ބާސްކެޓް ކޯޓުގައި ހުތުރު ބަހުން ލިޔެފައި
08 ޑިސެމްބަރ 2021 - 12:02
މާފަންނު ސްޓޭޑިއަމްގެ އައުޓްޑޯ ބާސްކެޓްބޯޅަ ކޯޓުގެ ފްލޯރިންގައި ބޭއަދަބީ ބަހުން ލިޔެފައި ހުރި މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.
ބާސްކެޓްކޯޓް އިއްޔެ ހެނދުނު ހުޅުވި އިރު ފްލޯގައި ވަނީ ގައުމީ އަންހެން ބާސްކެޓް ޓީމުގެ ކޯޗު ސުޕުން ވިމާލަށް ރޭޕްގެ ތުހުމަތުކޮށް ބޭއަދަބީ ބަހުން އިބާރާތްތައް ލިޔެފަ އެވެ.
ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާއިފައިވާ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ އެ ކޯޓްގައި ވަނީ އެމްބީއޭ ވީކެންޑް ބާސްކެޓްބޯޅަ ލީގުގެ ފައިނަލް މެޗު ކުޅެފަ އެވެ. އޮފިޝަލް ވިދާޅުވީ މެޗު ނިންމާފައި ސާމާނުތައް ހިފައިގެން ކޯޓުން ނުކުތީ އެ ރޭ ދަންވަރު 1:30 ގައި ކަމަށެވެ.
"މެޗު ނިމުނީ 12 ޖެހިއިރު ކްލޯޒިން ސެރެމަނީ ނިންމާފައި ސާމާނުތައް ހިފައިގެން އަޅުގަނޑުމެން ކޯޓުން ނުކުތް އިރު 1:30 ވާނީ. އޭގެ ފަހުން ލައިޓްތައް ނިވާލީ،" އޮފިޝަލް ވިދާޅުވި އެވެ. "އޭގެ ފަހުން މި ކަމެއް ކޮށްފައިވާކަން ފާހަގަ ކުރެވުނީ."
ނޭޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމަށް ބްރޯންޒް މެޑަލް ހޯދައިިދިން ކޯޗު ސުޕުން ވިމާލްއާ އެކު އެކަށީގެންވާ ކާމިޔާބެއް ނުލިބޭތީ އޭނާ އަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. ގައުމީ ބާސްކެޓް ޓީމުގެ ކޯޗުކަމާއި ޓެކްނިކަލް ޑައިރެކްޓަރު ކަމުގައި ގާތްގަނޑަކަށް 25 އަހަރު ހޭދަކުރި އިރު އޭނާ އަށް ހޯދައި ދެވުނީ އެ މެޑަލް އެކަންޏެވެ. ނަމަވެސް އޭނާ އަށް ގިނަ ކުޅުންތެރިންގެ ތާއީދު އެބައޮތެވެ.
ސުޕުން ނެތި ރާއްޖޭގެ އަންހެން ޓީމުން ވަނީ 2016 ގައި ނޭޕާލްގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާންބެ
08 December 2021
އަދިވެސް ލިޔަންވީ ، މުޅި ބާސްކެޓް ކުޅިވަރު ހަލާކު ކއްލާފަ ސުޕުން އެހުންނަނީ ބޮޑު މުސާރަ ނަގައިގެން ، މީ ދެން ބޮޑުވަރު
އެދުރޭ
08 December 2021
ސުޕުން އައް ތާއީދެއް ނުލިބޭ ބާސްކެޓް %90 ދެކޮޅު ދެން ސުޕުން ނައް ތާއިދު ކުރާނީ ޓީރެކްސް އާއި ރެޕްޓާސް ތީމް އިން ލޮލް ސުޕުން ބޭރުކުރަން މީ މިކަމައް އޮތް ހައްލަކީ ވ ސަލާން
ސޮައްފަ
08 December 2021
ބޭރެއް ނުކުރެވޭނެ. ނުވާނެ އެއްކަމެއްވެސް ކަލޭ މެނަކަށް. ލޮލް.
ސުޕުން
08 December 2021
ސުޕުން ކޯޗުކަމުން ވަކިކުރުމަކީ އެސޯސިއޭޝަނުގެ ކަމެއް. އެސޯސިއޭޝަނަށް އެތައް ރައީސުންނެއް އައިއިރު ވެސް ކޯޗަކަށް ސުޕުން ބަހައްޓަނީ އޭނާ ރަނގަޅުވުމުން