ދިރާގުން ނ. މަނަދޫގައި ފައިބާ އިންޓަނެޓް ހިދުމާ ގުޅޭ ގޮތުން އާންމުންނަށް މައުލޫމާތު ދެނީ--ފޮޓޯ:ދިރާގު
28 ނޮވެމްބަރ 2021 - 16:04
ދިރާގުގެ ހައިސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތް ނ.މަނަދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
މި ހިދުމަތާ އެކު ނ.މަނަދޫގައި ވެސް ދިރާގު ފައިބަ ބްރޯޑްބޭންޑުގެ ތަފާތު އަގުތަކުގެ ޑޭޓާ އެލަވަންސްތައް ހިމެނޭ ޕެކޭޖްތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖް ވެސް ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތުން ލިބޭނެ އެވެ.
ދިރާގު އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދް ވިދާޅުވި ގޮތުގައި ދިރާގު ހައިސްޕީޑް އިންޓަނެޓް ރާއްޖޭގައި މީހުން ދިރިއުޅޭ އެކި ހިސާބުތަކަށް ފޯރުކޮށްދީ މުޖުތަމައުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދިއުމަކީ ބޮޑު އުފަލެކެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑިޖިޓަލް ކޮމިއިނުޓީތައް ބިނާކޮށް، ބާރުވެރިކުރަމަށް،" އޭނާ ވިދާޅުވި އެވެ.
ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. ދިރާގުން އަންނަނީ 66 ރަށަކަށް ފައިބާ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީފަ އެވެ. މިއީ އާބާދީގެ 80 ޕަސެންޓެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން. ރ އަތޮޅު
29 November 2021
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދަކީ 200 ރަށް. ދިރާގުން ފައިބާ އަޅާފައިވަނީ 66 ރަށުގައި. ފައިބާ ނާޅާ ރަށްތަކުގެ އަދަދަކީ 134 ރަށް. ރާއްޖޭގެ އާބާދީއަކީ 553871 މީހުން. ފައިބާ އިންޓަނެޓްގެ ޚިދުމަތް ލިބޭ އާބާދީއަކީ %80 ކަމުގައި ވާނަމަ، އެ ޚިދުމަތް ނުލިބޭ އާބާދީއަކީ %20. އެއީ ( %20 × 553871) = 110774 މީހުން. 110774 މީހުން 134ރަށަށް ބަހާލީމާ ރަށަކަށް ޖެހޭނީ 826 މީހުން. އެހެންވީމާ ތިޔަ ވިދާޅުވާ %80 އަކީ ތެދުނޫން މައުމާތެކެވެ.
އުދުހޭ
28 November 2021
އެހެންވީމާ 500 މީހުން ހަމަ ނުވާ 100 ވަރަކަށް ރަށް ރާއްޖޭގައި އޮތީތާ؟