވަޅު އެޅުމަކުން އެކަނި ތިކަން ހައްލެއް ނުވާނެ. މިކަހަލަ މީހުން ކުޅިވަރުގެ މަސްލަހަތު ހިމެނޭ ހުރިހާ މަގާމަކުން ސަސްޕެންޑު ކުރަންވާނެ. އެހެންނޫނީ ވަރަށް ގޯސް ނަމޫނާ އެއް ތިދެއްކެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454