ބާޒާރުމަތީގައި ޕިކަޕްތައް ޕާކު ނުކުރެވޭ ގޮތް ހަދައި، ޕާކިންނަށް ބަދަލު ގެނެސްފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
29 ނޮވެމްބަރ 2021 - 11:28
މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދު، ބޮޑުތަކުރުފާނު މަގުން ބާޒާރުމަތީގައި ޕިކަޕްތައް ޕާކް ކޮށްފައި ބޭއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.
އެ ނިންމުމާއެކު، އެ ސަރަހައްދުގައި މިހާތަނަށް ޕާކް ކުރަމުން އައި ކުދި ޕިކަޕްތަކަށް މިހާރު ވަނީ އިންޑަސްޓްރިއަލް ވިލެޖުން ޖާގަ ހަމަޖައްސައިދީފަ އެވެ.
މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް މިއަދު ވިދާޅުވީ ނޯތު ހާބަރުގެ މައި ގޭޓުން ފެށިގެން، ރޯ މަސް މާރުކޭޓާ ހަމައަށް ޕިކަޕްތައް މިހާރު ޕާކް ނުކުރެވޭނެ ކަމަށެވެ. އެ ބަދަލު ގެނައީ ސިޓީ ކައުންސިލާއި ޕިކަޕް ޑްރައިވަރުންނާ ދެމެދު މަޝްވަރާ ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"ބާޒާރުމަތީގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ޑްރައިވަރުންނާ މަޝްވަރާ ކުރުމަށް ފަހު، އިންޑަސްޓްރިއަލް ވިލެޖުގައި ޕާކު ކުރެވޭނެ ގޮތް ހަމަޖެއްސީ،" މުއިއްޒު ވިދާޅުވި އެވެ.
ބާޒާރުމަތީގައި ޕިކަޕްތައް ޕާކު ނުކުރެވޭ ގޮތް ހަދައި، ޕާކިންނަށް ބަދަލު ގެނެސްފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އޭނާ ވިދާޅުވިގޮތުގައި، ބާޒާރުމަތީގެ ސަރަހައްދުގައި މިހާތަނަށް 60 އަށް ވުރެ ގިނަ ކުދި ޕިކަޕް ޕާކުކުރަމުން އައިސްފައިވެ އެވެ.
ބާޒާރުމަތީގެ ސަރަހައްދުގައި ޕިކަޕްތަކަށް ޕާކް ނުކުރެވޭ ގޮތް ހެދުމަށް ފަހު، އެ ސަރަހައްދުގައި ވަނީ ވަކި އަދަދަކަށް ސައިކަލް ޕާކް ކުރެވޭނެ ގޮތް ހަދައިފަ އެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދުތައް ވަކި ވަގުތެއް ވަންދެން މަޑުކޮށްގެން އޮވެވޭނެ ގޮތަށް ވެސް ޖާގަތައް ހެދި އެވެ.
މާލޭ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތަކެއް ކުރަމުންނެވެ. މަގުތަކަށް ބާރު ބޮޑުވުން ކުޑަކުރުމަށްޓަކައި ޕާކިން ޒޯންތައް އިތުރުކޮށް، ކުއްޔަށް ޕާކު ކުރެވޭނެ ޖާގަތައް ވެސް ވަނީ ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަމަރު
29 November 2021
ކުރީ ކައުންސިލުން ގިނަ ޕާރކިންގ ހަދާފަ ހުރީ. މުއިއްޒުމެން ދައުރުގަ ކުރިކަމަކީ ބޭނުން ނުކުރެވޭ ދަގަނޑު ޕާރކިން މެޝިނުތަކެއް ބަޔަކަށް ރުފިޔާ ދިނުމަށް ގެނެސް ބާދަނގަޑަށް އެބައި ދިޔައީ. އެތަންތާގަ ޕާރކްވެސް ނުކުރެވުން. ދައުލަތުން ބޮޑު އިސްރާފެއްކުރީ. އޭރު ސިޓީ ކައުންސިލުގެ ބާރުތައް ނެގި މީހުން މިއަދު ޝުކުރުވެރިވެބަލަ
ޢެޑްމުންޑޯ
29 November 2021
ޢެންމެނަށްވާ ފަސޭހައެއް ، ރަގަޅުކަންތަކަށް ސަޕޯޓް ކުރަންވެސް ޖެހޭނެ
އޮނަރަބްލް އަފީފު ދީދީ
29 November 2021
ޥިޔަފާރީގެ ވެއްޓަށް މިފެންވަރަށް އުދަގޫ ކުރާން ފަށައިފިނަމަ ބީއެޗްއެމް، ސޯސަން، ހެޕީ މާކެޓް ، ވީބީ ފަދަ މާލޭ ބާޒާރު މަތީގައިތިބި ރާއްޖޭގެ އުތުރާއި ދެކުނުގެ ވިޔަފާރިވެރިން ކ.އަތޮޅު މާލެ ދޫކޮށް އެމީހުންގެ އަމިއްލަ ރަށާއި ދިމާލަށް ދަތުރު ފައްޓާން ޖެހޭ. # ސިންގަޕޯރ ނަމޫނާއަކަށް ބަލައިގެން ބައިނަލްއަޤުވާމީ ސީޕޯޓް އޮތް ކުޅުދުއްފުއްޓާއި އައްޑޫގައި ބޮޑެތި ވެއަރހައުސް އަޅައިގެން މާލޭގައި ކުޑައޮފީހެއް ބަހައްޓައިގެން ހޯލްސޭލްކުރެވޭނެ އިންތިޒާމް ހަމަޖައްސާ.
ފިލިއަފީފު
29 November 2021
ކަލޭ އައްޑޫގަ ވެއާ ހައުސިން ހިދުމަތް ދޭ ވިޔަފާރިއެއް ފައްޓަންވީނުން؟
ޖާބިރު.
29 November 2021
އައްޑޫގައި ވެއަހައުސް ހަދާށޭ ކިޔާފައި މާލޭ ހޮލާ ހާދަ ރުޅިއެއް އައީ. ކަލޭވެސް ކުއްޔަށް ދީފައި ހުންނަ ތަންކޮޅެއް މާލޭގައި ހުންނަނީތަ.
ރަދީފްއޮފިޝިއަލް
29 November 2021
ކުރީގެ ކައުންސިލުން މިކަން މިހެން ކުރިނަމަ ކަލެއަށް ކެރޭނެތަ ތި އިބާރާތުން ކޮމެންޓްކުރަން؟؟ ލަދު ކޮބާ؟؟
މޯލްޑިވސް
29 November 2021
ޕާކު ނުކުރެވުނަސް ގަޑި ދެގަޑިއިރުވަންދެން މުދާ އަރުވައި ބާލަން އޮންނައޮތޮމުން ތިކަމުގެ ނޮހޮރުއްޕާން ކުޑައެއްނޫން.
ފފފފފ
29 November 2021
ހަވީރީ ހިނގުމުގަ ދިރިއުޅޭ ރައްޔިތުންނަށް ޕާކްކުރެވޭކަށްނެތް. އެމްޕީއެލް ސަރަހައްދުގައި ދުއްވާ ހުރިހާ ލޮރީއެއް މީހުން ދިރިއުޅޭ ގޭތަކުގެ ޕާކިން ޒޯނުތަކުގަ ޖާގަ ހިސޯރުކޮށްގެން އެއުޅެނީ. ސަރުކާރުން މިކަމަށް ހައްލެއް ހޯއްދަވައިދެއްވަ ބައްލަވާ.
ަާއާވާރާ
29 November 2021
އެއީ ވަރަށް ބޮޑު ތެދެއް. އެލޮރީތަކަށްވެސް ޕާކިްން ތިތަނުންދީ. ބޭރު މަގުވެސްހަމަ އެހެންހަދާދީ.
އދ ހަމީދު.
29 November 2021
ނުޖެހޭ އެތަންތަން ހުސްކުރާކަށް. ތިބޭފުޅުން ކާރު ރަޖިސްޓްރީކުރީ ގަރާޖެއް ހުރިކަމަށް އެއްބަސްވެ ސޮއި ކޮށްގެން. ތިބޭފުޅުންގެ ކާރު އޮންނާން ވާނީ މަގުމައްޗަކުނޫން. ގަރާޖަށް ކާރު ވައްދާ.
ދުލުކުރި
29 November 2021
އަނގައިން މަނާ
އޮނަރަބްލް އަފީފު ދީދީ
29 November 2021
ބާޒާރުމަައްޗަށް ބޭނުންވަނީ ޒާތްޒާތުގެ ސައިކަލާއި ކާރުތޯ ނުވަތަ ބާޒާރުމަތީގެ ފިހާރަތަކަށް މުދާއުފުލާ އެތަންތަނުން ވިއްކާ މުދާ އެހެން ދިމަދިމާލަށް ގެންދިއުމަށް ބޭނުންވާ ލޮރީ، ޕިކަޕް އަދި ޑެލިވެރީ ވޭންތޯ ބަލާން ކޮންމެވެސް ދިރާސާއެއް ކޮށްލިނަމަ ރަނގަޅު ވީސް. # މޭޔަރު ސައިކަލްގައި އުޅުއްވާތީ މުޅިބާޒާރު މުދާ އުފުލާ އުޅަނދުތަކަށް ބަންދުކޮށް ސައިކަލް ޕާކިންގ ޒޯނު ހެދުމުގެ ބަދަލުގައި ހެދުނު 6 ރޭގަނޑު 6 ތިސަރަޙައްދަށް ސައިކަލް ވެއްދުން މަނާކޮށްބަލަ.
އޮލިމްޕިއާ.
29 November 2021
އަސްލުވެސް. ތިއީ ހަމަ ރނގަޅު ވާހަކައެއް. ބާޒާރު މައްޗަށް ސައިކަލް ވަނުން މަނާ ކުރަންވީ.
ވާނުވާ
29 November 2021
ހަމަ ތިމަސްމާރުކޭޓާއިދިމާލުގަ މޫދުގަ ދާއިމަށް އަޅާފަތިބޭ ކުދި ދޯނިތައްވެސް ބެހެއްޓުންމަނާކުރަންޖެހޭ އޭރުން ތާޒާމަސް ހިފައިން އަންނަ މަސް ދޯނިތަކަށް ފަސޭހަވެގެންދާނެ. ތަންކޮޅެއް ނުލިބިގެން ބޭރުތޮށީގަ މަސްބާލަން އަޅާކަށް ނުޖެހޭނެ. ޥަރަށް ސަޅިވާނެ
ސީޒަން ޖެކުހަން
29 November 2021
ދެން ތިމީހުން ރަށުތެރެއަށް އެރީމާ ހާދަ ރައްޔިތުންނަށް އުނދަގޫކުރާނޭ. މަކުރިންވެސް ބުނިފަދައިން 2 ފުރޮޅަށް ނިކަމެތިކަން ގެނަނަނީ 4 ފުރޮޅު. މީ ދޮގެކޭ ނުބުނެވޭނެ.
ރަށްއިތުމީހާ
29 November 2021
ބާޒާރު މަތީ ބިދޭސީން ދުއްވާ ގާޑިޔާތައް ހުއްޓްވުންޔާ މާރަގަޅެއްނު. އެމީހުން ކުރުބާ އުފުންލާ. ނޯތުހާބަރަށް މުދާ އުފުންލާ ހަދާއިރުވެސް ރުފިޔާއެއް ވެސް ނުނަގާ. އެކަމް ހަތަރުފުރޮޅުލީ ވެހިކަލެއް ނޯތްހާބަރަށް ވަންނަ ކޮންމެ ފަހަރަކު 5ރ ނަގާ. ހުރިހާ މޮޅެއް ބިދޭސީން ނަށް. މާރުކޭޓްވެސް ހިތަކަށް ބިދޭސީންނަށް ދީގެން މުއިޒް ތި ހުންނަނި ކަހާތައް ހިރުވާވެސް ނުލާ ހައްފް ކިޔާގެން..