ވިޔަފާރި / ސާވިސް ޗާޖް

ނޯޓިލަސްގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 25،000ރ.

ނޯޓިލަސްގެ މުވައްޒަފެއް: މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ އެ ރިސޯޓުން-- ފޮޓޯ: ނޯޓިލަސް މޯލްޑިސް

މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ނޯޓިލަސް މޯލްޑިވްސް އިން ކޮންމެ މުވައްޒަފަކަށް 1،668 ޑޮލަރު (25،720ރ.) ދީފި އެވެ.

ރިސޯޓުތަކުގެ ސާވިސް ޗާޖާ ގުޅޭ މައުލޫމާތު އާއްމުކުރާ "ރިސޯޓް ވޯކާސް މޯލްޑިވްސް" ގެ ފޭސްބުކް ޕޭޖުގައިވާ ގޮތުން، މިއީ މިހާތަނަށް އެ ޕޭޖަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު އެންމެ ބޮޑު ސާވިސް ޗާޖެއް ބެހި ރިސޯޓެވެ. މި ޕޭޖަށް 36 ރިސޯޓަކުން ވަނީ މިހާތަނަށް މައުލޫމާތު ދީފަ އެވެ.

ސާވިސް ޗާޖުގެ ލިސްޓުން ދެވަނައިގައި އޮތީ މިދިޔަ އޮކްޓޯބަރު މަހު ލިސްޓުގެ އެއްވަނައިގައި އޮތް ވަލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓެވެ. އެ ރިސޯޓުން ވަނީ މިދިޔަ މަހު ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 1،589 ޑޮލަރު (24،502ރ.) ދީފަ އެވެ.

ލިސްޓުގެ ތިންވަނައިގައި އޮތް ރިޒް ކާލްޓަން އިން ކޮންމެ މުވައްޒަފަކަށް 1،486.41 ޑޮލަރު (22،920ރ.) ދީފައިވާއިރު ހަތަރުވަނަ އަށް ޖޯލި މޯލްޑިވްސް އިން 1،377.51 ޑޮލަރު (21،241ރ.) އަދި ފަސް ވަނައިގައި އޮތް ފޯ ސީޒަންސްގެ ރިސޯޓުތަކުން 1،204.26 ޑޮލަރު (18،569ރ.) ދިނެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސް އިން އާންމުކުރަނީ އެކި ރިސޯޓުތަކުގެ މުވައްޒަފުން ފޯރުކޮށްދޭ މައުލޫމާތެވެ.

މިދިޔަ މަހު ގިނަ ރިސޯޓުތަކުގެ ސާވިސް ޗާޖު އިތުރުވެފައި ވަނީ ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު އިތުރުވެ، އެ ރިސޯޓުތަކުގެ އޮކިއުޕެންސީ އިތުރުވުމުންނެވެ. އާއްމުކޮށް އަހަރުގެ ފަހުކޮޅާ ދިމާކޮށް ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ އިތުރުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 1.12 މިލިއަން ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. އެއީ ދުވާލަކު 3،435 ޓޫރިސްޓުންނެވެ.

17 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 29%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕަބްލިކް

03 December 2021

ނޯޓިލަސް އަކީ އެއީ އެންމެ ގިނަ އަދަދަކަށް އިންޑިއާ މީހުން ވަޒީފާ ގައި ތިބޭ ރިސޯރޓޭ އެރިސޯރޓް ގައި މިހާރު ތިބި ދިވެހި މުވައްޒަފުންގެ އަދަދު އުޅެނީ އެއީ އެންމެ ދިހަ މީހުންނޭ ދިވެހިން ކަނޑާލަނީއޭ އެތަނުގައި ހުރި އިންޑިއާގެ ޖީއެމް އަކު ސަރުކާރުންނޭ އެރިސޯރޓަށް ގެންނަ ހުރިހާ ބޭރު މީހުންނަށް ވާރކް ވިސާ ދެނީ ތަންދޮރު ނުބަލާ ދެން ތިޔާ ސާރވިސް ޗާރޖް ލިބެނީ ދިވެހިންގެ ކިތައް މީހުންނަށް ތޭ އެއީ ބަލަން ޖެހޭނެ ކަމެއް ނޫންތޭ އޯއް ސަރުކާރޭ ސްޓޮޕް ލައިންގް

The name is already taken The name is available. Register?

ސަރަނގު

03 December 2021

މާލެ އާއި ހުޅުމާލެއަށް ގެސްޓުން އެހެންތަންތަނުން ކެއުން މަނާކޮށް އަދި އެހެނިހެން ހިދުމަތްތަށްވެސް ބޭރުން ހޯދުން މަނާކޮށްފިނަމަ ސާރވިސްޗާޖު ދެވިދާނެ.

The name is already taken The name is available. Register?

ރަދުން

03 December 2021

މާލޭ އޭރިޔާގެ ގެސްޓްހައުސްތަކުންވެސް މިހާވަރުގެ ސާރވިސް ޗާރޖު ސަރުކާރުން ހޯދަދޭންވީނު.

The name is already taken The name is available. Register?

ފައުޒާން

03 December 2021

ސާވިސް ޗާޖަކީ ރިސޯޓަށް މަހަކު ލިބޭ އެއްޗެއްގެ 1%، ރިސޯޓްގެ ހުރިހާ މުއައްޒަފުންނަށް ބަހާލީމަ ލިބޭވަރު. 130 އެތަކެއް ރިސޯޓެއް ހިންގާއިރު 2،3 ތަނުން މަދު މަހެއްގަ ތިވަރުވެސް ލިބެނީ. އަހަރެމެން މިއުޅެނީ ޙަފްތާއަކު 6 ދުވަހު 10-12 މަސައްކަތް ކޮއްގެން، ކޮންމެ ދުވަހަކު މުގު ރިހައާއި ބަތާއި ކައިގެން، 6 މީހުން އެއްކޮޓަރިއެއްގަ ނިދައިގެން 12 މީހުން އެއް ފާހާނާ ޝެއާ ކޮއްގެން. ކުރާ މަސައްކަތާ، ރިސޯޓަށް ލިބޭ މިންވަރާ ބަލާއިރު ކުޑަ އެއްޗެއް ލިބެނީ.

The name is already taken The name is available. Register?

އަހްމަދ

03 December 2021

މހިހެންވީމާ ރައްޖޭގެ ގިނަ ސުކޫލް ކުދިން ކިޔެވުމުގެ ބެނުމެއް ނެތްކަމުގައި ބުނޭ.. އެކުދިން ބުނަނީ ތިމަންނާ ދާނި ރިސޯޓެއްގެ ވޭޓަރަކަށޭ.. އޭރުން މަގިނަ ފައސާ ލިބެނެޔޭ... ކިޔަވައިގެން ސަރުކާރު ވަޒީފައެއްގައި ތިބޭ މީހަކަަށް މަކުޑަ މުސަަރަޔެއް މި ލިބެނީ.. ޓީޗަރުންނަށްވެސް މުސާރަ ކުޑަ ވެފަ އޯޓީވެސް ކުޑަ.. ޓީޗަރުން އެބަ އުޅޭ ދުވަސްތައް ފާހަގަ ކުރުމުގައި ހުކުރު ހޮނިހިރުވެސް... ޢެމީހުންގެ އޯޓީ ފުލް ވިޔަސް އެކަންކަން ކުރަން ޖެހޭ.. މީ ހެއްވާ ކަމެއް..

The name is already taken The name is available. Register?

ޚާފަ

02 December 2021

ޢަހަރެންގެ ދަރިން ޔައުނީ ދިވެހީން، ގާސިމް. ޗަމްޕާމެން ފަދަ މަހުޖަނު ބޭފުޅުންގެ ރިޒޯޓު ތަކުގެ ކަބަރެއް ނެތްތަ ؟؟

The name is already taken The name is available. Register?

ދިވެހި

02 December 2021

ނޯޓިލަސް އަކީ ދިވެހިންގެ ރިސޯޓެއް އިގޭތޯ

The name is already taken The name is available. Register?

ރިސޯޓު މުއައްޒަފެއް

03 December 2021

ތަންކޮޅެއް ހޭލުންތެރި ވަމާތޯއެވެ. ހުރިހާ ރިސޯޓުތަކަކީ އެއް ފަންތިއެއްގެ އެއް އަގެއްގެ ތަންތަނެއް ނޫނެވެ. ފަސްހާސް ޑޮލަރު ރެއަކަށް ދައްކައިގެން އިތާފުށި ކަހަލަ ރިސޯޓަކަށް އަންނަ ގެސްޓަކު ޙަރަދު ކުރާވަރާ 200 ޑޮލަރު ދައްކައިގެން ވިލާ ރިސޯޓަކަށް އަންނަ ގެސްޓުމީހާ ޚަރަދު ކުރާ ވަރާ އަޅާވެސް ނުކިޔޭނެއެވެ. ސާވިސް ޗާޖަކީ ރިސޯޓަށް ވަންނަ އާމްދަނީއަށް ބިނާވާ އެއްޗެކެވެ. ބިއަރު ދަޅެއް ވިލާ ރިސޯޓަކުން 5$ އަށް ލިބޭއިރު ހަމަ އެދަޅު ޖޯލިން ލިބެނީ 18$ އަށެވެ.

The name is already taken The name is available. Register?

ކޮރަލް

02 December 2021

އުފާވެރި ހަބަރެކެވެ. ދިވެހީންނާ ބިދޭސީން އުޅޭ އަދަދު ތައް ހާމަ ކޮށްލި ނަމަ ރަނގަޅު ވީހެވެ. ކޮންމެ ރިސޯޓެއްގަ ވެސް ދިވެހީން އުޅޭނެ އެވެ. އެކަމު ގިނަ ރިސޯޓް ތަކުގަ ސަރުކާރުން ދޫކުރާ ކޯޓާ އަށް ވުރެ ބިދޭސީން މާ ގިނަ އެވެ.

The name is already taken The name is available. Register?

ހިތްހަލާކު

02 December 2021

މަށަކީ ރެސޯޓް ބޯއީއެއް. ލިބޭއެއްޗެއް ކުޑަކަމަކަށް ހިތް ގަބޫލެއްނުކުރޭ. މަހުމުސާރައިގެ އިތުރުން 1އެކަމަކު މަވެސް ގިނަވެގެނެއް ނޫޅެން. ނުވެސްއުޅޭނަން. އަހަރެންގެ އަންހެނުންވެސް ރެސޯޓަކު ނުގެންގުޅެވޭ. ދާންޖެހެނީ ރަށަށް. އެކަމަކު އެކަމަކާ ޝަކުވާއެއް ކުރާކަށްނެތީން. އަހަރެން އައީ ވަޒީފާއެއްހޯދަން. ވަރަށް މަސައްކަތުން ވަޒީފާއެއްލިބުނީވެސް. ވަޒީފާއަށް ދިޔައީވެސް އެއާރުހި ގަބޫލުވެގެން. އެއިރުވެސް ފުއްދައިގެން އުޅެމުންއައީ. މިއަދުވެސްމިދަނީ ލިބޭއެއްޗަކުން

The name is already taken The name is available. Register?

ނުފުރުނުހިތް

02 December 2021

ރެސޯޓެއްގާ ވަޒީފާ އަދާކުރުމީ ހަމަ އަރާމު ތަންމައްޗެއްގާ ނިދާލުން ކަހަލަކަމެއް. ޑިއުޓީ ނިންމާލުމަށްފަހު ބޭނުން ކުޅިވަރެއްކުޅެވޭ. އުޅޭނެގޮތަކަށްއުޅެވޭ. ނިދަންހިތަށްއެރީމާ ނިދާލެވޭ. އެކަމާ ޝަކުވާކުރާނޭ އިތުރުމީހަކު ނުހުރޭ. ދިއުޓީންބޭރުން ކަމެއްކުރުވަންޏާ އިތުރު ރަނގަޅުގޮތްތައް ހަދާދޭ. މީރުކާއެއްޗެތި ކާނެވަރަކަށް ކާންލިބޭ. ސާފުވަޔާ ހިތްހަމަޖެހުންލ؛ިބޭ.

The name is already taken The name is available. Register?

______

02 December 2021

މަދު ރިސޯޓެއްގައި އިތުރު ގަޑިީގައި މަސައްކަތްކުރުވާފައި އިތުރު ގަޑީ ފައިސާ ދެނީ. ރިސޯޓަކީ ގެސްޓުންނަށް އަރާމްތަނެއް. މުވައްޒަފުންނަށް ޖަލެއް.

The name is already taken The name is available. Register?

އަސަރު69

02 December 2021

އެއްވެސް މީހެއްގެ ހިތެއް ނުފުރޭނެ. އަބަދު ކިޔާއަޑުއިވެނީ ރެސޯޓް މުވައްޒަފުުންނަށް ލިބޭއެއްޗެއް ކުޑަވާހަކަ. މަށަކަށް ނުވިސްނުނު މިކުޑަވަނީ ކޮން އެއްޗެއް ކަމެއް. އަހަރެންވެސް މީ މާލޭގެ އޮފީހެއްގާ މަސައްކަތްކުރާ މުވައްޒަފަކީމު. އަހަރަކު ތިންހަތަރު ފަހަރު ރަށަކަށްނުދެވެ. އުޅެނީ މީހުން ބަހައްޓާ ގެޔަކަށް ފައިސާ ދައްކައިގެން. އަނބިދަރީން ތިބީ ރަށުގަ. އެކަމަކު ދުވާލ؛ު ހަތަރުދަމު މަށަކަށް އެއްޗެއް ނުލިބެޔެކޭ ނުކިޔަން. ރެސޯޓް މުވައްޒަފުންނޫނީ މަސައްކަތް...

The name is already taken The name is available. Register?

ޢައިމިނަ

02 December 2021

ދޮންކަލޯ މަދު ރިސޯޓަކުން އެވަރު އެއްޗެއް ދެނީ. ގިނައީ އެއްޗެއް ނުދޭން އުޅޭ ދިވެހި އޯނަރުން ތިބޭ ރިސޯަޓު ތަކޭ ކިޔާ އަޑު ނާހަމުތަ؟ މި ކޮވިޑުގަވެސް ބައެއް ރިސޯަަޓުގެ ވެރިން އަގަޔާ އަތާ ދިމާ ނުވެޔޯ.

The name is already taken The name is available. Register?

______

02 December 2021

ހައްޤުގެ ވާހަކަ ދައްކަންވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454